މާލެ އާއި ވިލިމާލޭ، އަދި އިތުރު ރަށްތަކުން ކޮވިޑް-19 އަށް ޓެސްޓު ކުރި މީހުން ބައްޔަށް ނައްސި (ނެގެޓިވް)ވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑާ ސެކެރެޓަރީ މަބްރޫކް އަަޒީޒް ވިދާޅުވީ، ރިއުހޮޓެލް، ސ. ހިތަދޫ، ޅ.ހިންނަވަރު، ރ. ފައިނު، އއ. އުކުޅަސް، މާލެ އަދި ވިލިމާލެއިން ނެގުނު ސާމްޕަލްތަކުގެ ނަތީޖާ ލިބިފައިވާ ކަމަށާއި، އެ ހުރިހާ އެންމެން ވައިރަަހަށް ނައްސިވެފައި ކަމަށެވެ.

މަބްރޫކް ވިދާޅުވީ، 517 ސާމްޕަލެއް މިހާތަނަށް ނެގިފައިވާ ކަމަށާއި، އޭގެ ތެރެއިން 13 ސާމްޕަލް ފައްސި(ޕޮޒިޓިވް)ވިއިރު، 502 ސާމްޕަލް ނައްސިވެފައިވާ ކަަމަށެވެ.އަދު 15 ސާމްަޕަލެއްގެ ނަތީޖާ ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ ޕޮޒިޓިވް ނަމްބަރަކަށް ބަދަލެއް އައިސްފައެއް ނުވޭ". މަބްރޫކް ވިދާޅުވިއެވެ.

ކަރަންޓީން ފެސިލިޓީތަކާއި ހޮސްޕިޓަލްތަކުގައި ތިބި މީހުންގެ ތަފްސީލް

ވިލިވަރުގައި 25 ފަރާތެއް

ހުޅުލެ އައިލެންޑް ހޮޓެލް 75

ފަރުކޮޅު ފުށި 0

ދަރުމަވަންތަ ހޮސްޕިޓަލް 2

ވެލިދޫ 16

ފަން އައިލެންޑް ކަރަންޓިންކުރެވިފައި 50

މިހާތަނަށް މި ބައްޔަށް އެއްވެސް ދިވެއްސަކު ފައްސިވެފައިނުވާއިރު، ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސަކު ވެސް 14 ދުވަހު ގޭގައި މަޑު ކުރުމަށް ސަރުކާރުން ވަނީ އަންގާފައެވެ. އަދި ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުން އަންނަ ގައުމުތަކުގެ ތެރެއިން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފައިވާ ގައުމުތަކާއި، އެމެރިކާއިން ރާއްޖެ އަންނަ ދިވެހިން ކަރަންޓީން ފެސިލީޓަކަށް ގެންދާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރޭގައި ގިނައީ އިޓަލީ މީހުންނެެވެ. އެގޮތުން އެ ގައުމުގެ 9 މީހަކު ރާއްޖޭގައިމި ބައްޔަށް ވަނީ ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޜައްޔިތު މީހާ

    ދިވެހިން ގެ ހެދި ގިނަ ޓެސްޓް ތަކުން ނެގެޓިވު ވުމަކީ ވަރަށް ބޮޑު ނަސީބަކާނި
    މާތް ނިއުމަތެއް މާތްﷲ ދެއްވެވި އެކަމަޟުކުރުކޮށް ހަމްދު ކުރަމާ ހިނގާ މިގައުމަށާ މިއުން މަތާ އެންމެ ން ނަށް ހެޔޮ ރަހުމަތް ލައްވާންދޭވެ! ޢިންޟާ ﷲ
    ޢާމީން !