މާލޭގެ މަގުމަތީގައި އުޅޭ މީހުން ބަންދު ކުރަން ފުލުހުން ނިންމާފައިވާ ކަމަށާއި، މަގުތަކަށް ބޭސްޖެހުމަށް ނިންމާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކޮވިޑް 19އިގެ މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވަނީ މި ދަނޑިވަޅުގައި އެއްވެސް ފަރާތަކުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އެއްވެސް ވާހަކަތަކެއް ނުދެއްކުމަށް އިލްތިމާސްކުރައްވާފައެވެ.

މަބްރޫކް ވިދާޅުވީ ރާއްޖޭގައި ރޯޑްބްލޮކްޖަހައިގެން ފުލުހުން މީހުން ބަންދުކުރާކަމަށް އަޑު ފެތުރުނު ނަމަވެސް، އެފަދަ ފިޔަވަޅެއް ރާއްޖޭގައި އަޅަމުން ނުދާކަމަށެވެ.

"ދޮގު މައުލޫމާތުތަކުގެ ވާހަކަ އަޅުގަނޑުމެން ޕްރެސްގައި ދައްކަން ޖެހޭ ހިސާބަށް މިއައީ. ފުރަތަމަ ވާހަކައަކީ ޕޮލިހުން ރޯޑްބްލޮކް ޖަހައިގެން މާލޭގެ ތެރޭގައި ދުއްވާ މީހުން ބަންދު ކުރާނެ ކަމަށް ދެއްކެމުންދާ ވާހަކައެއް ތިބޭފުޅުންނަށް ފެނިފައި ފަހަރެއްގައި އޮވެދާނެ. އެއީ އަސްލު މެލޭޝިއާ ޕޮލިހުން ދައްކާފައި އޮތް ވާހަކައެއް." މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މާލޭގެ މަގުތަކަށް ބޭސްޖަހަން ނިންމާފައިވެސް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މާލެ ތެރެއަށް ބޭހެއް ޖަހަން މިރޭ ބަންދުކުރާ ކަމަށާ މިކަމާއި ގުޅިގެން އެންމެން ގޭގައި މަޑު ކޮށްދިނުމަށް އެއީ ލަންކާގައި މިވަގުތު ދެއްކޭ ވާހަކައެއް. ރާއްޖޭގައި ދެއްކޭ ވާހަކައެއް ނޫން. އެ ދެ ވާހަކަ ރާއްޖޭގެ ކޮންޓެކްސްޓަށް ލައިގެން ފޮޓޯ ޖަަހައިގެން އެކި ގޮތްގޮތަށް އެބަ ދައުރުވަމުންދޭ އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި. އެހެންވީމަ އެ ދެ ވާހަކަ އަކީ ދޮގު ވާހަކައެއް. އެހެންނަމަވެސް އަޅުގަނޑު ދަންނަވާލާނަން، ދެން ހަމަ ގޭގަ މަޑު ކުރުން ރަނގަޅީ." މަބްރޫކް ވިދާޅުވިއެވެ.

މި ދަނޑިވަޅުގައި ދޮގު ޚަބަރު ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކަމާއި ބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. މަގޭ ޚިޔާލު

  މިހާރަކު ނޫން. އެއްވެސް އިރެއްގައި ހަމައެއް ލަމައެއް ނެތި ލާޗާރުބިޗާރަށް މަގުމަތީގައި ގްރޫޕް ހަދައިގެން ކަންކަން މަތީގައި ތިބޭ މީހުން އަބަދުވެސް 72 ގަޑިއިރަށް ހައްޔަރުކުރަންވީ. ތަކުރާރުކޮށް މިކަން މިހާރު ކުރަންވެއްޖެ. މަގުމަތި އަމާންވެ ރަށުތެރެ އަމާންވެ ގައުމަށް ސުލްހަ މަސަލަސްކަން އައިސް ބިރުވެރިކަން ފިލައިގެންދާނީ މިފަދަ ހަރުދަނާ ފިޔަވަޅު އަޅައިގެން. ދިވެހިރާއްޖޭގެ ވެރިރަށަށްވުރެ ދިވެހިން މިދާ އިންޑިޔާގެ މެޑްރާސްގައި މާ މީހުން ބައިބޯވާނެ. އެކަމަކު ޒުވާނުން ގޯޅިގޯޅި ކަންމަތީގައި ފުނިޖެހިފައި ތިއްބާ ދެކެލެއްވި ބޭކަލަކުވެސް ބޭކަނބަލަކުވެސް ނުހުންނާނެ. މިރާއްޖޭގައިވެސް މިހެން ވާކަށް ނުޖެހޭ.

