ރާއްޖެއިންވެސް މިހާރު ފެނިފައިވާ ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ނުކުރަން އިސްލާމިކް މިނިސްޓްރީން އަންގާފައި ވަނިކޮށް ބައެއް މިސްކިތުގައި ޖަމާއަތް ހަދައިގެން ނަމާދުކޮށްފިއެވެ.

ކޮވިޑް-19 ފެތުރެމުންދާތީ މާލެ، ވިލިމާލެ، ހުޅުމާލެ އަދި ރިސޯޓްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

އެހެން ނަމަވެސް މިއަދު މާލޭގެ ހަތަރު މިސްކަތެއް ފުރިފައި އޮތް ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު އަހުމަދު ފައިސަލް މި ވަނީ ވިދާޅުވެފައެވެ.

ފައިސަލް މިހެން ވިދާޅުވީ، މިއަދު މެންދުރު ކުރެއްވި ޓްވީޓެއްގައެވެ.

‏"1 ޖެހިއިރު މަޖީދީމަގުގައިހުރި 3 މިސްކިތާ ޢީދު މިސްކިތް ފުރިފައިއޮތީ. ބޭރުގައިވެސް ކުނާއަޅައިގެން ތިބި. ކުރީ ކޮން ނަމާދެއް ކަމެއް ނޭނގޭ". ފައިސަލްގެ ޓްވީޓުގައި ވެއެވެ.

ފަރުޟު ނަމާދުތައް ޖަމާއަތުގައި ކުރުން ހުއްޓާލާފައި ވަނީ 18 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހު އަސްރު ނަމާދާ ހަމައަށެވެ. ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް މިސްކިތްތައް ހުންނާނީ ހުޅުވާފައެވެ.

އެހެންވެ މިއަދު މާލެ އާއި ވިލިމާލެ އާއި ހުޅުމާލެއާ ރިސޯޓުތަކުގައި ހުކުރު ނަމާދު ނުކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން އޮތީ ނިންމާފައެވެ.

އިސްލާމިކް މިނިސްޓަރު ވަނީ ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލި ނަމަވެސް ފަރުޟު ނަމާދުތަކަށް ރައްކާތެރިވުމަށާއި، ދުއާކޮށް، އިސްތިގުފާރު ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 13 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. އީވާން

    ވަރަށް، ވަރަށް، ވަރަށް ދެރަ ޖަމާއަތުގަ ނަމާދު ކުރުން މެދުކަޑާލަންޖެހުނީމަ.... ސައުދީ އަރަބިއްޔާގަ ކޮރޯނާވައިރަސް ހުއްޓުވަން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސައުދީ އަރަބިއާގެ މާތްވެގެންވާ ދެ ހަރަމްފުޅުގެ ހަރިންމަ ތެރޭގައި ނަމާދު ކުރުން ވަގުތީ ގޮތުން މިއަދުން ފެށިގެން މަނާކޮށްފި... ވަރަށް ދެރަ. އިރާދުއްކުރެއްވިއްޔާ ވަރަށް އަވަހަށް މި ކަންތަކުން ސަލާމަތްވާނެ....

    146
    3
    • އީވާ

      އިރާދައިގަ ހުރީމައެއްނު އެންމެ މާތް ހަރަންފުޅަށް ވެސް ވައިރަސް ވަންނާނީ؟ ބޯކޮބާ؟

      5
      31
      • ކިސަޑު

        ކޮންމެ ކަމަކީވެސް އިރާދަ ތިޔަ ގޮތައް ގަބޫލުކުރެވިފައިއޮތުން ރަގަޅު

  2. ލ

    ވަގުތުން ބަލަން ދިޔައީތަ؟ ޔަގީންވޭތަ؟

    8
    4
  3. ޞސހސހ

    ބަންގަލަ ދެސް ކުދިން ދިޔައި

    6
    2
  4. ބެއްޔާ

    ކޮން މިސްކިއްތަކެއްގަތޯ ޖަމާއަތްހަދައިގެން ނަމާދުކުރަނީ ބަލަންވެގެން ދެކޮޅައްދުވުނީދޯ ސާބަސް ދެން މަރުވީމަވެސް ކަށުނަމާދު ކުރާނީވެސް އެމީހަކާ އެމީހެއްދޯ

