ރާއްޖެއިން ވެސް މިހާރު ފެނިފައިވާ ކޮވިޑް-19 ވައިރަހާއި ގުޅިގެން އެކަމުގައި ހިދުމަތް ދިނުމަށް ބޭނުންވާ ސިއްހީ ޕްރޮފެޝަނަލުންނަށް އެ މަސައްކަތަށް ނިކުތުމުގެ ފުރުސަތު އައިޖީއެމްއެޗް އިން ހުޅުވާލައިފިއެވެ.
އެ ހޮސްޕިޓަލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ އެފަދަ ހިދުމަތްތެރިންނަކީ ގައުމަށް ދިމާވާ އެންމެ ބޮޑެތި ސިއްހީ ކާރިސާތަކުގައި އެހީތެރިކަން ފޯރު ކޮށްދިނުމަށް ތައްޔާރަށް ތިބޭ ބައެއް ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ހިދުމަތް ދިނުމުގެ މަތިވެރި މަގްސަދުގައި މަސައްކަތަށް ނިކުތުމަށް އެންމެހާ ސިއްހީ ހިދުމަތްތެރިންގެ ފަރާތުން އިހްލާސްތެރިކަމާއި އެކުގައި އެދޭ ކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ.
ހިދުމަތަށް ނުކުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތެރިން 7980282 އަށް ގުޅައި މައުލޫމާތު ސާފުކުރުމުގެ ފުރުސަތު އައިޖީއެމްއެޗުން ވަނީ ހުޅުވާލައިފައެވެ.
އައިޖީއެމްއެޗް އިން މި ފުރުސަތު ހުޅުވާލާފައިވާއިރު އެކި އެކި ސަބަބުތަކާއި ހެދި ވަޒީފާ އަދާ ނުކޮށް ގޭގައި ތިބި ސިއްހީ ފަންނުވެރިން، ހިދުމަތަށް ނުކުތުމަށް ހެލްތު މިނިސްޓަރުު އަބްދުﷲ އަމީން ވެސް ވަނީ ދާދިފަހުން ގޮވާލަައިފައެވެ.
މިނިސްޓަރި ވިދާޅުވީ މި ވަގުތަކީ ރާއްޖޭގައި ތިބި ހުރިހާ ފަންނީ މީހުނާއި ސިއްހީ ދާއިރާގެ މީހުންގެ އެހީތެރިކަން ގައުމަށް އެންމެ ބޭނުންވާ ވަގުތު ކަމަށާއި އެފަދަ ފަރާތްތައް ގޭގައި ނުތިބެ ހިދުމަތަށް ނިކުތުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެހީތެރިކަން ފޯރުކޮށްދޭން ހިދުމަތަށް ނުކުންނަން ބޭނުންވާ ފަރާތްތަކުން ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީވުމަށް ވެސް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.
"މިވަގުތަކީ އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ފަންނީ ބޭފުޅުންނާއި ސިއްހީ ހިދުމަތްތެރިން އަޅުގަނޑުމެންނަށް އެހީވާންވީ ވަގުތު. ގޭގައި ނުތިއްބަވާ ހިދުމަތަށް ނިކުންނަވާ. އަޅުގަނޑު ވަރަށް ބޮޑަށް އެދެން ހެލްތު ދާއިރާގައި އުޅުއްވާ ބޭފުޅުންގެ ތެރެއިން މި ވަގުތު ޗުއްޓީގައި ތިއްބެވި ބޭބޭފުޅުން ވެސް މަސައްކަތަށް ނުކުމެ ގައުމީ މި ހިދުމަތުގަ ބައިވެރިވާން،" މިނިސްޓަރު އަމީން މީގެކުރިން ވިދާޅުވިއެވެ.
މުޅި ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑް19 އަށް ފައްސި ވެފައިވާއިރު އޭގެތެރޭގައި ހިމެނެނީ ރާއްޖޭގެ ރިސޯޓުތަކުގައި ޗުއްޓީ ހޭދަ ކުރުމަށް އައިސް ތިބި ފަތުރުވެރިންނާއި ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނެވެ.
