މިވަގުތު އެންމެ މުހިންމުކަން ދޭންޖެހޭ ކަމަކީ، ވަރުގަދަ ފިޔަވަޅުތަކާއެކު ވިޑް-19 އިން އަޅުގަނޑުމެންގެ ރާއްޖެ ސަލާމަތްކޮށް، މިބަލި ހުއްޓުވުން ކަމަށާއި، އަދި މިކާރިޘާއިން އަރައިގަނެ، ރާއްޖޭގެ ޓޫރިސްޓް އެނދުތައް ފުރާލަދެއްވުމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދު ގޮވާލައްވައިފިއެވެ.

މިނިސްޓަރ އަލީ ވަހީދު މިކަމަށް ގޮވާލެއްވީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ ޔޫއެންޑަބްލިއުޓީއޯގެ ފަރާތުން އިންތިޒާމުކުރެއްވި "ދަ ގްލޯބަލް ޓޫރިޒަމް ކޯޑިނޭޝަން ވަރޗުއަލް މީޓިންގ" ގައި ޔޫއެންޑަބްލިއުޓީއޯގެ ސައުތު އޭޝިޔާ ރީޖަން ކޮމިޝަންގެ ޗެއަރގެ ޙައިޞިއްޔަތުން ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 އިން ސަލާމަތްވުމަށް ޕޮޒިޓިވް ވިސްނުމެއް ގެންގުޅެންޖެހޭކަމަށާއި، މިކަމުން ސަލާމަތްވާނެކަމަށް ވިދާޅުވިއެވެ. އަދި އެއްވެސް މުޖުތަމަޢަކަށް މިބަލި ނުޖެހޭނެކަމަށް ނުވަތަ ބަލީގެ ސަބަބުން އަސަރު ނުކުރާނެކަމަށް ދެކިގެން ނުވާނެކަމަށާއި، އެންމެ ރަނގަޅީ މިކަމަށް ތައްޔާރުވުންކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ދިވެހިރާއްޖެއިން މިބައްޔާ ކުރިމަތިލައި، ދުނިޔޭގެ އެހެން ޤައުމުތަކުގެ އެހީތެރިކަމާއެކު މިކަމުން އަރައިގަނެވޭނެކަމުގެ ޔަޤީންކަން އޮތްކަމަށާއި، ރާއްޖޭގައި މިބަލި ކޮންޓްރޯލްކުރުމަށް ދިވެހި ސަރުކާރުން ވަގުތުން ވަގުތަށް ފިޔަވަޅުތައް އަޅަމުންދާކަމަށެވެ. އަދި މިބައިނަލްއަޤްވާމީ ކާރިޘާއިން ސަލާމަތްވުމަށް އަމިއްލަ ވިޔަފާރިތަކާއި އިންޓަރނޭޝަނަލް ކޮމިޔުނިޓީ އަދި އެކުވެރި ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

މީގެ އިތުރުން، ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ އެހީތެރިކަމާއެކު ރާއްޖެއިން ދާދި އަވަހަށް މިކަމުން އަރައިގަނެ، ދުރުނޫން ކުރިމަގެއްގައި ފަތުރުވެރިންނަށް ރާއްޖެއިން މަރުހަބާ ކިޔާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ޔޫއެންޑަބްލިއުޓީއޯގެ ސެކެޓްރީ ޖެނެރަލް ނޫރަބް ޕޮލޮލިކަޝްވިލި، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ، އައިއޯއެމްގެ ސެކްރެޓަރީ ޖެނެރަލް ކީތަކް ލިމް، އައިކާއޯގެ ސެކްރެޓަރީ ޖެނެރަލް ފޭންގ ލިއު ޔޫއެންޑަބްލިއުޓީއޯގެ އެގްޒެކެޓިވް ކައުންސިލްގެ ޗެއަރ ނަޖީބް ބަލާލާގެ އިތުރުން، އެފްރިކާ ރީޖަން ކޮމިޝަންގެ ޗެއަރ ރޮނަލްޑް ޗިޓޯޓެލް، އެމެރިކާގެ ރީޖަން ކޮމިޝަންގެ ޗެއަރ އަދި ޖަމައިކާގެ ޓޫރިޒަމް މިނިސްޓަރ އެޑްމަންޑް ބާޓްލެޓް، ޔޫރަޕް ރީޖަން ކޮމިޝަންގެ ޗެއަރ އަދި ގްރީސްގެ ޓޫރިޒަމް މިނިސްޓަރ ހެރީ ތިއޯހެރިސް އަދި މިޑްލް އީސްޓް ރީޖަން ކޮމިޝަންގެ ޗެއަރ މުޙައްމަދު ޝާމިސް އަލް މުހައިރީ ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ޚާއްޞަ އިންޓަރވެންޝަންގެ ދަށުން ސްޕޭންގެ ޓޫރިޒަމް މިނިސްޓަރ ރޭސް މަރޮޓޯ އަދި ސަޢޫދީ ޢަރަބިޔާގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު ބިން އާޤިލް އަލް ޚަތީބް ވެސް މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދެއްކެވިއެވެ.

