ހޮނިހިރު ދުވަހުގެ ރޭ 12:00އިން ފެށިގެން މާލޭގައި ހުރިހާ ކެފޭތަކެއް ބަންދު ކުރަން ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.

މީގެ އިރުކޮޅެއް ކުރިން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާދަމާ ރޭ 12:00 އިން (އާދީއްތަ 22 މަރިޗް 2020) އިން ފެށިގެން މާލެ ސަރަހައްދުގައި ހުރި ހުރިހާ ކާބޯތަކެތި ވިއްކާ ތަނެއް އާއްމުންނަށް ބަންދު ވާނެ ކަމަށެވެ.

އެހެން ނަމަވެސް، ޓޭކް އަވޭގެ ގޮތުގައި ކާތަކެތި ގެންދެވޭނެ ކަމަށް މިިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވަނީ މިކަމުގެ މައުލޫމާތު އެޗްޕީއޭއިން ފަހުން ހިއްސާ ކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 13 މީހަކު ވަނީ ފައްސި ވެފައެވެ. އެހެންވެ މިހާރު އޮތީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަަަލުގެ ހާލަތު އިއުލާނުކޮށްފައެވެ.

އެ ބަލި ފެތުރުން ހުއްޓުމަށް ސަރުކާރުން ގެންދަނީ އެތައް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސްކޫލްތަަކާއި ކޮލެޖްތައް ބަންދުކޮށް، ޕާކްތަކާއި، މައިޒާންތަކަށް ދިއުމާއި މީހުން އެއްވެ އުޅުން ވަނީ މަނާކޮށްފައެެވެ. އަދި މާލެ ސިޓީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަޑުޖައްސާލަައި، ހުކުރު ނުކުރުމަށްވެސް ވަނީ ނިންމާފައެެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައިވާ 13 މީހުންގެ ތެރެއިން ގިނަ މީހުންނަކީ އިޓަލީ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ހާދަ ސްލޮލޭ

    . މިހާރުވެސް މާ ލަސް ވެއްޖެ ތިކަމެއް ކުރަން. ޢަދިވެސް މީގެ ބިރުވެރިކަން ހިތަކަށް ނާރާ ދިވެހިންނެއް

    58
    1
  2. މާމިގިލީ މީހާ

    ސަރުކާރުން ސިއްރު ނުކޮއް، ސީދާ ވާނުވާ ރައްޔިތުންނައް އަންގާ ދީ ބަލަ. މި ބަލި ނުފެތުރޭ ނަމަ ތަންތަން ބަންދު ކުރުމުގެ ބޭނުމަކީ ކޮބާ؟ މިހާރު ރައްޔިތުންނައް ވަރަށް ސާފުކޮށް އެބަ އެގޭ.ސަރުކާރުން މިހާރު މިބައްޔަށް ޓެސްޓް ކުރާ މީހުން ގަޔެން މި ބަލި ނުފެންނާނެ ކަން. ސަރުކާރުން ޓުއަރިޒަމް އިންޑަސްޓްރީއަށް ގެއްލުންވާތީ. މިހާރު ހަދަނީ ހުސް ދޮގު.

    58
    19
    • ރަންނަ

      ނެތެއްނު ރަނގަޅު ގޮތެއް. ކުރިން ގޮވީ ކްލޯޒްޑައުން ކުރަން. ކުރީމަ ބިރުވެރި ކަން ހިތްތަކަށް ވަންނާނެކަން ނޭގުނުބާ؟

      12
      3
    • ވަނުވާ

      ބަލި ފެތުރޭތީއެއް ނޫނޭ އެ ބަންުދު ކުރަނީއަކީ. އާއްމުންގެ ތެރޭގައި ބަލި ފެތުރިދާނެކަމަށް ބަލާފަ ކުރިޔާލާ އަޅާ ފިޔަވަޅެއްގެ ގޮތުން ބަންދު ކުރަނީއެ.

