ވިލިމާލޭ ރައްޔިތުންނަށް ހިލޭ ދަތުރުކާޑު ދިނުމަށް، މާލެ އާއި ވިލިމާލެ އާއި ދެމެދު ފެރީގެ ޚިދުމަތް ދެމުން އަންނަ އެމްޓީސީސީ އިން ނިންމައިފިއެވެ.

މިކަން ހާމަކޮށް މިއަދު އެމްޓީސީސީން ވިދާޅުވެފައި ވަނީ، ވިލިމާލޭ ރައްޔިތުންނަށް ހިލޭ ދަތުރުކާޑު ދިނުމަށް ނިންމާފައިވަނީ މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އެ ކުންފުނިން ވިދާޅުވެފައިވާ ގޮތުގައި، މިއީ، "ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، ފައިސާ ގެންގުޅޭ މިންވަރާއި ސިންގަލް ޓޯކަން މަދު ކުރުމަށްޓަކައި" ނިންމާފައިވާ ނިންމުމެކެވެ.

މި ނިންމުމާއެކު މިއަދުން ފެށިގެން ވިލިމާލެއަށް ނިސްބަތްވާ ފަރާތްތަކަށް އެމްޓީސީސީގެ ދަތުރުކާޑު ހިލޭ ހެއްދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަލީ

    ޙެޔޮނުވާނެ މަގޭ ހުޅުމާލެބަސްކާޑަށްވެސް 200 ރ ވަ ރު ލޯ ރޑް ކޮށްދީ

  2. އަހްމަދު

    ހިލޭ ކާޑް ދެނީ.. ކާޑަށް ދެން ޖެހޭނީ އަމިއްލަ ޖީބުން ހަރަދު ކޮށްގެން ރުފިޔާ އަޅަން. ނިއުސް ހެޑް ލައިން ތަކުން ޖާގަ ހޯދުމަށް އެމްޓީސީސީ އިން ޖެއްސި ސްޓަންޓް އެއް. ރުފިޔާ ދައްކާގެން ދަތުރު ކުރެވެނީ ކުރިއެކޭ އެއްގޮތަށް މިހާރުވެސް. ތަފާތަކީ ރިލޯރޑް ކުރަން ބޭނުންކުރާ ކާޑް ހިލޭ ދެނީ. ލޯލް

  3. ފުސް

    ދަތުރު ކާޑު ހިލޭދެނީޔޭ ކިޔާގެން ރައްޔިތުންނަށް އޮޅުވާލަނީ.ދަތުރުކުރެވެނީ ލާރި ދީގެން.އަލަށް ކާޑު ހަދާނަމަ ދައްކަންޖެހޭ ފައިސާއެއް ދައްކަން ނުޖެހެނީ.ދަތުރު ކުރަންޏާ ކާޑަށް ލާރި އަޅަން ޖެހޭނީ.އަލަށް ކާޑު ހައްދަންޏާވެސް މަދުވެގެން 50 ރުފިޔާ ދައްކަންޖެހޭ ރިލޯޑަށް.މުޅިންވެސް އޮޅުވާލުން

  4. Anonymous

    ދިރިއުޅޭ މީހުންތަ ނޫނީ ވިލިމާލެ ރައްޔިތުންތަ

  5. ވާނުވާ

    ދަތު ރު ކާޑު ހިލޭ ދެނީ.. ؟؟؟ތަ ރުޖަމާ: ކާޑު އަލައް ހައްދަން ނަގާ 35 ރުފިޔާ ކަނޑާލުން. މިހެން ތަފްސީލުކޮށް ބުނީމަ ވީނުން...