ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފިއެވެ.

އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ކުރަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކުރީ ޤާނޫނު ބާތިލް ކުރުމަށް އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހުއެވެ.

ސުޕްރީމް ކޯޓުން ދެންމެ ކުރި ހުކުމުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު ބާތިލުކުރަންޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އަދި އެ ގާނޫނަކީ 43 މެމްބަރުން ތިބެގެން ފާސްކުރަންޖެހޭ ގާނޫނަކަށް ވިޔަސް ހާލަތަށް ބަލާއިރު 25 ޕަސެންޓް މެމްބަރުންނާއެކު އެ ގާނޫނު ފާސްކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވިދާޅުވެފައިވެއެވެ.

"ޑޮކްޓޮރިން އޮފް ނެސަސިޓީ އަށް ބަލާއިރު އެންޓި ޑިފެކްޝަން ގާނޫނު 25 ޕަސެންޓް މެމްބަރުން ތިބެގެން ފާސްކުރެވޭނެ" ހަމައެކަނި ހުކުމުގެ ސަބަބުތަށް ފާހަގަކުރަން އެއް ގަޑިއިރުވި ހުކުމުގައި ވިދާޅުވެފައިވެއެވެ.

"ގާނޫނު ނަމްބަރު 2/2018 އެންޓި ޑިފެކްޝަން ގާނޫނަކީ ޝަފައީ ގޮތުންނާއި މައުޟީ ގޮތުން ބަލާއިރު ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ހިލާފު ގާނޫނެއް ކަމަށް ނިންމާނެ ގާނޫނީ ހަމައެއް ނެތް ކަމަށް ހުކުމް ކޮށްފިން" ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވިދާޅުވެފައިވެއެވެ.

ދިވެހި ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމު ގާނޫނުތަކަކީ ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް 1/2 (43 މެމްބަރުން) ތިބެގެން ވޯޓަށް އަހަންޖެހޭ ގާނޫނުތަކަކަށް ވީ ނަމަވެސް ހާލަތު ޟޫރާގެ ދަށުން ގާނޫނު އަސާސީގެ 86 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ 25 ޕަސެންޓް މެމްބަރުންގެ އަޣުލަބިއްޔަތުން އެ ގާނޫނު ފާސްކޮށްފައިވަނީ ރަނގަޅަށް ކަމަށް އެ ހުކުމުގައި ވިދާޅުވެފައިވެއެވެ.

އެންޓި ޑިފެކްޝަން ޤާނޫނަކީ 43 މެންބަރުން ނެތި ފާސް ކުރެވޭނެ ޤާނޫނެއްކަން ސާބިތު ކުރުމަށް ދައުލަތުން ދެ ހުއްޖަތެއް ފާހަގަ ކުރިއެވެ. އެއީ މިޤާނޫނަކީ އާންމު ރައްޔިތުން އެމައްޗަށް އަމަލު ކުރުން ލާޒިމު ޤާނޫނެއް ނޫން ކަމަށާއި ވަކި ޕްރޮފެޝަން އަށް ޤާނޫނު ހާއްސަ ކުރި ނަމަވެސް އެޤާނޫނަކުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ބާރުއަޅާފައިވާނަމަ އެވާނީ ރައްޔިތުން އެމައްޗަށް އަމަލު ކުރުން ލާޒިމް ޤާނޫނެއް ކަމަށެވެ. އެގޮތައް ބަލައިރު މިޤާނޫނަކީ ރައްޔިތުން އެމައްޗަށް އަމަލު ކުރުން ލާޒިމް ޤާނޫނެއް އެއީ މެންބަރުން މެންބަރުން ޕާޓީ ބަދަލު ކުރުން ހުއްޓާލަން މެންބަރުންގެ މައްޗަށް ބާރު އަޅާފައި ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ގާނޫނީ ސަބަބަކީ މެމްބަރުގެ ޒަމީރު ގަބޫލުނުކުރާ ގޮތަށް ވޯޓް ދޭން މަޖުބޫރުވުން. އެއަށްވުރެއް ބޮޑު ގާނޫނީ ސަބަބެއް ކޮބައި ތޯ؟