މިބައްދަލުވުމުގައި ނިންމި ނިންމުންތަކުގެ ތެރޭގައި "ކްރައިސަސް ކޮމިޓީ" އެއް އެކުލަވާލުމާއި، ކުރު އަދި ދިގު ރާސްތާގެ ރެސްކިއު ޕްލޭނެއް އެކުލަވާލުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މިއަދު

    ދިވެހިރާއްޖެއަށް ޓޫރިސްޓުން ނައުމުން ރާއްޖެއަށް ، އަދި ރާއްޖޭގެ ރަޢިއްޔަތުންނަށް ލިބޭނެ ދަތި މިއަދު އަލީވަހީދަށް އެނގޭނެދޯ ކޮވިޑް 19 ވިއަސް ރާއްޖެ ބޮއިކޮޓް ކޮއްގެންވިސް ޓޫރިސްޓުން ވާނީ ހަމަޓޫރިސްޓުންނަށް މިއަދު އަލީވަހީދުޖެހޭނެ ދިވެހިރަޢިއްޔަތުންގެ ކިބައިން މަޢާފަށްއެދެން

    52
    2
  2. Anonymous

    އ އީމާންތެރިކަން ވަރުގަދަ ކުރޭ، ބޭރުމީހުން ކާރި އާދޭސް ކުރިޔަސް ވާނެކަމެ އްނެތް، މާތްﷲގެ ޙަޟުރަތުގަ އި ދުޢާކުރޭ،

    59
  3. ފާނަ

    އިންޝާﷲ

    25
  4. ބްރޯ

    މިހާރު ކޮންވާހަކައެއް މިހިސާބަށް ކަންކަން މިދިޔައީ ވަގުތުގަ ފިޔަވަޅުނޭޅިގެން ލަސްވެގެންގޮސް މާބޮޑަށް ލަސްވެގެން. ވަގުތު އައީމަ ދައްކަންޖެހޭ ވަހަކަ ފަހަށް ބާއްވަވާ .މިހާރު ގައުމުގެ ސަލާމަތަށް ވިސްނަވާ.

    42
    1
  5. ބޫ

    މިބަލިން އަޅަމެން ރައްކާތެރި ކޮށްދެއްވުމަށްއެދި މާތްﷲ ހަޒުރަތުގައި ދަންނަވަން. ތިމާމެން ނޫން އެހެން ބަޔަކު ތިބީމަ ގެއްލުން ދިނުމަށް ކުރި މަސައްކަތް މިއަދު ހަދާންވޭބާ؟

    48
  6. ......

    ޓޫރިސްޓް އެނދުތައް ޒިނޭގެ ތަންމަތިތަކަކަށް ވެގެން ދިޔައިރު ލިބޭ ފައިސާފޮއްޗައްޓަކައި އޯކޭ ވެގެން ތިބުމުގެ ނަތީޖާ ނޫންބާ ތިބުނާ ކާރިޘާ އަކީ...
    ކާރިޘާ އެއް ނަމަ ޖީބުތަކެއް ފިސާރި ބޮޑުވާނެކަން އެނގުނީ ސުނާމީ ކާރިޘާއިން...

    26
    1
  7. އަލިހާޝިމް..

