ސަރުކާރުން ޖުމްލަ 2.5 ބިލިން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފް ކުރުމަށް ނިންމައިފިއެވެ.

އެކަން ހާމަކޮށްފައި ވަނީ މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެ ޕެކޭޖާއި ގުޅޭ ކަންކަން ހަމާކުރަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، އެއީ ވިޔަފާރިތަކަށް ވޯކިންގ ކެޕިޓަަލް ހޯދައިދިނުމަށް ތައާރަފްކުރުމަށް ނިންމި ޕެކޭޖެއް ކަމަށެވެ. އަދި އެކަން ބައެއް ބޭންކްތައް މެދުވެރިކޮށް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

"މިއީ ޖުމްލަ ދެ ބިލިއަން ރުފިޔާއާ ހަމައަށް ލޯން ދޫކުރެވޭނެ ފެސިލީއެއް. އޭގެން އަޅުގަނޑުމެން މި ފާހަގަކުރާ ނުކުތާތަކަކީ، ލޯން ދޫކުރެވޭނީ ކުޑަ އިންޓަރެސްޓް ޜޭޓެއްގައި 6% ތިން އަހަރުން އަނބުރާ ދައްކާގޮތަށް ހަ މަހުގެ ގްރޭސް ޕީރިއަޑްގެ ކޮލޭޓްރަލްއެއް ބޭނުމެއް ނުވާނެ. ލޯން ދޫކުރެވޭނީ މި ދަނޑިވަޅުގައި ދިމާވާ ވޯކިންގ ކެޕިޓަލްތައް ހައްލު ކުރުމަށް". އަމީރު ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް - މުހައްމަދު އަފްޒަލް

އަމީރު ވިދާޅުވީ، މި ލޯން ދިނުމުގެ ބޭނުމަކީ ވިޔަފާރިތައް ހީނަރުވުމާއި ގުޅިގެން ދިވެހިން ވަޒީފާ ގެއްލުމުގެ ފުރުސަތާއި ޕްރައިވެޓް ސެކްޓަގެ މުސާރަތައް ކުޑަ ކުރުމަށް އޮވެދާނެ ފުރުސަތުތައް ކުޑަ ކުރުމަށް ކަމަށެވެ.

އަމީރު ވަނީ މި ދަނޑިވަޅަކީ ހުރިހާ ވިޔަފާރިތަކުން ފަރުދީ ޒިންމާ އަދާ ކުރަންވީ ވަގުތުކަމަށް ވިދާޅުވެފައެވެ. އަދި ވިޔަފާރިތަކަށް ވޯކިންގ ކެޕްޓަލްގެ ގޮތުގައި ސަރުކާރުން ދޭ އެހީ ހެޔޮ ގޮތުގައި ބޭނުން ކުރުމަށް އަމީރު ވަނީ އެދިފައެވެ. އަދި ދިވެހިން ވަޒީފާއިން ވަކިކޮށްނުދިނުމަށްވެސް އޭނާ ވަނީ އެދިފައެވެ.

އަމީރު ވިދާޅުވީ، މި ވައިރަހާއި ގުޅިގެން ބޭރުގެ އެހީދޭ ފަރާތްތަކާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެގޮތުން ބޭރުގެ ބައިލޭޓްރަލް އައި ބަލްޓިލޭޓްރަލް ފަރާތްތަކުން ސަރުކާރަށް ފައިނޭންސިންގ ގެޕް ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަމީރު ވިދާޅުވިއެވެ.

"މި ފަރާތްތަކުން ޕްރައިވެޓް ސެކްޓަރަށްވެސް އިތުރު ޓްރޭޑް ފެސިލިޓީ އަދި އެހެނިހެން އެހީދޭނެ އިންތިޒާމްތަކެއް ދަނީ ބަލަމުން". އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާއަށް ހަރަދުކުރާ މިންވަރު އިތުރު ކުރުމަށް ނިންމާފައިވާ ކަަމަށެވެ. އެއީ 212 މިލިއަން ރުފިޔާއެވެ.