    14
    7
  5. ސޮފްވާން

    މިސްކިއްތަށް ހުރީ ތަޅުލާފައި . ﷲ އަށް ދެންނެވުން ހުއްޓުވާފައި ކޮންކަމެއްކުރަންތަ. ނުވިތާކަށް ފެންވެސް ކަނޑާލައިފައި. މިމީހުން ފުރަތަމަވެސް ބެހެނީ މިސްކިތާ.މީ ބޮޑުވަރު

    35
    12
  6. އިބްލީސް

    ކޮން މިސްކިއްތަކެއްގަތޯ ޖަމާއަތްހަދައިގެން ނަމާދުކުރަނީ ބަލަންވެގެން ދެކޮޅައްދުވުނީދޯ ސާބަސް ނަމާދު ނުކުރާމީހަކައް ނޭންގޭނެ ކުރީކޮން ނަމާދެއްކަން ދެން ޖަމާޢަތް ނަހަދާ މަރުވީމަވެސް ކަށުނަމާދު ކުރާނީވެސް އެމީހަކާ އެމީހެއްދޯ

    13
    8
  7. ފައިވާން ވަގު

    ސައިހޮޓާތަށް ބަންދު ނުކޮށް މިސްކިތް ބަންދު ކުރީމައި ހެދި ގޮތެއް ކަމަށް ވެދާނެ

    23
    3
  8. ޢީސަ

    އުފާ ކުރަންޖެހޭ ކަަމަކީ، މިކަމުން ދިވެހިން އިސްލާާމްދިީނާ މިސްކިތްތައް ދެކެ ވާ ލޯބި ދައްކުވައިދޭ ކަމެވެ. އެހެނަސް ވިސްނާލަންޖެހޭ ކަމަކީ މިކަމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ވެއްޓޭ ކަމެވެ. އީމާންކަމުގެ ވަރުގަދަ ކަމުން ދީނީ ޢިލްމުވެރިންނާއި ކަމާ ބެހޭ މުއައްސަސާތަކުގެ ބަސް ބޮލާލާއި ޖެހުމުގެ ނަތީޖާ ހިތިވެދާނެ ކަމަށް ވިސްނާލާށެވެ. މާތްﷲ ، އަޅަމެން އެންމެން މި ވަބާއިން ސަލާމަތްކޮށްދެއްވާންދޭވެ!

    22
    7
  9. ފުކެއް

    މި ދެން ބޮޑުވަރު، މި ޖެއްސުމަކަށް އުޅޭ ބައެއްތަ، ޔަގީނޭ ތީގެން ގިނަމީހުންނަކީ ކޮންމެ ދުވަހަކު ޖަމާއަތައް ދާ މީހުން ނޫންކަން. ފުރާނަ އަށް ގެއްލުން ލިބިދާނެ ކަންތަކުން ދުރުވާށެ ބުނީމަ ޖެއްސުމަށް މި އުޅެނީ، އަޅެ ފާފަ ވެރި ވަނީތަ މީހަކު ބުނާގޮތް ހެދިއްޔާ،

    19
    12
  10. علي عمر

    މާތް ﷲ ވަނީ ވެރިނަށް ކިޔަމަން ވުމަށް އަމުރުކޮށްފަ. ވީއިރު، މި ނިންމުމާ ދެކޮޅަށް ކަންތައް ކުރުމަކީ ކުށެއް. މިފަދަ ދަނޑިވަޅުގައި ޖަމާއަތް ނުހެދުމީ އިސްލާމްދީނުގެ މަސްދަރެއްކަމުގައިވާ "ސަދް އަލް ޒަރާޢި" ގެ ދަށުން ނިންމާފައިވާ ކަމެއް. ވީއިރު، ޤާނޫނާ ޙިލާފަށް އެހެންމީހަކް ބެލުމެއްނެތި މިހެން ކަންކުރީތީ ދެރަ. ތިބާގެ ސަބަބުން ކައިރީގައި ހުރި މުސަކުޅިމީހާއަށް ކޮރޯނާ ވައިރަސް ޖެހި މަރުވިކަން އިނގޭ ދިވަހޫ ތިބާއަށަ އިޙުސާސް ކޮށްލެވޭނެ ގޮތާމެދު ވިސްނާލަދެއްވާ! މާތް ﷲ ދިވެރި ރާއްޖެ ސަލާމް ކުރަށްވާށި. آمين.

