މާލެ އިން ފެށިގެން ތިލަފުއްޓާ ހަމައަށް ގުޅާލާ "ގްރޭޓާ މާލެ ކަަނެކްޓިވިޓީ ބްރިޖު"ގެ ސާވޭ މަސައްކަތަށް ބޭނުންވާ ސާމާނުތައް ރާއްޖެ ގެނެސްފިއެވެ.

އެ ބްރިޖްގެ މަސައްކަތް ކުރުމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ނެދާލެންޑް ކުންފުންޏަކާއި ހަވާލުކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ، ސާވޭގެ މަސަައްކަތަށް ބޭނުންވާ ސެލްފް އެލެވޭޓިން ޕްލެޓްފޯމް އާއި އިތުރު ބައެއް ބަރު މެޝިނަރީސްތައް އިއްޔެ ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ.

މިނިސްޓްރީން ވިދާޅުވީ، ސާވޭގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. ޕްލޭނިންގ މިނިސްޓްރީން މިއަދު ވަނީ ސާވޭއަށް ގެނައި ތަކެތި މީޑިއާތަަކަށް ދެއްކުމަށް މިއަދު މެންދުރު ހާއްސަ އިވެންޓެއް ބާއްވަން ނިންމާފައެވެ.

ޕްލޭނިންގ މިނިސްޓްރީން އެ ބްރިޖުގެ ސާވޭ މަސައްކަތް ކުރުމަށް އެ ކުންފުންޏާއި 15.994،817 މިލިއަން ޑޮލަރު (246،640،078 މިލިއަން ރުފިޔާ)އަގަކަށް، އަންނަ ޖުލައި ހަތަކަށް ސާވޭ ނިންމާ ގޮތަށެވެ.

ބުރިޖު މަޝްރޫޢުގެ އަމަލީ މަސައްކަތް މި އަހަރު ފަށަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ، އެ މަޝްރޫއުގެ މަލީ މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ 2023 ވަނަ އަހަރަށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ނައީމް

  ނެދަލޭންދުން ރާއްޖެއެތެރެވީ ކިތަށްމީހުންތޯ އާއި އެމީހުން ނަންސިވިތޯ ބެލިކަމެއްވެސް އެއްވެސް ހަބަރަކުން ރައްޔިތހުންނާ ހިތްސާ ނުކުރީ ކީއްވެތޯ މަޑިސީލައިން ސުވާލްކުރަނީ މިއަދު ރައްޔިތުން ބޭނުންވަނީ މިކަންކަން ވަމުންދާގޯތް އޮޅުވާލުމެއްނެތި އިގުން

  49
  3
 2. Anonymous

  މިގައުމުގެ ކިތައް ރައްޔިތުންނަށް ފައިދާއަކަށް ތިލަފުށްޓާއި މާލެއާއި ދެމެދު ބޮޑު ޚަރަދެއްކޮށްފައި ބުރިޖެއް އަޅަނީ؟؟؟، ތިއައްވުރެން ބުރިޖެއްއަޅަން މުހިއްމުތަނެއް މިގައުމުގައި ނެތީތަ؟؟؟ތިލަފުށްތަކީ އެއެެްވެސް ރައްުޔިތަކު ދިރިއުޅޭ ރަށަކަށްވެސް ނުވާއިރ؟؟ ބުރިޖެއް އެޅުމަކީ މިސަރުމާރަށްވެސް ކުރެވޭނެކަމެއްތޯބަލަން ޓެސްޓެއްކޮށްލަން ދޮތެ؟؟؟

