ރާއްޖެ އިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވި މީހުންގެ ތެރެއިން ދެ މީހަކު ރަނގަޅު ކުރުމުގައި އުޅުނު ޑޮކްޓަރުންނާއި ނަރުހުންނަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ތައުރީފް ކުރައްވައިފިއެވެ.

ރާއްޖެ އިން މިހާތަނަށް 13 މީހެއްގެ ގައިން ކޮވިޑް-19 ފެނިފައިވާ އިރު، އޭގެތެރޭގައި އެންމެ ގިނައީ އިޓަލީވިލާތުގެ ފަތުރުވެރިންނެވެ. ދެން އުޅެނީ އެހެން ގައުމުތަކުގައި ބައެއް ފަތުރުވެރިންނާއި ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީންނެވެ. މި ބަލި ދިވެއްސެއްގެ ގައިން ފެނިފައެއް ނުވެއެވެ.

އެކަމަކު، ބައްޔަށް ޝައްކު ކުރެވިގެން ގިނަ ދިވެހިންގެ ގައިން ސާމްޕަލްތައް ނެގި ނަމަވެސް، އެ އެންމެން ވެސް ވަނީ ބައްޔަށް ނައްސި (ނެގަޓިވް) ވެފައެވެ.

ޖަމީލް މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރާއްޖެ އިން ކޮވިޑް-19 ޖެހުނު ދެ މީހަކު، މާތްﷲ ގެ ރަހްމަތްފުޅުން ރަނގަޅުވެފައިވާ ކަމަށާއި އެ ދެ މީހުންނަށް ފަރުވާދިނުމުގައި ހަރަކާތްތެރިވި ޑޮކްޓަރުންނާއި ނަރުހުންނާއި އެހެނިހެން ސިއްހީ ހިދުމަތްތެރީންނަށް އައްސަރިބަހާއި ސާބަސް ދަންނަވާ ކަމަށެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަބްްދުﷲ އަމީން ވިދާޅުވީި، އައިޖީއެމްއެޗް އައިސީޔޫގައި ވަރަށް ކްރިޓިކަލް ހާލަތުގައި ފަރުވާދެމުންދިޔަ މީހާ އާއި އައިޖީއެމްއެޗްގައި ފަރުވާދެމުންދިޔަ ދެވަނަ މީހާ އެ ބައްޔަ ނައްސިވެފައިވާ ކަމަށެވެ.

"އައިޖީއެމްއެޗްގެ ސީނިއާ ޑޮކްޓަރުންނާއި އަދި މުޅި މެނޭޖްމެންޓުން އެންމެ އިސްކަމެއް ދީީގެން ކުރިއަށް މި ގެންދިޔައީ ރާއްޖެ މިކަމުން ސަލާމަތް ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމުގެ މަސައްކަތް. އެގޮތުން، އެ މީހުންގެ ތެރެއިން އައިޖީއެމްއެޗްގެ އައިސީޔޫގައި ވަަރަށް ކްރިޓިކަލް ހާލަތެއްގައި ފަރުވާދޭ ހާލަަތަށް ދިޔަ މީހާއާ އެކީގައި، އައިޖީއެމްއެޗްގައި ފަރުވާދެމުންދާ (އިތުރު) މީހެއް މި ވަނީ ކޮވިޑް-19 އަށް ނެެގެޓިވްވެފައި،" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ، އެ މީހުން ނައްސިވުމާއި، ގުޅިގެން އޮންނަ ޕްރޮޓޮކޯލްގެ ތެރެއިން އެ މީހުން ހޮސްޕިޓަލުން ދޫކޮށްލުމުގެ މަސައްކަތްތައް ކުރަމުންދާނެ ކަމަށެވެ.

އަމީން ވިދާޅުވީ، މި ބަލި ޖެހިގެން ފަރުވާދެމުންދާ އިތުރު މީހުން މި ބަލިން ސަލާމަތްވުމުގެ އުއްމީދު އެބަ އޮތް ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މީ ހަޤީގަތް

    މިއަދުގެ ހައްޤު ޝުކުރު ރައްދު ކުރަން ޖެހޭ އިސް ފަރާތަކީ ރާއީސް ޔާމިން، އެމަކުފާނުގެ ދުރު ވިސްނުންފުޅު ކިތަންމެހާވެސް ފުރިހަމަ،، މިއަދު މި ޤައުމުގައި ރައްކާތެރިކާއި އެކު ފަރުވާދިނުމަށާއި، ދިވެހި ޑޮކްޓަރުން އެންމެ ބޭނުންވާ ގޮތަށް މަސައްކަތް ކުރުމަށް މަގު ކޮށާދެއްވީ ރައީސް ޔާމިން. އެގޮތުން މިއަދު ދަރުމަވަންތަ ހޮސްޕިޓަލް އެއީ އެކަމަށް މި އޭސިއާގައި ހުރި އެންމެ ފުރިހަމަ ތަނޭބުނުމަކީ ދޮގަކަށް ނުވާނެ،، މީ ހަޤީގަތް،، ބަޔަކަށް ހަޖަމް ނުވިއަސް، މިއަދު މި ޤައުމު ކޮޅަށްޖަހާ މި ޤައުމު ގެ އަލިގަދަ ދަންމަރަކީ ރައީސް ޔާމިން،،

    32
    6
    • ާއަމާ

      ޔާމީނު ދަރަނި ވެގެން ހަދާފަ..ޢެއްމެ ފަހުން މި ސަރުކާރަށް އެވެސް ދައްކަން ޖެހުނީ

  2. ވަހީދު ބެ----

    އހުރިހާ ޝުކުރެ އްގެ ހަ އްގު ވެރި މީހާ އެހެރީ މަޖިލީހުގެ ރަ އީސު ކަމުގަ އި

    2
    20
  3. މާވަށު

    ޝުކުރި އްޔާ ރަ އީސް ޔާމިން.

    9
    2
  4. އިންސާފު

    ބަލަ ކޮބައި ލެބޯޓްރީން ؟؟ ބަލަ ޑޮކޮޓަރު ބެލުމަންފަހު ހުރިހާ ޓެސްތަކެއްމިހަދީ މިލެބުގާ މަސައްކަތް ކުރާ ފަހުލަވާނުން މިމީހުންނާމެދު ސަރުކާރުންވެސް ވަރައްބޮޑައްވަނީ އިހުމާލްވެފައި އަދި އެއވެސް މީހެއްގެ ތައުރީފުގެ ބަހެއެްނުލިބޭއިރު މިހަޑި މަސައްކުރާ ލެބޯޓްގެ އެންމެހާ ބޭކަލުންނާ އަދި ބޭކަބަލުން ވަރައް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން މަރުހަބާދައްނަވަްން އެއްވެސް ވަރުބަލިކަމެނެތި ރެއާދުވާލް ދަރިން އަބިން ފިރިން ދޭ އެއްބާރުލުން މިފުރުސަތުގާފާހަގަކުރަން އާމީން