ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.

ހައިކޯޓުން މި ހުކުމް ރިޔާޒުގެ މައްޗަށް އިއްވާފައިވަނީ ފުލުހުންގެ ތަޙްޤީޤަކަށް ފޯނު ހުޅުވައި ނުދިން މައްސަލައިގައި އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.

އެ މައްސަލައިގައި ރިޔާޒުގެ މައްޗަށް ކޮށްފައިވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާއެވެ.

ރިޔާޒުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައިކޯޓުން މިއަދު ނިންމުމާ އެކު ރިޔާޒުގެ ވަކީލުން ވަނީ އެ މައްސަލައިގައި ވީހާ ވެސް ކުޑަ އަދަބެއް ރިޔާޒަށް ދިނުމަށް ޝަރީޢަތުގައި އެދިފައެވެ. އަދި އޭނާ ގޭ ބަންދަށް ބަދަލުކޮށް ދިނުމަށް ވެސް ހައިކޯޓްގައި ވަކީލުން އެދުނެވެ.

މިއީ ދިވެހިރާއްޖޭގެ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު އަދާކުރި ބޭފުޅެއްގެ މައްޗަށް ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ.

ފުލުހުންގެ ތަޙްޤީޤަށް ފޯނު ހުޅުވައި ނުދިން މައްސަލަ ރިޔާޒްގެ މައްޗަށް މިއަދު ސާބިތުވިއިރު ފެބްރުއަރީ 01 ގައި ސުޕްރީމް ކޯޓުން ނެރުނު އާދަޔާއި ހިލާފު އަމުރާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ރިޔާޒް ވަނީ ހައްޔަރު ކޮށްފައެވެ.

އެމައްސަލައިގައި ވެސް ރިޔާޒްގެ މައްޗަށް ދައުވާ ތަކެއް ވަނީ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ވެންއިޓް

    ފުލުހުން އެންގުމުން ޖެހޭނެ ފޯން ހުޅުވާދޭން. ހުޅުވާ ނުދޭނަމަ އެފަދަ މީހެއްގެ މައްސަލަ ބެލޭނެއޭ. މިޒަމާނުގައި ސްމާރޓް ފޯނަކީ އެއީ ލެޕް ޓޮޕް ގޮތަށް ގެން ގުޅެވޭ އެއްޗެކޭ އެހެން ކަމުން ޖެހޭނެއޭ ޕޮލިހުން ބޭނުންވެއްޖެނަމަ ފޯން ހުޅުވާދޭން. އެކަން ނުކުރާ މީހުންނަށް ހުކުމް އައުމުން ދެން ދިރި ތިބި ބަޔަކަަށް މިއިން ރަނގަޅު ފިލާވަޅެއް ލިބިގެން ދާނެއޭ. ވެން އިޓް ކަމްސްޓު ޔޫ ޑޯންޓް ބީ ބްލައިންޑް ޑޯންޓް ބީ ޑޯންޓް ބީ ޑޯންޓް ބީ ޑާންސް ޑާންސް ޑާންސް ޑާންސް...

  2. ަިިިަްއިއްބެ

    ﷲ ހަމްދުހުރި މިފަދަ ފަސާދަވެރީން ނެތިކުރަށްވާ މިގައުމު ސުލްހަމަސަލަސް ކަންމަތީ އަބަދަށް ލަހައްޓަވާށި

  3. 3ނިރު

    އުފާވެރި ހަބަރެއް ބާގީ

  4. ފެއްސޭ

    ކޮބާ ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ނަށް ފެނޭތޭ ފެނޭދޯ. ތަމެންނަށް މާލޭގައި ފުއްޕޭނީ ރަނޑު ވަހީދު ވެރިކަން ރާއްޖޭގައި ކުރި އިރު މަމެން ޕިންކީންގެ ވެރިކަމުގައި ނުފުއްޕޭނެއޭ ފުއްޕާ އެއްޗެހި ތައް ސައިޒުން ކަނޑާ ތިރި އަރުވާނަމޭ އެެކަން ތަމެންނަށް ފެނިގެން މިދަނީ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ތަމެން މަމެންގެ ވެރިކަން ވައްޓާލާ ވާހަކަ އެމްޑީޕީގެ ފަޑުއްކަ ބެނަރ ދަމަން ތިބެ ގޮވާނަމަ އޭގެ ޕްރައިޒް ޕޭ ބެކް ކުރަން ޖެހޭ ގޮތުގެ މޮކް އަޕްސް މިފެނިގެން ދަނީ ދިސް އިޒް ޖަސްޓް ދަ ބިގިނިންގް. ޖަސްޓް ބްރީދް އިޓް. އަދި އޮތީ ލާރޖް ކޮށް ޖެއްސުން. މަމެންގެ ރައީސް އާއި ނުލައި ރާއްޖޭގައި ރިޔާސީ އިންތިޚާބު ބާއްވަންއޭ ނުވާނެ އެކަމެއް ފެބް އެކެއްގެ ފަހުން މިހާރު ތަމެން މިދެކޭ ދިވެހިރާއްޖެ އަކީ މަމެން ގަބޫލުކުރާ ގޮތުގައި މަމެން ޕިންކީންގެ މިލްކިއްޔާތެކޭ މިތާނގައި ނޯންނާނެއޭ އެއްވެސް އެހެން ބަޔެއްގެ ސްޓޭކެއް ތަމެން ފެއސެން އުޅޭ ލަންކާ އަށް ތަމެންގެ ބޮޑޭ ގާތަށް ފެއްސޭ ފެއްސޭ ފެއްސޭ ދެން.

