ޗެނަލް-13 އިން ގެނެސްދޭ "މަޑިސީލަ" ޕްރޮގްރާމް ހުއްޓާލަން ބްރޯޑްކޮމް އިން އެންގުމުން އެޕްރޮގްރާމް ހުއްޓާލާފައިވާ ކަމަށާއި ނަމަވެސް އަންނަ ހޮނިހިރު ދުވަހުގެ ރޭ އާޕްރޮގްރާމެއް ފަށާނެ ކަމަށް ޗެނަލް-13 އިން ބުނެފިއެވެ.

ޗެނަލް-13 އިން "ވަގުތު" އަށް މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ "މަޑިސީލަ" ޕްރޮގްރާމް އޮންނަ ގަޑީގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ އާޕްރޮގްރާމެއް ފަށާނެ ކަމަށެވެ. މިރޭ "މަޑިސީލަ" ޕްރޮގްރާމް ހުއްޓާލަން ބްރޯޑްކޮމް އިން އެންގީ އެޕްރޮގްރާމް ފަށަން ތައްޔާރުވަމުން ދަނިކޮށް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ބްރޯޑްކޮމް އިން "މަޑިސީލަ" ޕްރޮގްރާމް ހުއްޓާލަން މިރޭ ޗެނަލް-13 އަށް އެންގިއިރު މިއީ ޕްރޮގްރާމެއް ހުއްޓާލަން ރާއްޖޭގެ މީޑިއާއަކަށް ދައުލަތުގެ މުއައްސަސާއަކުން ފަހުގެ ތާރީޚެއްގައި އެންގި ފުރަތަމަ ފަހަރެވެ.

ޗެނަލް-13 އިން "ވަގުތު" އަށް މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވީ "މަޑިސީލަ" ޕްރޮގްރާމާއި ގުޅޭ ގޮތުން ބްރޯޑްކޮމް އިން ބެލި މައްސަލައަށް ޖަވާބުދާރީވާން އެޗެނަލްއަށް އެކަށީގެންވާ ފުރުސަތެއް ނުދޭ ކަމަށެވެ. "މިއަދު މައްސަލަ ބަލަން ފަށާފައި މިއަދު މައްސަލަ ނިންމާލީ، ޖަވާބުދާރީ ވާން އެކަށީގެންވާ ފުރުސަތެއް ދެއްވާފައެއް ނުވޭ." އޮފިޝަލް ވިދާޅުވިއެވެ.

މީގެ ކުރިން މީޑިއާތަކާއި ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމަށްފަހު ފުރަތަމަ ފަހަރު ނަމަ މައްސަލަ ބެލުމަށްފަހު އެމީޑިއާއަކަށް ދެނީ އިންޒާރެކެވެ. އަދި ފަހުން އަބުރުގެ ގާނޫނު ފާސްކޮށް ބައެއް މީޑިއާތައް ޖޫރިމަނާ ކުރިއެވެ. ނަމަވެސް ވަކި ޕްރޮގްރާމެއް ހުއްޓާލަން އެންގުން ފަދަ ކަމެއް ކޮށްފައެއް ނުވެއެވެ.

"މަޑިސީލަ" ޕްރޮގްރާމަކީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާ، އަދި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކޮށްފައި ހުރި ރަނގަޅު ކަންކަން ޕްރޮމޯޓް ކުރާ ޕްރޮގްރާމެކެވެ. މީގެ ކުރިން ވެސް ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ވަނީ އެޕްރޮގްރާމް ހުއްޓުވަން އެތައް ފަހަރަކު މީސް މީޑިއާގައި ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

 1. Anonymous

  ދުނިޔެއެއް ނުހުއްޓުވޭނެއޭ ރާއްޖޭއެއް ނުހުއްޓުވޭނެއޭ. އެކަމަކު މަޑިސީލަ ނުއްޓުވޭނެ.ހާހާހާ

  5
  15
 2. އަލްޖިބްރާ

  ތިޔަ ޕްރޮގްރާމް ހުއްޓުވިއަސް އެހެންނަމެއްގައި އަރާތިބެ އަނެއްކާވެސް މީހުނަށް ބަވަންފަށާނެ ! ތިޔަ ޗެނަލް ބަންދުކޮށްބަލަ !

