ހޮނިހިރު ދުވަހުގެ ރޭ 12:00އިން ފެށިގެން މާލެ ސަރަހައްދުގައި ހިންގާ ހުރިހާ ކެފޭތަކެއް ބަންދު ކުރަން ނިންމާފައިވަނީ މުއްދަތެއް ނެތް ގޮތަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ، ރާއްޖެއަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވާފައިވާއިރު، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްއަށް ލިބިދޭ ބާރުގެ ދަށުން މާރިޗް 21 ވަނަ ދުވަހުގެ ރޭ 12:00 އިން ފެށިގެން ވަކި ގޮތެއް އަންގަންދެން މި ތަންތަން ބަންދު ވާނެ ކަމަށެވެ.

އެޗްޕީއޭ އިން ބަންދު ކުރަން ނިންމާފައިވާ ތަންތަނުގެ ތެރޭގައި މާލެ ވިލިމާލެ އަދި ހުޅުމާލޭގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރެންޓް ފަދަ އާއްމު ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނެވެ.

އެހެން ނަމަވެސް އެތަންތަނުން ޓޭކްއަވޭ އާއި ޑެލިވަރީ ހިދުމަތް ދެވޭނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 13 މީހަކު ވަނީ ފައްސި ވެފައެވެ.

ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަަަލުގެ ހާލަތު އިއުލާނުކޮށްފައި ވަނީ މާރިޗް މަހުގެ 12 ވަނަ ދުވަހުއެވެ.

އެ ބަލި ފެތުރުން ހުއްޓުމަށް ސަރުކާރުން ގެންދަނީ އެތައް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސްކޫލްތަަކާއި ކޮލެޖްތައް ބަންދުކޮށް، ޕާކްތަކާއި، މައިޒާންތަކަށް ދިއުމާއި މީހުން އެއްވެ އުޅުން ވަނީ މަނާކޮށްފައެެވެ. އަދި މާލެ ސިޓީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަޑުޖައްސާލަައި، ހުކުރު ނުކުރުމަށްވެސް ވަނީ ނިންމާފައެެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސާބަސް

    ???

    8
    3
  2. އައްމަޑޭ

    ދިވެހިރާއްޖޭގެ އެއަރޕޯރޓްތައް ބަންދުނުކޮށް
    ދިވެހިރާއްޖޭގައި ކޮވިޑް19 ކޮންޓުރޯލްކުރެވިދާނެތަ ؟

    12
    2
    • ކިސަޑު

      ކޮވިޑް ޖެހެނީ މިސްކިތުން ކަންނޭގެ ރާބޯ މީހުން ގެނައިމަ ޑޮލަރު ވީމާ ބައޭބައޭ ޔޫރަޕިއަން ދޯ

  3. ލައިލޫ

    މިސްކިތްތަކުގެ ޖަމާޢަތް ހުއްޓާލިއިރު ނުބުނޭ ހުއްޓާލަން ނިންމަނީ އެކޭ.. ވަގުތުން ޖަމާޢަތް ހުއްޓާލަން ނިންމީ.

    ކިހިނެތް މިވަނީ..

    12
    1
  4. ޑރ.ރާމީ ހަސަން މަނިކު(އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    އަމީން އަކީ ވަރަށް ގާބިލް ބޭފުޅެއް. ކުރައްވަވާ ބުރަ މަސައްކަތްޕުޅަށް ފައްފަށުން ޝުކުރު ދެންނުވުމަށް މިފުރުސަތު ގެ ބޭނުން ކުރަން.