ޗެނަލް 13ގެ "މަޑިސީލަ" ޕްރޮގްރާމް ހުއްޓާލަން އެނގުމަކީ ނާތަހުޒީބު، ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް، އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޗެނަލް 13 އަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ޒިންމާދާރު ކުރުވުމަމުން އަންނަ ޗެނަލެއް ކަމަށެވެ. އަދި އެ ޕްރޮގްރާމުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ގޮތުން ކުރި ސުވާލަކާއި ގުޅިގެން ޕްރޮގްރާމް ހުއްޓާލަން އެންގުމަކީ މިިނިވަން ނޫސްވެރިކަމަށް ފާޅުގައި ހުރަސް އެޅުން ކަމަށް އިދިކޮޅު ކޯލިޝަނުން ގަބޫލުކުރާ ކަމަށެވެ.

އަދި މަޑިސީލަ ޕްރޮގްރާމުގައި ގެނެސްދިން ވާހަކައަކީ އަޚުލާޤީ މިންގަނޑާއި ޚިލާފުވާ ވާހަކައެއް ނަމަ، ފިޔަވަޅު އަޅަންވާނީ އެކަމަށް ކަމަށާއި، މުޅި ޕްރޮގްރާމް އެއްކޮށް ހުއްޓާލަން އެންގުމަކީ ވަރަށްވެސް ނާތަހުޒީބު ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް އިދިކޮޅުން ނެރުނު ބާޔަނުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން އިދިކޮޅު ކޯލިޝަނުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ބްރޯޑްކޮމް އިން މަޑިސީލަ ޕްރޮގްރާމް ހުއްޓާލަން އަންގާފައިވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެނެވެ. "މަޑިސީލަ" ޕްރޮގްރާމްގެ މައްސަލަ ބްރޯޑްކޮމް އިން ބެލީ، ޢާންމު ސިއްޙަތުގެ ކުއްލި ނުރުއްކަލުގެ ހާލަތު އިޢުލާނުކޮށްފައިވަނިކޮށްޗެނަލް 13 އިން 19 މާރިޗް 2020ގެ 00:00 ހާއިރު ގެނެސްދިން "މަޑިސީލަ" ޕްރޮގްރާމްގައި ކޮވިޑް 19 އާއި ގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ގޮތަކަށް ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބެލެވޭތީއެވެ.

މީގެ އިތުރުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރާ މައުލޫމާތު ފިޔަވައި އެހެން އެއްވެސް މައުލޫމާތެއް ޗެނަލް 13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމުތަކުގައި ނުހިމެނުމަށް ވެސް، ޗެނަލް 13 ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އަންގަން މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. މނ

    މަޑިސީލަ ގެނެސްގެން ހަޖަމުނުވިއްޔާ ހައްޕުޑު ގަނޑު މޫނައް ބުރުވާލާ.
    ދެން ކިޔާ ހައްޕުޑު

