23:38

ކޮވިޑް-19 ޖެހިގެން މިއަދު މީހުން މަރުވި ބައެއް ގައުމުތައް

ސްޕޭނުން ހަ މީހުން މަރުވެއްޖެ، މިއަދު 213 މީހުން އެގައުމުން މަރުވެ، މަރުވި މީހުންގެ ޖުމްލަ ވަނީ 1044 އަށް އަރާފައި.
އެމެރިކާ އިން ހަތް މީހުން މަރުވެއްޖެ، މިއަދު 18 މީހުން މަރުވެފައިވޭ.
އިނގިރޭސިވިލާތުން 33 މީހުން މަރުވެއްޖެ، ޖުމްލަ 177
ނެދަލޭންޑްސް އިން 18 މީހުން މަރުވެއްޖެ، ޖުމްލަ 106

23:28

23:05

22:28

22:17

21:56

21:45

މަބްރޫކް: ފަރުކޮޅުފުށީގައި މައްސަލަތަކެއް އެބަހުރި. އެހެންވެ އެތަން ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން މިގެންދަނީ.

21:29

މަބްރޫކް: މިސްކިތުގައި ވަކިން ނަމާދު ކުރާއިރު ޑޮކްޓަރުން ލަފާދެއްވަނީ އެއް ސަފު ދޫކޮށްފައި ނަމާދު ކުރާށޭ. ހަފޫޓް ދުރުގައި ނަމާދު ކުރަން ތިއްބަވަން ޑޮކްޓަރުން ލަފާދެއްވަނީ. އަޅުގަނޑުމެން އެދެނީ ބިދޭސީން ގެންގުޅޭ ފަރާތްތަކުން ވެސް މި މައުލޫމާތު (ޖަމާޢަތުގައި ނަމާދު ނުކުރެވޭކަން) ބިދޭސީންނަށް އަންގައި ދިނުމަށް.

21:27

މަބްރޫކް: ރަޝިއާގައި ކަރަންޓީން ކޮށްފައިވާ ތިން ދިވެހި ދަރިވަރުންގެ ތެރެއިން ދެ ދަރިވަރެއްގެ ޓެސްޓްގެ ނަތީޖާ ނެގެޓިވް. ތިން ވަނަ ދަރިވަރުގެ ނަތީޖާ އަދި ނުލިބޭ. ތިން ދަރިވަރުންގެ ކަރަންޓީން މުއްދަތު ވަނީ 10 ދުވަހަށް އިތުރު ކުރެވިފައި.

21:25

މަބްރޫކް: 19 ވަނަ ދުވަހު 97 ދިވެއްސަކު އެކި ގައުމުތަކުން ރާއްޖެ އަށް އައިސްފައިވޭ.

21:24

މަބްރޫކް: ރަނގަޅުވެފައިވާ ދެފަރާތް 30 ދުވަސް ވަންދެން ކަރަންޓީންގައި ބޭތިއްބޭނެ. 11 މީހުންނަށް މިހާރު ވެސް ފަރުވާ ދެމުން އެބަގެންދޭ. މިހާތަނަށް 565 ސާމްޕަލް މިއަދުގެ 15:30 އާއި ހަމައަށް ނެގިފައިވޭ. 550 ސާމްޕަލް ނެގެޓިވް ވެފައިވޭ.

21:22

މަބްރޫކް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުން ފަށައިފި.

21:06

20:21

19:53

19:14

19:09

ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުންގެ އަދަދާއި މަރުވި މީހުންގެ އަދަދު

ޖަރުމަނުން އިތުރު 3 މަރު، ޖުމްލަ މަރު 47، 2052 ފައްސި ޖުމްލަ 17372

އެމެރިކާއިން 156 ފައްސި، މިއަދު މިހާތަނަށް 582، ޖުމްލަ 14371

ސްވިޒަލޭންުންް 676 ފައްސި، ޖުމްލަ 4898

ނެދަލޭންޑުން 30 މަރު، މިއީ މިހާތަނަށް އެއް ދުވަހެއްގައި އެ ގައުމުން ގިނަބަޔަކު މަރުވި ފުރަތަމަ ފަހަރު، ޖުމްލަ މަރު 106 މަރު، އިތުރު 534 ފައްސި، ޖުމްލަ ފައްސި 2994

