ރާއްޖެއިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވި ދެ މީހަކު ރަނގަޅުވެއްޖެ އެވެ.

މިކަން މިހާރު ވަނީ ސަރުކާރުން ކަށަވަރުކޮށްދީފައެވެ.

ރާއްޖެެއިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 13 ފަރާތެކެވެ.

މިހާރު ކުރިއަށްގެެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަބްްދުﷲ އަމީން ވިދާޅުވީި، އައިޖީއެމްއެޗްެ އައިސީޔޫގައި ވަރަށް ކްރިޓިކަލް ހާލަތުގައި ފަރުވާދެމުންދިޔަ މީހާ އާއި އައިޖީއެމްއެޗްގައި ފަރުވާދެމުންދިޔަ ދެވަނަ މީހާ އެ ބައްޔަ ނައްސި (ނެގެޓިވް) ވެފައިވާ ކަމަށެވެ.

"އައިޖީއެމްއެޗްގެ ސީނިއާ ޑޮކްޓަރުންނާއި އަދި މުޅި މެނޭޖްމެންޓުން އެންމެ އިސްކަމެއް ދީީގެން ކުރިއަށް މި ގެންދިޔައީ ރާއްޖެ މިކަމުން ސަލާމަތް ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމުގެ މަސައްކަތް އެގޮތުން، އެ ފަރާތްތަކުގެ ތެރެއިން އައިޖީއެމްއެޗްގެ އައިސީޔޫގައި ވަަރަށް ކްރިޓިކަލް ހާލަތެއްގައި ފަރުވާދޭ ހާލަަތަށް ދިޔަ ފަރާތާއި އެކީގައި، އައިޖީއެމްއެޗްގައި ފަރުވާދެމުންދޭ ފަރާތެއް މި ވަނީ ކޮވިޑް-19 އަށް ނެެގެޓިވެފައި" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ، އެ މީހުން ނައްސިވުމާއި، ގުޅިގެން އޮންނަ ޕްރޮޓޮކޯލްގެ ތެރެއިން އެ މީހުން ހޮސްޕިޓަލުން ދޫކޮށްލުމުގެ މަސައްކަތްތައް ކުރަމުންދާނެ ކަމަށެވެ.

އަމީން ވިދާޅުވީ، މި ބަލި ޖެހިގެން ފަރުވާދެމުންދާ އިތުރު ފަރާތްތައްވެސް މި ބަލިން ސަލާމަތްވުމުގެ އުއްމީދު އެބަ އޮތް ކަމަށެވެ.

"އަޅުގަނޑުގެ އަތުގައި މިހާރު ހުރި މައުލޫމާތުތަކަށް ބަލާއިރު، ފައްސިވާ ފަރާތްތައް މި ބަލިން ރަނގަޅުވިކަމަށް އަޅުގަނޑުމެން މި ބަލަނީ ދެ ފަހަރަށް ޓެސްޓު ކުރެވި ސާމްޕަލްތައް ނެގެޓިވްވުމާއި އެކީގައި" އަމީން ވިދާޅުވިއެވެ.

އައިޖީއެމްއެޗްގައި އެޑްމިޓް ކުރި ފަރާތްތަކަށް ފަރުވާ ދިނުމުގައި އިސްކޮށް ހުންނެވި ޑޮކްޓަރ މޫސާ ހުސައިން ވިދާޅުވީ ހޮސްޕިޓަލްގައި ފަރުވާ ދިން ހާލުބޮޑު ބަލިމީހާގެ ހާލު ފުރަތަމަ ފަސް ދުވަހު ދަށަށް ދިޔަ ކަމަށެވެ. "ޑަބްލިޔުއެޗްއޯގެ މިންގަނޑަށް ބަލާއިރު އެއީ ސިވިއާ ނިއުމޯނިޔާ. މި ދެންނެވި 70 އަހަރުން މަތީގެ މީހާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އެޑްމިޓްކުރިތާ ފަސްވަނަ ދުވަހު ކިރިޔާ ވެސް ރަނގަޅުވީ. އިއްޔެ ޓެސްޓް ހެދިން ނެގެޓިވް. މިއަދު ވެސް ނެގެޓިވް. އެހެންވީމަ، ދެ ފަަހަރަށް ވެސް މިހާރު ނެގެޓިވް. އަޅުގަނޑުމެން މި ގަސްތުކުރަނީ މާދަމާ އޭނާ ޑިސްޗާޖް ކުރަން." ޑރ.މޫސަ ވިދާޅުވިއެވެ.

