ދުނިޔޭގެ މިހާރު ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ބިރާސް އުފައްސާ މީޑިއާތަކާއި ދެކޮޅަށް މޯލްޑިވްސް ބުރޯޑްކާސްޓިން ކޮމިޝަން އިން ތެދުވަން ޖެހޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ގޮވާލައިފިއެވެ.

ރޮޒެއިނާ މިފަދައިން ގޮވާލާފައި މިވަނީ ޗެނަލް 13 އިން ގެނެސްދެމުން އަންނަ "މަޑިސީލަ" ޕްރޮގްރާމުގައި ރޭ އެ ޕްރޮގްރާމުގެ ޕްރެޒެންޓަރުން ރާއްޖޭގައި ކޮވިޑް-19 އަށް ފައްސި ވެފައިވާ ދިވެއްސަކަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ބުނި ވާހަކައާ ގުޅިގެންނެވެ.

ބްރޯޑްކޮމް ޓެގު ކުރައްވާ ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފަދަ ހާލަތެއްގައި ރައްޔިތުންގެ މެދުގައި ނަފުރަތު އުފައްދައި މުއައްސަސާތަކަށް އޮންނަ އިތުބާރު ގެއްލުވާލުމަށް މީޑިއާތަކުން މަސައްކަތް ކުރުމަކީ، މީޑިއާގެ އުސޫލުތަކާއި ހިލާފުކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން ނުކުމެދާނެ ހިތި ނަތީޖާއަކީ އަންދާޒާވެސް ކޮށްލެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވާ ރޮޒެއިނާ ވިދާޅުވީ މިއީ ސިޔާސީ ކުޅިވަރެއް ކުޅެންވީ ވަގުތު ނޫން ކަމަށެވެ.

ރާއްޖެއިން މި ބައްޔަށް 13 މީހަކު ފައްސިވެފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ ރިސޯޓުގައި މަސައްކަތް ކުރާ ބޭރު މުވައްޒަފުންތަކަކާއި ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައި ފަތުރުވެރިންތަކެކެވެ. މި ބައްޔަށް އެއްވެސް ދިވެއްސަކު މިހާތަނަށް ފައްސި ވެފައި ނުވި ނަމަވެސް ބައެއް ދިވެހިން ވަނީ ބައްޔަށް ޝައްކު ވެގެން ޓެސްޓު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ވީ އެއްމެ އަވަހަކަށް ރޮޒޭނާ އާދަމް ހިފާ ހައްޔަރުކުރޭ 2018 ވަނައަހަރު އެއްމެ ގިނައިން ދޮގުހަދާ ދޮގުމައުލޫމާތު ފެތުރި ފަރާތަކީ ރޮޒޭނާ 2019 ވަނައަހަރު މިހާތަނަށް އެއްމެ ގިނަދޮގު ހެދިމީހަކީ ރައީސް އޮފީހުގެ ހޫދު [ތަލަބޯ] ދެން ރައީސް އިބޫ ދެން ކެނެރީގޭ ލާދީނީ ސޮރު ، ހިފާ ހައްޔަރުކުރޭ ހައްޔަރުކުރޭ ރޮޒޭ ހައްޔަރު ޖަހުވާލަ....

    32
    2
  2. ސިކަންދަރު

    އެންމެ ކުރިން ފިޔަވަޅު އަޅަން ޖެހެނީ ކަމަނާޔާ ކަމަނާގެ ޕާޓީ ކުދިންކޮޅާ ކަމަނާމެންގެ ޓީވީ ޗެނެލް އާއި ރޭޑިއޯ ޗެނެލްއިން އެހެރީ ޔޫޓިއުބުގައި ރިކޯޑިންގް ތައް ބައްލަވާ އިރު އަރާ އިރު އޮއްސެންދެން ވެދުން

    31
    1
  3. ޝްރޭ

    އިންޑިއާ އާއި ގުޅޭ ސިއްރުތަައް ފަޅާއަރުވާތީ ޒާތީ ވީ...ރަނގަޅު ގޯސް މަޢުލޫމާތު ފަތުރާނަމަ ފިިޔަވަޅު އެޅިދާނެ.އެކަމް ރައްޔިތުން މަޖިލީހުގައި ކިހާ ބޮޑެތި އޮޅުވާލާ ދޮގުތައް ތޯ ހައްދަވަމުން ދިޔަގެންދަވަނީ.ފިޔަވަޅެއް ނޭޅެ...މީ އެއްވެސް އިންސާފް ވެރިކަމެއް ނެތް ސަރުކާރެެއް .އިންޑިއާގެ އަޅުވެތިކަމަށް ރާއްޖެ ދިޔައީމަ ވިސްނޭނީ..?