ރައްޔިތުންނަށް ހިދުމަތް ދިނުމަށް ސިއްހީ ޕްރޮފެޝަނަލުން ނިކުތުމަށް ގޮވާލާ އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
މިހާރު ފަންނީ މީހުނގެ މުހިނމުކަން އެގިއްޖެ.
ޚިދުމަތެއް ދޭނަމަ ފަންނީ މީހުން.
ކީއްވެތޯ ސިޔާސީ ބޭފުޅުންނަށް ގޮވާ ނުލެއްވީ
ލަދެއް ނެތް ސިޔާސީ ބޭފުޅުން މާޤާބިލްވާނެ
ޓަޖުރިބާއެއް ޤާބިލްކަމެއް ހުނަރެއް ޝަރުތެއް
ބޭނުމެއް ނުވާނެ.
ހާދަރީތި ފުޓޯ އެކޭ ސުރުހީގެ ތިރީގައި އެވަނީ ރައީސް ޔާމީނުގެ ތަރައްގީގެ އުސްބިނާދޯ ކޮންކުރީޓަކީ ހަމަ އަސްލު ތަރައްގީދޯ ރީދޫކުދިންނާ ލާދީނީ ނަސީދު ގަބޫލުނުކުރިޔަސް ކީކޭބާ މިއަދު ރީދޫ ދެ ރައީސުން އެއިމާރާތަށް ވައްނައިރު ހިތަށް އަރަނީ، ހާދަ ނަލައޭދޯ ރައީސްޔާމީނު މިގައުމު ގައުމަކަށް ހަދާފިޔޭދޯ ޗައިނާޢިންދިން އެހީތެރިކަން ހަނދާންވާނެދޯ ، އިންޑިޔާ އިން މޯދީ ދިނީ ގެރިރިއެއްތާއޭދޯ...
ނޫނޭ މަބުރޫކު ތިކަމަށްވެސް ކުފޫ ހަމަވާނީ. އޭނައަށް ވާނީވެސް. އަވަހަށް އޭނައާ ހަވާލުކުރޭ ތިކަންތައްތައްވެސް. އޭރުންނެއްނުން ފޮރުވަން އުޅޭ ހުރިހާ ކަމެއް ފޮރުވޭނީ. ކޮންމެހެން ރައްޔިތުންނަށް ހެޔޮއެދިގެންނެއްނުން ތިއުޅެނީކީ.
ނޫނޭ ހަމަ މަބުރޫކު ތިކަމަށްވެސް ކުފޫ ހަމަވާނީ. ދެން މިޤައުމުގައި ނެތް ޑޮކްޓަރެއްވެސް އަދި ތިކަމަށް ކުފޫ ހަމަވާ މީހެއްވެސް. މަބުރޫކު ލައްވާ ކުރުވަން ޖެހޭނީ. އޭރުން ކަލޭމެން ތިގަންނަހާ ހަޑިމުޑުދާރު ކުޅިގަނޑުތައް ފޮރުވޭނީ. ކޮންމެހެން ރައްޔިތުންނަށް ހެޔޮއެދިގެން ނޫޅޭ.
މިހާރުހުންނާނީ ވިސްނިފަ....މުހިންމު މަގާމުތަކުގަ ތިބި އެތައްގާބިލްމީހުނެއްވަޒީފާދޫކުރަންޖެހުނީ ތަނެއްދޮރެއްނުދަންނަ ޕާޓީކުދިން ސިޔާސީބޮޑެތިމަގާމުހަދާފަ 115 ވަނަމާއްދާގެ ބާރުގަ ތަންތަނައް ވައްދައިގެން ތަންތަނުން މީހުންފައްސާހެދީމަ ވާނެ ގޮތްމިވީ މާވެފަ ކޮންމެމީހަކުވެސް ޕާޓީއައްޕރެސަރުކޮއްގެން ވަޒީފާ އައްދެމިގަންނަނީ ކަމެއްވީއިރު މިބައިގަޑައް ކުރަންއިގޭ އެއްކަމެއްނެތް ޓުވީޓުކުރުމުގަ މިތިބެނީ ސޯސަލްމީޑިއާ އިން ގައުމުހިންގަނީ ...