ރާއްޖޭގެ އަގު ވައްޓާލައި، ފަތުރުވެރިން ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާ މީހުންގެ މައްސަލަތައް ބަލައި، އެ މީހުންނާ މެދު ހަރުކަށި ފިޔަަވަޅު އެޅުމަށް އެދި ވިޔަފާރިވެރިން ޖަމިއްޔާ އިން ފުލުހަށް މައްސަލަ ހުށަހަޅައިފި އެވެ.
މިއަދު އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ފަހު، ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް މީޑިއާތަކާއި ވާހަކަ ދައްކަވުން ވިދާޅުވީ ރާއްޖެ ބޮއިކޮޓް ކުރަން ގޮވާ މައްސަލަ ޕޮލިހަށް ހުށައަޅާފައިވާ ކަމަށާއި އަދި ފުލުހުން އެ މައްސަލަ ބަލައިގަނެފައިވާ ކަމަށެވެ.
މިއަދުން ފެށިގެން މީސް މީޑިއާގައި އެފަދަ ކެމްޕޭނުތައް ހިންގާ ފަރާތްތަކުގެ މައްސަލަ ވަކިވަކިން ޕޮލިހަށް ހުށަހަޅަމުން ގެންދާނެ އާސިފް ވިދާޅުވި އެވެ.
އާސިފު ވިދާޅުވީ މިއަދު ފުލުހަށް ހުށަހެޅި މަައްސަލައިގައި ވަކި މީހެއްގެ ނަމެއް ހުށަހަޅާފައި ނޯންނާނެ ކަމަށެވެ.
"މީ ތާރީހުގައި ފުލުހުންނަށް މިކަހަލަ މައްސަލައެއް ހުށަހެޅި ފުރަތަމަ ފަހަރު. އަޅުގަނޑުމެންނަށް އެއްވެސް މައްސަލައެއް ނެތް ސިޔާސީ އެކިއެކި ފަރާތްތަކުން ވެރިކަން ހޯދަން މަސައްކަތް ކުރުމުގެ. އެކަމަކު ރާއްޖޭގެ އިގްތިސާދަށް ގެއްލުން ވާގޮތަށް ރާއްޖެ ބޮއިކޮޓް ކުރަން ގޮވައި، މިކަހަލަ ކަންކަން ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަން މި ޖަމިއްޔާ އިން ބޭނުން،" އާސިފް ވިދާޅުވި އެވެ.
ޓްވިޓާ ފަދަ ނެޓްވޯކްތަކުގައި އެފަދަ މައުލޫމާތު ފަތުރާ މީހުންގެ މައުލޫމާތު އާންމުން އެ ޖަމިއްޔާ އަށް ހުށަަހެޅުމަށް ވެސް އޭނާ ވަނީ އެދިފަ އެވެ.
"ޕޮލިހަށް މައްސަލަ ހުށަހަޅާފަ ތިބޭނީކީ ނޫން. މައްސަލަ ދާ ގޮތް ވެސް ބަލާނަން" އާސިފު ވިދާޅުވިއެވެ.
އާސިފު ވިދާޅުވީ އޭގެ އިތުރުން ކުރިއަށް އޮތް ތަނުގައި އެއްވެސް ބޭފުޅަކު އެކަހަލަ ޓްވީޓު ކޮށްފިއްޔާ އެ ޓްވީޓެއް ފުލުހުންގެ ސަމާލުކަަށް ގެންނާނެ ކަމަށެވެ.
"ރިޔާސީ އިންތިހާބު ކައިރިވަމުން އަންނަ އިރު، މީސް މީޑިއާގައި މިފަދަ ކެމްޕޭންތައް އިތުރުވާނެ ކަމަށް ބެލެވޭ. އަދި ޕޮލިހަށް މި މައްސަލަ ހުށަހެޅީ އެކަމަށް ހައްލެއް ހޯދުމަށް " އާސިފް ވިދާޅުވި އެވެ.
ތިގޮލާ ބޮޑު މަޤާމެއް ނުލިބިގެން ޖުމުހޫރީމައިދާނުގަ ހޭރުނު ހަނދާން އަދިވެސް އެބަހުރި!
އަޅުގަނޑު ވަރަށް ތާއިދު ތިއީ މިހާރު ކުރަން މާލަސްވެއްޖެ ކަމެއް މީހަކު ވެރިކަން ހޯދުމައްޓަކައި އެދަނީހަނާވަމުން އެކަމަކުބުނި ތިމަންނަ އަކީ ވެެިކަން ބޭނުން ވެގެން އުޅޭ މީހެއް ނޫނެއެވެ.
ވަރަށް ރަގަޅުކަމެއް. ގައުމަށް ކިތައްމެކުޑަނަމަވެސް ނިކަމެތިކަމެއް ލިބޭފަދަ ކަމެއް ގައުމުދެކެ ލޯބިވާ ބަޔަކު ނުކުރާނެ. އދ އިން ނުވަތަ އީޔޫ އިން ދިވެހިރާއްޖެ އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް އިދިކޮޅޭމެންނަށް ހީވުމުން އެކަން އަވަސްކުރުމުގެގޮތުން މީސް މީޑިއާ ގައި އެބަހުއްޓޭ ދަތިކުރުމުގެ ފިޔަވަޅު ޕްލީސް މިހެންގޮވާފަވެސް މިއީ ޣައްދާރުން ކުރާކަހަލަ ކަންތައް ނޫންތޯ؟