ސެންތާރާ ގްރޭންޑް އައިލެންޑް ރިސޯޓާއި އަދާރަން ކުލަބް ރަންނާޅި ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދިވެއްސަކު މިއަދު ފެނިއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރާ އުސޫލުގެ ދަށުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސެންތާރާ ގްރޭންޑް ރިސޯޓުންނާއި އަދާރަން ކުލަބް ރަންނާޅި ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގައި ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޓެސްޓްގެ ނަތީޖާ ލިބެންދެން ދެ ރިސޯޓު ވަނީ މޮނިޓަރިން ހާލަތުގައި ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
ރާއްޖެ އިން މިހާތަނަށް 13 މީހެއްގެ ގައިން ކޮވިޑް-19 ފެނިފައިވާ އިރު، އޭގެ ތެރެއިން ދެ މީހަކު ވަނީ ރަނގަޅުވެފައެވެ. އެކަމަކު، އެ ދެ މީހުން އަދިވެސް ތިބީ މޮނިޓަރިން ހާލަތުގައެވެ. އެއީ ބަލިން ރަނގަޅުވާ ފަހުން ވެސް އެ ބަލި ޖެހުމުގެ ފުރުސަތު އޮތީމަ ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ.
ރާއްޖެ އިން މިހާތަނަށް 565 މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރި އިރު، އޭގެ ތެރެއިން ގިނަ ސާމްޕަލްތައް ވަނީ ނައްސި (ނެގަޓިވް) ވެފައެވެ. ނަތީޖާ ނުލިބެނީ މަދު ސާމްޕަލްތަކެއްގެއެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރުމުން ކޮންޓްރޯލް ކުރުމަށް އެ ބަލި ބޮޑަށް ފެތުރެމުންދާ ގައުމުތަކުން ރާއްޖެއަށް މީހުން އައުން ވަނީ މަނާކޮށްފައެވެ. ރާއްޖެއަށް ސަފާރީތަކާއި ޔޮޓްތަކާއި މެރީނާތައް އައުން ވެސް ވަނީ މަނާކޮށްފައެވެ. ރިސޯޓްތަކުން ރަށްރަށަށް މީހުން ދިއުން ވެސް މަނާކޮށްފައިވެއެވެ.
ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް ރައްކާތެރި ކަމުގެ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. އެގޮތުން ކުރިއަށް އޮތް ހަފްތާ އަށް ސްކޫލްތަކާއި ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާ އިރު، މާލެ ސަރަހައްދުގައި އާންމުކޮށް އެއްވެ އުޅޭ ޕާކްތަކާއި މައިޒާންތަކާއި، ކުޅިވަރު ކުޅޭ ތަންތަނާއި، ސިނަމާތައް ފަދަ ތަންތަން ވަނީ ބަންދުކޮށްފައެވެ.
އަދި މާލެ ސަރަހައްދާއި ހުރިހާ ރިސޯޓުތަކެއްގައި ޖަމާއަތުގައި ނަމާދު ކުރުން ހަފްތާއަކަށް ވަނީ މެދުކަނޑާލައިފައެވެ.
ކިއްވެތޯ ދެން ދިވެހިން ތަކެކޭ ލިޔެފަ އެއޮތި
ފިރިމީހާއަށް ފުރިހަމަ ސިއްޚަތެއްދެއްވާ ދިވެހި އުއްމަތަށް ކެތްތެރިކަން މިންވަރުކުރައްވާ ކޮވިޑް 19 އިން މުޅި ދިނިޔެ ސަލާމަތްކުރައްވާންދޭވެ..އާމީން !
ލަންކާއިން އަދި އިންޑިޔާއިން މީހުން އައުން ހުއްޓުވަން ޖެހެނީ މިއަދަކުނޫން!
މީހުންގެ ހިތްތަކުގަ ބިރުވެރިކަން އުފައްދަންތޯ ދިވެހިންތަކެކޭ ލިޔެފަ އެއޮތީ ?
ކޮބާބާ ދިވެހިންނަށް މި ބަލި ނުޖެހިގެން ބާރަށް ކަރުން ނާރު ނަގާފައި ހަލޭލެވި ބައިގަނޑު!
އެމީހުން ތިބީ ނިކަން ހެވިފަ އަތް ޖަހަން،،،،
ދިވެއްސަކު ފައްސި ނުވެގެން ތިބީ...
ދިވެއްސެއް ފައްސި ވެެއްޖެއްޔާ އެއީ ސަރުކާރު އިސްތިއުފާ ދޭން ޖެހޭނެ ކަމެއް ކަމުގަ ގަބޫލް ކޮށްގެން.. އާނ ފަހެ ފައްސިވާ ހުރިހާ ގައުމްތަކުގެ ވެރިން އިސްތިއުފާ ދެނީ ވިއްޔަ....
ކަރުބުޑުން ލޭ އަންނަ ވަރަށް ފެލެންތިބޭ..
ނަރީޝް އަށް އޮތީ ބެގް، ބޮރޯ އޯރ ސްޓީލް ރަނގަޅަށް ދަސްކޮށްދީފަ ވިއްޔާ
އެކަން ކުރަން ވ އިނގޭނެ
ދަރިން ނަށް ހެޔޮރަހްމަތް ލައްވާ ކޮވިޑް19އިން މުޅިދުނިޔެސަލާ މަތްކުރަށްވާށި
އާމީން
ޢަދިވެސް ގެސްޓުން ގެނޭ .
ދިވެހިންނަކައް ނުވެޔޯ ރިސޯޓް ކުދިންނެއް