ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން، ރާއްޖޭގެ އިގްތިސޯދަށް އަސަރު ކުރަމުންދާ މި ދަނޑިވަޅުގައި ރައްޔިތުންގެ އަތުން ނަގަމުންދާ ޓެކްސް އަށް ލުޔެއް ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އިނގިރޭސިވިލާތުގައި ކޮވިޑް-19 އާ ގުޅިގެން އެގައުމުގެ ސަރުކާރުން ރައްޔިތުންނަށް ދެމުން ގެންދާ ބައެއް ލުއިތައް ހިއްސާ ކޮށްފައެވެ. އާމްދަނީ އަށް ބެލުމެއް ނެތި އަސާސީ މުސާރަ ދިނުމަށާއި ކުލި ނުދެއްކިގެން ތިން މަސް ނުވަނީސް ބޭރު ނުކުރެވޭ ގޮތް ހެދުމަށް އެގައުމުން މަސައްކަތް ކުރާކަން ޖަމީލް ވަނީ ފާހަގަކުރައްވާފައެވެ. އެއަށްފަހު ޖަމީލް ވިދާޅުވީ ދިވެހި ސަރުކާރުންވެސް ޓެކްސް ނަގަމުންދާއިރު މިފަދަ ލުޔެއް ރައްޔިތުންނަށް ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މީގެއިތުރުން ޖަމީލް ވަނީ އިހްސާންތެރިކޮށް ވިސްނުމަށް ގޮވާލާފައެވެ.

ޖަމީލްގެ އިތުރުންވެސް ބައެއް އެހެން ސިޔާސީ ފަރާތްތަކުން ވެސް އަންނަނީ ރައްޔިތުންނަށް އެފަދަ ލުއިތަކެއް ދިނުމަށް ސަރުކާރަށް ގޮވާލަމުންނެވެ. އަދި މި ދަނޑިވަޅުގައި އެކަކު އަނެކަކަށް އެހީވުމަށްވެސް ގިނަބަޔަކު އަންނަނީ ގޮވާލަމުންނެވެ. އެގޮތުން މާލޭގެ ބައެއް އިމާރާތްތަކުގެ ވެރިން އަންނަނީ އެމީހުންގެ އިމާރާތުން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލި ކުޑަ ކުރުމާއި ކުލި ދެއްކުން ފަސް ކޮށްދެމުންނެވެ.

މީގެއިތުރުން އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް އެސްއެމްއީ ފައިނޭންސް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކޮށްފައިވާ ލޯނުތަކާއި އޭގެ އިންޓްރެސްޓް އަނބުރާ ދެއްކުން 6 މަސްދުވަހަށް ފަސްކުރަން ނިންމާފައިވާ ކަމަށް އެ ބޭންކުން އިއްޔެ ބުނެފައިވާކަން ފާހަގަކުރެވެއެވެ. އެބޭންކުން ބުނީ، އެ ލޯންތައް އަނބުރާ ދެއްކުން ހަ މަސް ދުވަހަށް ފަސްކުރިއިރު، މި 6 މަސްދުވަހުގެ އިންޓްރެސްޓް ރޭޓް ވަނީ %4 އަށް ކުޑަކުރެވިފައި ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން އަންނައިރު، މިއީ އެތައް ބަޔަކަަށް ބޮޑު ލުޔަކަށް ވެގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޯކާބެ

    ބަލަ ރައްޔަތުން ނަގަނީކީ ޓެކްސް އެއްނޫނޭ އެއީ ޖިޒީ ރައްޔަތުންމިތިބީ ރައްޔަތުންނައް ނޭންގި ރައްޔަތުން ވޯޓް ލައިގެން ހޮވި ބަޔަކު އެބައިމީހުންގެ އަނބިދަރިންނާއި މައިންބަފައިންނާއި ޙުދު އެބައިމީހުން އަމިއްލަޔައް އޅުވެތިކޮއް ޖިޒީ ނަގަނީ 6% މީހިލޭ ކިރުދޫނިތަކެއްހެއް ކާލާބޯލާ އަމިއްލަ މަސައްކަތުން ގޮދުރުއަޅައިގެން ހަލާލް ގޮތުގައި ކުރަމަސައް ކަތުން ދިރިއުޅެމުން އައިބަޔެއް އެދިގުރާސްތާ 30 އަހަރު ގެދޮރުގެ އަޅުވެތިކަން ކުރީ ބިންތައް ހިސޯރް ކޮއްނުދީ ބާއްވައިގެން ގެދޮރައްޖައްސާފައި ދެން އައި ކުރުރާސްތާ 3 އަހަރު ޖިޒީ ނަގަންފެށީ މިހާރުމިއޮތީ އަނެއްކަ އިތުރު ޖިޒީއެއް ނަގަން ފަށައިފަ އިންކަމްޓެކްސްގެ ނަމުގައި

    4
    1
  2. ގރގރ

    މަޑުން ހުރޭ. މިއީ ސަރުކާރެެއްކަން ދައްކާލީމަ ހުތް ވެގެން ތިޔަ އުޅެނީ.