ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ދިވެހި ސަރުކާރުގެ ޚަރަދުގައި އެ މީހުންގެ ގައުމަށް ފޮނުވައިދޭން ސަރުކާރުން ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ މީޑިއާ އޮފިސަރު އައިމިނަތު ނާދިޔާ މިއަދު ވިދާޅުވި ގޮތުގައި އެ ނިންމުމަކީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުުރުމުގެ ބޭނުމުގައި ސަރުކާރުން އެޅި ފިޔަވަޅެކެވެ. އެއީ ކޮވިޑް-19 އާ ގުޅިގެން އެޅި ފިޔަވަޅެއް ނޫން ކަމަށް ވެސް ނާދިޔާ ވިދާޅުވިއެވެ.

" ޓިކެޓް ނަގާފައި އަނބުރާ ފޮނުވުމުގެ ޚަރަދު ކުރާނީ ސަރުކާރުން. އެ ކަމާއި ގުޅުން ހުރި އެމްބަސީތަކާއި ގުޅިގެން އެ މަސައްކަތް ކުރިއަށް ދާނީ." ނާދިޔާ ވިދާޅުވިއެވެ.

އިކޮނޮމިކް ނިސްޓްރީން ބުނީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ރަޖިސްޓަރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި، ޑޮކިއުމެންޓެއް ނެތް ގިނަ އަދަދެއްގެ ބިދޭސީން ރަޖިސްޓަރީ ވެފައިވާ ކަމަށެވެ.

އެހެންކަމުން އެފަދަ ބިދޭސީން އަނބުރާ އެ ބިދޭސީން ނިސްބަތްވާ ގައުމުތަކަށް ފޮނުވާލަން ނިންމީ ކަމަށް ނާދިޔާ ވިދާޅުވިއެވެ. ގަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީން އެނބުރި ގައުމަށް ދިއުމަށް ބޭނުންވާ ޑޮކިއުމެންޓް ހޯދުމުގެ މަސައްކަތް، އެ ގައުމެއްގެ އެމްބަސީއާ ގުޅިގެން ކުރާނެ ކަމަށް އެ ވުޒާރާ އިން ބުނެއެވެ.

ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ޕާސްޕޯޓް ނަމްބަރު ނުވަތަ އައިޑެންޑިފިކޭޝަން ނަމްބަރު 7205648 އަށް މެސެޖް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އެދިފައެވެ.

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ރަޖިސްޓަރީ ވުމަށް ސަރުކާރުން ފުރުސަތު ދިނުމުން، އެތައް ހާސް ބިދޭސީންނެއް ވަނީ ގަލޮޅުދަނޑަށް ގޮސް ރަޖިސްޓަރީވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ސީނު

  މަގުމައްޗަށް ކުޅުޖަހާއެންމެން މިރަށުންފޮނުވާލަންފެނޭ

  18
 2. އަދާލަތު

  ތިޔަ ނިންމެވުން ތަންފީޛު ކުރައްވާ ސަރު ކާރަ ކީ، އެ ސަރު ކާރަކަށްޓަކައި އަޅުގަނޑު ޤުރުބާންވާނެ ސަރު ކާރެއް.

  12
 3. ފސީލާ

  ފައިސާއެއް ސަރުކާރަކު ނެތޭ.. ތިޔަ މީހުންގެ ގައުމު މީހުން އަތުން ފައިސާ ހޯދައިގެން ބޭރުކުރޭ. މިތަން ބަނޑައް ޖެހެމުން މިދާއިރުވެސް ތިއުޅެނީ ބޭކާރު ޚަރަދެއް ކުރެވޭތޯ.

  15
  5
 4. ތަމެންދޯ

  ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ސަރުކާރުގެ ޚަރަދުގައި ގައުމަށް ފޮނުވައި ދެނީ ކަމަށް ބުނި ނަމަވެސް އެއީ ސަރުކާރުގެ ޚަރަދުގައި ނޫނޭ ފޮނުވާލަނީ ސަބަބަކީ ގަވާއިދާއި ޚިލާފަށް ފިލައިގެން އުޅޭ ކޮންމެ މީހެއްގެ ނަމުގައި ޑިޕޮޒިޓްގެ ގޮތުގައި 8 ހާސް ރުފިޔާ ސަރުކާރުން ފެލާލާފައި ވާނެއޭ ކޮންމެވަގުންނޭ

