މާލެ، ވިލިމާލެ، އަދި ހުޅުމާލޭ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުން ސަރުކާރުން މަނާކޮށްފައި ވާތީ މާލެ ސަރަހައްދުގައި މިއަދު ހުކުރު ނަމާދެއް ނުކުރާނެއެވެ. އެހެންކަމުން ހުކުރު ނަމާދު ކުރަން ޖެހޭ މީހުން ދެން ކަންތައް ކުރާނީ ކިހިނެއްތޯ ވަރަށް ގިނަ މީހުން އަންނަނީ ސުވާލު ކުރަމުންނެވެ. އެސުވާލަށް އިސްލާމިކް މިނިސްޓްރީން ވަނީ ޖަވާބު ދެއްވާފައެވެ.

އިސްލާމިކް މިނިސްޓްރީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓްރީން ނެރެފައިވާ ސަރކިއުލާއާއި ގުޅިގެން މާލެ، ހުޅުމާލެ، ވިލިގިލީގައި ތިބި ރައްޔިތުން މާޗް 20 ވާ ހުކުރު ދުވަހު ގޭގައި ކުރާނީ ހަތަރު ރަކުޢަތުން މެންދުރު ނަމާދު ކަމަށެވެ.

ހުކުރު، ޢީދު، ކޭތަ، އިސްތިސްޤާ ނަމާދު ފަދަ ޝިޢާރުތައް ޤާއިމުކުރުމަކީ ޝަރީޢަތުގައި ޙާކިމާއާ މަތިކުރެވިގެންވާ ޒިންމާއެއް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ. މާލޭ ސަރަހައްދުގައި މިއަދު ހުކުރު ނަމާދު ނުކުރި ނަމަވެސް ރާއްޖޭގެ އެހެން ހުރިހާ ރަށެއްގައި މިއަދު ވެސް ހުކުރު ނަމާދު ކުރުން އޮންނާނެއެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވާނެ ޙުކުރު ޚުތުބާގައި އަލިއަޅުވާލާފައި ވަނީ ސާފުތާހިރު ކަމަށެވެ. އިސްލާމް ދީނަކީ ސާފުތާހިރުކަމުގެ ދީންކަމަށައި ހިއްސީ ގޮތުންނާއި މަޢުނަވީ ގޮތުން ވެސް އެ ދީން އަމުރުކޮށް، ބާރު އަޅަނީ ސާފުތާހިރު ވުމަށް ކަމަށް މިއަދުގެ ޚުތުބާގައި ވެއެވެ. އެ ދީނުގެ ޝަރްޢު ތަކާއި ޢަދުލުވެރި ޙުކުމް ފުޅުތައް ބިނާވެގެން ވަނީ ވެސް ޙިއްސާ އަދި މަޢުނަވީ ސާފުތާހިރުކަމުގެ މައްޗަށް ކަމަށާއި އެހެންކަމުން ސާފުތާހިރު ކަމަށް އިސްކަން ދިނުމަށް މިއަދުގެ ޚުޠުބާގައި ނަސޭހަތްތެރިވާނެއެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ ރާއްޖޭގެ އިތުރުން އިސްލާމީ ވަރަށް ގިނަ ގައުމުތަކުގައި ވަނީ ޖަމާޢަތުގައި ނަމާދު ކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ދދ

    ބުއްޅަހުއްތު ހޯދަން ދާނީ

    16
    2
  2. Anonymous

    ރައްޔިތުން ކިޔަމަންތެރިކަމާއެކު އެންގުންތަކަށް އަމަލުކުރައްވާ. ޔާﷲ މިވަބާއިން އަޅަމެންނާއި ދުނިޔެވެސް ސަލާމަތް ކުރަށްވާނދޭވެ އާމިން

    67
  3. ޞަހ

    ގޭގަ މެންދުރު ނަމާދު ކުރާނީ.

    37
  4. ޏަމް

    ސަރުކާރު އިހުނަށްވުރެ ލާދީނީކަން އިންތިހާއަށް ގަދަވެއްޖެ މިސްކިތްތަށް ބަންދުކޮށްފަ އެއަރޕޯޓު ހުޅުވާފަ އަދި މިވަރުން ފުއްދާލީކީވެސް ނޫން މީހުންނަށް ނަމާދު ނުކުރެވޭގޮތަށް އިސްކުރު ބަރިންވެސް ފެންކަނޑާލާފަ ދައްޖާލު ފާޅުވުމުގެ އަލާމާތެއްކަމުގައި ވެދާނެއެވެ ވަﷲ އައުލަމް.

