ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ފުލުހުންގެ ތަޙްޤީޤަކަށް ފޯނު ހުޅުވައި ނުދިން މައްސަލައިގައި އޭނާ ކުށްވެރިވާ ކަމަށް ހައި ކޯޓުން ކަނޑައަޅައިފިއެވެ.

ނަމަވެސް އޭނާގެ މައްޗަށް އަދަބު ކަނޑައަޅާނީ މިއަދު އޮންނަ އިތުރު އަޑުއެހުމެއްގައެވެ.

ފުލުހުންގެ ތަހުގީގަކަށް ފޯނު ހުޅުވައިނުދިން މައްސަލާގައި ރިޔާޒް ކުށްވެރިނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލް ކުރުމުން ރިޔާޒްގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ޙުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ.

ރިޔާޒުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައިކޯޓުން މިއަދު ނިންމުމާ އެކު ރިޔާޒުގެ ވަކީލުން ވަނީ އެ މައްސަލައިގައި ވީހާ ވެސް ކުޑަ އަދަބެއް ރިޔާޒަށް ދިނުމަށް ޝަރީޢަތުގައި އެދިފައެވެ. އަދި އޭނާ ގޭ ބަންދަށް ބަދަލުކޮށް ދިނުމަށް ވެސް ހައިކޯޓްގައި ވަކީލުން އެދުނެވެ.

މިއީ ދިވެހިރާއްޖޭގެ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު އަދާކުރި ބޭފުޅެއްގެ މައްޗަށް ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ.

ފުލުހުންގެ ތަޙްޤީޤަށް ފޯނު ހުޅުވައި ނުދިން މައްސަލަ ރިޔާޒްގެ މައްޗަށް މިއަދު ސާބިތުވިއިރު ފެބްރުއަރީ 01 ގައި ސުޕްރީމް ކޯޓުން ނެރުނު އާދަޔާއި ހިލާފު އަމުރާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ރިޔާޒް ވަނީ ހައްޔަރު ކޮށްފައެވެ.

އެމައްސަލައިގައި ވެސް ރިޔާޒްގެ މައްޗަށް ދައުވާ ތަކެއް ވަނީ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަޙްމަދު

    "ފުލުހުންގެ ތަހުގީގަކަށް ފޯނު ހުޅުވައިނުދިން މައްސަލާގައި ރިޔާޒް ކުށްވެރިނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލް ކުރުމުން ރިޔާޒްގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ޙުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ" ....... ވަޓް؟

  2. ޙަފްޞާ / މާލެ

    މިކަލޭގެމީ އެމްޑީޕީން ގެންގުޅޭ ، ބާޣީންގެ ލިސްޓުގަ 4 ވަނައަށް އޮތް ކަލޭގެ~! އަދި ކޮބައި ރައީސްޔާމީންގެ އިސްތަށިފުޅުގައި މި ރިޔާޒު ސާފުބަހުން ޤާތިލުކަމުގެ ތުހުމަތު އެޅުވި މައްސަލަ؟ އެ މައްސަލަ ޖިނާއީ މައްސަލައެއްގެގޮތުގައި ކޯޓަށް ވައްދާނޭކަމަށް ރައީސް ވަނީ ވިދާޅުވެފަ!

  3. ޒާ

    ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު އަދާކުރިޔަސް ރިޔާޒަކީ ޑިސިޕްލިން ވަރަށް ދަށުދަރަޖައިގެ މީހެއް. އެގޮތުން އޭނާ އެމަގާމުގައި ހުރިއިރު އެނގޭ ބައެއްކަންކަން މީޑިއާގައި ފާޅުކަން ބޮޑު ގޮތަކަށް ހާމަކޮށް އެ މުޢައްސަސާގެ އަގު ވައްޓާލުމަށްވެސް މަސައްކަތްކުރި. އަދި އަފްރާޝީން މައްސަލަ ބެލުމުގައި ރިޔާޒްވަނީ ފެއިލްވެފައި. ނަމަވެސް އެކަން ރިޔާޒަށް ހަނދާން ނެތި ވަރަށް ބޭއަދަބީކޮށް ދަނީ ވާހަކަ ދައްކަމުން.

