ކޮވިޑް 19 އާއި ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާ ނިންމެވުންތަކަކީ ފަސޭހަ ނިންމެވުންތަކެއް ނޫންކަަމަށާއި، ރައީސްގެ ނިންމެވުންތައް ނިންމަވަނީ ފަންނީ ބޭފުޅުންގެ ލަފަޔާއި އެކު އެންމެންގެ ލާބަ އާއި މަންފާ އަށް ވިސްނަވާފައި ކަމަށް ޑިފެންސް މިނިސްޓަރ މާދިޔާ ދީދީ ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓްރީގެ ޓްވީޓާ މެދުވެރިކޮށް މިނިސްޓަރު މާރިޔާ ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވީ ކޮވިޑް-19 އާއި ދެކޮޅަށް ރައީސް ސޯލިހުގެ ސަރުކާރުން ކުރާ މަސައްކަތުގައި އެތައް މިނިސްޓަރުންނެއް އެކުގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ކޮވިޑް-19 އާއި ގުޅިގެން ރައީސް ސޯލިހު ވަރަށް ގާތުން ކަންކަން ބައްލަވަމުންދާ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

"ވީހާވެސް ވަރަކަށް ދިވެހި ރައްޔިތުންގެ ލާބައާއި މަންފާ، މި ނުރައްކާތެރި ބަލިން ސަލާމަތް ކުރުމަށްޓަކާ އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުން. އަޅުގަނޑު އެންމެ ފުރަތަމައިނުން ވސް ފާހަގަކޮށްލަން ބޭނުންވޭ، ރާއްޖެއިން ބޭރުން މި ވަޑައިގަންނަވާ ދިވެހިން މިހާރު ގެންދަން މިޖެހެނީ ކަރަންޓީން ފެސިލިޓީއަކަށް، އެހެންވީމަ އެތާ 14 ދުވަސް ހޭދަކުރައްވާނެ. " މާރިޔާ ވިދާޅުވިއެވެ.

ކަރަންޓީން ފެސިލިޓީއަށް ވަޑައިގަންނަވާ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ދިމާވެދާނެކަން ފާހަގަކުރައްވާ މިނިސްޓަރު މާރިޔާ ވިދާޅުވީ އެ ދަތިތަކާއި މެދު ކެތްތެރިކަން އިސްކުރައްވާތީ ކަރަންޓީން ކުރާ ފަރާތްތަކަށް ވެސް މި ދަނޑިވަޅުގައި ޝުކުރު އަދާކުރައްވާ ކަމަށެވެ.

ރާއްޖެއިން ކޮވީޑް-19 އަށް ރާއްޖެއިން 13 މީހަކު ފައްސިވިއެވެ. ނަމަވެސް އެ 13 މީހުންގެ ތެރެއިން ތިން މީހަކު ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން އިއްޔެއާ ރޭ ވަނީ ހާމަކޮށްފައެވެ. އެހެންކަމުން މިހާރު ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވެގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 10 އަކަށް ތިރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

 1. ޟާރިޔާ

  މާރިޔާ މާމަ މެން ސަރުކާރުގަ ތިބެގެން ދުވަހަކު ތެދު ހަބަރެއް ދެވޭބާ!

  46
  3
  • ތަކުރުފާނު

   މުނިމާމަ އެއް ނޫން؟?

   11
 2. ބްރޯ

  އިޓަލީން ފަތުރުވެރިން އައުން މަނާކުރުން ލަސްކުރުމުގަ އޮތީ އާއްމުންނަށް ކޮންކަހަލަ ފައިދާއެއް ކަން ބުނެދިފާނަންތަ؟

  52
  3
 3. ނަމަ

  މިވާގޮތުން ލާބައާ މަންފާ ކޯދުލާފަ އަރާ ފެންއާރެއް ފަދަ ބާވާނީ

  43
  3
 4. ދޮގެއް؟

  އަނެއްކާ އަނެއް އަލީ ވަހީދު ބޭނިގަތީ؟ ކަލޭމެން އަނގަ ބޭނީމަ މީހުން ރުޅިއާދޭ. މަބްރޫކު ބަހައްޓާ މިކަމާ ވާހަކަ ދައްކަން. ކަލޭމެން އެއްފަރާތްވެ ތިބޭ. ކަލޭމެންގެ ނެތް ގާބިލުކަމެއް. މިކަން ވާނީ މަބްރޫކަށް.

