ފެނަކައިގެ ބޯޑު ޑިރެކްޓަރުގެ މަގާމަށް އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މުހައްމަދު ލައްމާން އައްޔަންކޮށްފިއެވެ.

ލައްމާން އެ މަގާމަށް އައްޔަންކުރީ ކުންފުނިތައް ރެގިއުލޭޓް ކުރާ ބޯޑް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ.

ފެނަކައިގެ އެކްޓިކް މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަންކުރުމުގެ ކުރިން ލައްމާން މަސައްކަތް ކުރެއްވީ މިފްކޯގައެވެ.

ލައްމާން އަކީ ރައީސް ޔާމީން ވެރިކަމަށް ގެންނަން ވަރަށް އިސް ދައުރެއް އަދާކުރި ބޭފުޅެކެވެ. އަދި މިހާރު ވެސް ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތަކުގައި މުހިއްމު ދައުރެއް ލަމާން އަދާކުރެއެވެ.

ފެނަކައިގެ އެމްޑީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.