  4. ސަނދުވާ

    އުޅެން ނޭނގޭ މީހާ މަރުވަންވެސް ނުދަންނާނެކަމަށް މިސާލުބަހެއްއޮވޭ. ޢަބުދުﷲއަށް ތިޔަވީއެހެންތާ:

  5. ެކެޑިޑޭޓް

    އުލެން ނޭގުނުދޯ ވެރިިކަމާހެދި

  6. Anonymous

    ޕޮލިސް ކޮމިޝަނަރއަކަށް ހުރި މީހަކަށް ނޭނގުން ޕޮލިހުންގެ ތަހުޤީޤަށް ފޯނު ހުޅުވައިދޭން ޖެހޭކަންވެސް. މީނަ ކޮމިޝަނަރަކަށް ހުރި އިރު ދިން މުސާރަ ދޭގޮތަށް އަންގަން މަށަށް ފެންނަނީ. އެމަގާމުގަ ހުރި މީހަކު މިކަހަލަ ގަމާރު ކަމެއް ކުރާނީ މަގާމުގެ ފެންވަރުނެތި، ކޮރަޕްޓް ގޮތަކަށް މަގާމަށް ދިޔައިމަ.

  7. ސަަާފޯ

    ޙަފްސާ އަށް ބުނެލަން އޮތީ ހަގީގަތް ބަލާފަ ކޮމެންޓް ކުރަައްވާށޭ ރިޔާޒް އަކީ އެމްޑީޕީ މީހެއްނޫން ވަރަށް ސަލާމް

    • މުހައްމަދު

      އެމްޑީޕީ މިޤައުމުގެ ހަލާކު

  8. ވެންއިޓް

    ފާއިތުވި 6 އަހަރު ދުވަސް ތެރޭގައި ރާއްޖޭގެ ޓޫރިޒަމް އަށް ބޮޑު ކުރިއެރުމެއް އައި ނަމަވެސް އަންނަން ޖެހޭ މިންވަރާއި ގާތަށް ވެސް ކުރިއެރުން ނުލިބެއޭ ރާއްޖެ އަށް ދުވާލަކު އަންނަން ޖެހޭނެއޭ އެއް މިލިއަން ޓޫރިސްޓުން. މި އަދަދަށް ގެސްޓުން ގެނެވޭނީ ރާއްޖޭގެ ރިސޯރޓްސް ތަކުގައި އަގުހެޔޮ ވެގެން ނޭ ދުވާލަކު ބެޑް އެން ބްރެކްފާސްޓް ދޭން ޖެހޭނީ ދުވާލަކަށް 50 ޑޮލަރަށް ވުރެން ބޮޑު ނުވާނެ އުސޫލުން ނޭ މިކަން މިގޮތަށް ކުރެވޭނީ ދަ ރާެއްޖެތެރޭގައި ރިސޯރޓްސް ތައް ގިނައިން ހެދުމުގެ ބަދަލުގައި މާލެ ސަރަހައްދުން 10 ހާސް ފަޅު ކުއްޔަށް ދީގެން ފަޅު ތައް ހިއްކުމުންނެވެ. މިކަން ކުރެވޭތޯ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ވިސްނަންވީއޭ މާލެ ސަރަހައްދުގައި ރިސޯރޓްސް ހަދަން ދީފައިވާ ފަޅު ތައް އަދިވެސް މާ ބޮޑަށް މަދޭ އަދި އިތުރު ކުރާށޭ. ވެން އިޓް ކަމްސް ޓު މާލެ އޭރިއާ މޭކް އިޓް ވެލް އިނަފް ދެއަރ އިޒް ނޯ ލިމިޓް އިން އެކްސްޕޭންޑިންގް މާލެ އޭރިއާ. ވޮންޓް ޔޫ ސީ އިޓް ވޮންޓް ވންޓް ޔޫ ވޮންޓް ޔޫ ވޮންޓް ޔޫ ވޮންްޓް ޔޫ ޑާންސް ޑާްންސް ޑާންސް ޑާންސް ޑާްންސް..

  9. ޖޮއްބެ

    ތިމަރަކަޅޭ ސައިޒުވެއްޖެ.....!!!

  10. މުހައްމަދު

    ތި ކަލޯއަށް ތީ ކުޑް އަދަބެއް! މުޅިޤައުމު ހަލާކު ކުރަން އުޅުނު މީހަކަށް ލިބެންވާވަރަށްވުރު މާވެސް ކުޑަޢަދަބެއް އަބދު ޖަލު ބައިންދާ ޝައޠޯނު ކަލޭގެ

  11. ޢަދުނާނު

    މިކޮމެންޓް ކުރުމުގެ ކުރީން މީހުންގެ ކޮމެންޓްތައް ކިޔާލީމަ އިތުރު އެއްޗެއް މިކަލޭގެއަށް ލިޔުމުގެ ބޭނުމެއް ނެތް..ފޯނު ހުޅުވައިދޭން ނުކެރުނީ ކޮށްފައި ހުރިކަންތައްތައް 4 މަހުގެ ޖަލު ހުކުމަކަށްވުރެ ބޮޑުވާތީ...ތިކަހަލަ ޖާހިލުން ޢުމުރަށްވެސް ތިބެންވީ ތިތާ....