ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިގެން ރަޝިއާގައި ދިވެހި ތިން ދަރިވަރަކު ކަރަންޓީންކޮށްފިއެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކު އަޒީޒު އަބްދުލް އަޒީޒް ވިދާޅުވީ، ރާއްޖެއިން ފުރައިގެން ރަޝިއާއަށް ކިޔަވަން ދިޔަ ތިން ދިވެހި ކުއްޖެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ހުރުމުން ކަރަންޓީން ކުރަން ނިންމާފައިވާ ކަމަށެވެ.

މަބްރޫކު ވިދާޅުވީ އެ ތިން ދިވެހިން ކަރަންޓީން ކުރަން ނިންމާފައިވަނީ ފަސް ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

"ރަޝިއާގައި 3 ދިވެހި ކިޔަވާ ކުދިން ރާއްޖެއިން ދަތުރުކޮށްފައިވޭ. މިކުދިންގެ ގައިން ބަލީގެ އަލާމަތް ހުންނަ ކަމަށް ރަޝިއާގެ ކަމާއި ގުޅޭ ފަރާތްތަކަށް ފެންނާތީވެ އިތުރު ފަސް ދުވަހަށް ކަރަންޓީން ކުރުމަށް ވަނީ ނިންމާފައި،" މަބްރޫކު ވިދާޅުވިއެވެ.

އެކުދިންގެ ހާލު ރަނގަޅު ކަމަށާއި ފޮރިން މިނިސްޓްރީގެ އިތުރުން ޖަރުމަނުގެ އެމްބަސީން އެ ތިން ދިވެހި ދަރިވަރުންގެ ހާލު ކައިރިން ބަލަމުން އަންނަ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް 13 މީހަކު މިހާތަނަށް ފައްސި ވެފައިވާއިރު، ސަރުކާރުން ވަނީ 30 ދުވަހުގެ މުއްދަތަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މި 3 ދިވެހި ދަރިވަރުން ފުރައިގެން ރަޝިޔާއަށް ދިޔައީ، ކަރަންޓީން ކޮށްފައިތިބީވެސް ރަޝިޔާގައި، "ޖަރުމަނުގެ އެމްބަސީންވެސް އެ ތިން ދިވެހި ދަރިވަރުންގެ ހާލު ކައިރިން ބަލަމުން އަންނަކަމަށް" ތިޔަވިދާޅުވަނީ، މިއީ ހަމަޖެހޭ ވާހަކައެއްހެން ހީނުވާތީ، އަނެއްކާ ލިއުމުގެ ކުށެއްބާ؟؟

    6
    1
  2. ދަރަނި ދަންތުރަ

    އިންޑިޔާގައި ކިޔަވަންގޮސްތިބި ދިވެހިދަރިވަރުންގެ ހާލަކީ ކޮބައިބާ އެކުދިންނަށް ރާއްޖެ އާދެވޭނެ އެއްވެސް ގޮތެއް އެބައޮތްބާ މަގޭ ކޮށްކޮ އެބައުޅޭ ރާޢްޖެ ނާދެވިގެން އޭނަ އަތުގައި ހުރި ރުފިޔާ ކޮޅުވެސް ހުސްވާތީ ބޯގޮވާފަ ހުރީ ސަރުކާރުގެ ބަހަކީ ކޮބައިބާ؟

    5
    1
  3. ބީވާ

    ތި ކުދިން ރާއްޖެއިން ޓެސްޓް ކުރިނަމަ ވާނީ ނައްސި