ބެލްޖިއަމްއިން 155 ފައްސި މިއަދު މިހާތަނަށް 462، ޖުމްލަ އަދަދު 2257

ނޯވޭއިން 36 ފައްސި، ޖުމްލަ 1837

ސްވިޑެންއިން 5 މަރު، ޖުމްލަ 16، ފައްސި މީހުންގެ އަދަދު 200، ޖުމްލަ 1639

މެލޭޝިއާއިން އިތުރު 1 މަރު، ޖުމްލަ 3 މަރު، މިއަދު މިހާތަަނަށް ފައްސި 130، ޖުމްލަ 1030

ޕޯޗުގަލްއިން 2 މަރު، ޖުމްލަ 6. މިއަދު މިހާތަަނަށް ފައްސި 234 ޖުމްލަ 1020

އިސްރާއީލުން މިއަދު މިހާތަަނަށް 28 ފައްސި، ޖުމްލަ 705

ފިންލޭންޑުން މިއަދު މިހާތަަނަށް 50 ފައްސި 450

ޗިލީން މިއަދު މިހާތަަނަށް 92 ފައްސި، ޖުމްލަ 434

އައިސްލޭންޑުން މިއަދު މިހާތަަނަށް 79 ފައްސި، ޖުމްލަ 409

ޕޮލެންޑުން އިތުރު މީހަކު މަރު، ޖުމްލަ 6

ސްލޮވޭނިއާއިން މިއަދު މިހާތަަނަށް 22 ފައްސި، ޖުމްލަ 341

ޕިލިޕީންސްއިން އިތުރު މީހަކު މަރު، ޖުމްލަ 18

އަރުމޭނިއާއިން މިއަދު މިހާތަަނަށް 14 ފައްސި، ޖުމްލަ 136

ކޮސްޓަލިކާއިން އިތުރު މީހަކު މަރު، ޖުމްލަ 2. މިއަދު މިހާތަަނަށް ދެ ފައްސި، ޖުމްލަ 89

އަފްގާނިސްތާނުން މިއަދު މިހާތަަނަށް ފައްސި 2، ޖުމްލަ 24

ބަންގްލްދޭޝްއިން މިއަދު މިހާތަަނަށް ފައްސި 2، ޖުމްލަ 20

ސީޝެލްްއިން މިއަދު މިހާތަަނަށް ފައްސި 1، ޖުމްލަ 7

ގަބޯން އެއް މަރު، ފައްސި 3

ބޫޓާން އިތުރު 1 ފައްސި، ޖުމްލަ 2

 

17:25

16:49

16:14

16:13

15:54

15:48

15:22

ބެލްޖިއަމް އިން އިތުރު 16 މަރު،އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 37. މިއީ އެގައުމުގައި 24 ގަޑިއިރު ތެރޭގައި ގިނަބަޔަކު މަރުވި ފުރަަަތަމަ ފަހަރު، އެ ގައުމުން އިތުރު 446 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް)ވެފައި. އެގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 2257

14:59

ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުންގެ އަދަދާއި މަރުވި މީހުންގެ އަދަދު

ޖަރުމަނުން 119 މީހުން ފައްސިވެއްޖެ، ޖުމްލަ 15،439

އޮސްޓްރިއާއިން 24 މީހުން ފައްސިވެއްޖެ، ޖުމްލަ 2،203

ނޯވޭއިން 2 މީހުން ފައްސިވެއްޖެ، ޖުމްލަ 1،792

ޑެންމާކުން 75 މީހުން ފައްސިވެއްޖެ، ޖުމްލަ 1،226. އެ ގައުމުން އިތުރު 3 މަރު، ޖުމްލަ މަރު އަދަދު 9