  54
  3
 5. ޢަޒްލާ

  ޢެހެންވީމަ ތާ މޯދީިގެ ދެފައިތިލައިގަ ބޮސްދެނީ

  53
  4
 6. ހުސޭނުބޭ

  ލާބަތައް ގިނަކަމުން މުސީބާތަކަށް ވެގެން މި އުޅެނީ! ކޮން ތާކުން ނުކުމެގެންތޯ ކުއްލިއަކަށް މިއަދު ތި ފާޅުވީ!

  15
 7. މުހުޒީލް

  މިވީހާ ތަނަށް ފެން ނަމުން މިދަނީ ކަމުގެ ފަންނީ މީހުން ބުނާ ގޮތް ނުހަދާ އެކަން ކަމަށް އިން ކާރު ކުރީމަ ... މީހާ ބުލެކްލިސްޓް ކޮށް ވަޒީފާއިން ވަކިކުރާ ތަން

  11
 8. މުހައްމަދު

  ގައުމުގާ ރައީސެއް އެބަހުރިތަ؟ ގާނޫނަށް ފައިންއަ ރާފާ ތިޔަހު ރީ ނައްސިވެގެން..

  38
  1
 9. Alibe

  މީތަ ގާނޫނުއަސާސީއަށް ކޮޅުފައިން އެ ރި މުޑުދާ ރު ކަލޭގެ. މިކަހަލަ ޖައްބާ ރުންގެ ނުބައިކަމުން ޔާﷲ މިގައުމު ރައްކާތެ ރި ކު ރައްވާނދޭވެ.

  15
 10. ޖަޒީރާ

  ޢަސްލު ރައީސްވަހީދުގެ ވެރިކަމުގަ އެމްޑީޕީއިން ނިއްމިނިއްމުންތައް މިހާރު އިބޫތަންފީޒް ކުރަނީ އޭރުފާސްކުރި ގަރާރުތައް ލޮނުޒިޔާރައް ކޮޅުގަތިބެ ރާއްޖޭގެ ރައީސަކައްކުރިމަތިކުރުވިއުދަގޫތަކުން ވަހީދުވަނީ ކެއްތެރިކަމާއެކް ދައުރުނިއްމާ އިތުރު ހައްދުވަސްވެސްކޮއްފަ މާރީޔާ ގޮވަމުންދިޔައީ އޭރު މަނީ މަނީ ޔޭސް ސާރް ލާރި ލާރި ޔޭސްސާރް

  11
 11. ރާއްޖެ

  މި ލިޔުމުގަ ރާއްޖެ އިންނޭ ލިޔުއްވުމަށްވުރެ ރަގަޅުވާނީ "ރާއްޖޭގަ 13 މީހުން" މިގިތަށް ލިޔުނީމަ.

 12. ޢަހު

  މިގައުމުގަ ހުރީ އޮއްނެތް ބަރަބޮލެއް ބަރަބޮލުގަ އޮއްވެސް ހުރޭ މީގަ ނެތް ސިކުނޑިއެއްވެސް

  13
 13. ބީނާ

  އެހެންވެ އަދިވެސް އިންޑިޔާއިން މީހުން އައުން ނުހުޓެވެނީ. ދަރާ ވިކިފަ

  27
 14. މުހައްމަދު ޝާހް ރ.ވާދޫ

  މީއްޗަކު އެބައުޅޭދޯ؟ ކިނބޫންއެކަންޏެއްނޫން، ކޮންމެ ވެރިޔަކު ހުއްޓަސް އެކަންވާނީއެހެން! އަނެއްކާ ތިމަގާމުގަ ކަލޭނޫން އެހެންމީހަކު ހުއްޓަސް ހަމަ ސަނާކިޔާނީ ތިހެން! އެއީ މަޖުބޫރީ ހާލަތެއް!

  12
 15. ފެއިލް ސަރުކާރު

  ރައްޔިތުންނަށް ތިހާ ހެޔޮއެދޭތީ ދޯ އަދިވެސް ތިއުޅެނީ ޓޫރިސްޓުން ގެނެސްގެން ޑޮލަރުބޮޑި ޖީބައްއަޅަން. އެމީހުން އައުން މަނާނުކޮށް ތިއުޅެނީ ރައްޔިތުން ނަށް ހެޔޮއެދިގެންނެއްނޫން. ޖީބައް ޑޮލަރު ނޭޅޭނެތީވެ، މުޅިރާއްޖޭގެ އެންމެން ބިރުވެރިކަމެއްގެ ތެރެއަށް ގެންގޮސް އަދިވެސް އެބައިމީހުން އަންނަދޮރު ބަންދުނުކުރެވިގެން ތިޔާއުޅެނީ

