އިދިކޮޅު ކޯލިޝަނުން އެއްވެސް ޝަރުތެއް ނެތި ސަރުކާރާއި އެއްކޮޅަށް ތެދުވުމަށް، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔާމީން ރަޝީދު އިލްތިމާސްކުރައްވައިފިއެވެ.
މިހާރު ފެތުރެމުންދާ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން ޔާމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މި ދަނޑިވަޅަކީ ސިޔާސީ އިދިކޮޅެއް އެއްކޮޅެއް އޮންނާނެ ވަގުތެއް ނޫން ކަމަށާއި، އިދިކޮޅު ކޯލިޝަނުން އެއްވެސް ޝަރުތެއް ނެތި ރައްޔިތުންނާއި ގައުމަށްޓަކާ ސަރުކާރަށް އެއްބާރުލުން ދީގެން މަސައްކަތް ކުރަން ޖެހޭ ކަަމަށެވެ.
"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޔާމީން ވިދާޅުވީ މި ވަގުތަކީ ސަރުކާރަށް އެންމެންވެސް އެއްބާރުލުން ދޭންވީ ވަގުތު ކަމަށެވެ. އަދި މިހާރު މުޅި ދުނިޔޭގައި ހިނގަމުން މިދަނީ ސިޔާސީ ކަމެއް ނޫން ކަމަށާއި، ވެރިކަމާއި ބާރާއި، ޖާހަތަށްވުރެ ބޮޑަށް މިވަގުތު މުހިންމީ އިންސާނީ ދުޅަހެޔޮކަމާއި އިގްތިސާދާއި އިޖްތިމާއި ފޭރާން ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އިދިކޮޅުންވެސް ސަރުކާރާއި އެކު މަސައްކަތްކޮށް މި ދަނޑިވަޅުން އަރައިގަތުމަށް މަސައްކަތް ކުރުމަށް ގޮވާލާ ކަމަށެވެ. އަދި މިއަދަކު ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގައި ސިޔާސީ އެއްކޮޅެއް އިދިކޮޅެއް ނެތް ކަމަށާއި އެކަންކަން އޮވެގެންވެސް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ،
ޔާމީން އަކީ މިހާރު ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ. އޭނާ އަކީ މީގެ ކުރިން ޕީޕީއެމްގެ އިސް ސަފުގައި މަސައްކަތް ކުރުމަށްފަހު ޖޭޕީ އާއި ގުޅިވަޑައިގެން ހުންނެވި ބޭފުޅެކެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ސަރުކާރަށް ކޮވިޑް-19 އާއި ގުޅިގެން ދެވެން އޮތް އެންމެހާ އެއްބާރުލުމެއް ދެއްވާނެ ކަމުގެ ފިރިހަމަ ޔަގީންކަން ދެއްވާފައެވެ. އަބްދުރަހީމް މިހެން ވިދާޅުވެފައި ވީނަމަވެސް، ސަރުކާރަށް ސިޔާސީ ޕާޓީތަކުން އެންމެ އެކަށީގެންވާ އެއްބާރުލުމެއް ދެމުން އަންނަ މަންޒަރު ނުފެންނަ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އެކަންވާނީވެސް އެހެން. ސަރުކާރުގެ މެމ މްބަރަކު ބުނެފައޮތީ އިދިކޮޅަށް ކޮރޯނާ ވައިރަސް ޖައްސާނެކަ މަށް. އެހެންކަ މުން ވަރަށް ވިސްނަށްޖެހޭނެ.
ނުވާނެތިކަމެއް. ޔާމީން ދޫކޮށްލުމުން ނޫނީ އެއްތަނެއްގަ ނުވެސް އިށީންނާނަން. ހިތުވެސްނުލާތި ތިކަމާ.
އެއޮށް ދޫކޮށްލީ ދޫކޮށްލުންގަނޑު ކިހެނެއްބާ؟
ސަރުކާރަށް އެއްބާރުލުން އެބަދޭ. ކަމާއި ބެހޭ ދައުލަތުގެ ފަރާތްތައް މިބައްޔާއި މެދު ސީރިއަސް ވުމުގެ ކުރިން ޕީޕީއެމުން ސީރިއަސް ވެއްޖެ. ޕާޓީގެ ހަރަކާތް ވެސް ހުއްޓި.
ނުތެދުވާނަން ސަރުކާރު ވަނީ ބަނގުރޫޓުވެފަ.
ސަރުކާރުވެސަ ޖެހޭނެ ހަމަ ތިގޮތަށް ޖަލުގަހުރި އިދިކޮޅު ލީޑަރު އެއްވެސް ޝަރުތެއްނެތި ދޫކޮށްލަން. ހުރިހާ ފަރާތަކުންވެސް ޖެހޭނެ އިހުލާސްތެރިކަން ދަށްކަން.
