މާލެ ސަރަހައްދުގެ މިސްކިތްތަކަށް އަރައި މީހުން ހަ ފޫޓު ދުރުގައި ތިބެގެން ނަމާދު ކުރަން ޑޮކްޓަރުން އިރުޝާދު ދީފިއެވެ.

ރާއްޖެ އިން ކޮވިޑް-19 ފެނުމާ ގުޅިގެން އެ ބަލި ފެތުރުނަ ނުދިނުމަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކާއި ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މެދުކަނޑާލައިފައެވެ. އެކަމަކު، ކޮންމެ މީހަކަށް ވެސް މިސްކިތަށް ގޮސް ނަމާދު ކުރުމުގެ ފުރުސަތު ކުރިއެކޭ އެއްގޮތަށް އެބައޮތެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުގެ އަސުރު ނަމާދާ ހަމައަށް ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައިވީ ނަމަވެސް، އެއްވެސް މިސްކިތެއް ބަންދު ނުކުރާ ކަމަށެވެ.

އެކަމަކު، މިވަގުތު އެންމެ ރަނގަޅު ގޮތަކީ ގޭގައި ނަމާދު ކުރުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

" އެމީހަކު ނަމާދަށް ހުއްޓައި ދެން ނަމާދަށް އަރަން އަންނަ މީހާ އެ ވަރު ޖާގަ ދީފައި މިސްކިތް ތެރޭ މަޑު ކުރައްވައްޗޭ. އެހެންވީމަ ވަށައިގެން ހަ ފޫޓު ޖާގަ ބެހެއްޓުން ޑޮކްޓަރުންގެ އިލްތިމާސްއަކީ މިސްކިތައް ވަޑައިގެން ނަމާދު ކުރައްވާ ނަމަ،" މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރެމުންދާތީ މާލެ، ވިލިމާލެ، ހުޅުމާލެ އަދި ރިސޯޓްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރަން ނިންމީ މިދިޔަ ހަފްތާގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖޭގެ މީހުން ދިރިއުޅޭ އެހެން ރަށެއް ލޮކްޑައުން ކޮށްފިނަމަ އަމަލު ކުރާނީ މި އުސޫލުގެ މަތިން ކަމަށާއި، އެފަދަ ހާލަތެއްގައި އެރަށެއްގައި ވެސް ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާނެ ކަމަށެވެ.

އެ މިނިސްޓްރީން ވަނީ ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލި ނަމަވެސް ފަރުޟު ނަމާދުތަކަށް ރައްކާތެރިވުމަށާއި، ދުއާކޮށް، އިސްތިގުފާރު ކުރުމަށް އިލްތިމާސްކޮށްފައެވެ.

މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލި އިރު، އިސްލާމީ ގިނަ ގައުމުތައް ދީނީ ކަންކަމުގައި ތަބާވާ ގައުމު ކަމަށްވާ ސައުދީ އަރަބިއްޔާ އިން ވެސް ވަނީ މައްކާގެ މަސްޖިދުލް ހަރަމާއި މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތް މަސްޖިދުއްނަބަވީ ފިޔަވައި ސައުދީ އަރަބިއްޔާގެ އެހެން މިސްކިތްތަކުގައި ނަމާދު ކުރުން މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޣަނީ

    ޖަމާއަތުގައެއް ނޫނޭ ވެސް ބުނެލިނަމަ ދޯ...

    12
    2
    • ފިތުނަ އުފެދޭގޮތަށް ނުލިޔުއްވާ

      ތިތަންކޮޅު އިތުރުކޮށލީމަ ވ. ބަރާބަރު

  2. އަޙްމަދު

    އިސްލާމީ ޝަރީޢަތުގައި ދީނުގެ ކަންކަމުގައި ޢަމަލު ކުރަން ޖެހޭގޮތުގެ ފަތުވާ ނެރެން ޖެހޭނީ ދީނުގެ ޢިލްމު ލިބުފައިވާ ޢިލްމުވެރިންނެވެ.
    މެޑިކަލް ޑޮކްޓަރުން ބަސްކިޔަންވާނީ ޑޮކަޓަރީގޮތުން އެކަމާއި ގުޅުން ހުރި ކަންކަމުގެއެވެ.
    ޖަމާޢާތުގެ ނަމާދުގައީ 6 ފޫޓު ދުރުގައި ޖަމަޢަތް ހަދައިގެން ނަމާދު ސައްޙަވާނެތޯ ނުތަވާނެތޯ ވެސް އެބަ އެނގެން ޖެހޭ ނޫންތޯއެވެ.