    21
    4
  11. އައްފާން

    ކެފޭ، ރެސްޓޯރަންޓް ތަކުގަ މީހުން ފުރިފަ... މަގުމަތީގަ ފިނި ބުރުޖަހަން، ދުއްވާލަން އެތައް ބަޔަކު.... ކޮފީބޯން އެތައް ބަޔަކު... ކީއްވެ ކެފޭތައް ބަންދު ކުރުން ހޮނިހިރު ދުވަހަށް ފަސްކުރީ؟ މީހުން ގިނަވާ ކެފޭތަކާ ރެސްޓޯރަންޓްތައް ވެސް މިހާރުން މިހާރަށް ބަންދު ކުރަން ޖެހޭ؟

    20
    2
  12. ޙަޔާތް

    ސުބްޙާނަﷲ ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމަގެ ނަބަވީ އިރުޝާދާ ޙިލާފަށް ކުރާނެ ސައްޙަ ނަމާދެއް އޮންނާނެބާ ؟؟ ބަލިމަޑުކަމުގެ ދުވަސްވަރު ގޭގައި ނަމާދުކުރުމަކީ ސައްޙަ ސުންނަތުންނާއި ސަޙާބީންގެ އިރުޝާދުން ޘާބިތުވާކަމެއްގަ އެނގި ހުރެމެ ކީއްވެތޯ މިހެން އުޅެންވީ ؟ ނަމާދު ކުރަންވީ ގޮތް އެންގެވި ފަރާތުގެ އެންގެވުމާ ޙިލާފުވުމަކީ ދީނަށް އުޅުމެއްނޫން! ﷲ އަޅަމެން މިކަމުން ސަލާމަތް ކުރައްވަވާ އަޅަމެންނަށް ތެދުމަގު ދައްކަވާށި!

    20
  13. ?

    މީ ވަރަށް ދެރަ ކަމެއް. ޤާނޫނާ ޚިލާފް ވުމަކީ ވެސް މައްސަލައެއް. އެކަމް އެއަށްވުރެ ދެރަ ޑޮކްޓަރ އަށް ހަމައެކަނި މިސްކިތް ފެނުނީމަ. ހޮޓާ ތަކުގަ ހެޔޮ މީހުން ތޮއްޖެހިފަ އޮތަސް. ހޮޓާ ތައް ބަންދުވަނީވެސް މިސްކިތް ކޮށްފަ. ޖެހެންވެއްޖާ ފަސޭހައިން ޖެހޭނި އެފަދަ ތަންތަނުން ކަންނޭނގެ. އެފަދަ ތަންތަނުގަ ވިއްޔާ ސިނގިރޭޓްވެސް ބޮނި. މިސްކިތްތައް މާ ސާފްތާހިރުވާނެ. މާތްﷲ ކޮރޯނާ ވައިރަހުން ރާއްޖެޔާއި ދުނިޔެ ސަލާމަތް ކުރައްވާށި.?

    21
    1
  14. ތިމަންނަ

    ދިވެހިންގެ ތެރޭގައި މިހާރަކަށް އައިސް ގިނައީ ދެއްކުންތެރި ، އުރަތްޕެއް ނެތް ، ފޮނި މީހުނެވެ.

    14
    • ނޫކަށި

      ތިއީ ބަންގާޅިއެއްތޯ..

