ހުޅުމާލެ ފްލެޓުތަކުގެ ކުލި ދެއްކުން ފަސްކޮށް ދިނުމަށް ޕީއެންސީގެ ނައިބު ރައީސް އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުމާލެ ދާއިރާ އަށް ވާދަކުރައްވާ އިބްރާހިމް ޝުޖާއު ރޭ ގޮވާލައްވައިފިއެވެ.
ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ހުޅުމާލޭގެ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުން މަހުން މަހަށް ދައްކަން ޖެހޭ ފްލެޓު ކުލި، ސަރުކާރުން ކަނޑައަޅާ މަސްތަކަކަށް ނުދައްކާ ފަސްކޮށްލަ ދިނުމަކީ ވެސް ރައްޔިތުންނަށް ލިބޭނެ ބޮޑު ލުޔެއް ކަމަށެވެ.
Hulhumale’ ge Flat Thakugai Dhiriulhuvvaa Rayyithun Mahun Mahah Dhakkan Jehey Flat Payment Sarukaarun Kanda’alhaa Masthakakah Nudhakkaa Fas kohlla dhevvumakee ves Libeyne Bodu Luyeh.Mikamaa Medhu Visnavaa Ragalhu Gotheh Hadhavaidhevvun Varah Bodah Edhen @hdcmaldives @ibusolih
— Ibrahim Shujau (@IbrahimShujaau) March 20, 2020
"މިކަމާ މެދު ވިސްނަވާ ރަނގަޅު ގޮތެއް ހައްދަވައި ދެއްވުން ވަރަށް ބޮޑަށް ބޮޑަށް އެދެން،" ރައްޔިތުންގެ ބާރަށު ދާއިރާގެ މެމްބަރު ކަން ކުރިން ކުރެއްވި ޝުޖާއު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ޓެގް ކުރައްވައި ވިދާޅުވިއެވެ.
ޝުޖާއު އެގޮތަށް ވިދާޅުވި އިރު، ރާއްޖޭގައި މިހާރު އެންމެ ބޮޑަށް ތަރައްގީވަމުން އަންނަ އެއް ރަށަކީ ހުޅުމާލެއެވެ. ހުޅުމާލޭގައި ބައިލައްކަ އަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ އިރު، އެންމެ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން ދަނީ ފްލެޓުތަކުގައެވެ. އެމީހުން ކުލީގެ ގޮތުގައި ކޮންމެ މަހަކު ވެސް ގިނަ އަދަދެއްގެ ފައިސާ ދައްކައެވެ.
ފްލެޓުތަކުގައި ދިރިއުޅުމަށް ހުޅުމާލެ އަށް އެންމެ ފުރަތަމަ ބަދަލުވި މީހުން ކުލީގެ ގޮތުގައި ދައްކަނީ 2900ރ. އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ފަހުން އަޅާފައި ހަވާލު ކުރި ފްލެޓުތަކުގެ ކުލީގެ ގޮތުގައި މަހަކު 6،000 އަށް ވުރެ ގިނަ ރުފިޔާ ދައްކައެވެ.
ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން އޭޕްރިލް މަހާއި މެއި މަހުގެ ކަރަންޓު ބިލުން 40 ޕަސަންޓާއި ފެން ބިލުން 30 ޕަސަންޓު ކަނޑައި ދިނުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.
މީގެއިތުރުން ސަރުކާރުން ވަނީ ކޮވިޑް-19 އާއި ގުޅިގެން މާލީ ހާލަތަށް އަސަރުކޮށްފައިވާ ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ދަރަނީގެ ޕްރިންސިޕަލް އަދި އިންޓްރެސްޓް ޕޭމަންޓް ހަމަސް ދުވަހުގެ މުއްދަތަކަށް ލަސްކޮށްދިނުމަށް ނިންމައިފައެވެ.
ދެން ހު ރިހާކަމެއް ނުށްދެވޭނެ ދޯ އެކަމުވެސް އެބަވިސްނަން ގޮތެއްް ހަދާދެވޭތޯ
އެއްގޮތަކުން ނުވިއްތާ އަނެއް ގޮތަކުންވެސް ގައުމު ހަލާކު ކުރާ ސިޔާސީ މީހުންނާ ދުރަށް ދަމާތޯ. މިއްއެއްވެސް ސިޔާސީ މީހަކު ދައްކާ އެއްވެސް ވާހަކަ އެއް ގަބޫލު ކުރަން ހެޔޮވެސް ނުވާނެ.