ޑރ.މޫސަ ވިދާޅުވީ ކޮވިޑް-19 އިން ރަނގަޅުވި ނަމަވެސް އުމުރުން 70 އަހަރުގެ މީހާގެ ހާލު އެއްމަސް ދުވަސް ވަންދެން ބަލަމުން ގެންދާނެ ކަމަށާއި އޭނާއަށް ގައުމަށް ދިއުމުގެ ހުއްދަ ދޭނީ އޭގެ ފަހުން ކަމަށެވެ.

ޑރ.މޫސަ ވިދާޅުވީ ކޮވިޑަށް ވަކި ބޭހެއް ނެތުމުން ރާއްޖެ އިން ފަރުވާ ދިން މީހުންނަށް ދީފައި ވަނީ ޑަބްލިއުއެޗްއޯ އާއި އަދި އެހެން ގައުމުތަކުން ވެސް ރިކޮމެންޑް ކުރާ ބޭސްތައް ކަމަށެވެ.

"ޗައިނާގެ ވެސް ތަޖުރިބާތަކަށް އަޅުގަނޑުމެން ބެލިން. ކޮވިޑްގައި ފުއްޕާމޭގެ ދެފަޅި އަށް ވެސް ނިއުމޯނިއާ އެބަ ޖެހޭ. އެހެންވެ ގިނަ މީހުން ނިޔާވަނީ ވެސް. ކޮވިޑާ ރިލޭޓެޑް އެހެން ކަންތައްތަކެއް ވެސް އެބަ ދިމާވޭ. ބޭރަށްހިންގުން ވެސް ހިމެނޭ. ނަމަވެސް ދުވަހުން ދުވަހަށް އޭނާގެ އެހެން ކަންކަން ވެސް އައީ ރަނގަޅު ވަމުން. މިއީ އަޅުގަނޑުމެންނަށް ވެސް ލިބުނު ވަރަށް ބޮޑު ތަޖުރިބާއެއް. އެންމެ ފުރަތަމަ ދިޔަ ދުވަހު އަޅުގަނޑު ވެސް ހުރީ ދެން ކިހިނެއްހޭ ހަދާނީ. ދެން އޮންނާނީ ކޮން ސްޓެޕެއްހޭ. އެހެންވެ މި ތަޖުރިބާތައް އަޅުގަނޑުމެން އެހެން ގައުމުތަކާ ވެސް އެބަ ހިއްސާކުރެވޭ." ޑރ.މޫސަ ވިދާޅުވިއެވެ.

ޑރ. މޫސަ ވިދާޅުވީ މިއީ އައިޖީއެމްއެޗުގެ ނަރުހުންނާއި ޑޮކްޓަރުންގެ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. މިއީ އެންމެންގެ ވެސް މަސައްކަތް ކަމަށައި މީގެ ތެރޭގައި ނޭވާލާ ނިޒާމުގެ ޑިޕާޓްމެންޓްގެ ޑޮކްޓަރުންނާއި ނަރުހުންގެ މަސައްކަތް ފާހަގަ ކުރައްވާ ކމަަށް ޑރ.މޫސަ ވިދާޅުވިއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު 13 މީހުންގެ ތެރެއިން ދެމީހުން ރަނގަޅު ވުމުން ރާއްޖޭގައި މިހާރު ތިބީ ކޮވިޑް-19 ޖެހިފައިވާ 11 މީހުންނެވެ. އޭގެ ތެރެއިން އެކަކަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ސްޓޭބަލް އެވެ. ބާކީ ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކަށް ހޮސްޕިޓަލެއްގައި ފަރުވާ ދެމުންނެއް ނުދެއެވެ. އެމީހުން ތިބީ ހުޅުލޭ އައިލެންޑް ހޮޓެލްގައި ކަރަންޓީން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ޕީޕީއެމް ސަޕޯޓަރު

    ދެން ރަސްމީ ނުވަނީސް ނުފަތުރަބަލަ އަޅުގަނޑުމެންގެ ލޮބުވެތި އެންމެ އިތުބާރު ކުރެވޭ ނޫސް ވަގުތު ނޫސް

    70
    12
  2. ގުއިދައިތަ

    އަލްހަމްދުލިﷲ

    151
    2
  3. ޟަންދު

    ޢަލްހަމްދުލިއްލާހި...