      2
      1
  15. ތިމަންނަ

    މިފަދަ ބޮޑުކަމެއްގައި ރައްކާތެރި ކަމެއްގެގޮތުން އެޅިފިޔަވަޅުތައް ގޯހެއް ނޫނެވެ. ނަމަވެސް މިސްކިތްތައް ބަންދު ކުރުމަކީ ހެދި ގޯހެކެވެ. މިހާރު ގިނަ މީހުން ދިރިއުޅެނީ "ގޭގެ އަކު" ނޫނެވެ. " ކޮތަރު ކޮށި ކޮށީ" ގައެވެ. ގިނައީ ނަމާދެއް ކޮށްލަން ހުރެވޭނެ ތަންކޮޅެއްވެސް ނުހުންނަ ކޮށިކޮއްޓެވެ. ހެންވޭރުގައި ދިރިއުޅޭ މީހާ އާއްމުދަނީ ހޯދަން މަސައްކަތް ކުރަނީ މާފަންނުގައި ކަމަށްވާނަމަ ، ކޮންމެ ފަހަރަކު ނަމާދަށް ގެއަށް އާދެވޭނެގޮތެއް ނެތެވެ. މިސްކިތް ބަންދުނުކޮށް ހުރިނަމަ ، މިސްކިތުގައި އެކަހެރިވެ ހުރެ ނަމާދު ކޮށްލެވުނީހެވެ. މާލެ ، ހުޅުމާލެ އަދި ވިލިމާލެގައި ދިވެހިން ފިއަވާ އަދިވެސް ވަރަށް ގިނަ މުސްލިމުން އެބައުޅެއެވެ. މިފަދަ ކަންކަމަށް ވިސްނާނުލާ މިސްކިތްތައް ބަންދުކުރުމުން ވަރަށް ހިތާމަ ކުރަމެވެ.

    21
  16. އިންނު މުހައްމަދު

    މިދުވަސް ކޮޅު ޖަމާތް ހަދާގެން ނޫޅޭށޭ ބުނީމާ ދުވާ ހަކު މިސްކިތަށް ނާރާމީ ހުން ވެސް ދަނީ.. ކޮބާ ބޭނުމަކީ ބުނާގޮތަށް ނެ ހެދުމުގެ.. އެންމެންގެ ސަލާމަތަށް ސަރުކާރުން އަޅާ ފިޔަވަޅު ތަކަށް ބޯލަަބަންވެޖެއެއްނުން.

    6
    8
  17. ކަނޑުކޮސް އެލެކްސް

    ޑރ ގެ ދެލޮލަށް ރިނދޫ އެޅިތޯ ތިހުރީ...
    ކެފޭ ރެސްޓޯރެންޓްތަކާއި ސައިހޮޓާތަކަށް ގިއްގެޅނދެން މީހުން ޖަމާވެ ތޮށްޖެހިފަ ތިބޭތަން ކީއްވެތޯ ޑރ. އަށް ނުފެންނަނީ... މިކަމާ ޑރ. ޢަށް ޓުވީޓެއްކޮލަން ނުކެރުނީ ކީއްވެބާ!

    މިސްކިތަކަށް ޖަމާވީމަ އެކަނިތަ ކޮރޯނާ ވައިރސް ޖެހެނީ..
    މިބުނަނީކީ މިސްކިތަށް ޖަމާވުން ރަނގަޅެކޭ ނޫން.
    މިބުނަނީ މިސްކިތަށް ޖަމާވާތީ ކަންބޮޑުވެގެން ދެކަމުން އެއްފަހަރާ ހާޖަތަށްދެވޭފަދައިން ކީއްވެހޭ ކެފޭ ރެސްޓޯރެންޓްތަކާއި ސައިހޮޓާތަކަށް ޖަމާވީމަ ކަންބޮޑުނުވަނީ...

    އަނެއްކާ މިސްކިތަށް ބަޔަކު އަރާތީ ރުޅިއަންނީ ތޯ؟ ނޫނީ މެޑަލްއެއް ޖަހަންތޯ ތިޔަ އުޅުއްވަނީ!

