ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވްޑް-19) އާއި ގުޅިގެން ޗައިނާގެ އެންމެ މުއްސަނދި މީހާ އަދި މަޝްހޫރު ވިޔަފާރި ކުންފުނި، "އަލީބާބާ"ގެ ބާނީ، ޖެކް މާ، ރާއްޖެ ހިމެނޭހެން އޭޝިއާގެ ދިހަ ޤައުމަކަށް އެހީވުމަށް ނިންމަވައިފިއެވެ.

ޖެކް މާ ގެ "އަލީބާބާ ފައުންޑޭޝަން" އާއި "ޖެކް މާ ފައުންޑޭޝަން" މެދުވެރިކޮށް މި ޤައުމުތަކަށް ފޯރުކޮށްދިނުމަށް ނިންމާފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ޤައުމުތަކަށް ބޭނުންވާ ސިއްހީ އެކި ސާމާނުތަކެވެ.

އޭޝިއާގެ ދިހަ ޤައުމަކަށް އެހީވުމަށް ނިންމެވިކަން ހާމަކޮށް މީސްމީޑިއާގައި ޖެކްމާ ކުރި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، މި އެހީގެ ދަށުން ޤައުމުތަކަށް އިމަޖެންސީ ސަޕްލައި ހަދިޔާކުރާނެ ކަމަށެވެ. އޭގެތެރޭގައި 1.8 މިލިއަން މާސްކާއި، 210000 ޓެސްޓު ކިޓާއި، 36000 ސޫޓުގެ އިތުރުން ވެންޓިލޭޓަރާއި ތާމޯމީޓަރު ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އިތުރުން ޖެކްމާ ފައުންޑޭޝަންގެ ފަރާތުން އެހީގެ ތަކެތި ފޯރުކޮށްދިނުމަށް ނިންމާފައި ވަނީ އަފްޣާނިސްތާނާއި ބަންގްލަދޭޝް އާއި ކެމްބޯޑިއާ އާއި ލާއޯސް އާއި މޮންގޯލިއާ އާއި މިޔަންމާ އާއި ނޭޕާލް އާއި ޕާކިސްތާން އަދި ލަންކާއަށެވެ.

އެހީ ފޯރުކޮށްދިނުމަށް ނިންމާފައިވާކަން ހާމަކޮށް ޖެކްމާ ވިދާޅުވެފައި ވަނީ އަވަހަށް މިތަކެތި ޤައުމުތަކަށް ފޯރުކޮށްދިނުމަކީ ފަސޭހަ ކަމެއް ނޫން ނަމަވެސް އެކަން ކުރާނެ ކަމަށެވެ.

ކޮވިޑް-19 ގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާއިރު، ރާއްޖެ ހިމެނޭހެން ދުނިޔޭގެ 185 ޤައުމަކުން މި ވައިރަސް ވަނީ ފެނިފައެވެ. އަދި ޖުމްލަ 276474 މީހަކު މި ވައިރަސް އަށް މިހާތަނަށް ފައްސި ވެފައިވާއިރު، ވައިރަސް ޖެހިގެން 11417 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޠުހގ

    ޓެންކިޔު ޖެކްމަ މިގެން އަހަރުމެން ނަށް ފައިދަ ކުރަނެކަމަށް އުއްމިދުކުރަން

    39
  2. ނޫނު

    11417 ތޯ ނުވަތަ 1417 ތޯ؟

  3. ހށ

    ނޫނު 11417.

  4. Anonymous

    ތި އެހީ ބަލައިގަންނަން ބީޖޭޕީ ގަބޫލުވާނެތަ!!