  48
  3
  • ޕާޓޭ ގެ ޑެޑީ

   Anonymous ކަލޭ ދުވަހަކުވެސް ތިލަފުށްއްޓައް ދިޔާންތަ؟؟ މަށަކީ މާލެ މީހެއްނޫން އެކަމަކު މަދިރިއުޅެނީ މާލޭގަ. މަ މަސެއްކަތުދަނީ ކޮންމެ ދުހުވަހަކު 6 ގެ ފެރީން ތިލަފުށްއްޓައް ދަރިންކާރިޔައް އާދެވެނީ 10 ގެ ފެރީން އެކަމަކު އެކުދިންނަކާ ދިމައެއްނުވޭ އެހާލަހުން އާދެވޭތީ ތިބެނީ ނިދާފަ މާލެ އިން ފެށިގެން ތިލަފުއްޓާ ހަމައަށް ބްރިޖު އެޅީމަ މަށައް ކޮންމެ ދުވަހަކު އެކުދިންނާ އެއްކޮއް އެއްމޭޒެއްގަ ކާލަން ފުރުސަތު ލިބުނީ ދޯ.. މިވަރު ވިސްނޭނީ އެތަނުގަ އުޅޭބަޔަކައް... މީ ވަރައް ރަންގަޅު ނިންމެވުމެއް... މިކަމައް ވަރައް ގިނަބަޔަކު ތާއީދު ކުރާނެ

   2
   2
 3. ސސ

  ވަގުކަލޭގެބުރިޖުއެޅިއަސް އިހުލާސްތެރިންނަންކުރެވޭނެކަމެނޫ
  ތިކަމެއްފަށައްފޯނުބިލައްކިހާވަރެއްއެރިތާ ވަރަންފުއްކަޑޯޅިއެއްތީ
  އަވައްނިންމާލެވޭތޯބަލާތި އޭރުންޖީބައްއެއްޗެއްލެވޭނީ ސާވޭގަ3
  އަހަރުދިޔާމަރަގަޅުވާނެ ތިކައްވާނޭކިޔާކުދިއްއައްޖަހާނެ

  35
  1
 4. Anonymous

  ސުބުޙާނަﷲ

  24
  1
 5. ޒ

  މަރުޚަބާ

  1 ގަޑިއިރުވެގެން ދިޔައީ.... ކޮމެންޓް އެއް ކޮށްލަން ކުރެނު ޕޕމ ބޭފުޅަކު ނެތް.

  7
  55
 6. ކައުންސެލަރު

  ކީއްކުރަން އަޅާބުރިޖެއްހޭ؟ ކޮބާހޭ ޓެކްނޮލޮޖީ؟ ކޮބާހޭ ރުފިޔާ؟ ބުރިޖުގެ ބޭނުން ފެނުނީ؟ މަހުވައި މިކުރީ ތިޔަބުރިޖެއްނޭޅޭނެ. އަޅައިފިއްޔާ މަ ތިޔަބުރިޖުގަ އެކޮޅުކޮޅުން އޮވެ ސެލްފީ ނަގާނަން.

  43
  3
 7. ޖަވާދު

  ލަފާކޮށްފައިވަނީ 2023 އަށް ނިމޭނެކަމަށް، އެހެންވީމަ ދެކޮޅު ދެ ގެރިބައްދައިގެން ތިކަން ނިމޭވަރު ވާނީ 8 ވަރަކަށް އަހހަރު ފަހުން. ބޮއްޅަ މިފަހަރަކު ނުބުނާނެ ބްރިޖެއް ނޭޅޭނެ.، ކާކު ތީގެ އިންޖިނޭރަކީ، ކިހެނެއްހޭ ތިޔަށް ފައިސާ ހޯދާނީ. ޜައްޔިތުން ލޮލުގަ އަދުން އަޅުވަން ނޫޅޭށޭ

  45
  2
 8. ޒަމީރު

  ސަރވޭ ކޮށްފަ އެމީހުން ފޮނުވާލާފަ ލިބުނު ނަތީޖާ ސުމަކަށް ދިޔައީމަ އޮންނާނީ އެންމެ ރަނގަޅަށް ކަންތައް ވެފަ.
  ތި ބްރިޖެއް އެޅޭނެ ކަމާމެދު ޝައްކު.

  48
  2
 9. ކެޔޮޅު

  އަހަރުންގެގޭގެ ޕޫލެއް ހަދަން ގެނައި ސާމާނުވެސް ދައްކާލަފާނަން މާނައަކީ ދެއްކުމަކުން ހެދޭނެ ކަމުގެ ގެރަންޓީ އެއްނެތް.