    24
    3
  18. ގޮޅާބޯ

    މި ޤައުމުގަ ފަހުގެ ތާރީޚުގައި މިހާތަނަށް ހުކުރުއެޅި ފުރަތަމަ ދުވަސް ކަމަށް އިސްރަށްވެހިން ބުނެ އުޅޭ މިކާމާ މި ޤައުމުގަ ވެރިކަންކުރާ ލާދީނީ ޕާޓީގެ އިސް ވެރިންނާ މެމްބަރުންނާ މިޤައުމުގަ ލާދީނީ ހަރަކާތް ފަތުރަން މަސައްކަތްކުރާ ލާދީނީ މީހުން ވަރަށް އުފާވާނެ އެމީހުންދެކޭ ގޮތުގަ މީ އެމީހުނަށްލިބުނު ކާމިޔާބެއް އިސްލާމް ދީނާ މުސްލިމުންނަށް ޖެއްސުންކޮށް އެމީހުންގެ އަޅުކަން ކުރުމަށް ހުރަސްއެޅޭފަދަ ކޮންމެ ޢަމަލެއް ކުރުމަކަށް މި ސަރުކާރުން ފަހެއް ނުޖެހޭނެ ކޮރޯނާ ވައިރަސް ޖެހިގެން އުޅެނީ ބިދޭސީންނަށޯ އިތުރު މީހަކަށް ނުޖެހެޔޯ އެކަމަކު މިސްކިއްތައް ބަންދުކޮށް ބަނޣީގެ އަޑުކަނޑުވާލައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލައި ހަފުތާގެ އެންމެމާތް ނަމާދު ހުކުރުއެޅީ މީ ހިތާމަވެރިކަމެއް ނަމާދަކީ ބަލިހާލުގަ ވާމީހާވެސް އަދާކުރަންޖެހޭ އަޅުކަމެއް މިސްކިތްތައް ބަންދުކުރުން ވާންޖެހެނީ އެންމެ ފަހުގެ ކަމަކަށް މުސްލިމުންގެ ހަތިޔާރަކީ ނަމާދާ ދުއާ ބަލާ މުސީބާތުން ސަލާމްތަވުމަށް ކުރެވޭނެކަމަކީ ނަމާދާ ދުއާކުރުން ގިނަ ބަޔަކު އެއްތަނަކަށްއެއްވެ ނަމާދުކޮށް ދުއާކުރުމަކީ ބަލާއާ މުސީބާތްތަކުން ސަލާމަތްވުމަށް މުސްލިމުންނަށްކުރެވޭނެ އެންމެ ބޮޑުކަމަކީ ނަމަވެސް މި ޤައުމުގަ އެންމެން ޖަމާވެފަވާ މާލޭގަ މިއަދު ހުކުރު ނުކުރުމާއި މިސްކިއްތަށް ބަންދުކޮށް ފެން ކަނޑާލައި ނަމާދުކުރުމަށް ހުރަސް އެޅުމަކީ ހިތާމަހުރިކަމެއް އަދި އެއީ ލާދީނީ ޢަމަލެއް ސަރުކާރުން ބުނާ ގޮތުގަ މިހާތަމަށް ކޮރޯނާއަށް ފައްސިވެފައިވަނީ 13 މީހުން އެމީހުންނަކީ ބިދޭސީން އެހެންކަމަށްވާނަމަ ޖަމާޢަތުގަ ނަމާދުކުރުން ހުއްޓާލައި މުސްލިމުންގެ ޖަމާޢަތްތައް ހުއްޓުވާލަންޖެހޭތޯ؟ ﷲ އަށް އަޅުތަކުން އަދާކުރަންޖެހޭ އަޅުކަން އަދާކުރުމަކުން އެކަލާނގެ އަޅުތަކުންނަކަށް ބަލާޔާ މުސީބާތެއް ނުޖައްސަވާނެ މުސްލިމުން ކަމަކަށް ދަތިވެއްޖެނަމަ ނުވަތަ ފެނަށް ދަތިވެއްޖެނަމަވެސް ކުތރަންޖެހޭ ކަމަކީ ﷲ އަށް ނަމާދުކޮށް ދުއާކުރުން އެކަންކަން ކުރަންޖެހޭނީ ޖަމާޢަތް ހަދައިގެން