މެލޭޝިއާއިން 15 މީހުން ފައްސިވެއްޖެ، ޖުމްލަ 915

އޮސްޓްރޭލިއާއިން 120 މީހުން ފައްސިވެއްޖެ، ޖުމްލަ 876

ޗެކްރިޕަބްލިކުން 80 މީހުން ފައްސިވެއްޖެ، ޖުމްލަ 774

ލަގްޒެމްބާގުން 149 މީހުން ފައްސިވެއްޖެ، ޖުމްލަ 484

އިންޑޮނޭޝިއާއިން 7 މަރު، ޖުމްލަ 32 އިތުރު، 60 ފައްސިވެއްޖެ، ޖުމްލަ 369

ހޮންގކޮންގުން 48 މީހުން ފައްސިވެއްޖެ، ޖުމްލަ 256

ކުވޭތުން 11 މީހުން ފައްސިވެއްޖެ، ޖުމްލަ 159

ފިލިޕީންސްއިން 1 މަރު، ޖުމްލަ 18

އިންޑިއާއިން 7 މީހުން ފައްސިވެއްޖެ، ޖުމްލަ 206

ލުބްނާނުން 1 މީހުން ފައްސިވެއްޖެ، ޖުމްލަ 158

ޓައިވާނުން އިތުރު 1 މަރު، ޖުމްލަ 2

މޮރޮކޯއިން އިތުރު 1 މަރު، ޖުމްލަ 3

ސްރީލަންކާއިން 5 މީހުން ފައްސިވެއްޖެ، ޖުމްލަ 66

14:46

14:21

13:32

12:17

12:13

11:37

11:22

ދިވެހި ނަރުހުންނާއި ޑޮކްޓަރުންގެ މެސެޖް "އަހަރެމެން ހޮސްޕިޓަލްގައި މިތިބީ ތިބޭފުޅުންނަށްޓަކައި، އަހަރެމެންނަށްޓަކައި ތިބޭފުޅުން ގޭގައި މަޑުކޮށްދެއްވާ."

11:17

ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުންގެ އަދަދާއި މަރުވި މީހުންގެ އަދަދު

ޗައިނާ އިން 39 މީހުން ފައްސި، (އިއްޔެ ޗައިނާ އިން އެއްވެސް މީހަކު ފައްސިއެއް ނުވޭ. 39 މީހުންނަކީ ޗައިނާ އަށް އެތެރެވި މީހުންގެ ތެރެއިން ފައްސިވި މީހުން) ޖުމްލަ 80967. ޗައިނާ އިން ތިން މީހުން މަރުވެއްޖެ، ޖުމްލަ 3248

އެމެރިކާ އިން 10 މީހުން މަރުވެއްޖެ، ޖުމްލަ 217
އެމެރިކާ އިން 218 މީހުން ފައްސިވެއްޖެ، ޖުމްލަ 14365
ދެކުނު ކޮރެއާ އިން ތިން މީހުން މަރުވެއްޖެ، ޖުމްލަ 94
ދެކުނު ކޮރެއާ އިން 87 މީހުން ފައްސިވެއްޖެ، ޖުމްލަ 8652
އޮސްޓްރިއާ އިން 17 މީހުން ފައްސިވެއްޖެ، ޖުމްލަ 2196
ޖަޕާނުން 20 މީހުން ފައްސިވެއްޖެ، ޖުމްލަ 963
އޮސްޓްރޭލިއާ އިން 58 މީހުން ފައްސިވެއްޖެ، ޖުމްލަ 814
ބްރެޒިލުން ހަތް މީހުން ފައްސިވެއްޖެ، ޖުމްލަ 647
ތައިލެންޑުން 50 މީހުން ފައްސިވެއްޖެ، ޖުމްލަ 322
ޕެރޫން ދެމީހުން މަރުވެއްޖެ، ޖުމްލަ 03
އިންޑިއާ އިން މީހަކު މަރުވެއްޖެ، ޖުމްލަ 05
އިންޑިއާ އިން 07 މީހަކު ފައްސިވެއްޖެ، ޖުމްލަ 201
މެކްސިކޯ އިން 46 މީހުން ފައްސިވެއްޖެ، ޖުމްލަ 164
ކޮލަމްބިއާ އިން 20 މީހުން ފައްސިވެއްޖެ، ޖުމްލަ 128
އުރުގުއޭ އިން 15 މީހުން ފައްސިވެއްޖެ، ޖުމްލަ 94
ކޮސްޓަރިކާ އިން ދެމީހުން ފައްސިވެއްޖެ، ޖުމްލަ 89
ކޮސްޓަރިކާ އިން މީހަކު މަރުވެއްޖެ، ޖުމްލަ 02
ހަންގޭރީން 12 މީހުން ފައްސިވެއްޖެ، ޖުމްލަ 85
ކަޒަކިސްތާނުން 05 މީހުން ފައްސިވެއްޖެ، ޖުމްލަ 49
ނިއުޒިލެންޑް 11 މީހުން ފައްސިވެއްޖެ، ޖުމްލަ 39
ހޮންޑިއުރަސް އިން 12 މީހުން ފައްސިވެއްޖެ، ޖުމްލަ 24
ބޮލީވިއާ އިން ދެމީހުން ފައްސިވެއްޖެ، ޖުމްލަ 17
ކިއުބާ އިން ފަސް މީހުން ފައްސިވެއްޖެ، ޖުމްލަ 16
ޖެމެއިކާ އިން އެކަކު ފައްސިވެއްޖެ، ޖުމްލަ 16
އިތިއޯޕިއާ އިން ދެމީހުން ފައްސިވެއްޖެ، ޖުމްލަ 09
ކިރްގިސްތާނުން ތިން މީހުން ފައްސިވެއްޖެ، ޖުމްލަ 06
ބޫޓާނުން އެކަކު ފައްސިވެއްޖެ، ޖުމްލަ 02