      36
      3
  3. ގަރަހިތަ

    ގެއިން ނުކުތުން މަނާ. ޓޭކް އަވޭ ނަގަން ހުއްދަ ތި ދެނީ ގޭ ފާހާނައިން ޓޭކް އަވޭ ލިބޭ ތަ ؟

    36
    16
  4. ޓިނު

    ކީއްވެގެންތޯ އެވެސް ފަރާތަކުން މާލެ ތެރޭގަ މަސައްކަތް ކުރާ ތަންތަން ނު ހުއްޓުވަނީ އެތަކެއް ބައިވަރު ބިދޭސިންނެއް މިކަމުގެ ނުރައްކާ އަހަ ހަރެމެންނަށް އެންމެ ބޮޑުވާނެ އެއްކަމަކީ އެމީ ހުންގެ ތެރޭގަ މިބަލިފެތުރުން ސަރުކާރުން އަޅަމުން ތިގެންދާ ފިޔަވަޅުތަކުގަ މިކަން ނު ހިމެނި ލަސްވަމުން ދިއުމަކީ ހީ ނުކުރާވަރުގެ ގެއްލުމެއް ލިބިދާނެ ކަމެއް އަދި މިކަން މީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގަދެކުމަށް އަޅުގަނޑު ގޮވާލަން

    53
  5. ގަމު ކުޑަކުއްޖާ

    ރާއްޖެތެރޭގަވެސް ކެފޭތައް ބަންދު ކުރަން ފެނޭ

    37
    7
  6. ނޯމޭން

    އެވަރުން ވެސް ފިހާރަތައް ބަންދު ކުރާކަށް ނާންގަމެއްނުން. އަޅުގަނޑު މެންނަކީ ބަލިވާނެ ބަޔެއްނޫން ދޯ؟

    31
    18
    • ރަންނަ

      ނޯމޭން އަށް ކާކު މަޖުބޫރުކުރީ ފިހާރަޔަށް ދާން؟ ގޭގަ އޮވެބަލަ މައިތިރިވެގެން

      13
      6
      • ހުދުހުދު

        ގޭގައި އޮވެގެން ލާރި ލިބެންޔާ އެއްވެސް މީހަކު ނުދާނެ ދޯ ވަޒީފާ އަކަށް

        11
        1
  7. ޖ

    ވަރަށް ރަގަޅު... މިހާލަތުގަ ބޭރުގެ ވަރަށް ގިނަ ގައުމްތަކުގަ ޓޭކްއަވޭ އަދި ޑެލިވަރީ އެކަނި ހެދެނީ...

  8. ޢަހުރނ

    ބަންދު ކުރުމުގައި އެންމެ އިސްވާން ޖެހޭނީ ދީނީ ކަންކަން.. ދެން މީހަކު އެވާހަަ ދައްކައި ގަތީމަ އެހެން ތަނަކާ ވިސްނާނީވެސް

    11
  9. އަބޫ

    ފިހާރަތައްވެސް ރޭގަނޑު ބަންދުކުރަންވީ ދުވާލުގެ 12 ގަޑިއިރު ވިޔަފާރިކުރާކަށްމަދެއްނުވާނެ ފިހާރަތއްބަންދުކުރާގޮތައްހަމަޖައްސާއިރަށް ދުވާލުގަޑީގައި ހުރިހާމީހުންވެސް ބޭނުންވާސާމާނު ގަނެ ރައްކާކުރާނެކަން ޔަގީނެވެ

    16
    1
  10. އައިޝާ95

    ކޮންމެ ކަމެއްވެސް ރައްޔިތުންގެ ޕްރެޝަރ އާއި "މަޑިސީލަ" އާއި ހެދި. މިހާރު މިހިނގާ ރަގަޅު ކަންތައްތަކުގައި "މަޑިސީލަގެ" ދައުރު ވަރަށް ބޮޑު. ޤައުމު ހިންގަނީ އަދި ރަގަޅު މިސްރާބަކަށް ޤައުމު ގެންދިޔުމުގައިވެސް "މަޑިސީލަގެ" ހިއްސާ ވަރަށް ބޮޑު. މިއީ ޙަޤީޤަތެއް. ރައްޔިތުންގެ ޕްޜެޝަރއާއި ހެދިނަމަވެސް ރަގަޅު ފިޔަވަޅެއް ވާނީ ރަގަޅު ކަމަކަށް. އެންމެ ފުރަތަމަ ޤައުމު. ޝުކުރިއްޔާ.

    21
    3
  11. މަސީހު

    މިސްކިތުގަ ނަމާދުކުރުން މަނާ ފުރަތަމަވެސް ހިފައިމިގަތީ މިސްކިއްތަކާ ކާޕެޓްތައްނަގާ އުކާލީ އެހެންގައުމުތަކުގަ މިސްކިއްތައް ބަންދުކޮއް ޑިސްއިންފެކްޓްކުރަނީ ނަމަވެސް މިތާކަންތައްމިކުރިގިތުން އުފެދެނީ ހުސްސުވާލު.