    12
    1
    • ބޭރި

      އުޅެ އުޅެ އެތަނުން ވީކަމެއް ނެތީމަ ދެން ކަންތައް ކުރެވޭނީ ޔޫރަޕް ބުނާ ގޮތަކަށްނު؟

  19. Anonymous

    މިއަދު އަޅުގަނޑު ކޮންމެހެން އޮފީހަށް އަންނަންޖެހިގެން ގޭގައި ހުރެފައި މެންދުރު އޮފީހަށް އައިން. އަދި ހަވީރު އެނބުރި މަސައްކަތް ނިންމާފައި އޮފީހުން ގެއަށް ދިޔައިން. އަޅުގަނޑަށް ފެނުނީ މަގުތައް މަތީގައި އެއްވެސް ޟަރޫރީ ބޭނުމެއްނެތި ދެކޮޅަށް ހިނގާ މީހުން. އަދި ބައެއް މީހުން ގުރޫޕްހަދާފައި ކާބޯތަކެތި ގަނެގެން މަޖާކޮށްލަން ރަސްފަންނާއި ދިމާލަށް ދާތަން ފެނުނު. ގިނައިން ފެނުނީ ބާރުބާރަށް ސައިކަލުތަކުގައި ދުއްވާ "ޒުވާން" ކުދިން، އަދި އެއަށްވުރެ ގިނައިން ފެނުނީ ބިދޭސީން. މިކަން ހުއްޓުވަންޖެހޭ. ފުލުހުން ކޮންއިރަކުންތޯ މަގުތައްމައްޗަށް ނުކުމެ ސްޓިކާ ޖެހުން ހުއްޓާލާފައި މިވަގުތު މިހެން އެނބުރޭ މީހުންތައް ގެއަށް ވައްދާނީ.

    8
    1
  20. ކޮތަރު

    ހުކުރު ދުވަހު މެންދުރު 1 ޖަހާއިރު ކުރަނީ ކޮން ނަމާދެއްކަން ޑޮކްޓަރަކަށް ނޭނގުނީތީ ހިތާމަ ކުރަން. މިފެންވަރުގެ މީހަކަށް ކޮންފަރުވާއެއް ދެވޭނީ؟

    9
    2
  21. ޙޕއ

    އަންތަރީސް، މީ ކޮންކަހަލަ ޑރ. އެއް..

    ހޮސްޕިޓާތަކުގައި ޑޮކްޓަރުން ގުދާރުބިނދެންދެން ރައްޔިތުންނަށް ޚިދުމަތްކުރާއިރު މިކަލޭގެ މުޅިމާލެ ކުޑަކުރަނީ، ދެކޮޅަށް ދެކޮޅަށް ދުއްވާލަ ދުއްވާލާ...

    ރައްޔިތުން ކާރީގަ ބޭރަށް ނުދާށޭ ކިޔާފަ މިކަލޭގެ މުޅިމާލޭގެ ހުރިހާ މިސްކިތްތައް ފަހަތުން މިދުވަނީ..

    މީބާ މިކަލޭގެޔާ ހަވާލުކޮށްފައިވާ ވަޒީފާއަކީ..!!؟؟

    12
    2
  22. ބަބ

    ސައޫދީގަ މިސްކިތްތަށް ބަންދުކުރީ އެގައު މުގެ އާން މުރައްޔަތުންނަށް ކޮރޯނާވައިރަސް ޖެހިގެން އެކަ މަކު މި ކުޑަ ކުޑަ ރާއްޖެއަކު ﷲ ގެ ބަރަކާތުން ވައިރަސް ޖެހިފަވާ އެއްވެސް ދިވެއްސެއް މި މުޖުތަ މައަކު ނެތް އެކަ މަކު ސަރުކާރުން އެއަރޕޯޓު ބަންދުނުކޮށް މިސްކިތްތަށް ބަންދު ކުރު މުން ސުވާލު އުފެދޭ .

