ސިފައިންގެ ވަޒީފާ އަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ މުއްދަތު ޑިފެންސް މިނިސްޓްރީންް އިތުރުކޮށްފިއެވެ.

ޑިފެންސް މިނިސްޓްރީން ކުރެއްވި އިއުލާނެއްގައި ވިދާޅުވީ ސިފައިންގެ ވަޒީފާއަށް އެދި ހުށަހެޅުމުގެ މުއްދަތު މޭ 20 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

ޑިފެންސް މިނިސްޓްރީން ކުރެއްވި އިއުލާނެއްގައި ވިދާޅުވީ ސިފައިންގެ ވަޒީފާ އަށް ކުރިމަތިލެވެނީ ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތް މީހަކަށް ކަމަށެވެ. އަދި އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުމާއި ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމަކީ ވެސް ޝަރުތެކެވެ.

މީގެ އިތުރުން އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި، އަންހެން: 5 ފޫޓް 3 އިންޗި) ހުރުމާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ނުވުމަކީ ވެސް ޝަރުތެކެވެ.

ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި މިޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަރވިއުތަކަށާއި، ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބަލާނެއެވެ.

ކިޔުންތެރިންގެ ހިޔާލު