10 އަހަރު 15 އަހަރު ރިސޯޓުތަކުގައި ހޭދަކުރި މުވައްޒަފުން އެބަތިބި އަނބިދަރީން ބައިތިއްބައިގެން ކިޔަވަދޭން! މިހާރު އެކުދިންގެ ކިޔެވުން ހަލާކުވެ މުޅި ދިރިއުޅުން ރޫޅިގެންދަނީ، ކޮބައިތޯ އެމީހުން ރިސޯޓަށް ވި ގުރުބާން؟! 15 އަހަރު ހޭދަކުރީ އެމުވައްޒިފު އެމެނޭޖްމަންޓް ދެކެވި ލޯތްބަކުން ހަމަ ޔަގީން! އެކަމު މިއަދު އެކަން ބަލައިނުގަތް މުސާރަނުދީ އެއްލާލަނީ އެކުދިން ވާނެ ބިކަ ތަހައްމަލުކޮށްލަންވެސް ނުކެރުނު!
ކާމީހާ ކެޔަސް ކާންވާނީ ބަލައިގެން، ދިވެހި ހަރުބަހެއް. އެހެންވިމާ މި ދެންނެވި ބަސްކޮޅާމެދު ފުންކޮށް ވިސްނެވުން އެދެން.
ކަލޭ ނުބުންޔަސް ސަރުކާރުން ތިކަމަށްވެސް ނުޔެއް ހޯދަދޭނެ، މާ ހެޔޮ އެދޭކަމަށް ހެދިގެން ހުލުމާލެ ޓިކެޓް ހޯދަން ސްޓަންޓް ޖައްސާނެ ކަމެއް ނެތް
ކައުންސިލް އިންތިހާބަށް ބުނެލި އެއްޗެއްދޯ
މާލޭގަ މީހުން ވެސް އުޅެނީ ކުއްޔަށް
މާލޭގެ އިތުރުން ރަށްތަކުގަ ހުރި ފްލެޓް ތަކުގައިވެސް މީހުން އުޅެނީ ހިލޭ ނޫން
މަޖިލިސް އިންތިހާބުން އަމިއްލަ ދާއިރާއިން ފެއިލް ހުރި މީހެއް އަމިއްލަ ދާއިރާއިން ބަލައިނުގަތް މީހެއް އެހެން ދާއިރާ އަކަށް ލައިގެން ހޮވޭނެ ކަމަށް ދެކުމަކީ މޮޔަ ކަމެއް
މަޑި ސީލާ ވެސް އޮތީ ފަސް ކުރެވިފައި ދޯ
ތިހެންވިއްޔާ އަހަރެމެން އުޅޭތަނުގެކުލިދައްކަންވެސް ޖެހޭނެތަ
ހުރިހާ ޓެކްސް ދައްކަން
ތި ސުޖާއަކީ ހުޅުމާލެއާ ވަރަށް ދޯޅު މީހެއް.. ނިމިދިޔަ ވެރިކަުމުގައި ހުޅުމާލެއިން ލައްކަ ފައިދާނެގި މީހުން ތެރެއިން މީހެއް... އެޗެޑީސީ މިލިއަނުން ދަރުވާލި ގުރޫޕް މީހެއް
ބުރޯ ބުނަންތަ ވާހަކައެއް ތިޔަ ފުލެޓް ތަކަކީ ބޭންކް އޮފް މޯލްޑިވްސް ގެ ރަހުނުތައް ، އެތަންތަން ދައްކާފަ ލޯނު ނަގާފަ ވަނީ 10 އަހަރު ދުވަސް ފަހުން އެޗް ޑީ ސީ އަށް ކުއްޔާ ގުޅޭ ގޮތުން އެއްވެސް ކަމެއް ކޮށްދެވޭނީ
މި ކަލޭގެ އުޅެނީ އަމިއްލައެދުމަށް ތިމާ މަޝްހޫރުވުމަށް ގޮއްބޭ!