  15
  44
  • އަންދާގާނޫނު

   މިކަލޯމެންގެ ހަޖަމް ސިސްޓް ގޯސްވެ ބަޑުދިޔާވީ.......ރޓީވީ އެ އުފަ އްދާ އޭގެން ފޮނުވަމުންދިޔަ އީ ރަސޫލާގެ ހަދީސްތަކާ ގުރު އާނުގެ ތަރުޖަމާ އާ އި ކުރީގަ ވެރިކަންކުރި މީހުންގެ ދުވަހުގެ ޔަ އުމި އްޔާ ދޯ....ހު އްޓުވަން ވީ އެ އްޗެހި ހު އްޓިގެން ތިބިކަން ރަ އްޔިތުންނަ ސި އްރެނޫން.. ހިޔާލު ފާޅުކުރަން ކަލޯމެންނަ އިގޭނީ އަސޭލާ ދަސްކޮށްދިންވަރަކުން..ސްޓީލިންގ ޕެރަޑަ އިސަށް ދެން ކަލޯމެން ދާންވީ.....މި އީ އިންޑިޔާ އެ އްނޫން ރަ އްޔިތުންނަ ވާނުވާ އޮޅުންނުފިލާކަން... އިންޑިޔާ އިން އެގަ އުމުގެ ރަ އްޔިތުންނަ ކަންތަ އްތަ އޮޅުވާލާ ވާނުވާ އެގުނަނުދީ ޖާހިލުކަންމަތީ ގެންގުޅެނީ ވެރިކަމާ ރިޝްވަތާ ފަސާދަހިންގަން... އެގޮތަށް މިގަ އުމުގަވެސް ރަ އްޔިތުންނަ ވާނުވާ އޮޅުންފިލުވިޔަ ނުދޭން އިދިކޮޅުގެ އަޑުކަޑުވާލަން އުޅެނީ... އޮންލަ އިން ނޫސްތަކާ ސޯޝަލްމީޑިޔާ ބޭނުންކުރަނީ ނިސްބަތުން މަދުބަ އެއ އް...ކޮ އްމެ ގެ އެ އްގަވެސް ޓީވީހުންނާނެ ޓީވީބަލާމީހުންގިނަވާނެ ގިނަބަޔަކު އެ އްތަނެ އްގަތިބެގެން އެ އްފަހަރާ ސަރުކާރުގެ ހީލަތް އެގުމުން ވިސްނުން ބަދަލުވާނެ ...މިކަންވިޔަނުދޭން މިސަރުކާރުން މަސަ އްކަތްކުރަނީ ކަމެވީމަތާ ކަމެފޮރުވަން އޮތީމަތާ... ލަދެނުގަނޭތަ ސަރުކާރެ ފިލަން ތިދުވަނީ އާދަ އިގެ ކުދިންކޮޅެ އްގެ ކިބަ އިން.. އާދަ އިގެ އޭ މިބުނީ ރާ އްޖޭގަތިބި ފުންނާބު އުސް ނޫސްވެރިން ބިރުންފިލާ އެތިބީ މިސަރުކާރުދެކެ....ހި އްވަރުހުރި ހި އްވަރުގަދަ ދެހާޖީ އާ އި ދަންޑެހެލާ މަރޮށީ ރާވެރިބެޔާ އަލިރަސްގެފާނުފަދަ ހަމަ އެހާމެ ހި އްވަރުގަދަ މިޖީލުގެ ފަހުލަވާނުންތަކެ މަޑިސީލަ ގެންނަންތިބީ....ސަރުކާރެ ކޮށި އަރާނީ ހާދަ ވަރެވީމަ އޭ. ފަސްމީހުންގެ ކުޑަޓީމަކުން ސަރުކާރެ ހިފަހަ އްޓާލީ...ވިސްނަބަލަ ހި އްވަރާ ތެދުވެރިކަމާ އިހުލާސްތެރިކަމަކީ ހާދާހާވާ ބާރުގަދަ ކަމެކޭ.....މަޑިސީލަ އަށް ޝާބާޝް ޝާބާޝް ޝާބާޝް????