  2. ހުވަދޫ ދޮންބެ

    އެ ޤާނޫނު ބާޠިލު ކުރަން ޙުކުމް ކޮށްފިއްޔާ ސްޕްރީމް ކޯޓުގައި ތިބި 3 ފަނޑިޔާރުންގެ ގޮނޑި ގެއްލޭނެ އެހެންވީމާ އެފަނޑިޔާރުންނަށް ޙުކުމް ކުރެވޭނީވެސް ތިގޮތަށް

  3. މެންބަރުންގެ ގޮނޑި ގެއްލޭ ގާނޫނު ބާތިލެއް ނޫން ކަމަށް ސްޕްރީމް ކޯޓުން ނިންމައިފިނަމަ އެކަމަކީ އެއީ އުފާ ކުރަން ޖެހޭނެ ކަމެކޭ. މިހާރު ތަމެންނަށް އިނގޭނެ އެއް ނޫންތޭ މަޖްލީހުން ފާސް ކުރާ ބިލް ތައް ގާނޫނަކަށް ވުމުން ދެން އެފަދަ ގާނޫނެއް ސްޕްރީމް ކޯޓަށް ބާތިލް ނުކުރެވޭނެ ކަމަށް. ވެން އިޓް ކަމްސް ޓު ޔޫ ތަމެން ވަނީ ފެއިލް ދޯ ކޮންމެ ކަމަކުން އޯއް ޔޭއް ވޮންޓް ޔޫ އެކްސެޕްޓް އިޓް ވޮންޓް ޔޫ ވޮންޓް ޔޫ ވޮންޓް ޔޫ ޑާންސް ޑާންސް ޑާްންސް ޑާންސް..

  4. ބުރުމާގެ ކޮޅަށް ހުކުމް ކުރިއިރު، އަތްޖަހާލަ ޖަހާލާތިބީ، އެއިރު ސްޕްރީމް ކޯޓް ވަރެއްނެތް! މިހާރު މިވީ ކިހިނެތް!

  5. މަހަށްދޭބަލަ

    މެންބަރުންގެ ގޮނޑި ގެއްލޭ ގާނޫނު ބާތިލެއް ނޫން ކަމަށް ސްްޕްރީމް ކޯޓުން ކުރީ އަމުރެއް ވެސް ނޫނޭ ކުރީ ހުކުމޭ އަދި އެ ހުކުމް ކުރިއިރު ވަނީ ސީދާ ކްރިސްޓަލް ކްލިއަރ ތެދަށް ސާފުވާނެ ހެން ބުނެފައޭ މިހާރު މަޖްލީހުގެ މެމްބަރު ކަމުން ވަކި ކޮށްފައިވާ 12 މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަން ވެސް އެއޮތީ އެނގެން ނޫންތޭ ދެން ތަމެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ. އަހާން މަހަށް ދޭބަލަ..

  6. ރޯދަ ސޭލް ކުރިޔަށް އެބަދޭ އަވަހަށް ރަގަޅު ފެންވަރުގެ ގޮނޑިޔެއް ބައްލަވާގަތުމަށް ދަންނަވަން އެހެންނޫންނަމަ އެވެސް ހުސްވެދާނެ

  7. ސަހަރޯ.

