މާލޭގެ މަގުމަތީގައި ޕާކް ކޮށްފައި ހުރި ސައިކަލެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން ފަށައިފިއެވެ.

ފުލުހުން ވަނީ އެ ސައިކަލް ވަގަށް ގެންދިޔަ މީހާގެ ވީޑިޔޯއެއް އާއްމުކޮށްފައެވެ.

އެ ވީޑިޔޯއިން ފެންނަނީ އެ މީހާ ފުރަތަމަ ސައިކަލު ކައިރީގައި މަޑުމަޑުން ހިނގާލާ މަންޒަރެވެ. ދެން ފެންނަނީ ސައިކަލް މަތީގައި އިށީންދެ އިންނަތަނެވެ. އަދި އިރުކޮޅަކަށް ސައިކަލާއި ކުޅެން އިށީންދެ އިނުމަށްފަހު، ޖީބުން ތަޅުދަނޑިއެއް ނަގާ މަގުމަތި ބެލުމަށްފަހު، އެ މީހާ ސައިކަލަށް އަރާ ނައްޓާލާ މަންޒަރުވެސް ފެނެއެވެ.

ފުލުހުން ވިދާޅުވީ، އެ ވީޑިއޯއިން ފެންނަ މީހާއަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ، ސައިކަލެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއް ކަމަށެވެ.

މި މީހާއާ ބެހޭ އެެއްވެސް މައުލޫމާތެއް އިނގޭ ފަރާތެއް ވާނަމަ ލަސްނުކޮށް ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.