ސިއްހީ ކަންކަމުގައި އިހުމާލުވެވޭ ނަމަ ތަފާތު ބަލިތައް ފެތުރި، ނުރައްކާތެރި ވަބާތައް އާންމުވެދާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މާލެ ސަރަހައްދާއި ރިސޯޓުތަކުގެ މިސްކިތް ފިޔަވައި ރާއްޖޭގެ ދެން ހުރި ހުރިހާ ރަށެއްގައި އިއްވި ހުކުރު ހުތުބާގައި ވަނީ އިސްލާމް ދީނުގައި ސާފުތާހިރު ކަމަށް ބާރު އަޅާފައި ވަނީ ހަމައެކަނި އަޅުކަންތަކުގައި އެކަނި ނޫން ކަމަށާއި އިންސާނީ ވެށި ވެސް ސާފުތާހިރުކޮށް ބޭއްވުމަށް ބާރު އަޅާ ކަމަށެވެ.

"އިންސާނާގެ ހަށިގަނޑާއި ފޭރާމާއި އާންމު ދިރިއުޅުމާއި، ދިރިއުޅޭ ގެއާއި، ގޯތިތެރެ އާއި، ވެއްޓާއި މުޅި އިންސާނީ ވެށި ސާފުތާހިރު ކުރުމަށް އިސްލާމް ދީން ބާރުއަޅައެވެ. އިންސާނާގެ ހަށިގަނޑުގެ ސާފުތާހިރުކަމަށް ދެވިފައިވާ އަހަންމިއްޔަތަށް ނިކަން ބަލާށެވެ،" ހުތުބާގައި ވެއެވެ.

އަދި ފިތުރަތުގެ ނިޒާމާ ފުށުއަރާ ގޮތަށް އިންސާނުންގެ އަމަލު ބެހެއްޓުމުގެ ސަބަބުން ނުރައްކާތެރި ވަބާތަކާއި ސިއްހީ ގެއްލުންތައް ވަމުން އަންނަ ކަަމަށް ހުތުބާގައި ވެއެވެ.

ހުތުބާގައި ވަނީ މާތް ﷲ ގެ ހަޟްރަތު ގައި ލޮބުވެތި މީހަކަށް ވެވޭނީ، ތިމާގެ އެތެރެފުށް ކިބުރުވެރިކަމާއި ބޮޑާކަމާއި ޝިރުކުގެ މުޑުދާރުކަމުން ތާހިރު ކޮށްގެން ކަމަށެވެ. އަދި ތިމާގެ ބޭރު ފުށް ސާފުތާހިރުކޮށް ބެހެއްޓުމާ އެކު ހަލާލު ތަކެތި ކައި ބޮއި އުޅުމާއި އެންމެހައި ނުތާހިރު ގޮތްތަކުން ދުރުވެގެން ކަމަށް ވެސް ހުތުބާގައި ވެއެވެ.

ހުތުބާގައި ވަނީ، ސިއްހީ ކަންތައްތަކާއި، ސާފުތާހިރުކަމަށް އިހްމާލު ވެވޭ ނަމަ، ދިވެހިންގެ ތެރޭގައި ތަފާތު ބަލިތައް ފެތުރި، ނުރައްކާތެރި ވަބާތައް އާންމުވެ، ސިއްހީ އެތަކެއް މަސްއަލައެއް އުފެދޭނެ ކަމަށެވެ.

އެހެންކަމުން ތަފާތު ބަލިތަކުން މުޖުތަމައު ސަލާމަތް ކުރުމަށް ސަރުކާރުގެ މުއައްސަސާތަކުން ކުރާ މަސައްކަތްތަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދޭންޖެހޭ ކަމަށް ހުތުބާގައި ވަރަށް ބަޔާންކޮށްފައި ވެއެވެ.