    29
    1
  4. ކޮންވާހަކައެއް

    މިދިޔަ ސަރުކާރުގަ މޑޕ ވެސް އުޅުނީ ހަމަތިޔަހެން.

    27
  5. ސަމިި

    ތިކަމުގެ އެންމެ ކުރީގައި އުޅޭނީ ރ ޓީވީ

    32
    1
  6. ޚ

    މި ކަހަލަ ވާހަކަ މިއަދު މިދައްކަނީ ހަމަ ރަނގަޅު ބައެއް، އިޙްސާސް ވާގޮތް ބަލާލުން ރަނގަޅު.

    21
  7. ސަރުކާނު

    ތީ ބޭރު މީހުންނަށް ކުރިޓްވީޓެއްތަ ނޫނީ ދިވެހިންނަށް ކުރި ޓްވީޓެއްތަ؟ ފޮންޏޭދޯ؟ ބައްޕައަށް ވެސް ކިޔާނީ އެޑަމް ކަންނޭގެދޯ؟

    20
  8. މާމީ

    ދޮގުހެދުމުގެ އައްޑަނަ ދޭންވެފަހުރި ދާތަގަނޑެއް......

    25
  9. Anonymous

    އަދިވެސް މަޑިސީލަ ކުދިން ކުރި ސުވާލަށް ޖަވާބު ނުދެވޭ، ދޮގު ހަދަނީ ކޮންބައެއްކަމެއް ނޭގުނު

    25
  10. ބަސްބުނުން

    މާޖީގަ ދެއްކެވިފަވާ ކަންކަމަށް ވިސްނާލަން ޖެހޭ މިިވަންކަމުގެ ހިޔަލުގަ ދާއިރާއަށް ވީވައުދު ހަނދާންކުރަން ޖެހޭ ހޮވާދިނީ އެމް.ޑީ.ޕީ. ގެއިސްސަފުގައި ތިއްބެވި މީހުން ވޯޓް ލައިގެނެއްނޫން . ކޮންމެފަހަރަކު ރައްޔިތުންގެ އަޑުއަހާނެ ކަމަށް ކޮންމެ މެމްބަރަކުވެސް ބުނޭ ނަމަވެސް ހޮވުމުން މަސައްކަތް ކުރައްވަނީ ޕާޓީ ޕޮރޮމޯޓް ކުރުމަށް މިގޯހެއް

  11. ވައުދު

    މާޖީގަ ދެއްކެވިފަވާ ކަންކަމަށް ވިސްނާލަން ޖެހޭ މިިވަންކަމުގެ ހިޔަލުގަ ދާއިރާއަށް ވީވައުދު ހަނދާންކުރަން ޖެހޭ ހޮވާދިނީ އެމް.ޑީ.ޕީ. ގެއިސްސަފުގައި ތިއްބެވި މީހުން ވޯޓް ލައިގެނެއްނޫން .

  12. ....

    ތެދުވެރިއަކު ނެތީތީތާ ކޮރަޕްޝަން މަޖްލިސް މެމްބަރުުންގެ ބޮލުން ނުފިލަނީ...ތެދުވެރިންނޫނީ ދެން ތިބޭނީ ......
    ފުރަތަމަ މަޖްލިސް އުވާލާ....ގައުމްށް ބޭނުންވާ ތަނެއްނޫން އެއީ...ބޭކާރު ހަރަދުތްކެއް...މަޖްލިސްނެތަސް ހުރިހާ ކަމެއްވެސް ކުރެވޭނެ...މީދޮގެއްތޯ ވަކި އަތަކަށްނުޖެގި ވިސްނާލުން އެދެން

  13. ބޮޑުއަނގަ

    މިމީހުންކުރާ ޓްވީޓުތައްކުރަންޖެހޭނީ މިމީހުންގެ އަސްލުވެރިމީހާއައް ކިޔަން އެނގޭގޮތައްކަމައް އަންގާފަވާހެންހީވަނީ އެހެންވެކަން ނޭންގެ އެގޮތައް އެކުރީ ނޫނީ ދިވެހިން ލިޔަންކިޔަން ނޭންގެނީކަމައް ވެދާނެ

  14. Anonymous

    ވައްކަން ކޮއްގެންމުއްސަނދިކަން ހޯދަފައިވާ އައްޑޫ މީހުން ހޯދައިގެން ހައްޔަރު ކުރުމަށް ގޮވައިލަން

  15. ކައްބެ

    އެއްމެ ބޮޑު ދޮގުވެރިންގެ ތެޜޭގައި ފާހަގަކޮށްލެވޭ 3 ބޭފުޅުން 1 ރޮޒައިނާ 2 އަންނި 3 ސޯލިހު އެއަށް ފަހު ދޮގުމައުލޫމާތު ފެތުރުމުގައި ރެޔާއި ދުވާލު މަސައްކަތް ކުރަމުންދާ މީޑިއާއެއް ކަމުގަވާ ރ ޓީވީ ހިމެނެއެވެ .