    އެއީ ކީއްކުރަންތޯ އަހަރެމެން ރިސޯޓު މުވައްޒަފުންނަކީ ސަރުކާރައް އެއްވެސް ބަޔަކައްނުވި ގާސިމު އެވަރު ބޮޑު މަހުޖަނަކައްވެ އެވަރުވީ އަހަރެމެންގެ ބުރަމަސަތްކަތުން ސަންސިޔާމު ޗަންޕާ ޔުނިވަރސަލް އެވަރުވީ އަހަރެމެންރިސޯޓު މުވައްޒަފުންގެ ބުރަމަސތްކަތުން މިފަހަރު ނޫނީ ޔުނިވަރ ސަލުން މުޅިންވެސް ގެނެސްދީފަ ހުންނާނީ ކުރުވާހަކަ މިފަހަރުވާ 3 މަހު މުސާރަދީފަ ފޮނުވާލައިފިތާ ގާސިމު އައްނުވި އެވަރުވެސް އެވަރުމީހެއް މަތިހަށިނަގާފަ ވެރިކަމައް އަރަން އެއުޅެނީ ﷲ އިރާދަ ކުރެއްވިއްޔާ މަށެއް ގާސިމަކައް ދުވަހަކުވެސް ވޯޓެއް ނުދޭނަން އެއީ އެވަރު މީހެއްނޫން ރިސޯޓު ތަކައް މީހުން ނައުމުން ސަރުކާރު މުވައްޒަފުންނައް ދާއިމީކޮއް މުސާރައެއްވެސް ނުދެވޭނެ މިހާރު ސިޔާސީ މީހުންގެ މުސާރަ އެވަނީ ކުދަކޮއްފަ މީގެން އެނގެނީ ރިސޯޓު މުވައްޒަފުންގެ މުހިންމުކަން ނަމަވެސް ތިޔަމިނިސްޓަރުން ތިތިބެނީ ވިޔަފާރި ވެރިން ދަށުވެފަ މިހާރު ޗަންޕާއެވަނީ ސަރުކާރު ގަނެފަ ދެންކިހިނެއްތޯ ރިސްވަތައްނޫނީ ނިމޭނީ ﷲ ގެ ކޯފާ އަރާހަމަކުރާއިރުވެސް ތިޔަތިބެނީ ޖީބައްޓަކާ ..

    29
  8. ރިސޯޓުބޯއީސްގެ

    ރިސޯޓު މުވައްޒަފުންނައް ދޯކާދީފަ ވީމޮޅެއް ކޮބާ އެއީ މިރާއްޖޭގެ ބެކްބޯން ދެންވެސް ވައުދާ ހިލާފުނުވެ ވައުދުފުއްދާ ކޮންމެސް ކަމެއް ﷲ މެދުވެރި ކުރައްވާ ކަލޭމެނައް މިވަނީ އިބުރަތްތެރި ފިލާވަޅެއް އެފަރާތުން ދައްކަވަފަ 10.000 އަވަސް ކުރޭ އަނެއްކޯފާ ނުދައްކަވަނިސް/....

    24
  9. ައަބުދު ﷲ

    އެދުތައްފުރިގެން ނޫތޯމަނިކުފާނު ގޮޑުދޮށުގަ
    ގޮދަޑިއަޅާގެން އަވަހާރަފުޅުލެއްޕީ

    31
  10. ބަކުރު

    އަލީވަހީދަށް ޝަރަފުވެރި އިނާމެއް ރިސޯޓުބޯއިންގެ ފަރާތުން އަރުވަން އެއީ 10000 ރުފިޔާ ކޮވިޑު 19!!!!

    4
    1
  11. އަޒޫ

    ﷲގެ ހަޟްރަތުގަ ދުޢާ ދެންނެވުމުގެ ބަދަލުގަ އަދިވެސް ޓޫރިސްޓު އެނދުތައް ނުފުރިގެން އުޅޭ .ކަލޭމެން

    16
  12. އއއ

    މިގޮލާގެ ކިތައް ބިން މިހާރު ގަނެފި؟ ކިއްލި ތެޅުމަކީ ނުކޮށް ދޫކުރާވަރު ކަމެއް ނޫން

    14
  13. ފެކްޓް

    އިންސާނުންގެ ނިކަމެތިކަން އިހުސާސްކުރެވޭތޯ! ފާހިޝް އެތައްކަމަކަމަކުން މުޅި ދުނިޔެ ފޯވެފައި. މުސްލިމުންގެ ގޮތުގައި ތިބެމެ އެކަންކަމުގެ ޝިކާރައަކަށް މުޅި ރާއްޖެ ވެފައި! މުޅި ޤައުމުގައި ރަލާއި މަސްތުވާތަކެތި އާންމުވެފައި! އެކަންކަމަށް މަގުފަހިވެފައިވާ އެންމެބޮޑު މަގަކީ ޓުއަރިޒަމް ސެކްޓާ! ރަލާ އޫރުމަހާ ނުލާ ޓުއަރިޒަމް ނުހިގާނީތޯ؟ އިންސާނުން އަމިއްލައަށްތޯ އެމީހުންގެ ރިޒުގު ކަނޑައަނީ! މިީ އަމިއްލައަަސް އުފެދިގެން އުޅެ ބަޔަކީތޯ! އަޖައިބު. ކޮބައިތޯ އީމާނަކީ؟ ހެއްދެވިފަރާތެއްވާކަން ހަނދާން އެބަ ހުރިތޯ! އަދިވެސް ތައުބާވެ ދީނުގެ ޙުކުމްތަކާއި އުސޫލުތަކަށް ރުޖޫޢަވާން ނުވޭތޯ! ހަމަ ގައިމު ރިޒުޤެއްމަދެއް ނުވާނެ! އެއި އެކަލާނގެވަޢުދު. "ކުން ފަޔަކޫން"

    14
    1