    129
    4
  4. ޒުހު

    އަލްޙަމްދުލިﷲ

    128
    2
  5. އިމާމް

    އަލްހަމްދުލިﷲ އަލްހަމްދުލިﷲ އަލްހަމްދުލިﷲ އަލްހަމްދުލިﷲ އަލްހަމްދުލިﷲ އަލްހަމްދުލިﷲ އަލްހަމްދުލިﷲ..

    157
    2
  6. ހާމްބެ

    އަލްޙަމްދުލިﷲ

    7
    2
  7. ފަލަކް

    އަލްހަމްދުލިﷲ

    6
    2
  8. ޟމމ

    Alhamhdhulillahi

    3
    2
  9. ޢަލީ

    ޢަލްހަމްދުލިﷲ ޝިފާ ދެއްވާނީ ﷲ. ޑޮކްޓަރުންނާއި ނަރުހުން ތިކުރާ ބުރަމަސައްކަތަށް ހިތުގެ އެންމެ ފުންމިނުން ލޯތްބާއެކު ޝުކުރު ދަންނަވަން ❤❤❤

    15
    1
  10. ހިޔާލު

    އަލްހަމްދުލިﷲ

    6
    2
  11. ާއަލީ

    الحمد لله شكر

    5
    1
  12. ލޫތް

    އަލްހަމްދުލިﷲ

    ޤުރުއާން 57:22
    އެއްވެސް مصيبة އެއް، ތިމަންރަސްކަލާނގެ އެ مصيبة އެއް ވުޖޫދަށް ނެރުއްވުމުގެކުރިން ފޮތެއްގައި (އެބަހީ: اللوح المحفوظ ގައި) ލިޔުއްވާފައިވާ حال ގައި މެނުވީ، ބިމަށްވިޔަސް ނުވަތަ ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށްވިޔަސް އައިސް ނުޖެހެއެވެ. ހަމަކަށަވަރުން، އެކަންތަކަކީ اللَّه އަށް ދާދިފަސޭހަ ކަމެކެވެ.

    ޤުރުއާން 26:80
    އަދި ތިމަން ބަލިވެއްޖެނަމަ، ބަލި ފަސޭހަކުރައްވަނީ، ހަމަ އެކަލާނގެއެވެ.

    13
    2
  13. ނަސީދު

    މެޑިކަލްޓީމް އިޓަލީންއެބަހޯދާ އަވަހައް އެމީހުންނައް ކިޔާދީ ދިންފަރުވާ

    2
    5
  14. އިރަމް

    ޤުރުއާން 57:22
    އެއްވެސް مصيبة އެއް، ތިމަންރަސްކަލާނގެ އެ مصيبة އެއް ވުޖޫދަށް ނެރުއްވުމުގެކުރިން ފޮތެއްގައި (އެބަހީ: اللوح المحفوظ ގައި) ލިޔުއްވާފައިވާ حال ގައި މެނުވީ، ބިމަށްވިޔަސް ނުވަތަ ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށްވިޔަސް އައިސް ނުޖެހެއެވެ. ހަމަކަށަވަރުން، އެކަންތަކަކީ اللَّه އަށް ދާދިފަސޭހަ ކަމެކެވެ.

    ޤުރުއާން 26:80
    އަދި ތިމަން ބަލިވެއްޖެނަމަ، ބަލި ފަސޭހަކުރައްވަނީ، ހަމަ އެކަލާނގެއެވެ.

    8
    2
  15. Anonymous

    ﷲއަަށް ޙަމްދުހުރި. ރައްޔިތުން ނަށް ޓަކައި އަމީން ތޔަކުރައްވާ ބުރަމަސައްކަތްޕުޅު ފާހަގަކޮށް ޝުކުރު ދަންނަވަން. މިސަރުކާރުގައި އެންމެ ޤާބިލު މިނިސްޓަރު. މިތިބީ އެއްބާރުލުން ދީގެން .ދިވެހިންނަކީ އެކުވެރިބައެއް.