10:47

10:32

10:30

ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިގެން ޕެރަޑައިސް އައިލެންޑް ރިސޯޓުން ޓެސްޓް ކުރި ދިހަ މީހުން ވެސް ނައްސި (ނެގެޓިވް) ވެފައިވާކަން "ވަގުތު" އަށް ކަށަވަރު ވެއްޖެ.

10:06

09:28

09:15

ގޭގައި ތިއްބަވާއިރު ފުރުސަތުގެ ބޭނުންކޮށް ފޮތް ވިދާޅުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި. ނަޝީދު މިކަމަށް އެދިވަޑައިގެންނެވީ މިއަދު ކުރެއްވި ޓްވީޓެއްގައި.

09:14

08:49

08:15

02:53

ސްވިޒަލޭންޑް އިން ކޮވިޑް-19 ޖެހިގެން އިތުރު 3 މީހަކު މަރުވެއްޖެ. އެއާއެކު އެގައުމުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންގެ އަދަދު މިވަނީ 10 އަށް އަރާފަ. އެގައުމުން މިހާތަނަށް ޖުމްލަ 43 މީހަކު ވަނީ މަރުވެފަ.

02:50

އަމެރިކާ އިން ކޮވިޑް-19 ޖެހިގެން އިތުރު އެކަކު މަރުވެއްޖެ. އެއާއެކު އެގައުމުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންގެ އަދަދު މިވަނީ 37 އަށް އަރާފަ. އެގައުމުން މިހާތަނަށް ޖުމްލަ 187 މީހަކު ވަނީ މަރުވެފަ.

02:48

ބޮލިވިއާ އިން އިތުރު 3 މީހަކަށް ކޮވިޑް-19 ޖެހިއްޖެ. އެއާއެކު.ަ އެގައުމުން ޖުމްލަ 15 މީހަކު ވަނީ ފައްސިވެފަ.

02:47

ސްރީލަންކާއިން އިތުރު 4 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެއާއެކު ޖުމްލަ ފައްސިވި މީހުންގެ އަދަދު މިވަނީ 60 އަށް އަރާފަ.

02:47

ސައުދި އަރަބިއްޔާއިން އިތުރު 36 މީހަކު ފައްސިވެއްޖެ. އެއާއެކު 274 މީހަކު މިހާތަނަށް މިވަނީ އެގައުމުން ފައްސިވެފަ

02:46

ތުރުކީން އިތުރު މީހަކު މަރުވެއްޖެ. މިއީ މިއަދު އެގައުމުން ކޮވިޑް-19 ޖެހިގެން މަރުވި 2 ވަނަ މީހާ. އެގައުމުން މިހާތަނަށް 4 މީހަކު ވަނީ މަރުވެފަ.