   15
   4
   • ލޮލް

    ޔޫ ގެ މެސެޖް ދިގުކަމުން މަށަކަށް ނުވެސް ކިޔުނު

  • ދައުލަތް

   އަލްޖިބްރާ ބްރޯ ހަޖަމްކޮށްލާ މާދަންރޭ 13 އަށް ޓިނުކޮށްލާ ފެންނާނެ. ހަމަ ސަރުކާރުން ކުރާ ބޮޑެތި ވަށްކަންތަށް ފަޅާ އަރުވާނަން އެކި ނަންނަމުގައި ޔޫޓިބް ޗެނަލްތަކުގައި ފޭސްބުކް ލައިވްގައި ސޯސަލްމީޑިއާގައި މިކަން ބަންދުކޮށްބަލަ މިތިބަ އިސްލާމް ދީނުވެ އަދުއްވުންނޭ ތިތިބީ ކެފޭ ރެސްޓޯރަންޓް ބަންދުނުކޮށް މިސްކިތް ބަންދުކޮށް މިސްކިތުން ފެންކަނޑައިގެން. ހަޖަމުވަންޔާ ނުބަލާ އެކަމަކު ކަލޯމެނަށް ނުބަލަވެސް ފަރުނުޖެހޭނެ.

   5
   2
 3. މުރަނަފަރީދާ

  ދެރަވެގެންގޮސް ރޮވިއްޖެ މުޅިއަހަރުގެ ނިދިވެސް އެދިޔައީ?

  17
  4
 4. ސަމި

  ހަމަ ހަޖަމު ނުވީ ކީ އްކުރާނީ ދޯ އެވަރުގެ ފިނޑި ފަ އްކާ ޑިމޮކްރަސީ ސރުކާރެ އްވި އްޔަާ

  34
  8
 5. ރޯނުސޮރު

  ދެރަ ނުވޭ މުރަނާ އާ ޕުރޮގްރާމް ބަލާނީ އަހަރެންވެސް ދެރަވެގެންގޮސް ކަރުނައިގެ ސައިލާބެއް އުފެދިއްޖެ

  8
  12
 6. ވިޒާ

  އަޑަށްބާރުލާފަ ހަޅޭލެވީމަ ދޮގުވާހަކަވެސް ތެދަކަށް ބަދަލުވާ ޕުރޮގުރާމެއްތީ

  19
  20
 7. ޒާހިދު

  ވަގުތު ނޫހުން ތިޔަ ޚަބަރު ލިޔުނު އިރު މަޑިސީލަ ޕްރޮގްރާމް އިން ދައްކާފަ ހުރި ބައެއްވާހަކަތައް ހިމަނާލިނަމަ ރަނގަޅުވީސް!

  22
  6
 8. ޗާލީ 13

  މީދެން ޚަބަރެއް ތަ؟

  8
  14
 9. ދައުލަތް

  ސާބަހޭ ކުދިންނޭ. ތިޕުރޮގްރާމަށް ކިޔަންވީ 13 އާއި ޖެހުމު މަރިޔަނބު. ނޫނީ ހަޖަމުނުވި ޞާލިހް ނުވަތަ ބުއްޅަހޮއްކޮ

  22
  8
 10. މިސް މަޑިސީލަ

  އެކަމް މިފަދަ ދަނޑިވަޅެއްގަ ކުރުން ރަނގަޅު ކަމެއް ނޫ މަޑިސީލަ ޕްރޮޤްރާމްގަ ކުރީ. ތާއީދު ކުރިޔަސް ހަޤީޤަތަކީ، މިފަހަރު ގޯސް ހެދިފައޮތީ މަޑިސީލަ އަށް،