  5. ލައިސާޓު

    ތިހެން އެކިތުހުމަތުތަށް ކޮއްގެ ސިޔާސީ އިސް ބޭފުޅުންނަށް ފަޓާސް ބަރިހުކުމް ކުރީމަ ބޮޑުމަންޒަރު ވަރަށް ސާފުކޮއް ފެނޭ

  6. Anonymous

    ތިހެން އެކިތުހުމަތުތަށް ކޮއްގެ ސިޔާސީ އިސް ބޭފުޅުންނަށް ފަޓާސް ބަރިހުކުމް ކުރީމަ ބޮޑުމަންޒަރު ވަރަށް ސާފުކޮއް ފެނޭ

  7. މަ

    ތިހުކުމަށް ކިޔަނީ ޗޯކް.
    ހެއްކަކީ ފުލުހުން ހޯދަން ޖެހޭ އެއްޗެއް.
    ތުހުމަތު ކުރެވޭމީހާ ހެކި ދޭކަމަށް ވާނަމަ ފުލުހުންގެ ބޭނުމެއް ކޮބާ؟

  8. ބޫސުފުޔާން

    ޚޮންމެ މީހަކާވެސް ހައްގުއަރާ ހަމަކުރާތަންމިހާރުމިފެންނަނީދުނިޔެއުމުރުއާރާބާރުދައްކައިގެން ނުތިބެވޭނެކަންމިހާރުއެނގޭނެ ހަމަސުކުރުކުރަން

  9. ހަވާއީ

    ނިކަންވިސްނާ މީހަކުބުނާނީ ޙުކުމެއްކުރީމަ ކޮށްފިޔާ، ހާދަ ދޮގުވާކަކަތަކެއް ދައްކާ ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ ޢާންމުކުރަން ހާދަ މަސައްކަތެއް ކުރިޔޭ މިބައިގަނޑުގެ މީހުން .

  10. ޖަލު ކަމިޝަނަރު

    ކޮބާ؟؟ ރަންރީނދޫ ޓުވިޓަރޭ ތަމެންނަށް ފެނޭތަ؟ ފެނޭތަ؟ ފެނޭދޯ؟ ޗަހަރަ ފެންނަނީ ޖަލަށް އައްޔަންކުރެވުނު ކަމިޝަނަރު!! ފެނޭތެ؟؟ ރަންރީދޫ ޓުވިޓަރޭމެންނަށް ފެނޭހޭ؟؟؟؟ އަދިވެސް އަނގަގަޅަމުން ދުވެނަގާތި!!! ހައްތާވެސް މިއުޅެނީ ދެއުޅި އީސަމެންނާ ހަންމާ މުހަންމާމެން ކަހަލަ ރޮނޑާލި ހައްކާޅުންނޭ!!!! ހެހެހެެހެ ދެންއޮވޭ ޖަލުގެ އެކިއެކި ރަހަތަށް ދެކެލަން!!! ތިޔާތަނުގެ ރަހަތަށް ވާނެ މިފަހަރު ރަނގަޅަށް ބަލާލަން އިނގޭ؟؟؟

  11. މަހޭ

    މަހާދައުފާވެއްޖޭ މީހުންނައް އަނިޔާކޮއްފަ ދާދާހެދިގެން އިންއިރުއިންސާނިއްޔަތުކަމެއްނެތިﷲގެމަތިމްހަނދުމަނެތި ބޭނުންހާގޮތަކައް ތެޅެވޭނެކަމައްހީކުރީ އިރާދަފުޅައިމިންވަރުފުޅުން ހަމައެޖަލައް ވަންނަން ތިޖެހުނީ ﷲގެކުޅަދުންވަންތަކަން މާބޮދޭ އެމީހަކުރިނުލަފާކަންތަކުގެޖަޒާދެއްވާފަ އެމީހަކު މިދުނިޔެއިންގެންދަވާނީ ﷲއަކުބަރު

  12. Anonymous

    ސުކުރިއްޔާ ރައީސްޔާމީންމިހާރުހުންނާނިގާފުރޮޅިފަ

  13. ކާސިމްބެ

    الحمد لله

    އުފާވެރި ޚަބަރެއް، ތިމީހާތީ ވަރަށް ބޮޑާ ކިބުރުވެރި އިންސާނެއް

  14. އަޙްމަދް

    ހިސާބަށް ވުރެބޮޑަށް ވެރިކަމާއި ބާރާއިނޫފޫޒު ބޭނޫން ވެ މީހާ ހަމައެއަް ލަމައެއް ނެތި އުޅެން ވީމާ ޕޮލިސްކޮމިޝަނަރެއްކަމަކު ވާނީ ތިހެން.