    15
    23
    • ޙައްގުބަސް

      ރާއްޖެ ޓީވީން މީގެކުރީ ސަރުކާރުތަކުގައި ހަންފަތުރާފައިވާ ވަރާއި ހަދާފައިވާ ރޯ ބުހުތާނު ދޮގުތަކާއި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭފަފަ އެތައް ކޮންޓެންޓުތައް ހިމެނޭ ޚަބަރުތަކާއި ޕްރޮގުރާމްތައް ގެނަސްދީފައި އެބަހުުރި! މިރާއްޖޭގައި ދޮގު ޚަބަރު ފެތުރުމާއި މީހުންގެ އަބުރު ކަތިލުމުގެ ސަގާފަތް ފުރަތަމަ ފަށައުގަތީ ރާއްޖެ ޓީވީއިން! އެއީ އެއްވެސް ބަޔަކަށް އޮޅިފައިވާ ކަމެއްނޫން! އެމްޑީޕީގެ މާޒީގެ ސަގާފަތުންވެސް އެކަން ހާމަވޭ!! މިއީ މިވެރިންގެ ކަށީގައި ހިފާފައިވާ ކަމެއް! މަޑިސީލަ ޕްރޮގުރާމް ހުއްޓާލަން އެންގުމަކީ ވަރަށް ނާތަހުޒީބު ޢަމަކެއް! ނޫސްވެރިކަމުގެ މިނިވަންކަމްށް އަރައިގަތުން! ނޫސްވެރިކަމުގެ ޙައްގު ނިގުޅައިގަތުން! ސަރުކާރަށް ހަޖަމް ނުވުން! ސަރުކާރުން ކުރާ އެތައް ވިޔާނުދާ ޢަމަލުތައް މަޑިސީލަ ޕްރޮގުރާމްތަކުގައި ރައްޔިތުންނާ ހަމަޔަށް ގެނަސްދީފައި އެބަހުރި!! ނޫސް ވެރިންގެ ކަރަށް ފައިން އަރައި ގެންނާ އަމަތީ ޓޭޕް އަޅައިގެން ތިބެ ތިމާމެން ބޭނުންހާ ގޮތަކަށް ވައްކަން ކުރެވޭނެކަމަށް ހީކޮށްގެން ނުވާނެ!

      10
      2
  2. ާއަޖުރޭ

    މި ހާލަތުގަ،ހަމަ،ވަރަށްރަނގަޅު،ނިންމުމެއްކަމައް،
    ޤަބޫލު،ކުރަން.!

    39
    43
  3. ހަޖަމް

    ހަޖަމްނުވި ހަޖަމްނުވި ހަޖަމްނުވި ހަޖަމްނުވި މަޑިސީލަ!

    34
    28
  4. ކެޔޮޅު

    ސަރު ކާރުން މީޑިއާތަށް ހިސޯރު ކުރުމަށް ރާވަމުންދާތާ ކިތަންމެދުވަހެއް ޖުޑިސަރީއަށް އަތްބޭނި ފަދައިން މީޑިއާތަށް ސަރު ކާރުން ދަނީ ހަލާ ކު ކުރަމުން މިއީ ސަރު ކާރުން ހިންގި ބޮޑު ޖަރީމާއެއް މިއީ މިނިވަންނޫސް ވެރި ކަމަށް އަރައިގަތުމުގެ ބޮޑުޖަރީމާއެއް.

    44
    23
  5. ބަކުރުސަރ

    ބަނގުރޫޓުވުމުގެ އަލާމާތެއް މާގިނަދުވަހެއް ނުވެ އެ ކަންވެދާނެ އެދުވަހުން ރައްޔަތުން އުފަލުން ފޮޅޭނެ ދުވަސް ވަނީ ދާދި ގާތުގަ އިންޝާ ﷲ.

    42
    9
  6. ުއުނދުޅި

    ނާތަހުޒީބީ ބަ އިގަނޑެ އް
    ޗެނަލް13 ވަގުތުން އުވާލަންވީ

    25
    34
  7. އަލްޖިބްރާ

    ރާއްޖެ ޓީވީ ރޯކޮށްލީމަ ކަލެއަށް އެންމެ ރަގަޅު ދޯ ؟ ތިޗެނަލްވެސް ބަންދު ކުރަންވީ !

    20
    24
  8. ތުބުޅި ސުޖާ

    ވާސަރީ، މަންމާފުޅު އަދުރޭމެންނަށް ތިނޯހުގެ ފަގައިގެ މިންވަރުގެ ފިޔަވަޅެއް އަޅާލީމަވީވަރުމީ، ނިމިދިޔަ 5އަހަރު ރާއްޖެ ޓީވީއަށް ކުރިޖެއްސުމާ ޖޫރިމާނާތައްކޮށްލާނަމަ މިމީހުންގެ ހާލަކީކޮބައިބާއޭހިތައްއަރާ. އަދި ރާއްޖެ ޓީވީގެ ނޫސްވެރިންނަށްދިން ފަދަ ބޮޑެތިއަނިޔާތަކާ ދެއްކިބިރުތަކާ، ޖަލުގެ ކުޑަގޮޅިޔާ މިއިންމީހަކަށް ފެންނަދުވަހަކުން މިމީހުންގެ ހާލު ހުންނާނީކިހިނެއްބާ

