ޓީޗަރު ސަސްޕެންޑް ކުރި މައްސަލާގައި ހަލުތާލުކޮށް ކިޔަވައިދިނުން މިއަދު ހުއްޓާލި މަޖީދިއްޔާ ސްކޫލުގެ ޓީޗަރުން އަލުން ކިޔަވައިދޭން ފަށައިފި އެވެ.

މިއަދު ހެނދުނު ސެޝަނުން ފެށިގެން ޓީޗަރުން ކިޔަވައިދިނުން ހުއްޓާލީ، މަޖީދިއްޔާ ސްކޫލުގައި ކިޔަވައިދޭ ބިދޭސީ ޓީޗަރަކު ދަރިވަރަކާ މާރާމާރީ ހިންގި މައްސަލާގައި ޓީޗަރަކު ސަސްޕެންޑް ކުރުމުންނެވެ.

އެ މައްސަލަ ހައްލުކުރަން މަޖީދިއްޔާ އަށް ވަޑައިގެންނެވި، އެޑިއުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ސައީދު ރާއްޖޭގެ ބައެއް މީޑިއާ ތަކަށް ވިދާޅުވީ މައްސަލަ ހައްލުވެފައިވާ ކަމަށާއި ޓީޗަރުން މިހާރު ކިޔަވައިދޭން ފަށާފައިވާ ކަމަށެވެ.

މިއަދުގެ ހެނދުނުގެ ސެޝަން ފެށުނު ގޮތަށް އެއްވެސް ޓީޗަރަކު ކްލާސް ރޫމްތަކަށް ގޮސް ފައެއް ނުވެއެވެ. މަސައްކަތް ހުއްޓާލައިގެން ހުރިހާ ޓީޗަރުންވެސް ތިބީ ސްޓާފް ރޫމްގައެވެ.

މަޖީދިއްޔާ ސުކޫލުގައި ގިނަ ދުވަސްވީ އިންޑިއާގެ ހިސާބު ޓީޗަރަކު އެ ސުކޫލޫގެ ދަރިވަރެއްގެ ކަރުގައި ހިފި ކަމަށް ބުނެ އިއްޔެ ސަސްޕެންޑް ކޮށްފައިވާއިރު މަޖީދިއްޔާގެ ގިނަ ޓީޗަރުންނާއި މުވައްޒަފުން މަސައްކަތް ހުއްޓާލުމަށް ފަހު އިހުތިޖާޖު ކުރަމުން ގެންދަނީ ރައްކާތެރިކަން ކަށަވަރު ނުވާ ކަމަށް ބުނެއެވެ.

ޓީޗަރު ދަރިވަރުގެ ކަރުގައި ހިފި ކަމަށް ބުނި ނަމަވެސް މަންޒަރުދުއް މީހުން ބުނާ ގޮތުގައި ޓީޗަރު މަސައްކަތް ކުރީ ދަރިވަރު ހަމަލާ ދިނުމުން އަމިއްލަ ދިފާޢުގައެވެ. ދަރިވަރު ވަނީ ޓީޗަރަށް މަރުގެ އިންޒާރުދީ ޓީޗަރަށް ހަމަލާ ދޭން ވެސް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެހެން ޓީޗަރުން ވަނީ އެދަރިވަރު ހުއްޓުވާފައެވެ.

މާރާމާރީ އާއި ގުޅިގެން ޓީޗަރު ސަސްޕެންޑް ކުރި ނަމަވެސް ދަރިވަރާއި މެދު ފިޔަވަޅެއް އެޅިކަމެއް އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ސީލާސީލާ

  ނުކޮށް ކީއްކުރާނީ. މުސާރަ ބޭނުމިއްޔާ ޖެހޭނީ ކުރަން ދޯ. މީމަމެންގެ ވެރިކަން އަދި މީ މަަމެންގެ ގައުމު ދޯ. ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ދެ ކުރު ސްކާރޓް ލައިގެން ކޮއްޅަށް ތިބެ ދެފައި ދަނޑިއަށް ސީލަ ބަލަ ސީލާ ސީލާ ސީލާ ސީލާ ދަ ސީލާ ދޯ.

  • ހޯރަބޭ

   ޓީޗަރުންނަކީ ކަލޭ ކަހަލަ ޤަމާރު ލަދުހަޔާތްކުޑަ ބައެއްނޫނޭ ދޮންދޫންޏާ!

 2. ކާސިމްބެ

  ސްކޫލް ކުދިންގެ ލަދެއް ހަޔާތެއް ނުހުރޭ. ޓީޝޗަރުންނާއި މަގުމަތިންވެސް ފޮށެނީ. ހުތުރުބަހުން މުއާމަލާތް ކުރަނީ. މާރާމާރީ ހިންގަނީ. އެޑިއުކޭޝަނަށް މައްސަލަ ހުށަހޭޅުމުން ބުނަނީ ޓީޗަރުންގެ ނާގާބިލްކަމޭ. މިކަން އެންމެ ބޮޑު ސްކޫލަކަށްވާނެ ވިލިމާލޭގަ މުހްޔިއްދީން ސްކޫލް. މި ސްކޫލްގައި ކިޔަވާ ކުޑަކުދިންގެ ހިޔާގެ ކުދިންގެ ވާހަކަ ރަގަޅުވާނީ ނުދެއްކިއްޔާ. އަދަބެއް އަހުލާގެއް ނެތް ބަޔަކުގެނެސް އެންމެ ސްކޫލަކަށްލުމުން އެތާ ރަގަޅަށް ތިބި ކުދިންނަށް ނަފްސާނީ އަދި ޖިސްމާނީ އެތަށް އަނިޔާއެއްދަނީ ލިބެމުން. އެހެނަސް އެޑިއުކާޗަން މިނސްޓްރީ އޮތީ ލޯމަރާލައިގެން، ބީރު ކަމަށް ހެދިގެން. އަޅުގަނޑު ނޫސްވެރިން ސަމާލުކަމަށް މިކަންގެނެސް ރިޕޯޓެއް ތައްޔާރުކޮށްދިނުމަށް އެދެން!