02:46

ޕާކިސްތާނުން އިތުރު 82 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެއާއެކު އެގައުމުން ފައްސިވި މީހުންގެ އަދަދު މިވަނީ 454 އަށް އަރާފަ

02:45

ޤަތަރުން އިތުރު 8 މީހަކު ފައްސިވެއްހެ، އެއއެކު އެގައުމުން މިވަނީ 454 މީހަކު ފައްސިވެފަ

02:44

ސްވިޒަލޭންޑުން އިތުރު 605 މީހަކަށް ކޮވިޑް-19 ޖެހިއްޖެ. އެއާއެކު މިއަދު ފައްސިވި މީހުންގެ އަދަދު މިވަނީ 1،018 އަށޤ އަރާ.ަ އެގައުމުން ޖުމްލަ 4133 މީހަކު ވަނީ ފައްސިވެފަ.

02:43

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ އެމެރިކާއިން. އެގައުމުން 4،124 މީހަކު ވަނީ ފައްސިވެފަ. އެއާއެކު އެގައުމުން ޖުމްލަ ފައްސިވި މީހުންގެ އަދަދު މިވަނީ 13،383 އަށް އަރާފަ.

02:41

އެމެރިކާ އިން ކޮވިޑް-19 ޖެހިގެން އިތުރު 22 މީހަކު މަރުވެއްޖެ. އެއާއެކު އެގައުމުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންގެ އަދަދު މިވަނީ 36 އަށް އަރާފަ. އެގައުމުން މިހާތަނަށް ޖުމްލަ 186 މީހަކު ވަނީ މަރުވެފަ.

02:41

ސްޕެއިން އިން ކޮވިޑް-19 ޖެހިގެން އިތުރު 2 މީހަކު މަރުވެއްޖެ. އެއާއެކު އެގައުމުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންގެ އަދަދު މިވަނީ 193 އަށް އަރާފަ. އެގައުމުން މިހާތަނަށް ޖުމްލަ 831 މީހަކު ވަނީ މަރުވެފަ.

02:36

02:15

01:39

 

01:08

01:03

ބްރެޒިލް އިން އިތުރު 3 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. އެއާކު އެގައުމުން މަރުވި މީހުންގެ އަދަދު މިވަނީ 7 އަށް އަރާފަ.

00:38

މިހާރު ދުނިޔޭގެ ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ސްޕެއިން އިން ރިކޯޑް އަދަދަކަށް މީހުން ފައްސިވެއްޖެ. މިއަދު އެކަނިވެސް އެގައުމުން 3،194 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވޭ. އެއާއެކު އެގައުމުން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަަދަދު މިވަނީ 17،963 އަށް އަރާފަ.

00:36

ކޮވިޑް-19 ޖެހިގެން ސްޕެއިން އިން އިތުރު 31 މީހަކު މަރުވެއްޖެ. އެއާއެކު އެގައުމުން މިއަދު މަރުވި މީހުންގެ އަދަދު މިވަނީ 192 އަށް އަރާފަ. އެގައުމުން މިހާތަނަށް ޖުމްލަ 830 މީހަކު ވަނީ މަރުވެފަ.

00:33


ކޮވިޑް-19 ކޮންޓްރޯލް ކުރަން ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި ވީނަމަވެސް ބައެއް ގައުމުތަކުން އެދެވޭ ނަތީޖާއެއް ނުނެރެވި، މިއަދު ވެސް މީގެ ކުރިން ކޮވިޑް-19 އަށް އެއް ދުވަސްތެރޭގައި މީހުން ފައްސި (ޕޮޒިޓިވް) ނުވާ އަދަދަކަށް މީހުން ފައްސިވެ، އަދި މީގެ ކުރިން އެއް ދުވަސް ތެރޭގައި މީހުން މަރުނުވާ އަދަދަކަށް މީހުން މަރުވެއްޖެއެވެ.

މިއަދު މިހާތަނަށް ލިބުނު މައުލޫމާތައް ބަލާއިރު 36 ގައުމަކުން 1010 މީހުން މިއަދު ވަނީ މަރުވެފައެވެ. މިއީ މިހައި ގިނަ އަދަދެއްގެ ގައުމުން މީހުން މަރުވި ފުރަތަމަ ދުވަހެވެ. މިއަދު 116 ގައުމަކުން 21778 އަށް މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މިއަދު ކޮވިޑް-19 ޖެހިގެން މަރުވި މީހުންނާއި އެކު މިބަލީގައި މަރުވި މީހުންގެ ޖުމްލަ މިހާރު ވަނީ 9953 އަށް އަރާފައެވެ. އަދި ފައްސިވި މީހުންގެ އަދަދު ވަނީ 240566 އަށް އަރާފައެވެ. މިހާތަނަށް 86682 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން 7148 މީހުންގެ ހާލު ސީރިއަސްއެވެ. އެއީ ބަލި ޖެހި ރަނގަޅުނުވެ ތިބި މީހުންގެ 05 އިންސައްތައެވެ. ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން މަރުވާ މީހުންގެ ނިސްބަތް ވަނީ މިހާރު 4.13 އިންސައްތަ އަށް އުފުލިފައެވެ.