  10
 16. ސަންފަ

  މިޔޮށްހާ ދުވަހު މިކަމަނާ ފިލާއޮވެފާ މިނިކުތީ ކީކުރަން؟

  12
 17. ސްޓިކް ހައުސް ޒަކިއްޓޭ

  މާރިޔާ ބުޏަސް ތިއީ ތެދެއް. ކެނެރީ ނަށީދަށް މިކން ވިސްނުނީމަ ރާއްޖޭގެ %100 ކަވަރުވެ ނިމުނީ

  7
  2
 18. އަބުދުލް ﷲ

  އިބޫ އާ ބެހޭ ގޮތުން ވެސް ކޮން މަސް ވާހަކައެއް ބުނެލީ
  އޯކޭ އި ނޫ އަކީ ކިހާ ވަ ރެއް ގެ މީހެއް ކަން އިން ގޭ

 19. ސަދސަދ

  އިންޑިޔާ މީހުން އައުން ހުއްޓުވާ.

  18
 20. ދޮންއައިސާ

  އަގަފެޅިއްޖެ މިޔޮއްހާދުވަހު ފިލާހު ރެފަ ވިހަގަަދަަ އަގައެއް ފަށާފި

  19
 21. ދދދދ

  މިަޮއްފަދަ ދަނޑިވަޅުގަ މި ސުންޕާ އަނގަގަނޑު ހިލިހިލާ ޖަހާ.

 22. ރައްޔިތުމީހާ

  އަމިއްލަ މީހާ އާއި ބައިގަނޑު މީހުންގެ ލާބަޔާ މަންފާއަށް. ދެން އިންޑިއާ ގެރިބެގެ މަންފާއަށް. ކޮންމެހެން މިރާއްޖޭ އެހެން ރައްޔިތަކަށް ހެޔޮއެދިގެން ނޫޅޭ.

 23. އަލި

  ރާއްޖެއިން ކޮވިޑު ފެންނަން ފެށީމަ އާއިލާގޮވާގެން ގޮސް އުތުރު ތިލަފަޅުގަ އޮވެފަ ކޮވިޑަށް ޕޮޒިޓިވު ވިމީހުން ރަގަޅުވާ ވާހަކަ މިއަދު ބުނީމަ އަނގަފެޅީ،،،،،،،،

  • Anonymous

   Ehentha

 24. މުބީނު މާރނީ

  އިބޫ ގެ އަންހެނުން ފަޒުނާ ގެ ބައްޕަ ގެ ރިސޯޓު ތައް އޮތީމާ ގެސްޓުން އަންނަވަރުން އަންނަނީ. އިބޫ ގެ ބޮޑުބޭބެ "ދޭލިޔާ" ގެ ރިސޯޓު ތައް އޮތީމާ ގެސްޓުން އަންނަ ވަރުން އަންނަނީ. އިބޫ ގެ ޕޮލިސީ އަކީ، "ހަނގުރާމަ އެއްވިއްޔާ މީހުން ވެސް މަރުވާނެ". ސަރުކާރު ގެ ޕޮލިސީ އަކަށް ވާން ވާނީ، "އެންމެ ފުރާނަ އެއްވެސް މުހިއްމު" ޕޮލިސީ. މިހާރު އޮތް ގޮތުން ފްރަންޓް ލައިން ގައި ތިބި މީހުނަށް ޖެހުނަސް އޯކޭ.

 25. ހަަލިިީމު

  ޒުލެެޭހާާފުލު ދުވަސް ގަނޑެއް ވަންދެން ޗުއްޕުވެސް ނުބުނެ ހުރެފާ ހުވަފެނެއް ފެނުނީީ ތޯ؟
  މި ކަހަލަ ދެއުލި އެއް ނުވާ މިނިސްޓަރުން.... އަމިއްލަ އަންބޮނޑި ބޮޑު ކުރެވޭތޯ ބަލަނީ. ރިސޯޓު ބޯއީސް އެތާގާ ހަލާކު ވަނީ. މީވާ ވައުދު ފުއްދޭ ސަރުކާރެއް؟؟

 26. ޖޯކު

  ބޯހަލާކު

 27. އަލީ

  ކޮބާ ނެތްތަ ދަރިގޮވައިގެން ރަސްމީ ދަތުރަކު ގޮސް މަހުޖަނުންނާއި ބައްދަލު ކުރުމެއް؟ އަނެއް މެގަ މޯލްޑިވްސް ވުޖޫދު ވެދާނެ.