ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިގެން ޕެރަޑައިސް އައިލެންޑް ރިސޯޓުން ޓެސްޓް ކުރި ދިހަ މީހުން ވެސް ނައްސި (ނެގެޓިވް) ވެފައިވާކަން "ވަގުތު" އަށް ކަށަވަރު ވެއްޖެއެވެ.

ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަދި މިކަން ކަށަވަރު ކޮށެއް ނުދެއެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުން ޓެސްޓް ކުރި މީހުންގެ މައުލޫމާތު އެނގޭ މީހަކު "ވަގުތު" އަށް ބުނީ ޕެރަޑައިސް އިން ޓެސްޓް ކުރި އެންމެންގެ ނަތީޖާ ވެސް ލިބިފައިވާ ކަމަށާއި އެއްވެސް މީހެއްގެ ގައިގަ ކޮވިޑް-19 ނެތް ކަމަށެވެ.

ޕެރަޑައިސް އިން ޓެސްޓް ކުރީ އަށް ދިވެހިންނާއި، ދެ ބިދޭސީންނެވެ.

ޕެރަޑައިސް އިން ކޮވިޑް-19 ގެ އަލާމާތްތައް ހުރި ބަޔަކު ފެނުނުއިރު އެރިސޯޓް ފިޔަވައި ވިލާގެ އެހެން ރިސޯޓްތައް ވަނީ ބަންދު ކުރަން ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. Anonymous

  الحمدلله
  ماشاءﷲ.
  ﷲ ގެ ރަޙްމަތްފުޅުގެ ބޮޑު ކަމާއި އެވެ.ﷲاكبر

  14
 2. ޤައުމު

  އަލްހަމްދު ލިއްލާހި

  12
 3. މަބޭ

  އަދިވެސް ނަތީޖާނުލިބޭ 40ހަކައް ޓެސްޓްއެބަވާކަމައް ވިދާޅުވި ނަމަވެސް ޕެރަޑައިސްއިން ނެގިސާންޕަލް ގެނަތީޖާ ހާދައަވަހޭ މިގޮތައްކަންކަން ކުރާތީ ސައަކުއފެދެނީ.

  9
  3