ކަލޯ ހަމަބުއްދި ފިލާދިޔައީތޯ
ކަލޭ އިލެކްޝަންސް ކޮމިޝަނާގުޅިގެން ވަގަށް އަދީބު ޕާަޓީއަށް މީހުންވެއްދި މައްސަލައެބައޮތް.
ކަލޭ ތިހެން ނުބުންޏަސްް އިދިކޮޅުން މިވަޤުތު ސަރުކާރައްދެވެންއޮތް އެއްބާރުލުމެއްވިއްޔާ ދޭނެ އެއައްވުރެން ޤާބިލް ވިސްނޭބައެއްއެއީ
މިސްކިތްތަށް ބަންދުކުރަން އެންގީ މިސްކިތަށް އަރާބައެއްނޫން. އެމީހުންނަކީ ކޮފީބޮއި ޝީޝާ ބޯތަންތަނަށް ގަވައިދުން ދާމީހުންކަމަށްވީމާ އެތަންތަން ބަންދުކުރާކަށެއް އަމުރެއް ނުނެރޭ.
ކަލެއަކީ އިދިކޮޅޭ ފައިކޮޅޭ ނުކިއާ ލާރިކޮޅެއް ލިބޭތޯބަލާ ކޮންމެވެސް މީހަކު ބޯކާލާގެން ...
ކަލޭތިހުރީހަމަހޭގަތަ؟
ދަ އްކާނެ ވާހަކަ އެނެތްނަމަ ހިމޭނުން ހުންނަންވީނުން..ސަރުކާރު ކޯލިޝަނުގެ ޕާޓީގެ ޒިންމާތަކާ އެކު ތިޔަ ސިޔާސީގުލާނުން ޙިދުމަތްދިނުމަށް ތެދުވަންވީނުން.... އިދިކޮޅުން ކުރަންވީކަމަކާ ނުކުރަންވީކަމެ ބުނެދެވޭނެ ހިސާބެ އްގަނޫން ބޭފުޅާތިހުރޫ.... އިދިކޮޅުން ކުރާނީ އިދިކޮޅު ލީޑަރު ރޔާމީން ބުނާކަމެ ބުނިގޮތެ... އެގޮތް އަހަރެމެން ގަބޫލުކުރަނީ..ތިބަ އިގަޑަށް ގޮތްކިޔަން އިގޭނީ ގާސިމުކަންކުރަންވީގޮތް...ގާސިމުކަންކުރަންވީގޮތް ނިންމަނީ އޭނަގެ އަނބިމީހާ ބުނިކަމެ...މޮޔަނުގޮވާ ތިމީހުންނަކީ މި އަދު ރަ އްޔިތުންނަ ކަމެ އްކޮ އްދެވޭނެ ބަ އެނޫން.. އަދި ރަ އްޔިތުން ބަލަ އިގަންނަ ބަ އެ އްނޫން..ތިޔަ އީ ސިޔާސީ މަޖޫރީން...
ސަރުކާރު އިށީނދެ އިންނަ އިރު އިދިކޮޅުން ކޮޅަށްތެދުވާނީ ކިހިނެތް.
މިޤައުމުގައި މިހާރު އޮތް " އިދިކޮޅު " މީހުންނަކީ އެއްވެސް ސިފައެއްގައި މިސަރުކާރާ އެއްގަލަށް އަރާނެ ބައެއް ނޫން ! މިވަގުތުގާއިވެސް އެގޮވަނީ ބޮޑުވަގެއް މިނިވަން ކުރާށޭ ! މިވަރުގެ ބަޔަކު ރައްޔިތުންނަށް ހެވެއް ، ލާބައެއް ނޭދޭނެ !
އޮޔާާދާ ސަރު ކާރެއްގެ ބައިތަށް ގައުމުގައި އޮޔާދަމުން އެބަދޭ އެންމެހާ ރައްޔަތުން ވިސްނައިގެން ދަތުރު ކުރުމަށް އިލްތިމާސް ކުރަން.
ކަލޯ އެހެންވީމާ އިދިކޮޅު ލީޑަރުވެސް ދޫކޮށްލާ މުޅިގައުމު އެއްބައިވަންތަވާން ސަރުކާރުން އަތްދިއްކޮށްލުން ކީއްތޯވާނީ މިހާރު ފެށިފައިވާ ޓްރެންޑްގެ ދަށުން ވެރިކަންކުރާ ކޮންމެ މީހަކު ދަމާކޫއްތާފައި ގޮޅިއަށް ލުމުގެ ސަގާފަތް ނައްތާލެވޭނީ ސަރުކާރުން އިސްނަގައިގެން. ރައްޔިތުންގެ އެއްބައިވަންތަ ކުރަން އެބަ އުޅޭތަ؟ އަދި ވާނެ އިރާދަކުރެއްވިއްޔާ