ހޮނިހިރު ދުވަހު މޫދަށް އެރި އުޅެނިކޮށް އައްޑޫ ސިޓީ އިން ގެނބުނު ތިން ކުދިންގެ ތެރެއިން ސަލާމަތްވި ރާއިފް ސަލާމަތް ކުރުމުގައި މެދުވެރިއަކަށްވި ހަސަން ދީދީގެ މަސައްކަތުގެ އަގު އައްޑޫ ސިޓީ ކައުންސިލުން ވަޒަންކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާއިގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމެއްގައި ކައުންސިލުގެ ފަރާތުން ވަނީ ޙަސަން އަށް ހަނދާނީ ލިޔުމެއް އަރުވާފައެވެ. މި ލިޔުން ޙަސަން އާއި ހަވާލުކޮށްދެއްވީ އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިޤުއެވެ.

ހަސަން އަކީ އަޑު އިވުމާއި ވާހަކަ ދެއްކުމުން މަހްރޫމް ވެފައިވާ ބޭފުޅެކެވެ. ތިން ކުދިން ގެނބެމުންދާ މަންޒަރު ފެނުމުން ހަސަން ވަނީ ފަސްޖެހުމެއް ނެތި މޫދަށް އެރި ރާއިފް ސަލާމަތް ކޮށްފައެވެ. ނަމަވެސް ރާއިފް ސަލާމަތް ކުރުމަށް ފަހު ހަސަން ބަލާލިއިރު އަނެއް ދެކުދިން ގެއްލިއްޖެއެވެ.

ހަސަންގެ މަސައްކަތުގެ އަގު އައްޑޫ ސިޓީ ކައުންސިލުން ވަޒަންކޮށްފައިވާއިރު، "ވަގުތު" އިން ވަނީ ހަސަން އަށް ކޮންމެ މަހަކު ވެސް މާލީ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައެވެ.

ހަސަން އަށް މާލީ އެހީއެއް ދޭން ނިންމީ ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމަކީ ހަމައެކަނި ސެޓްފިކެޓަކުން ނުވަތަ ހަނދާނީ ފިލައެއް ދިނުމުން އަގުވަޒަން ކުރެވޭ ވަރަށް ވުރެ ބޮޑު ކަމަކަށް ވާތީ ކަމަށް "ވަގުތު" އިން މައުލޫމާތު ދެއެވެ.

"ވަގުތު" ގެ އޮފިޝަލަކު ވިދާޅުވީ މިއަންނަ މަހުން ފެށިގެން ކޮންމެ މަހަކު ހަސަން އަށް "ވަގުތު" އިން މާލީ އެހީއެއް ދޭނެ ކަމަށާއި ހަސަން އަށް ދޭނެ މާލީ އެހީގެ މައުލޫމާތު ހިއްސާ ކުރާނީ ހަމައެކަނި ހަސަން އާއި ކަމަށެވެ.

"މިއަންނަ މަހުން ފެށިގެން އިރާދަ ކުރެއްވިއްޔާ ހަސަން ދުނިޔޭގައި ހުރިހައި ދުވަހަކު އަޅުގަނޑުމެން ހަސަން އަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދޭނަން. އަދި ޖުލައި މަހު އައްޑޫގައި އޮންނަ ވަގުތު ފުޓްސަލް މުބާރާތުގައި ހަސަން އަށް ހާއްސަ ހަނދާނީ ފިލައެއް ވެސް އަޅުގަނޑުމެން އަރުވާނަން." އޮފިޝަލް ވިދާޅުވިއެވެ.

"ވަގުތު" ގެ އޮފިޝަލް ވިދާޅުވީ ހަސަން އަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއް މަޤުޞަދަކީ އާދަޔާއި ހިލާފު ހިތްވަރު ކުރާ ހަސަން ފަދަ ފަރާތްތަކަށް ހިތްވަރުދީ އެހެން މީހުންނަށް އެހީތެރިވުމުގެ ރޫހު އެންމެންގެ ތެރޭގައި ވެސް އަށަގެންނެވުމުން ކަމަށެވެ.

"ވަގުތު" އަކީ މީގެ ކުރިން ވެސް އިޖުތިމާޢީ ޒިންމާގެ ދަށުން ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ނޫހެކެވެ. ބަލި މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީ ބަލި މީހުންގެ ވާހަކަތައް މީޑިއާ މެދުވެރިކޮށް ގެނެސްދީ އެމީހުންނަށް އެހީތެރިވެވޭނެ މަގު އާންމު ރައްޔިތުންނަށް ފުރަތަމަ ތަނަވަސްކޮށްދިން މީޑިއާ އަކީ ވެސް "ވަގުތު" އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ިިިިަަްަަަަަައިބު

    ޕުލުސް މީހުން މިކަމުގަ އަގުވަޒަނެއް ނުކުރިނުން

    • ފަރޭ

      ދެން ހުރިހާ މީހުން ވަކި ވަކިން ޖެހޭތަ އަގު ވަޒަން ކުރަން

  2. މާރިޔާ

    ކީއްކުރާސެޓިފިކެޓް ތިޔައީ މޭޔަރުގެފެންވަރު މޯޔަރުކިޔަންވީ
    ބޯހަހާކު

  3. އިސްލާހް

    ކަނޑުވި ކުއްޖާގެ ބައްޕަ އޮތީ ކެންސަރާއި ހަނގުރާމަ ކުރާ ހާލު.
    ކީއްތަ ވާނީ އެމީހާޔަށް އެހީއެއް ދިނިއްޔާ ؟

  4. އަލީނާ

    ފުލުސްމީހުން އެއުޅެނީ ގެއްލުނު ކުދިން ހޯދުމުގައި އަވަދިނެތިއެއްނޫންތަ؟ ތިބޭފުޅާގެ އަގުވަޒަންކުރާނެ ގޮތެއްވެސް މަށަށް ނުވިސްނޭ.ވަރަށް ބޮޑަށް ޝުުުުުުުުުކުރިއްޔާ އެދަރި ސަލާމަތްކޮށް ދިނީތީ. އެންމެންވެސް ފުލުހުންގެ އަގުވެސް ވަޒަންކޮށްބަލަ!

  5. ޕިއޯން 106

    މިރާއްޖޭގެ މީހުން ދައްޖާލު ކަމުން މީހަކު ރަންގަޅު ކަމެއް ކޮށްފިޔާ އެކަމަށް ސެޓިފިކެޓް ލިބޭ. ކުރިން ދުވަހަކު ކުޑަކުއްޖެއް މަގުމަތީގަ މަރުވަނިކޮށް ސިފައިންގެ މީހެއް ހޮސްޕިޓަލަށް ގެންގޮސްދިނީތީ ހީވީ އަނެށް ބޮޑުތަކުރުފާނު ދުނިޔެއަށް އުފަންވެގެން އުޅޭހެން. ދެންކިޔާނެ ސަރުކާރު ނުލަފާވާހަކަ. ޔާމިނަސް އައްނިއަސް މައުމޫނުވިޔަސް ދެންއަދި ރަސްކަން ބޭނުންވެގެން އުޅޭ ކޮންމެ ވަގެއްވިޔަސް ވާނީ އެއްގޮތެއް. ރަށްޔިތުން މިނަށްވުރެން ދައްޖާލުވީމަ ގައުމުދާނީ އަޑިޔަށް. މިހާރު ފަޅަށް ހުންނަ މިސްކިތްތަށް ބަލަންހުންނާތި މިއަންނަމަހު ރޯދަމަސް ފެށުނީމަ ވާގޮތް. ދެެއްކެންވެގެން ޔަހޫދީންތައް ތެޅޭވަރު.