  • މަލް

   ??ކަރެކްޓް

 5. ދޭބަލަ

  ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ފޮނުވާނުލާނެ ނުވަތަ ނުލެވޭނެ އިކޮން މިނިސްޓަރު ފައްޔާޒު އެކަމަށް ބޭނިގަނެގެން އުޅޭ ނަމަ އެއީ މަމެންނަށް ޔަގީންވެ ކަށަވަރުވާ ކަމެކޭ ބަދަލުގައި އޭނާ އަތުން އެކަން ދުރުކޮށް ފައި އެހެން މިނިސްޓަރަކާއި ނުވަތަ ސީދާ ނައިބް ރައީސް ގެ ބެލުމުގެ ދަށުން މިކަން ކުރާ ގޮތަށް ރާވަންވީއޭ ދޭބަލަ...

 6. ޢަޒީޒް ގައްދޫ

  ތިނިންމުން އަނބު ރާ ނުގެންދާނެ ކަމަށް އުންމީދު ކުރަން. މިސަ ރުކާ ރުން ޤަވާޢިދާ ޚިލާފަށް އުޅޭބިދޭސީންގެ މައްސަލަ ހައްލު ކޮށްފިއްޔާ 2023 ގެ މަގޭވޯޓް ޔަޤީންވީ

 7. ޔަގީނޭ

  ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ސަރުކާރަށް ފޮނުވާލެވިއްޖެނަމަ މަމެން ޕިންކީން މިސަރުކާރަށް ސަޕޯރޓް ކުރާނެ ކަން އެއީ މަމެން ރައީސް އިބޫ އަށް ދޭ ޔަގީން ކަމެކޭ އޯކޭ...

 8. މުހައްމަދު

  ފ ސީލާ އެއްޗެއް ނޭގޭ ތަނުގައި ވާހަކަ ނުދައްކާ

  2
  2
  • ކާނަލް މުއައްމަރުލް ޣައްޛާފީ

   އޭ މިހިރަ ތަންދޮރު ނުދަންނަ ހަމަނުޖެހޭ މުހައްމަދާ! ކަލޭއަކަށް ނޭނގޭތަ ހަމަ ރާއްޖޭގެ ރައުސުލްމާލު ބުއްޅަބޭ ކާލިކަން؟

 9. ނައްސި

  ބަލަ ކޮބައިހޭ އެމީހުން ގެނައުމަށްޓަކައި އިމިގް ރޭޝަންގައި ބެހެޢްޓި ޑިޕޮސިޓް ފައިސާ. އެފައިސާއަށް ވީގޮތެއް ކޮންމެވެސް ބުނެދީބަލަ.

 10. ރޮކެޓް ބެ ގެ ބިސް

  ތީ ބަންގާޅިން ބޭރުކޮށްފަ މަލަބާރިންނާ ހޮޅިން ގެންނަން ޖަހާ ރޮކެޓެއް

 11. ބަރުގޮނު

  ތިޔަކަމަކީ ވަރަށްބޮޑު ޚަރަދެއް ހިގާނެކަމެއް. ސަރުކާރުގެ ނިސްބަތުގައިވެސް ބުނެލަން ދަތި ޢަދަދެއްގެ ފައިސާ ހޭދަވާނެ. އެހެނަސް ތިޔަކަން ކުރަން އެބަޖެހޭ. އެމީހުން ސަރުކާރުގެ ބެލުމުގެ ދަށުން ހިގާ މަޝްރޫއުތަކުގައި ބޭނުންކޮށްފައި 3 ނޫނީ 4 ، 5 މަހަކުން ފޮނުވާލުމަށް ބޭނުންވާ ޢަދަދު ހަމަވީމާ އެފައިސާއިން ޚަރަދުކުރާ ކަހަލަ ގޮތަކަށް ރޭވިއްޖެނަމަ ރަގަޅު. އެފަދަމީހުން ފޮނުވާލެވެން ޖެހޭނީ ދެން އަބުރާ ރާއްޖެ ނާދެވޭގޮތަށް. މިހެން ނުހެދިއްޖެނަމަ މިމަސައްކަތް ވާނީ ނުހިދޭ ކުޅިއަކަށް.

 12. ޒިޔާ

  މިދަނޑިވަޅު ސަރުކާރައް ކިހާބޮޑުބުރައެށްތޯ ތިޔައީ

 13. ޒިޔާ

  ދިވެހިނުކައި ތިބެފަ ބަންގާލުން ރަށައްފޮނުވަންވީ
  ވަރަށްރީތި

  1
  3