    13
    2
  23. ބްރޯ

    ބަލަގަ ގިނަމީހުންނަކީ މަލޭގަ އަމިއްލަ ގެދޮރުގަ އުޅޭ ބައެއްނޫން ހުޅުމާލޭގަ އުޅޭ މީހާ ވަޒީފާ މަލޭގަ އަދާކުރާއިރު ހުޅުމާލެއަށް ކޮންމެ ނަމާދު ވަގުތަކު ދާނީ ކިހިނެތް ނަމާދަށް ލިބެނީ 15 މިނުޓް . ވިސްނާލަބަލަ ނަމާދަށް ހުރެ ކެއްސާ ކިބިހިއަޅާ ނަހަދާނަމަ އެހެން މިހަކަށް ވައިރަސް ޖެހިދާނެބާ؟ ނަމާދު ނިމުމާއެކު މިސްކިތުންއަވަހަސް ފޭބުން ބުއްދިވެރި .ބަލިޖެހިފައި ހުރި މީހަކަ ބަލި ނުޖެހޭ މީހަކު އެކަކުއަނެކަކަށް ކުރިމަތިލައިގެން ވަހަކދައްވަން 3 ފޫޓަށް ވުރެ ކައިރީގަ ހުރެއްޖެ ނަމަ ބަލޖެހުންގާތް ވޭ. މިބަލި އަޅުގަނޑުމެނަށް ނައިސް އޮތި މިހާތަނަށް ދިވެހިން ނަމާދުގަ ކުރަުމުން އައި ދުއާތަކުގެ ސަބަބުންނޫންބާ؟ މިހާރު އެދުއާތައް ހުއްޓުވާލީ ޖަމާއަތުގެ ދުއާއަކީ އެޖަމައަތުގައިބައިވެރިވާ އެތައް މުއުމިނުންގެ ހިތުގެ އެދުންނޫންބާ؟ ދުނިޔޭގެ ގައުމުތަކުގެ ޖަމައަތަސް އެތައްހާސް ބަޔަކު އަރައިރު ރާއްޖެގެ ޖަމާއަތަށް 100 މީހުންވެސް ހަމައެއް ނުވޭ
    .މިގައުމަށް ވައިރަސްއައުން ހިމެނުނީ ރަސޫލާގެ ހަދީސްއާއި ބަޔަކު ދެކޮޅުހަދާ އެކަމަށް ހަޖޫކިޔަންފެށުމުިން ކަމަށް ވެސް ވެދާނެ. ރާއްޖެއިން ބޭރުންއަންނަ މީހާ ބަލިޖެހިފަ ވާކަން އެކަކަށްވެސް ނޭގެ އެކަމަކު އޭނަ މިބަހައްޓަނީ އެހެން މީހުންވެސް ދިރިއުޅޭ ގެއެއްގަ ،ބޭނުންވަނީ ކޮންކަމެއްބާ؟ބަލިޖެހުމުންދުރު ކުރުންބާ ބަލި އާއްމުކުރުންބާ؟ މި ބައްޔަކީ ބަލިޖެހިފައިވާކަން އެމީހާއަށް ނޭގުނަސް ބަލިޖެހިފަ ހުރެ އެމީހާ ގައިން އަނެއްމީހާ ގަޔަށް ފެތުރޭ ވައިރަހެއްގެ ސަބަބުންޖެހޭ ބައްޔެއް .ވީމާ ބޭރުންއަންނަމީހުން އެހެން މިހުންދިރިއުޅޭގެއެއްގަ ކަރަންޓީނު ކުރުމުގެ ހަގީގަތަކީ ކޮބައިބާ؟ކޮންމެ އަކަސް ސަރުކަރުން ފިޔަވަޅު އަޅުއްވަނީ ރަނގަޅަށް ކަމަށް ހީކުރަން.

  24. އަލީ

    ޑރ. ޑިގް ޖަހަން ވެގެން ކުރި ޓްވީޓެއް!

  25. ޖަޒީރާމަނިކު

    ރީއާނަކަށް ޖަޒީރާމަނިކުގެ ކޮމެންޓް ޖަހާކަށް ނުކެރުނުދޯ؟ އެއީ ހަގީގީ ވާހަކައެއްވީމާ.