    18
    28
  9. ކަނބުރު

    ސޯލިހު ވެރިކަން ކުރާގޮތަށް ޗެނަލް13 އިން މަޑިސީލަޕުރޮގުރާމް ދެންގެނެސްދޭނީ އެހެންނަމެއްގަ ދެން ލަލަލާ އަފިރިން އަދިވެސް ހިތުގަ ވެރިކަން ކުރާނީ މަޑިސީލަ.

    29
    13
  10. ައޮފްބެ

    ފިތުނަވެރި ޏާތަހުޒީބީ ބަ އިގަނޑެ އް
    ޗެނަލް13 ވަގުތުން އުވާލަންވީ.. ކޮން މަޑިސީޅައެއްތަ!!!!

    22
    31
  11. ބޮކި

    ވޭތުވެދިޔަ ފަސް އަހަރު ކަލޭމެން މީޑިޔާ ތަކަށް ކުރި ޖެއްސުން އެގޭ ތަ ؟؟؟؟؟؟؟

    4
    11
    • ޏެޭގެ

      ޢަ ހަރުމެންގެ ވެރިކަމެޢްގަ ނޯންނާނެ ބުނެފައެއް ޕްރޮގްރާމެޢް ހުއްޓާލަން އަންގާފައެއް! ކި ހާވަރަކަށް ޔާމީނު ދިމާލަށް އެއްޗި ހިކީ އަޅެ ބުނެބަ?

      6
      2
  12. ކޭބީ

    އިދިކޮޅު ބާރުގައޮތީ ހެދިގޮތަށް ރަނގަޅު ބޮޑު އަދަދަކުން ޖޫރިމަނާއެއް ކޮއްލިނަމަ ބުނާނީ ކީކޭބާ

    12
  13. ސޮނިފުހޭ

    މަޑިސީލަ ބަންދު ކުރުމުން ކަންބޮޑު ނުވާށެވެ ކަންބޮޑުވާން ޖެހެނީ ދިވެއްސަކު ޕޮޒިޓިވް ވެދާނެ ކަމަށްޓަކައެވެ ދެ ޙަރަމް ބަންދު ކުރުމަށް ވުރެ ބޮޑުކަމެއް ދުނިޔެއަކު ނުހިގައެވެ ބިރުވެތިވެ ހިތްތިރިކުރާށެވެ ﷲ ދިވެހިންނަށް ދަރުމަވަންތަވެ ވޮޑިގެން ރަޙްމަތް ލައްވަމުން ގެންދަވާތީ ﷲއަށް ތަސްބީޙަ ދަންނަވާ ޝުކުރު ވެރިވާށެވެ މާތްﷲ އީ ތައުބާވާ މީހުންނާ ތާހިރުވާ މީހުންނަށް ލޯބިކުރައްވާ އިލާހެވެ

    17
  14. އުނބު އާދަނު

    ދެން ކިޔާނޭ ނަމަކީ "ސަރުކާރު ކޮށިއަރުވައިލި". އެގިދާނެތާ!

    2
    2
  15. ލަބީބު

    ސަރުކާރު މަރަށް ތެޅޭތަން މި ފެންނަނީ އިންޝާއަﷲ!

    2
    2
  16. ދަރަނި ދަންތުރަ

    ވީ އެއްމެ އަވަހަކަށް " ދުފާފޮށި " މިނަމުގައި އަޅުން ތިޕޮރޮގުރާމް ފައްޓާ މިސަރުސާރުގެ އަދިރި ފަރާތް ރައްޔިތުންނަށް ހާމަކޮށްދީ މަބުރޫކު ހަދާދޮގުތަށް ފަޅާއަރުވާލާ...

    2
    2
  17. އައި ސޭ

    ދުފާފޮށި ވަރަށް ސަޅިނަމެއް...

    2
    2