    28
    16
  5. ޏަމްޏަމް

    މާތް ވެގެންވާ ދެ ޙަރަމް ވެސް ބަންދުކޮށްފި އެއީ ލާދީނީ ވެގެނެއްނޫން އެންމެންގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކާ

    4
    8
  6. ޏަމްޏަމް

    ކޮންފަދަ ބޮޑު ހިތާމަަަަަަ އެއއ އްތޯ؟ ދުނިޔޭގެގަ އި ނަމާދު ކުރުމާ އި ހުކުރު ކުރުން ހު އްޓާލުމަކީ އަދި ވެސް، ﷲ އަށް ސަޖިދަ ކުރާކަށް ނުވޭތޯ. ޤިޔާމަތް ދުވަހަކީ އިންސާނާގެ ސިކުނޑި އަށް ތަސަ އްރަފު ނުކުރެވޭނެ ފަދަ ބިރުވެރިކަން އެކުލެވޭނެ ފަދަ ދުވަހެ އް

    14
  7. ސަރަނގު

    މިއަދުގެ ހުކުރު ނަމާދު ނުކުރާ މީހުން ހުކުރު ނަމާދު ނުކޮށް ތިބުމުން ގިޔާމަތް ދުވަހުން އެކަމާ ސުވާލު ކުރެވޭނީ އިސްލާމިކް މިނިސްޓަރ ނުވަތަ ސަރުކާރުގެ އެންމެ އިސްވެރިޔާ އާއި ތޯއެވެ.

    7
    1
  8. ނިޔާ

    ކޮން ޖަމް އެއ އް ކިޔައ އިގެން ނަންނަމުގަ ލާދީނީ ކޮމެންޓް ކުރަނީ .. ތިކަހަލަ ކޮމެންޓް ނުކުރާނެ ހަމަމީހަކު ތިގޮތަ އް ތިޔަ ކޮމެންޓް ކުރަނީ ފިތުނަ އުފައދަން އުޅޭ ބޭކާރީ..

    4
    2
  9. ޑަކައިތި

    މާލެއާއި ކައިރިރަށްތަކުގައިވާ މިސްކތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމާއި ހުކުރުނަމާދު ކުރުން މިލާދީނީ ސަރުކާރުން ހުއްޓުވިޔަސް ވަކި ފަރުދުންނަށް މިސްކިތުގައި ނަމާދުނުކުރެވޭގޮތަށް ފެނާއި ކަރަންޓު ކަޑާލުމަކީ މިލާދީނީ ސަރުކާރުގެ ހައްދުފަހަނަޅައިފައިވާ ލާދީނީކަން ހާމަވެގެން ދާކަމެއް ގަސްދުގައި ހުކުރުނަމާދާއި ޖަމާއަތުގެ ނަމާދު ރާއްޖޭގެ އެއްވެސް މިސްކިތެއްގައި ނުކުރެވޭނެ އަޅާލެވޭނެ ހާލަތެއް މިރާއްޖެއަކު އަދިނެތްއައިސްފައި މިއީ ލާދީނީކަމާއި ގުންޑާކަންހާމަވާކަމެއް

  10. ޑަކައިތި 12

  11. ޑަކައިތި 12

    އިސްލާމީ ސަރިއަތުގައި ހާކީމާއަށް އޮންނަގޮތްތައް ރައްޔިތުންނަށް އޮޅުވާނުލާ ނަހަމަގޮތުގައި ހާކިމާއޭކިޔާގެން ތިކުރާކަމަކީ ކިތަންމެ ބަލިމަޑުކަމެއް ދިމާވިޔަސް ނުކުރާވަރުގެ ބޮޑުމުންކަރާތެއް މާލެއާކައިރިރަށްތަކަށްވެސް ހުކުރުއަޅާލެވޭ ޖަމާއަތުގައި ނަމާދު އަޅާލެވޭފަދަ ބަލިމަޑުކަމެއް އަދި އައިސްފައިނެތްއިރު މިސްކިތްތަކުން ފެނާއި ކަރަންޓުކަޑާލުކަމީ މިލާދީނީ ސަރުކާރާއި ތިމިނިސްޓުރީ ލާދީނީވަންތަކަންހާމަވެގެންދިޔަކަން އަދި މިލާދީނީ ސަރުކާރުގައި ޖަމާއަތުގައި ނަމާދު ހުކުރު އެޅުމަށް ރައްޔިތުންނަށް ބާރުއެޅިކަން

  12. އަހުމަދު