    6
    2
  16. އިބްރާހީމް

    ٱلْحَمْدُ لِلَّٰهِ

    4
    1
  17. ގެޓްއޮފް

    ކޮވިޑް 19 އާއި ގުޅިގެން ތައުރީފާއި ޝުކުރު ދަންނަވަން ކެނެރީގެ ނަޝީދު ލަދު ގަންނަން ޖެހޭނެ ކަމަށް މަމެން ގަބޫލުކުރަމޭ ސަބަބަކީ އެއީ މިރާއްޖެ އަށް ކޮވިޑް އަންނާނެއޭ އެއީ ޔަގީން ކަމެކޭ ބުނެނައު...

    8
    3
  18. ކުރިއަށް

    އަލްޙަމްދުލިﷲ

    6
    2
  19. ޕާރޓީރޮކް

    ކޮވިޑް 19 ޖެހުނު ދެމީހުން ރަނގަޅުވުން އެއީ ދުނިޔޭގެ ރިކޯރޑް ފޮތުން ޖާގަ ހޯދާނެ ކަމެކޭ ޔޭއް ޓައިމް....

  20. އާދޭސް

    ރާއްޖެއިން ބޭރުން މި އަންނަ މީހުންތައް އައުން ހުޢްޓުވާނީ ކޮން އިރަކުންބާ. ގޭގައި ހުއްޓަސް ރައްކާތެރިކަން އިހުސާސް އެއް ނުވޭ. އިންޑުޔާއިންނާ އިނގިރޭސި ވިލާތުންނާ ބެންކޮުބް އަންނަ މީހުނަށް ދަންދެން މިގޭ ލިފްޓް ވެސް އެބަ ބޭނުންކުރޭ އެއް ބިލއޑިންއރއްގަ އުޅެނީ

    5
    1
  21. ގަރޭ

    ﷲ އަށް ޝުކުރުޖުރަން، އިޓަލީގެ ދެމީހުންނަށް ފަރުވާދިން ބަޔަކަށް ޝުކުރުހައްގު، ދެންބުނެލަން އޮތީ މާލޭ މަލަމަތިން ފެންނަން އެހެރަ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގެފިލާގަ އެދުމަތިކޮށް ފަރުވާދެވުނު ދެމީހުންވެސް ބުނާނޭ ރާއްޖެއާއި ބަލާފަ އެންމެ ރަނގަޅު ހަސްފަތާލުގައޭ އެމީހުންތިބީ. ޢެތަރައްގީ ގެނައި ވެރިޔާއަށްވެސް މިއަދު ޝުކުރު ހައްގޭ. ރޔ ޖަލުގަ އޮތީމަ ހިތާމައިގެ ކޮޅެއް ނެތޭ. މި ކޮމެންޓް އަށް ޑިސްލައިކް ކޮމެންޓް ޖަހާމީހުންވެސް ރޔ އެބޭފުޅަކަށް އަނިޔާއެއް ދީފަ އޮތިއްޔާ ޑިސްލައިކް ޖަހާށޭ

    18
    2
  22. މުޙައްމަދު

    ٱلْحَمْدُ لِلَّٰهِ

  23. ރާއްޖެސޮރު

    ތިޔަ ދެމީހުނަށް ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމެއް ދިނުމަށް އަލީ ވަހީދަށް ދަންނަވަން.

  24. ވަގުތު ނޫޙުގެ ފޭން އެށް

    އަލްހަމްދުލިﷲ

  25. ކާފަ

    ރާއްޖެއިން ކޮވިޑް19 އަށްފައްސިވި ދެމީހުން ރައްސި ވެއްޖެ.

  26. މީ އަހުރެން

    ޙަމުދު ހުރީ ޢާލަމްތަކުގެ ވެރި ﷲ އަށް. އެކަލާނގެ ކުޅަދުންވަންތަކަމާއެވެ.

    • ޑޮކްޓަރު

      އޭމް އައި އަ ޖޯކް ޓު ޔޫ؟

  27. ހިނި

    އެކަމުގައި ހެސް ކިޔާފަ ބުރައުފުލީ އެހެން ބައެއް. ޝުކުރާ ތާރީފު އެހެން ބަޔަކަށް.