  19
  13
 11. އަފީ

  މިސަރުކާރަކަ އްހަޖަމެ އްނުވާނުވާނެ
  ޔާމީނޭކިޔަތްޏާ ވަރަ އްމޭކަރާނެ ކީކުރާނީ؟
  މީލަދެ އްހަޔާތްތެގޮތެ އްފޮތެ އް އަބުރެ ސަރަފެ އް
  އޮތްބަ އެ އްނޫން މިރީދޫބަ އިގަނޑަކީ؟ ސަރުކާރު

  ކުންކަން އޮޅުވާތީ މަނޑިސީލަ އިން އެކަންކަހާމަކުރާ
  ތީ ހަޖަމުނުވީ؟؟

  19
  10
 12. ާއަލީ

  ފާޑުފާޑު ކުރާނިކަމެއް ނެތް ދެން ބަންދުކުރާނީ ޗެނަލް 13

  8
  22
  • ގެޓްވެއްޖެތަ

   ބަންދު ކޮ އްބަލަ..ބަންދުކުރީ ޗެނަލް23ނިކުންނާނެ....ކަލޭމެންނަ ޖެހޭނީ ޗެނަލް13ފަހާދުވަން...ގަ އުމެ ނުހިންގޭނެ..ތަރަ އްގީ އަމުދުން ނުގެނެވޭނެ...ކޮރޯނާޖެހިފަ ސަރުކާރު އޮތީ...ކޮވިޑްޖެހިފަ މޑޕ އޮތީ.....ގެޓްވެ އްޖެތަ މިބުނި އެ އްޗެ....

   9
   5
 13. މުޙައްމަދު

  ސަރުކާރު މިއޮތީ މިފަދަ ކުދަ ޕުރޮގުރާމެއްގެ ދަށުވެފަތަ

  22
  6
 14. ޙާލަތު

  ހަޖަމެއް ނުވާނެ ގ.ކެނެރީގެ ލާދީނީ ބުއްޅަބޭ މެންނަކަށް... ތިޔޮތީ ޙުޠުބާ ތެރެއަށް ނޫހުގެ ގަނޑުތައް ލައިގެން ބެހި މީހުނަށް ވެރިކަން ލިބުނީމަ މީޑިއާތަކަށް މިނިވަންކަން ދޭގޮތް.

  25
  6
  • ޕިސްޕިސްޕިސް

   ތި ވައްތަރަށް ހަޑި އެއްޗެހި ކިޔާއިރު ހެއްދެވި ފަރާތުގެ މަތިން ހަދުމަ ނުކުރަންތަ؟ ތި ކަހަލަ ބަސްބަސް ބޭނުން ކުރީމަ މޮޅެއް ލިބެނީތަ؟

 15. މަޑިސީލަ

  މަޑިސީލަ އެއް ނޫން ހުޓުވަންވީ
  ކުފުރުގެ ބަސްތަކާއި އިސްލާމްދީނަށް ފުރައްސާރަ ކުރާ ބައިގަނޑުގެ ކިބައިން މި ގައުމު ހުއްޓުވަންވި

  32
  3
 16. ދުންތަރި

  ވަރަށްވެސް ރަނގަޅު ނިންމުމެއް، ތިޔައީ މިފަދަ ހާލަތެއްގައި ދައްކަން ހެޔޮވާވަރުގެ އެއްޗެއް ނޫން.

  11
  24
 17. ސާބަސް

  ސާބަހޭ ހިތްވަރުގަދަ މަޑިސީލާއިގެ ފަހުލަވާ ނުންނަށް އެންމެ ފިޔަޔަވަޅެއްވެސް ފަހަތަށްނާޅާތި ނަމަނަމަ ތިއީ ވަތަން ދެކެ ލޯބިވާ ދަރިން ނަކީ!

  30
  8
 18. ސާބަސް

  ސާބަހޭ މަޑިސީލަ އާހިތްވަރަކާއި އެކު ބާރަށް ކުރިޔަށް ހަބޭސް!