މިއަދު ލިބުނު ޚަބަރުތަކަށް ބަލާއިރު ކޮވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވި ގައުމަކަށް އިޓަލީވިލާތް މިހާރު ވަނީ ވެފައެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން މިއަދުވެސް އިތުރު މީހަކު ފައްސިވެފައެއް ނުވެއެވެ. ނަމަވެސް މިއަދުވެސް ރާއްޖެ އިން ވަނީ އިތުރު ފިޔަވަޅުތައް އަޅާފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޭޗާރާ

    ލާދީނީ ކަނޑުކޮހަކު ކުރާހައި ޓްވީޓެއް ރައްޔިތުންނަށް ގެނެސްދޭތީ ހިތާމަކުރަން. މި ބަލިމަޑުކަމެއް ފެށުނީއްސުރެ ދޫ ހިމޭނުން ނޯވެގެން ދުވާލަކު ވާހަކައެއް މީނާއަށް ފެންނަ ގޮތަކަށް ދައްކަމުންދާއިރު އެ ދައްކާހައި ކޮސް ވާހަކަތައް މި ގައުމުގެ ނޫސްވެރިން ކަވަރުކުރާތީވެސް ހިތާމަކުރަން. މިއަދު މި މުސްލިމް ރައްޔިތުން ކިޔަންވީ ފޮތަކީ ބާވައިލައްވާފައިއޮތް އެންމެ މަތިވެރި ފޮތް. އޭއިން ޒެޑަށް ހުރިހާ ވާހަކައެއް ހަމައަށް ހުރި ހަމައެކަނި އެއީ. އެހެން ފޮތެއް އެހާ ފުރިހަމައަށް ނެތް. އެ ފޮތް ފެށިފައި ވަނީ ދުޢާއާއި ހިދާޔަތާއި ތެދުމަގާއި ރަޙްމަތުން ފުރިގެންވާ ފޮތެއްކަން ޔަގީންކޮށްދެމުން. ނިމިފައިވަނީ އެންމެހައި ޝައިޠާނުންގެ ކިބައިން ސަލާމަތްވުމަށް ދުޢާކުރަމުން. މިމަތިވެރި ފޮތުގައި ރައްޔިތުން އަތްލާފާނެތީ މަގުފުރައްދަންވެގެން މުސްކުޅިވެ ހަސްފަސްނެތިފައިހުރި ދުނިޔެވަންތަ ފޮތްތަކެއްގެ ފޮޓޯ ލާފައި މިއޮތީ ނެރެފައި. ރައްޔިތުންނޭ! މި މަކަރުގައި ނުޖެހޭތި. މިފުރުޞަތުގައި ހެއްދެވި ފަރާތް ހަނދުމަކޮށް އެންމެ މަތިވެރި އެންމެ މާތް ފޮތް ގިނަގިނައިން ކިޔުމަށް އާދަކުރޭ! މުވައްޒަފުންނޭ! އޮފީހަށް ނުކުތުމުގެކުރިން މިމަތިވެރި ފޮތް އެކީގައި ކިޔާތި! ހެޔޮ ރަހްމަތާއި ސަލާމަތާއި ރައްކާތެރިކަން ލިބޭނެ. މިއަށްވުރެ ޔަގީން އެހެން މަގެއް ނެތް. ނުވެސް ހޯދޭނެ.

  2. އުސައިދު

    ހުރިހާ ޑޮކްޓަރުންނާ ނަރުހުންނަށް ހިތުގަވާ ހުރިހާ ލޯތްބާއި ގަދަރާއި އިހްތިރާމް ❤❤❤

    6
    1