މަސްވެރިކަން ކުރުމަށްޓަކައި އެން ހިފަން ރޭ މޫދަށް ފޭބި މަސްވެރިއަކަށް ފެމުނެއް ހަމަލާދީ އޭނާގެ ފައި ޒަހަމް ކޮށްލައިފިއެވެ.
މީސް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި ބުނެފައި ވަނީ އއ.މަޑޫގަލި ކައިރިންނެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ ފައި ވަނީ ފެމުނެއް ހަމަލާ ދިނުމުން ވަރަށް ބޮޑަށް ޒަހަމްވެފައެވެ. ޒަހަމްވި މީހާ އއ.އުކުޅަކަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ވެއެވެ. ނަމަވެސް އޭނާގެ ހާލަތު ސާފެއް ނުވެއެވެ.
ފެމުނަކީ މިޔަރުގެ ނުރައްކާތެރި ވައްތަރެކެވެ. ރާއްޖޭގައި މިޔަރު ހިފުން މަނާކޮށްފައި އޮންނަތާ އަހަރުތަކެއް ފާއިތުވެފައި ވާއިރު ފަހަކަށް އައިސް ރާއްޖޭގައި މިޔަރުގެ އާބާދީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް މިޔަރު މީހުންނަށް ހަމަލާ ދިނުމުގެ ހާދިސާތައް ނިސްބަތުން ހިނގާ ވަރު ރާއްޖޭގައި ވަރަށް މަދެވެ.
ދެން އަނެއްކާ މިޔަރު މަދުކުރުމުގެ މަސައްކަތް ކުރަންވީ.
މިޔަރާގެން މިހާރު ފަރުކައިރިން ފަރުމަހެއްވެސް ބެވޭވަރެއްނޫނެވެ. ބުޅިގައި ގަނެފައޮތް މަސް ކައިލުމާ ބުޅިކެނޑުން އިމަށްވުރެ މައްޗަށް ހިގައްޖެއެވެ. އެތަކެއްޗަށް ދީފައިވާ ޙިމާޔަތަކީ އިންސާނުނަށްވެސް ދީފައިނުވާވަރުގެ ހިމާޔަތެކެވެ.
. މިޔަރު ގިނަވެ ހުރިހާ ކަނޑުއޮޅިތަށްވެސް ހަލާކު ވެއްޖެ މިހާރު ކަނޑުއޮޅިއަކުން ލައްޓިއެތް ހިސާބު ވެސް ބޭނޭ ވަރެތްނޫން މިޔަރުގެ އުނދަގުލާހުރެ އެންމެފަހުން މީހުންނަށް ހަމަލާ ދޭންތިފެށީ އެނެތްކާ ވެސް ލޭނު އެޅުމުގެ ހުއްދަދޭންފެނޭ މިޔަރުގެ އުނދަގުލާހުރެ ރައީތުންނަށް އެތައް އަނިޔާ އެތް ލިބެމުން އެބަދޭ
ހުރިހާ މިޔަރެއްގެ ދަތްތައް ނަގަންފެނޭ.....މިޔަރޫ އިންސާނުންނަށް ހަމަލާ ދިނުން ހުއްޓާލާފަ ތަންކޮޅެއް ބަސްއަހައިގެން އުޅެބަލަ....