  8. ބާރަ މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަން ކަށަވަރުވެ ޔަގީން ވެއްޖެއެވެ. މިހާރު އެމެން ރަންރީނދޫ ވަކީލޭ މެން ދެއްކީ އެއީ ރޯ ބުހުތާނު ދޮގު ކަން މިއަދު މިސާބިތުވެގެން ދިޔާ ނޫންތޭ މަމެން ބުނަމެއް ނޫންތޭ އަބަދު ވެސް ތިޔާއީ ވަކީލުން ނެއް ނޫނޭ ތިޔާއީ ދަ ރާއްޖެތެރޭ މަސްކައްކަން ތެލި ދޮންނަން އުޅުނު މަންޖެ ތަަކަށް މާލެ އައިސް ބޯމައްޗަށް ފުނާ އަޅައިގެން މަކަރާއި ހީލަތުން ވަކީލުންގެ ސެރޓިފިކެޓްސް ޓްރިކީ އޯލްޑް ޓީޗަރ ގޭމް ކުޅެގެން ސެރޓިފިކެޓްސް ހޯދައިގެން އުޅޭ ބަޔެކޭ ތިޔާ އެއްޗިއްސަކީ އެއީ ތަނެއް ދޮރެއް ދަންނަ އެއްޗެހި ތަކެއް ނޫނޭ. ޖަސްޓް މަމެންނަށް މިއެނގުނީ މިއަދު އޭ. އިޓްސް ޖަސްޓް އެނަދަރ ވިނިންގް ޑޭ ފޯރ ޕިންކީސް ދޯ. އައި ވިޝް އިޓްސް ޖަސްޓް އެނަދަރ ލޫޒަރ ޑޭ ފޯރ ރަންރީނދޫ ޓްވިޓަރޭސް. ކަމޯން ހަނީ އެންޖޯއި ޔުއަރ ލޫޒަރ ކާރޑް އޯއް އޯއް އޯއް ވިޝް ޔޫ އެންޖޯއި ދަ ލޫޒަރ ފްރީކީ ކާރޑް ދޯ..

  9. މަމެން ބޭނުންވާ މަގްސަދު ހާސިލްވީ ބާރަ މެމްބަރުން އެއޮތީ މަޖްލީހުން ބޭރު އަރުވާލާފައި ދެން ވެސް ފްލޯރ ކްރޮސް ކުރީ ޑަން ސައްޕެއް ޖަހާ ބޭރު ކޮށްލީ ދޯ. ޗެޕްޓަރ ކްލޯސްޑް. މަހަށް ދޭ ދެން.

  10. މެންބަރުންގެ ގޮނޑި ގެއްލޭ ގާނޫނު ބާތިލް ކުރެވޭކަށް ނެތް ކަމަށް ސްޕްރީމް ކޯޓުން ހުކުމް ކުރީތޭ އޯއް ޔޭއް. ޕާރޓީ ރޮކް ހުރިހާ ކުދިން ވެސް ދޯ ދެން. ކަމޯން އެވްރީ ބޮޑީ ޕާރޓީ ރޮކް ޕާރޓީ ރޮކް އިޒް އިން ދަ ހައުސް ޓު ނައިޓް އެވްރީ ބޮޑީ ޖަސްޓް ހޭވް އަ ގުޑް ޓައިމް. ޔޭއް ވޯވް ލެޓްސް ގޯ. ޕާރޓީ ރޮކް އިޒް އިން ދަ ހައުސް ޓު ނައިޓް އެވްރީ ބޮޑީ ޖަސްޓް ހޭވް އަ ގުޑް ޓައިމް. ކަމޯން އެވްރީ ބޮޑީ ސްޓޭންޑް އަޕް ފްރޮމް ދަ ޗެއަރ އެން ރޮކް ޔުއަރ ބޯޑީ ކީޕް އޮން ޝަފްލިންގް ޝަފްލިންގް ޝަފްލިންގް ވީ ޕާރޓީ ރޮކް. ހޭއް. ހޯއް. ޕާރޓީ ރޮކް އިޒް އިން ދަ ހައުސް ޓު ނައިޓް ލެޓްސް ގޯ ޕާރޓީ ރޮކް އިޒް އިން ދަ ހައުސް ޓު ނައިޓް އެވްރީ ބޮޑީ ޖަސްޓް ހޭވް އަ ގުޑް ޓައިމް. އެވްރީ ޑޭ އައި އޭމް ޝަފްލިންގް ޝަފްލިންގް ޝަފްލިންގް..

  11. ގާސިމް އިބުރާހިމައް ދިވެހިރައްޔަތުންގެ ތެޔޮވަޅު ތަކެއްދޭން ހުކުން ކުރީމަ ސޕރމ ކޯޓް ވަރެއް ނެތް. މިއަދު އިދިކޮޅޭ މީހުންނައް ކަމަކު ނުދިޔަ..