    15
    2
    • ސްނޯ

      ޖަމާއަތުގައި ކު ރާ ނަމާދަށް ސަފުހަދަންވާނީ ހުސްތަން ނުހުންނަ ގޮތަށް. މިތާ މިބުނަނީ ވަކިން ކު ރާށޭ ކު ރާއި ރު 6 ފޫޓް ދު ރުގައި ތިބޭށޭ. ޣަނީގެ ކޮމެންޓަށް ތާއީދު

      7
      1
    • ބުރާންތި

      ތިޔަ ބުނާގޮތް ހަދަން ކަލޭމެންގެ ތުނބުޅިން އިސްވެ މިވަރުގެ ކަމަކާ ކުރިމަތި ލާން ޖެހިއްޖެ ނަމަ މިއެންމެން ފުރަތަމަ ޖެހޭ ވަޅުލަން.

  3. އަޙްމަދް

    މާލެ ސަރަހައްދުގެ މިސްކިތްތަކަށް އަރައި މީހުން ހަ ފޫޓު ދުރުގައި ތިބެގެން ނަމާދު ކުރަން ޑޮކްޓަރުން އިރުޝާދު ދީފިއެވެ.
    **************************
    އިސްލާމީ ޝަރީޢަތަކީ އެ ޝަރީޢަތުގެ ޙުކުމްތަށް ކިޔަވާ އުނގެނި ދަސްކޮށް ޢިލްމީ ގޮތުން ނޫނީ އޭގެ ޙުކުމްތަށް ބަޔާންކުރެވޭނެ ފުރިހަމަ ދީނެކެވެ.
    ހަމަ މިބީދާއިން ޑޮކްޓަރުންވެސް ޤަބޫލުފުޅުކުރައްވާ އެއްމެ ބޮޑުހަޤީޤަތަކީ ޑޮކްޓަރަކަށް ވެވޭނީ ބޭސްވެރިކަމުގެ ރޮންގުން ޢިލްމު ޙާސިލުކުރުމުންނެވެ.
    ވީއިރު ދީނުގެ ކަންކަމުގައި ޑޮކްޓަރު ފަތުވާ ނެރޭނީ ކޮންހަމަޔަކުންތޯއެވެ!؟

    8
    1
  4. ޒިޔާ

    ތީ ޑޮކްޓަރުންގެ އިރުސާދު 6 ފޫޓުދުރުގަ
    މީ މިއުންމަތުގެ ރަސޫލާގެ އިރުސާދު ކޮނޑާކޮނޑުޖައްސާށެ އަދި ފަޔާ ފައިޖައްސާށެ

    2
    1
    • ޙައްޤު

      ސުބްޙާނަ ﷲ! އޮޅުވާނުލައްވާ! ދީނުގެ ނަމުގައި އޮޅުވާލާމީހާގެ ޙާލާއިމެދު ހާދަހާ ދެރަވަމޭ! ކީރިތި ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ބަލިމަޑުކަމުގައި ގޭގައި ނަމާދު ކުރަންޖެހޭކަން އެނގޭހިނދު ދެންކޮން ވަސްވާހެއް ދީ ފިތުނައެއްދޯ ތިއުފައްދަވަނީ! ތިއީ ދީނުގެ ޢަދުއްވަކަށްވެދާނެކަމެއް!

  5. ކޮތަރު

    ޑޮކްޓަރުންވެސް ތަރުޖަމާނުވެސް ވިދާޅެއްނުވޭ ޖަމާޢަތުގަ ނަމާދު ކުރާއިރު ހަފޫޓު ދުރުގައި ތިބޭކަށް. ވިދާޅުވީ މިސްކިތަށް އަރާއިރު މީހަކު ނަމާދަށް ހުރިއްޔާ އެމީހަކާ ހަފޫޓު ދުރުގައި ހުރެގެން ނަމާދުކުރާށޭ. މިއީ ދައްކާ ވާހަކައިގެ ތަންތަން ކޮޅުގައި ހިފައިގެން ފިތުނަ އުފައްދަންވީ ވަގުތެއްކަމަކަށް ނުފެނޭ.

  6. ބޭރި

    މި ޝޭޚުންނާ ހަވާލު ކުރޭ ކޮވިޑް ކޮންޓްރޯލް ކުރަން.