"މިއީ ހެލްތް އެމާޖެންސީއަށް އަޅުގަނޑުމެން ހާއްސަކޮށްފައިވާ ބަޖެޓަކީ 212 މިލިއަން ރުފިޔާ". އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، ސަރުކާރުން ފިޔަވަޅުތައް އަޅަމުން ގެންދާނީ އެއްވެސް ދިވެއްސަކު ބާކީ ނުވާނެ ހެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މުހަނު

    ތިޔަލާރިތައް ރިސޯޓު އޯނަރުންގެ އަތަށް ނުދީ ދިވެހީންގެ މުސާރަޝީޓު ބެންކަށް ފޮނުވުމުން ސީދާ މުވައްޒަފުންގެ އެކައުންޓަށް ޖަމާކޮށްވޭގޮތަށް ހަދަންވީ. ނޫނީ ތިވެސް ކަައްވާލާނެ.

    10
    1
  2. މުހަނު

    ތިޔަލާރިތައް ރިސޯޓު އޯނަރުންގެ އަތަށް ނުދީ ދިވެހީންގެ މުސާރަ ޝީޓު ބެންކަށް ފޮނުވުމުން ސީދާ މުވައްޒަފުންގެ އެކައުންޓަށް ޖަމާކޮށްވޭގޮތަށް ހަދަންވީ. ނޫނީ ތިވެސް ކަައްވާލާނެ.

    7
    1
  3. ސުލައިމާނު

    ރަނގަޅު ނިންމުމެއް.
    ކޮންމެ ކަމަކީވެސް އެކަމެއްގައި ހަރަދުތަކެއް ހުރުމުގެ ސަބަބުން ގެއްލުމާއި އެކުވެސް ކުރަންޖެހޭނެކަންކަން. މިއަދު ރާއްޖޭގައި ހުރި ބޮޑެތި ކުންފުނިތަށް މިއަދު މިދެކޭ ކުރިއެރުން އައީ ކިހިނެއްތޯ؟ ރައްޔިތުންގެ ފައިސާއިންދޯ. އެހެންވީމައި ރައްޔިތުން ހާލުގައި ޖެހުނީމައި އެ ކުންފުނިތަކުން ރައްޔިތުންނަށް އެހީވާންޖެހޭނެ.
    ކަރަންޓްބިލް 50% ޑިސްކައުންޓް ދޭންވީ.
    ހަމަ މިގޮތަށް ބޭންކްތަކުން އާންމު ފަރުދުންނާއި ކުދި އަދި މެދު އަދި ޓުއަރިޒަމްގެ ވިޔަފާރިތަަކަށް ދޫކޮށްފައިވާ ލޯންތަކުގެ ރީޕޭމަންޓް ކުރިޔަށް އޮތް 2-3-4 މަހަށް ލަސްކުރުމަށް އެދެން.
    މޯލްޑިވިއަންގެ ދަތުރުތަކުން ވެސް މިއުސޫލުން ބޮޑުތަނުން އަގުހެޔޮ ކުރަން އެބަޖެހޭ.
    އެސްޓީއޯ އިންނާއި މިފްކޯއިން ވެސް އެއްޗެހި އަގުހެޔޮވާން އެބަޖެހޭ.
    ދިރާގުން ކުރިޔަށް އޮތް 2-3 މަހު އިންޓަނެޓާއި ފޯންބިލް ހިލޭ ނުވަތަ 50% ޑިސްކައުންޓް ހަދަން އެބަޖެހޭ.
    މިކަންކަން ކުރަންވީމައި ކުންފުނިތަކަށް ތަދި ދިމާވާނެ، އެހެން ނަމަވެސް މިއޮތްހުރިހާ ދުވަހުން ރައްޔިތުން ދިން ސަޕޯޓުން މިކުންފުނިތަށް ކުރިއަރާފައި އޮތީ. އެހެންވީމައި މިފަދަ ހާއްސަ ހާލަތެއްގައި ރައްޔިތުންނަށް އެހީތެރިވުމަށް ގެއްލުމުގައި ދެ ތިން މަހު ކުންފުނި ތަށް އޮޕަރޭޓް ކުރިޔަކަސް މިއަހަރު ނިމޭއިރު މިލިޔަނުން ފައިދާލިބޭނެ ކަން ޔަގީން.
    މިހުރިހާ ކުންފުނިތަކަކީވެސް އަހަރީ ފައިދާ އެތައްސަތޭކަމިލިޔަނުން ގުނާކުންފުނިތަށް. އެފައިސާ ދެނީ ކޮންބައެއްތޯ؟ ދިވެހިރައްޔިތުން. މިއަދު ރައްޔިތުންގެ ޖީބުހުސްވެ ރައްޔިތުން ސަލާންޖަހަންޖެހުނީމައި މިކުންފުނިތަކުން ކުދި ކުދި ޑިސްކައުންޓް ހަދާލައިގެން އެއީ މާބޮޑުކަމެއްކަމަށް ދައްކަން އުޅުމަކީ ހުތުރުކަމެއް.