"އެގޮތުން ތިމާގެ ނަފްސާއި، ގޯތިގެދޮރާއި، މިސްކިތްތަކާއި، މަދަރުސާތަކާއި، އޮފީސްތަކާއި، މަގުތައް ސާފުތާހިރުކޮށް ބަލަހައްޓައި، ސާފުތާހިރުކަމާ ފުށުއަރާ އެންމެހާ އާދަތަކުން ދުރުހެލިވާން ޖެހެއެވެ. އަދި ބިދޭސީން ގެންގުޅޭ ފަރާތްތަކުން ވެސް، އެމީހުންގެ ބެލުމުގެ ދަށުގައި ތިބޭ ބިދޭސީންނަށް ވެސް ސާފުތާހިރުވުމަށް ބާރުއަޅަން ޖެހެއެވެ،" ހުތުބާގައި ވެއެވެ.

އަދި ނުރައްކާތެރި ވައިރަހެއް ފެތުރެމުން އަންނައިރު، ސިއްހީ މާހިރުން ދޭ ލަފަޔާއި އިރުޝާދުތައް ބަލައިގަނެ، އެއަށް އަމަލުކުރުމަކީ ލާޒިމް ކަމެއް ކަމަށް ހުތުބާގައިވެެެއެވެ.

"އެގޮތުން ރައްޔިތުން ކަންބޮޑުވެ މާޔޫސްވާ ފަދަ ވާހަކަތައް ނުދެއްކުމާއި، ސާބިތު ނުހިފޭ ދޮގު ޚަބަރުތައް ނުފެތުރުމާއި، ތަންތަނަށް އެއްވެ، ގައިގޯޅިވެ ނޫޅުމަށް އެ ފަރާތްތަކުން ދަނީ ކެނޑިނޭޅި، ނަޞޭޙަތްތެރި ވަމުންނެވެ". ހުތުބާގައި ވެއެވެ.

ރާއްޖެ އިން ކޮވިޑް-19 ފެނިފައިވާތީ މާލެ، ހުޅުމާލެ، ވިލިމާލެ އަދި ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހަފްތާއަކަށް ވަނީ މެދުކަނޑާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފެކްޓް

    އަދިވެސް މާ ދުރުދުރުން ވާހަ ކަދަނީ! ސީދާ މައްސަލަތަ ކުގެ ވާހަކަ ފާޅު ކޮށް ދައް ކަން ބިރުގަންނަހެން ހީވަނީ. މިހުރިހާ ކމަ ކީވެސް އިންސާނުންގެ އަމިއްލަ އތުން ހޯދާގަންނަ ކަން ކަން. ﷲ އަށް އުރެދުމާއި ފާހިޝް އަދި ޙަރާމް ޢަމަލުތައް އާންމު ވުމުން. ރާ އާއި މަސްތުވުންް ޢާންމު ވުމުން. ޒިނޭ ޢާންމު ވުމުން. ޏުބައި ކަން ކަން ގިނަވުމުން. މީހިންގެ ހިތުގައި ﷲ އަށް އޮންނަންޖެހޭ ތަޤުވާ ނެތުމުގެ ސަބަބުން. ﷲ ގެ މަގަށް މީސްތަ ކުން ރުޖޫޢަ ވުމަށް މަގުފަހި ކުރުމުގެ ބަދަލުގައި ދައުލަތްތަ ކުގެ އަމާޒަ ކީ މިމަގުން މީހުން ދުރުކ ކޮށް މަގުފިރެއްދުން. ދީނުގެ އަސްލުތަ ކަޢި އުސޫލުތައް ވަޅުލައި އޮޅުވާލުން. ﷲ ތަޢާލާގެ ކެތްތެރިވަންތަ ކަމާއި ރަޙްމަތްވަންތަ ކަން އިންތިހާއެއް ނޫންތޯ!

    4
    1
  2. .......

    އަހަރެން މިހުރީ އެންގުންތަކަށް ކިޔަމަންވެގެން...
    އެކަމަކު އަހަރެންގެ އެންމެ ބޮޑު ކަންބޮޑު ވުމަކީ މިވަބާޔާ ކުރިމަތިލާން ޖެހުނު މައިގަނޑު ސަބަބުތަކާއި މިފަދަ ވަބާތަކުން ސަލާމަތްވުމަށް އެންމެ އިސްކޮށް އިސްލާހު ކުރަންވީ ކަންކަން އަދިވެސް އިހުގެ މަގުން ހިނގާކަން...

    5
    1
  3. ހޯނު

    ކޮންތާކު ކީ ޙުތުބާއެއް؟