މޯލްޑިވްސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ލުއި ލޯނުތައް މިދަނޑިވަޅުގައި ދައްކަން ނުޖެހޭ ގޮތަށް ހެދުމަށް ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ ރައީސް އަބުއްދުއްރަހީމް އަބްދުﷲ (އަދުރޭ) ގޮވާލައިފިއެވެ.

އަދުރޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ބީއެމްއެލް އިން ދޫކޮށްފައިވާ ލުއި ލޯނުތައް މިވަގުތު ދައްކަން ނުޖެހޭ ގޮތަށް ހެދުމަށް ގޮވާލާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އިންޓްރެސްޓް ކުޑަ ލޯނެއް ތައާރަފު ކުރަންޖެހޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މި ދަނޑިވަޅަކީ ރައްޔިތުންއަށް އަވަސް ފިޔަވަޅުތަކެއް އަޅަންވީ ވަގުތު ކަމަށް އަދުރޭގެ ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން އޭގެ އެންމެ ބޮޑު ނޭދެވޭ އަސަރެއް ކޮށްފައި ވަނީ ރާއްޖޭގެ އިގުތިސާދު ބިނާވެފައިވާ ފަތުރުވެރިކަމާއި ވިޔަފާރިތަކަށެވެ. އެގޮތުން ބައެއް ރިސޯތުތައް ހިންގާ ކުންފުނިތަކުން މުވައްޒަފުންގެ މުސާރަ ވެސް ވަނީ ކުޑަކޮށްފައެވެ. އަދި ބައެއް ރިސޯޓުތައް ބަންދުކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަތަކުން ފަތުރުވެރިން ގެނައުން މަޑުޖައްސާލުމާއި ގުޅިގެން ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ މިންވަރަށް ބޭރު ފައިސާ ލިބެމުން ނުދާ ކަމަށް ސަރުކާރުން ވެސް ވަނީ ހާމަކޮށްފައެވެ. އެގޮތުން މިހިނގާ 2020 ވަނަ އަހަރު ޓޫރިޒަމް އިނދަޖެހި ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ އާމްދަނީ ބޮޑުތަނުން ދަށްވެ، 450 މިލިއަން ޑޮލަރު މަދުވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ޓޫރިޒަމަކީ ރާއްޖެއަށް ވަންނަ ފައިސާގެ ހަތަރުބައިކުޅަ އެއްބައި ކަމަށައި، ޓޫރިޒަމަށް އަންނަ ކޮންމެ ލޮޅުމަކުން ރާއްޖޭގެ އިގުތިސާދަށް އަސަރު ކުރާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖެއިން ކޮރޯނާވައިރަހުގެ ފުރަތަމަ ކޭސް ފެނުމުގެ ކުރިންވެސް ރާއްޖެއަށް ޓޫރިސްޓުން އަންނަވަރު ދިޔައީ ދަށްވަމުން ކަމަށެވެ. ފެބްރުއަރީ މަހު އެރަައިވަލްސް 14.3 ޕަސެންޓު ދަށްވި ކަމަށާއި، މި މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނި އެ އަދަދު 22.8 ޕަސެންޓަށް އިތުރުވެފައިވާ ކަމަށެވެ.

މިދިޔަ އަހަރު ނިމުނުު އިރު ރާއްޖެއަށް ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ، 653.34 މިލިއަން ޑޮލަރެވެ. އަދި މި އަހަރަށް ފާސް ކުރި ދައުލަތުގެ ބަޖެޓުގައި ލަފާކޮށްފައި ވަނީ ދައުލަތަށް އާންމުދަނީގެ ގޮތުގައި 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބްރޯ

    ހަމަނުޖެހޭވާހަކަ ދައްކަންފަށައިފި .ފައިސާގެ ދަހިވެތިކަމުގާ ޔާމީނު ފެއިލް ކޮށްލުމުގާ މިކަލޭގެ ހިއްސާ ވަރަށް ބޮޑު.

    8
    8
  2. ނަން

    އަދުރޭމެން ނެގި ވަގު ލާރިގަޑު އަޅެ ބަހާލަބަލަ.

    9
    6
  3. ބޭންކް

    ތިޔަ ބޭނކަކީ ދިވެހި ހުރިހާ ވިޔަފާރިތަކަށް ެހީވާ ބެންކެއްނޫން މިހާރުގެ ޙާލަތާއި ގުޅިގެން ޓޫރިޒަމް ދާއިރާއަށް ލިބޭ ގެއްލުނތައް ފޫބެއްދުމުގެ ނަމުގައި ތަޢާރަފު ކުރި ލޯނަކީ ބިންވެރިން ނަށާއި ރަށްވެރިންގެ ޙައްޤުގައި ތަޢާރަފު ކުރި ލޯނެއް، ކުއްޔަށް ހިފަގެން ގެސްޓް ހައުސް ހިންގާ ފަރަތްތަކުގެ އެއްވެސް ޙައްޤެއްނެތް ގެއްލުންވަނިީ މުއްސަދިންނަށް ނިކަމެތި މީހާ އެ ނިކަމެތިކަމުގައި ހުންނަން ޖެހޭނީ

    5
    1
  4. އަހްމަދު

    ކޮބައިތަ ބީއެމްއެލްގެވެރިން އަނެއްކާ ޕޮޒިޓިވްވީތަ ރައްޔިތުންރެއާދުވާލު މިކުރާއާދޭހުގެއަޑުނީވެނީތަ ނޫނީ އަޑުއަހަންބޭނުންނުވަނީތަ ނޫނީ މިކަމައްވެސް މަޖިލީހުން ގާނޫނެއްހަދަންޖެހެނީތަ

    4
    1
  5. ކޮރަކަލި

    އިންޓަރަސް އެއީ ރިބާ މިވަގުތުވެސް ކޮންމެވެެސް ހަރާމްކަމެއް ކުރެވޭތޯބަލާ

    5
    2
  6. އ. ޖ. އ

    ކަލެއަކަށް ނޭނގޭނެއެވެ.

    4
    2
  7. 3.ކޖު

    އިދިކޮޅުން މިވަގުތު ވެރިކަމާ ނުތެޅި، ގައުމުގެ މަސްލަހަތުގެ އިސްކުރަން ގޮވާލަން..

    5
    3
  8. ހަސަދު

    ބައްލަވާ ތިޔަބޭފުޅުންނަށް ކޮވޮޑުގެ ކަންކަން ގެންދަވާތީ ހިތަށް އަސަރު ކުރަނީތޯ!!!

    2
    2
  9. ނައްސި

    މިކަހަލަ ކޮންމެ ދަނޑިވަޅެއްގައިވެސް މިސިޔާސީ މީހުން ﷲ ނަހީކުރެއްވި ކަންކަމަށް ހިތްވަރު ދޭތީ މަ އެންމެ މި މީހުންދެކެ ނައްސިވަނީ

    3
    1