    1
    1
  4. ވީއޭއާރު

    ވިޔަފާރި ވެރިންނާ މަހުޖަނުން ނިކަމެތި ރައްޔިތުންގެ ވަޒީފާގެއްލޭނެ ކަމައް ސަރުކާރައް ބިރުދައްކާ ބޮޑެތި އަދަދުތަކުން ފައިސާ ހޯދުމައް މިވަގުތުގެ ބޭނުން ނަހަމަ ގޮތުގައި ހިފާތަން މި ފެންނަނީ. ދަރަނިވާ މިންވަރެއްނުބަލާ ދައުލަތުން ބޭރުގެ ލޯނުނެގުމުން ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވާނެ. ދައުލަތު އެތެރޭގެ ދަރަނި އިންޑިއާގެ ހިލޭ އެހީއައް އަންނަ އަހަރު ބަދަލުވަންޏާ މަލިކައް ވީ ހެން މާލެވެސް އިންޑިއާގެ އަވަށަކައްވުން ގާތް. ދިވެހިންނައް ވިސާއިން ބިރުދެއްކި ބައެއް ތި އިންޑިޔާ އަކީ. އެއްކަމެއްވެސް ހީލައްތެރި ގޮތަކައްނޫނީ ނުކުރާނެ ބައެއް އިންޑިއާތީ. ވިސްނަވާ

  5. ދަރަނި ދަންތުރަ

    ހޫން މިވަގުތު ވެސް ވަށްކަން ކުރަންދޯ ތިޔަދިމާކުރަނީ ތި ޕެކޭޖުދީ ، ދިބާޖާ ، މަންދުކޮލެޖު ، ބިގު ، ނޫމަޑި ، ޖާ ކޮންޓުރަކުސަން ، މ ޖަރީމާގޭ ހުރިހާ ބޭފުޅުންނަށް ، ހޯރަ އިއްބެޔަށް ، އީސީ ސަރީފަށް އޯކޭ ކަޓު....

  6. ދަންބެރު

    ބަނގުރޫޓު ވުމުގެ ކުރިން ފިޔަވަޅު އަޅާ ނޫނީ ސަލާމަތެއް ނެތް .

    3
    1
  7. Anonymous

    ތިޔަ ލޯނު ދޫކުރަން ފަށަނީ ކޮންއިރަކުންބާ މުސާރަ ދޭން ވާއިރަށް ތިބުނާ ލޯނުތައް ހަމަ ނުޖެހެންޏާ މުވައްޒަފުން މަދުކުރަން މަޖުބޫރު ވާނެ، ކުދި ކުދި ވިޔަފާރިތަކަކީ ލިބޭ އެއްޗަކުން ދެކޮޅު ޖައްސައިގެން އަދި ގެންގުޅޭ މުވައްޒަފުންނަށް މުސާރަ ދެނީ. ވީމާ، ތިޔަ ބުނާ ލޯނު ނުލިބޭނަމަ މުވައްޒަފުން ކަނޑަން މަޖުބޭރުވާނެ، ލޯނު އަވަހަށް ލިބުން އެއީ އަމިއްލަ ކުދި ވިޔަފާރި ތަކުގެ ހައްލު. ރައްޔިތުންގެ އަޑުއަހާ ރައްޔިތުންގެ އިޙްސާސްތައް ދަންނަ ފަރާތްތަކަށް މި ގައުމު ހިންގުމުގެ މޭސްތިރިން ކަމުގައި ލައްވާ ދަމަހައްޓަވާންދޭ! އާމީން.