  27
  8
 19. ރާ.ބޯ

  ރީނދޫ ގުންޑާ ތަކަށް ހަޖަމް ނުވިޔަސް ތިއީ ބޮޑުވަރު

  26
  8
 20. އެމްޑީއެން

  ކޮބާ ލާދީނީ ރިޕޯޓް ނެރުނު ޖާހިލުންތައް ކޮމެއް އެއްޗެއް ކިޔަސް އޯކޭ ދޯ،

  29
  6
 21. އަސްލު

  ވަގުތެތްދޭނެކަމެއްނެތް،ފަސާދަ،ކުރުމުގެލާމަސީލް،
  މިސާލެއް،ދެން،ފެށިޔަސް،ހުއްޓުވާތި.!!!

  8
  28
 22. ނުކި

  ބޮލަށް ބަޑި ޖަހާބަލަ، ނަފުރަތު އުފެއްދުން އިޒްރޭލުގެ ޗެނަލް13 އެނގޭނީ، އިތުރު ކަމެއް ނުކުރާނެ އެމީހުން

  3
  6
 23. ޢަލިބެ

  ޔާމީނުގެ ރައީސްކަމުގައި ރ ޓީވީން ގަތީ ވަކިކޮންގަޑެއްތަ؟ އެމީހުންވެސް ގަތީ ހަމައެގަނޑު. މީހުންނަށް ބެވީކީނޫންތަ؟

  9
  4
  • ސާބަސް

   ރާއްޖެ ޓީވީއިން މަޑިސީލައިގަ ހަޑި ބަހުރުވަ ބޭނުން ކުރާ ގޮތަކަށް ދުވަހަކުވެސް ބޭނުމެއް ނުކުރޭ! އަދި އެހާ ސީދާކޮށް ދުވަހަކުވެސް ނުބަވާ މީހުންނާ ދިމާލަކަށް!

 24. ބުއްލަހުއްތު

  ޢެކި އެކި މީހުންގެ މަރުތަކާއި ބެހޭގޮތުން ރާއްޖެ ޓީވީއިން ހިތުހުރިގޮތަކަށް ރިޕޯޓް ހަދައިގެން ފޮނުވިއިރު ބްރޯޑް ކޮމް ކޮބާ؟ މީހުންގެ އަބުރު ކަތިލާފައިވާ މައްސަލަތައްވެސް ބައްލަވާ،، އަދި ފިޔަވަޅު އަޅުއްވާ. ޙަޖަމް ޕްލީސް

  13
  2
 25. ާޮއޮފްބެ

  ކޮންމަޑި ސީލައެއްތަ ފިތުނަ އުފައްދަން.. ޗެނެލްވެސް ބަންދު ކުރަންވީ..!!!

  4
  7
 26. ދައުލަތް

  މިމީހުނަށް ދީނަށް ފުރައްސާރަ ކުރާމީހުން ކުރިމީހުން ނުހުއްޓުވުނު ނުވެސް ހުެއްޓުވަނެ. މިސްކިތް ބަންދުކުރެވިއްޖެ ސައިހޮޓާ ކެފޭ ރެސްޓޯރަންޓް ބަންދުނުކޮށް މީ ލާދީނީ ބައިގަނޑެއް ލާދީނީ ސަރުކާރެއް.

 27. ޓައްޕު

  ރޯނުސޮރުވީ ފަރުކޮޅުފުށި ކުނި ކަހަން ގޮސް ޖަވާހިރެއް ފެނޭތޯ . މުރަނަ ފަރީ ކޮވިޑް19 މަރާ ބޭސް ގިރަނީ މަޑިސީލަ ކުދިންނަށް ހަދިޔާ ކުރަން އޭރުން މަޑިސީލަ ކުދިން ޕޮޒިޓިވް ނުވެ ތިބެވޭނީދޯ މަ މުރަނަޔަކަސް ބޭސް ގިރަން ދަންނަމޯ

  1
  1