ފުލުހުން ކުރަމުން ގެންދާ ތަޙްޤީޤަކަށް ހައްޔަރުކޮށްފައި ހުރި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް އަނެއްކާވެސް ދޫނިދޫ ޖަލަށް ބަދަލުކޮށްފިއެވެ.

ދޫނިދޫގައި ހުންނަވަނިކޮށް މިދިޔަ ހަފްތާގައި ރައީސް މައުމޫން ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފައެވެ.

ރައީސް މައުމޫން ދޫނިދޫ ޖަލަށް އަނެއްކާ ވެސް ބަދަލުކުރިކަން އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން އަށް ފުލުހުން މިއަދު ވަނީ އަންގާފައެވެ. ނަމަވެސް ރައީސް މައުމޫން ދޫނިދޫ ޖަލަށް ބަދަލު ކުރީ ކީއްވެކަން އަންގާފައެއް ނުވެއެވެ.

ފެބްރުއަރީ 05 ވަނަ ދުވަހުގެ ރޭ ރައީސް މައުމޫން ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، ރިޝްވަތު ދީ ޤާނޫނާއި ޚިލާފަށް ވެރިކަން ވައްޓާލުމަށް މަސައްކަތްކުރުމާއި ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ޙުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ގޮތުގައި ފައިސާ ދިނުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، ސަރުކާރާއި ދެކޮޅަށް ސަލާމަތީ ބާރުތައް ނިކުތުމަށް ހިތްވަރުދީ، އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމުތައެވެ.

ފުލުހުން ވިދާޅުވާ ގޮތުގައި ރައީސް މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭ ގިނަ ހެކިތަކެއް ފުލުހުންނަށް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަފީފާ

    މުސްކުޅިވިދުވަހުންނަންވީމާމިއަދުތިކުރައްވަނީކޮންކމެއްތޯ؟ ދަރިންގެއެވަރުގެލަޔާގަތާގާބިލްކަންހުރީޔާ
    ވެރިކަމައްކުރިމަތިލީނަމަﷲމިންވަރުއެކަންވެސްވީ
    ނޫތޯ؟ ދިވެހިދައުލަތުންދެއްވާއިނާޔަތާބޭސްފަރު
    ވާލިބިލިބިހުއްޓާތިއުޅުއްވަނީކޮންގޮތަކައްތޯ
    ވަރައްދެރަވޭ ތީކުރަންހިޔޮވާވަރުގެކަމެއްނޫނޭ
    އެކަމަކުދެންކުރާނެކަމެއްނެއްދެންވެސްތެދުބަހުން
    ހުރިހާވާހަކައެއްކިޔާދެއްވާ؟

  2. އަހަންމާ

    ޢަމިއްލައަށް ބޮނޑިފުޅު ބުއީ މޑޕ އަށް ވެރިކަން ލިބުނަސް ދުލެއްނުކުރާނެ އެމީހުން ދިންލަނޑެއްތީ ޢެމީހުން ކައިރިއަށް އަންނަނީ ހިނި