    16
  12. އަދާލަތު

    ހޮޓާ، ކެފޭ، ރެސްޓޫރެންޓަށްވުރެ، ޤާނޯނާ ޚިލާފަށް ވިޔަފާރީގެ އުޞޫލުން ބަންގާޅުމީ ހުން ކައްކާ ކާންދީ، ޑެލިވަރީ ސާރވީސްދޭ ތަންތަނުގެ ގޮނޑުކަމާއި، ނުރައްކައުތެރިކަން މާބޮޑު. އެތަންތަން ބަންދު ކުރެވޭނެބާ؟

    17
  13. އަހްމަދު

    ކީއްވެބާ ހޮނިހިރުދުވަހުގެރެއައް މަޑުކުރީ ހަގީގަތުގަސަރުކާރުބަންދުވިހިސާބުން ތިޔަތަންތަންވެސްހުންނައްވާނީ ބަންދުވެފަ އެހެންނޫނީ ސަރުކާރު ބަންދުކުރުމުގެ މަގްސަދުހާސިލެއްނުވޭ

  14. އަލީ

    ފައްޔާޒް އަށް އެގިލައްވަން ޖެހޭނެ ކެފޭތަކާއި ރެސްޓޯރަންޓް ތަށް ބަންދު ކުރި އިރު .. ސަރުކާރުން ދޭން ނިންމިލޯންތަށް ލިބެންވާނީ ރިސޯރޓް ތަކާއި ގެސްޓް ހައުސްތަށް އެކަނި ނޫންކަން.. ކެފޭ ހިންގާމީހާ ލޯން ނަގަން ހުށަހެޅީމަ މީރާއޭ އޯޑިޓޭ ރަހުނޭ ނުކިޔާ ލޯން ދޭންޖެހޭނެކަން...
    އިކޮނޮމިސްޓް

    11
  15. ޠ

    މާލަސް ވެސް ވެއްޖެ މިކަން ކުރަން... މިހާރުން މިހާރަށް ބަންދުކުރަން ޖެހޭ.... ވަރަށް ގިނަ ގައުމްތަކުގަ ވެސް ބަންދު ކޮށްފި

    6
    2
  16. ކޯފާ

    އަދިވެސް ރީނދޫ ޖައްބާރުންގެ އަނިޔާވެރިކަ ކުރިޔަށް މިޖައްބާރުންގެ ޖާހިލުކަމުން ކޯވިޑް-19ގެ ނަމުގައި ކޯފާއެއް މިއޮތީ ކުރިމަތިވެފަ ލާދީނީ ބައިގަނޑު ނެތިފަނާ ކުރަށްވާށި އިންޝާﷲ

    12
    4
  17. ރަނާ

    ދެން މާލޭގަ އުޅޭ ފިރިހެނުން ކިހިނެއް ހަދާނީ،

    3
    3
  18. Anonymous

    މައިން ބަފައިން ދަރިނަނާއެކު ވަގުތު ހޭދަކުރުމަށް ލިބުނު ރަނުގެ ފުރުސަތެއް،
    މާލޭގަ އުޅޭ ފިރިހެނުންތައް މޮޔަނުވިއްޔާ ރަނގަޅު.

  19. މުހުޒީލް

    ތިނިންމުން ކުރިން ވެސް ނިން މޭނެ ދޯ .. މިސްކިތް ތަކުގައި ތިލު އެޅުވީ މީޑިޔާގަ ލިޔެގެން ނޫން ދެއްތޯ... ތިގޮތް ކުރިންވެސް އޮތް ދެއްތޯ...

  20. ބަލާމީހާ

    ފިރިހެނުންގެ ކަންތަކަ ށްވުރެ އަންހެނުންގެ ކަނައް މާބެޑެއްނު ކޮންމެފިރިހެނެއް ފަހަތު 3 އަންހެނުން ތިބޭވިއްޔަ!

  21. ޖީބު

    ޖީބު ބޮޑުވިވަރަކަށް ފަހަތުން ދުވާނެ!