  16. ނައީމް

    އެބަޔަކު ކުރިކަމެއް އެބަޔަކާއި ބައްދަލްކުތާނެތެވެ.!ﷲ އަކުބަރު.:
    1. ރާއްޖެ ބޮއިކޮޓްކުރަން ނަސީދު އައްނި ޓުއަރިސްޓުންނަށް ގޮވާލި.
    2. ދަރިން ސުކޫލަލަށް ނުފޮނުވުމަށް ރޮޒެއިނާ ގޮވާލި.
    3. ދަރުމަވަންތަ ހޮސްޕިޓަލަކީ ބޭކާރުތަނެއްކަމަށް އެމްޑީޕީން ބުނި.
    4. ޓެބްލެޓަކީ ބޭނުމެއްނުހިފޭ އެއްޗެއްކަމަށް އެމްޑީޕީން ބުނި.
    މި ހުރިހާކަމަކާއި މިއަދު އެމްޑީޕީ ސަރުކާރަށް ކުރިމަތިލާންޖެހިއްޖެ.
    ދިރިތިބީންނަށް މިއީ ޢިބުރަތެއް!!

  17. ޔުތް

    މިތޮޒޯނާ މީހުންނާ ދިމާާލަށް ވަގައްގޮވަނީ ކޮންހައިސިއްޔަތަކުން

  18. ގުދޯގުދޯ

    ރޮޒައިނާ ކަލޭ އަނގަ ހުޅުވާކަށް ލަދެއް ހަޔާތެއްނެތްތަ؟ އެމްޑިޕީއަށް ވެރިކަން ހޯދައިދޭން ރާއްޖެ ޓީވީން 24 ގަޑިއިރު ހުއްޓާނުލާ ހެދި ދޮގުތަކާ މީހުނަށް އޮޅުވާލައި ފިތުނަ ފަސާދައުފައްދަން ދެއްކި ދޮގު ވާހަަތައް އެހުރީ ފެންނާން އަދި މިހާޜުވެސް ރާއްޖެ ޓިވީން ފަތުރަނީ މުޅިންވެސް ކެމްޕޭނު ޚަބަރާ ދޮގު ހަބަރު ރާއްޖެ ޓީވީއަކީ ފިތުނަ އުފައްދާ ބައެއްކަމަށް ލާދީނީ ކެނެރީގޭ ނަޝިދުވެސް ބުނެފަވޭ އެހެންވީމާ ރޮޒައިނާ އާއި ކެނެރީގޭ ލާދީނީ ނަޝީދާ އެމްޑީޕީ މެމްބަރުން އަވަހަށް ހައްޔަރުކުރަންވީ އެންމެ ފުރަތަމަ ރާއްޖެޓީވީ ބަންދުކުރަންވެސްވީ އޭގެ ފަހުގަ އެނެހްން ޓީވީ ތަކަށް އަޅާ ފިޔަވަޅެއްއަޅަންވީ

  19. ޓައްޕު

    ޑިމޮކްރަސީގެ ވާހަކަ ދެއްކި މީހުންނަށްވުރެ ހުދު މުހުތާރު ދޮގުވެރި ބަޔަކު ނުދެކެން މަށަކު ، ރ ޓީވީ އިން ނާ މިނިވަން ރޭޑިޔޯ އިން މުޅިންވެސް ޑިމޮކްރަސީ އާ މިނިވަން ކަމުގެ ނަމުގައި ބުހުތާން ދޮގު ވާހަކަ ފަތުރަނީ ކުރީގައި ހަޖަމުނުވިޔަސް ފުކެއް ބޮޑުވަރު . އެއެއްޗަކުން ނުކުންނާނީ އެއެއްޗެއްގައި ހުރި ދިޔައެއް މާތް ﷲ އަށާއި އެބައެއްގެ ނަބިއްޔާ އަށް ފުރަށްސާރަ ކުރާ ބަޔެއްގެ ފަހަތަށް އަރާނީވެސް ހަމަ އެފަދަ ވިސްނުމެއްގެ މީހުން ދުވަހަކުވެސް އަޅުގަނޑު ބުއްޅަބޭގެ ފަހަތަކަށް ނާރާނަށް. ފައިސާ އާ ގާތް ތިމާގެ ކަމާ ލޯބިވާ މީހުން އަންނާނީ ފަހުން ފުރަތަމަ އަންނާނީ ރަސޫލް ސައްލައްﷲ އަލައިހި ވަސައްލަމް ދުވަހަކުވެސް އެކަލޭގެ ފާނަށް ކުޑައިމިސް ބަހެއް ރައްދު ކުރިފަރާތަކަށް ސެލިއުޓެއް ނުކުރެވޭނެ ނުކުރާނަން