  12
 2. ދދދދދދދ

  ދޮގު ޚހަބަރެކޭ ކިޔަންވީ ކީއްވެ. މާލޭގަ ހިނގާ ކަންކަމެކޭ ތީގަ ލިޔެފަ ހުރިތަ. ބޭސް ޖަހާ ވާހަކަ ލިޔެފަ އޮތީ މުނިސިޕަލް ކޮމިޝަނަރގެ ފަރާތުން. ރާއްޖޭގަ ހުރޭތަ އެމީހަކު؟ ބަޔަކު އޮޅުވާލުމަކީ ދޮގު ޚަބަރު ފެތުރުން ކަމަށް ވޭތަ؟ 1 ޓަނު ފެން ހިލޭ ދޭ ވާހަކަ ބުނީމަ ގޭގަ ވަހައްޓަނީ ކިހިނެއްހޭ މިނެރަލްވޯޓަރ އިން ފެންވަރަންވީއޭ ވެސް ކިޔާ ހެދި. އެވެސް ދޮގު ޚަބަރު ފެތުރީމަތަ؟

  12
  3
 3. ހަސަން ތަކުރު ބިން ތިކި

  ދިވެހިން ނަކީ ހަގީގަތަށް ވެސް ވ ފިތުނަ ފަސާދަ އަށް ލޯބި ކުރާބައެއް

 4. ހުޅުލޭ ބޮޑުމީހާ

  ތިކަން ވެސް ކުރަންވީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރި ކަމަށް އެޅުނު ކޮންމެ ފިޔަވަޅެއްވެސް މިވަގުތު އަޅަންފެނޭ

 5. ގޯނބިލި

  ހަމަތިގޮތައް ބުނެބަލަ މަޑިސީލަ ޕްރޮގްރާމުންހެދީ ދޮގެކޭ

  3
  1
 6. ވަގުވޯޓު

  ޖާހިލުންގެ ވެރިކަން މުސީބާތަކަށް ވެގެން ދާމަންޒަރު މިއަދު ފެނިގެން މިދަނީ ދެންއަތްޖަހާ!

 7. މަޑިސީލަ.ބަލާމީހާ

  ލާދީނީ ރިޕޯޓު ނެރުނު މުނާފިޤުން ހައްޔަރު ނުކޮށް މަޑިސީލަޔާ ކުޅެއްޏާ ވަގުވެރިކަމެއް ނިމުމަކަށް ގެންނަން ޖެހިދާނެ ތިކުރަނީ ރައްޔަތުންގެ ވެރިކަމެއް ނޫން ތިއީ ރަށްޔަތުންނަށް ހެޔޮއެދޭ ބައެއްނޫން ތިއީ ރަށްޔަތުން ފަނާކުރާބައެއް ރައްޔަތުން ތިބީކޮން ކޮޅަކުކަން ޕޕޖަލްސާ އިން ސަރުކާރަށް އޮނާނީފެނިފަ ހަޖަމް ނުވީވެސް އެހެންވީމަ ދެންވެސް މައިތިރިވެގެ ން މަޑިސީލަޔާ ނުކުޅެ ތިބެވޭތޯ ބަލާ އެހެން ނޫނީ ދެންބާއްވާޖަލްސާ އެއަށްވުރެ ބޮޑުވެގެން ބޮޑުވެގެން ބޮޑުވެގެން ގޮސް ކެކިއުތުރިގެން ފާނެ އަދި ތިލާދީނީ ޖައްބާރުން މިރާއްޖޭ ބޭރުކުރަން ޖެހިދާނެ 5އަހަރު ވަންދެން މައިތިރި ވެގެންތިބެވޭ ތީބަލާބަލަ ޖަނަވާރުތައް

 8. ފަނާކުރާ.ރީންދޫ.ފިކުރު

  ރާއްޖެ ހުއްޓުވާލި އެންޑާ-19-ވެއްޓޭ-19 ކޯވިޑް-19 އިބުރަތު ފުރިގެން ނުވޭތޯ؟