 3. ޙައްޤު

  މިހާރުގެ އެޑިޔުކޭޝަން ޕޮލިސީ އޮތް ގޮތުން ދަރިވަރަށް އެޅޭނެ އެއްވެސް ފިޔަވަޅެއް އޮތްކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. އެ ދަރިވަރު ޖެހޭނީ ކުލާހަށް ވައްދާށެވެ! އަދި ކިޔަވައިވެސް ދޭށެވެ. ޓީޗަރަކީ ބިދޭސީ މީހަކަށްވާތީ މާދަމާ އިވޭނީ މި ޤައުމަށް ނާދެވޭގޮތަށް ޑީޕޯޓް ކޮށްލާ ޚަބަރެވެ. ދަރިވަރު ފަޚުރުވެރިވެލާފައި އަނެއްޓީޗަރުގެ ދުވަސް ދުއްވާލާ ތަނެވެ.

 4. އައިކުޑް

  ހަލުތާލު ނިންމާލައި މަޖީދިއްޔާގައި ކިޔަވައިދޭން ފަށައިފިތޭ. ލައްބަ ފަށައިފިއޭ. އެހެންތޭ. ނުފަށާ ކީއްތޭ ކުރާނީ އެމެން ނުފެށިނަމަ ވަޒީފާއިން ކަނޑާލާ ބޭރުވިއްޔާ އަރުވާލާނީ ދޯ އެއިރުން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ ތިޔާ ގޮތަށް ފުއްޕާފައި އުޅުނު ފެބް އެކެއްގައި ކަމިޝަނަރަކަށް އުޅުނު ކަނޑުކޮހަކު ވެސް ދޯ. ސައިޒުން ކަނޑާ އޮންނާނީ ތިރި އަރުވާލާފައޭ މަމެން ބުނަން ނެތީމު ދޯ. މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު ދޯ ތަމެން ނަށް އެއްކަމެއްވެސް ނުކުރެވޭނެއޭ ހަމަ ތެޅި ތެޅި ތިބެން ޖެހޭނީ ދޯ. އޯއް ޔޭއް އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި ޑައި ޑާއި ޑާއި ޑާއި ޑާއި..

 5. މިހާރު

  މިނިސްޓްރީއެއްގެ ދުއްޕާން ގައުމަކަށް ބޮޑުވަންޏާ އެޑިއުކޭޝަންމީ އެވަރުތަނެއް. ދިވެހިރާއްޖެއަކީ ކުދި ޖަޒީރާ ގައުމަކަށް ވެފަ އޮތްއޮތުން ޓެކްނޮލޮޖީއިން ހައްލުކުރަން އުޅުނަސް އެކަމެއްނުވާނެ.. ނަމަވެސް ތ. މަޑިފުއްޓަށް އެރިސުނާމީ މާލެއަށް ނާރާހާހިނދަކު އެރަށަށް ކަމެއްވެގެން އުޅޭކަމެއް ގަބޫލެއް ނުކުރެވޭ. މިއަކީ މޮނިޓަރިން ވަރުގަދަ ވުމެއްނޫން. ސްކޫލުގަޔާ މުޅިރަށުގަ ކަރަންޓް ނެތިގެން ދަރިވަރުން ސްކޫލަށް ގެެނެވޭނެހާލުނެތަސް ސްކޫލުން އަންގަނީ މިނިސްޓްރީން ނުބުނާހާހިނދަކު ކިޔެވުން އޮންނާނެކަމަށް. މީކިހާބޮޑު.....؟ ދަރިވަރުންގެ ގޮތުގައި ގޭންގުތައް ސްކޫލްގަ ތިބެނީ. އެމީހުންގެ ވަޔަލޭޝަން ހުއްޓުވަން އިހަށް ދުވަހު ނެރުނު ބިހޭވިޔާ ޕޮލިސީ ބަލާލިމީހަކު މިގައުމުގެ މުސްތަގުބަލް އަންދާޒާކުރާނެ. އަޅެ އެޕޮލިސީ މިހާރު ދަރިވަރުންމިތިބަ ހާލަތުން އެޕްލިކެބްލްވާނީ ގްރޭޑް 6 އާ ހަމަޔަށް.

 6. ސިސްޓަމް ރަނގަޅުތޯ

  ޔޫރަޕްގައިވެސ

 7. ސިސްޓަމް ރަނގަޅުތޯ

  ޔޫރަޕް ގައިވެސް ރަނގަޅު ކަމެއް އޮތް ނަމަ އެކަމެއް ދޫކޮއްލާފައި ހަމަ އެކަނި އެތަންތަނުގެ އެތީސްޓު ތައުލީމު ނިޒާމު ގެނައިމާ ދަރިވަރުން މުދައްރިސުން ތަރުބިއްޔަތު ކުރާނީ.