  39
  2
 10. ކާފަބޭ2020

  ސާވޭއަށް 15 މިލިއަން ދެންބުރިޖްއަޅަންކިހާވަރެއް ޚަރަދުކުރަންޖެ ހޭނެބާ؟ ދެސަރަ ހަށްދަކީ ފުންމިން ވަރަށްތަފާތުދެސަރަ ހައްދު ވީމާ ޚަރަދުބޮޑުތަނުން ކުޑަވާނެކަމަށްގަބޫލުކުރެވެނީ ނަމަވެސް ކުރިން ހިލޭކުރެވުނުސާވޭ ތަފާތުތަނަކަށް 15 މިލިއަންވީމަ ސުވާލުއުފެދިދާނެ އަގަށްއަންނާނެބަދަލާމެދު ދޯ؟

  20
  1
 11. ލަބީބު

  ހުވައިކޮށްފަ މި ބުނަނީ! ތިޔަ ބްރިޖެއް ނޭޅޭނެ! ތިޔައީ ލޯކަލްކައުންސިލް އިންތިޚާބަށް ދަޅަދެއްކުން! ހާކާލާ ހާކާލަ 25 އަހަރު ތިބޭނެ! ތިޔަ ނިމޭތަނެއް މިޖީލުގެ މީހަކަށް ނުފެންނާނެ! ތިޔައީ ރައީސް ޔާމީންގެ ދައުރުގައި މަސައްކަތްފަށަން ހުރިހާ ކަމެއް ނިންމާ ކުރެހުންތައްވެސް ހަދާ ސާވޭވެސް ކޮށް ފަންޑުވެސް ލިބޭނޭގޮތް ހަދާފައޮތް ބްރިޖެއް!

  22
  1
 12. ބޭކާރު

  ތިބުރިޖެއްނޭޅޭނެ ޗައިނާއައްނޫނީ ދުނިޔޭގަ ތިކަހަލަބޮޑެތި މަސައްކަތް ކޮއްފަހުރީ ޗައިނާއިން ތިޔައުޅެނީ ކުރިޔައް އޮތް އިންތިޚާބައް ރައްޔިތުންލޮލުގަ އަނދުންއަޅުވަންވެގެން

  22
 13. ބޯގޯސް ޕާޓީ ނޯ ޕްލޭން

  ޔާމީނުމެން އެޅީތީވެ ކަލޭމެންވެސް ވާނެ އެޅޭތޯ ބަލަން. ސިޔާސީ ވެގެން ގޮސް ގައުމު ހަލާކު ވަނީ.

  31
  1
 14. ދގ

  ކޮންތާކުންތޯ ތިކަމުގެ އިންޖިނިއަރެއް ހޯދާނީ އަންނިއަށް އެގޭބާ މިއީ އެޅިދާނެ އެއްޗެއްކަން

  12
  1
 15. ޕޕކުށްޖާމީ

  ތިބުރިޖެއް ނޭޅޭނެ ވަރަށް ސާފުކޮށް މިބުނީ ތިބުރިޖުނޭޅޭނެ އަސުމާ ޖަލްސާ ބަލާލީމަ އެނގޭނެ އަސުރުމާގަހުގައި މާތައް ފޮޅިފަ އޮތްވަރު ތިގޮތައް ޖަހާލާ ކޮމެންޓް އަކުން އަދި ނުސިހޭނެ!

  13
  1
 16. ކަމަނަ

  ވަރަށް ސަޅި. ސާވޭ 5 މިލިއަން ޑޮލަރަށް ކުރެވެން އޮއްވާ 10 މިލިއަން ދިރުވާލީ

 17. ޖަޒީރާމަނިކު

  މިކަމާގުޅޭގޮތުން ރޫހާނީ ލީޑަރު އަންނިގެ ބަހެއް ބޭނުން. އޭރުން ތިޔަ ބުރިޖް އެޅޭނެތޯ ނޭޅޭނެތޯ އެނގޭނީ. އެޅޭނޭ ބުނެފިނަމަ ނޭޅޭނެ. ނޭޅޭނޭ ބުނެފިނަމަ އެޅޭނެ. ދައްޖާލު އަރައިގެން އަންނައިރު އޭނާ ސުވަރުގެއަކާ ނަރަކައެއް ގެންގުޅޭނެކަމަށްވޭ. އޭނާގެ ބަހަށްހެއްލި އޭނާގެ ސުވަރުގެއަށް ވައްދާ މީހާ ހަގީގަތުގައި އާޚިރަތްދުވަހުދަނީ ނަރަކައަށް ކަމުގައި ރިވާވެގެންވޭ.