  22. ކަންނެތީއޭ

    ކޮވިޑް 19 ގެ އާރފްޓަރމާރތް އިން އެންމެ ބޮޑަށް ރައްޔިތުން ނަށް އޭގެ ގިލަންވެރިކަން ކުރިމަތިވާނީ ކުރިމަތި ވަމުން އަންނަ އިގްތިސާދީ ދަތި ކަމުންނޭ މިސަރުކާރުން އެއްވެސް ތަޖްރިބާ އެއް ނެތް މީހެއްގެ ކިރު ބޯ ޅަދަރިއަކަށް ފިނޭންސް މިނިސްޓަރު ކަން ދީގެން އޭނާ ޑޮލަރުގެ ދަތި ކަމެއް ރާއްްޖެ އަށް ނާންނާނެއޭ ކިޔާ ކަނޑުކޮސް ގޮވި ނަމަވެސް އެކަން އެގޮތަށް ނުވާނެއޭ ޑޮލަރުގެ ދަތި ކަން އަންނާނެ ކަން އެއީ ކަށަވަރުވެ ޔަގީންވާ ކަމެކޭ ސަބަބަކީ ރާއްޖޭގެ ވިޔަފާރިވެރިން ވެސް ގަައުމަށް ގައްދާރު ވުމަށް ޓަކައި އެމެންގެ ބޭންކް އެކައުންޓްސް ތައް އޮޕަރޭޓް ކުރަނީ ލަންކާ އަދި އިންޑިއާ ބޭންކް ގައޭ އެކަމަށް ވެސް ރައީސް އިބޫގެ ސަރުކާރަށް ކުރެވުނު ރަނގަޅު އެއްވެސް ކަމެއް ނެތޭ ބީއެމްެއެލް އިން ބީއެމްއެލްގެ ކަސްޓަމަރުންގެ ސްޕެޝަލީ ވިޔަފާރިވެރިންގެ އެކައުންޓްސް ތައް ހިމާޔަތް ކޮށް ބަލަހައްޓާނެ ކަމުގެ ގާނޫނެއް ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭ ނިންމި ނަމަ މިއަދު ބީއެމްއެލް ގައި ޑޮލަރު ހުރީސް ކަން ޔަގީނޭ ރައީސް އިބޫ ކަންނެތީއޭ ކަންނެތީއޭ...

  23. Anonymous

    ބޭރުން ކައިބޮއި ހަދާމީހުން ވ. ގިނަ. ވ.ބޮޑު ދައްޗެއް. އެކަމަކު މިޙާލަތުގައި ކަމާއި ބެހޭ ފަރާތް ތަކުން އަންގާ އެންގުންތަކަށް އަމަލުކުރައްވާ. އެއްބާރުލުން ދެއްވާ. އެންމެންގެ ރައްކާތެރި ކަމަށްޓަކައި . މިނުރައްކާތެރި ޙާލަތުން އަރައިގަތުމަށް ޓަކައި އެއްބަކަޔަކު އަނެއްބަޔަކަށް އޯގާތެރި ވެލައްވާ. ދިވެހިން ނަކީ އެކުވެރި އަޚްވަންތަކަން މީގެ ކުރީގައިވެސް ދައްކައިފައިވާ ބައެއް. ޔާ ﷲ އަޅަމެންގެ ހިތްތައް އެކުވެރި ކުރައްވާ ،މިބަލިމަޑުކަމުން ސަލާމަތް ކޮށްދެއްވާނދޭވެ އާމީން.

  24. ނަސްރު

    ތިޔައީ އަނެއްކާ ނަމަކަށް ކުރާ ކަމެއްބާ؟ އެއީ މިސްކިތްތައް ބަންދު ކުރެވުމުން، ރައްޔިތުންގެ ނުރުހުން ކުރިމަތިވީމަ ނަމަކަށް ހޮޓާތައް ބަންުދުކުރަނީތޯ ނޫނީ ހަމަ ރައްޔިތުންގެ ރައްކަލަށް ކުރާ ކަމެއްތޯ؟ އެއީ މިހެން ދަންނަވަން ޖެހުނީ ރައްޔިތުންނަށް ވިސްނާ ބައެއްނަމަ، ކަނޑިތީމު މެންބަރު ބުނި އެއްޗެއް އެހެނެއް ނުބުނާނެ ދެއްތޯ؟ އަދި ކޮންމެ ގޮތެއްހަދާފައިނަމަވެސް 3 ފޫޓު 3 ފޫޓުން ނަމަވެސް، އިލެކްޝަން ބާއްވާކަށްވެސް ނޫޅޭނެ ދެއްތޯ؟. މިކަމުންވެސް އެނގެނީ، އެމްޑީޕީއަށް ރައްޔިތުންނަށް ވުރެ މުހިއްމީ ޕާޓީ އެޖެންޑާކަން.