މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ މަދަނީ މިންގަނޑުތަކުން ބެލޭނެ ކަމަށް ކޯޓުން ނިންމުމުން ޤާނޫނީ ވަކީލް ނާޒިމް ސައްތާރު ކުރި ޓްވީޓެއްގައި "މިއަދު އެނގުނީ މަދަނީ މިންގަނޑުން ދައުވާ ކޯޓަށް ބަލައި ގަތުމަކީ އަ** ހަނދާންކުރުން" ކަމަށް ބުނުމުން މަހްލޫފްގެ މައްސަލައިގައި ވަކާލާތު ނުކުރެވޭ ގޮތައް ނާޒިމް ސައްތާރު ސަސްޕެންޑް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ސޮއި ކުރައްވާ ނާޒިމް ސައްތާރަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މަހްލޫފްގެ މައްޗަށް އުފުލާފައިވާ ހިނގާފައިނުވާކަމެއް ހިނގައިފިކަމުގެ މައުލޫމާތު ޤާނޫނު ތަންފިޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ މައްސައާއި ގުޅިގެން 23 އޭޕްރިލް 2018 ވަނަ ދުވަހުގެ 10:00 އަށް ތަވާލް ކުރި މައްސަލައިގައި މަހްލޫފްގެ ވަކީލެއްގެ ހައިސިއްޔަތުން ނާޒިމް ހާޒިރުވެ އެދުވަހުގެ ޝަރީޢަތުގެ މަޖިލިހަށް ފަހު ނާޒިމްގެ ނަމުގައި ހުޅުވާފައި އޮންނަ ޓްވީޓާ އެކައުންޓުން 13:46 ހާއިރު "މިއަދު އެނގުނީ މަދަނީ މިންގަނޑުން ދައުވާ ކޯޓަށް ބަލައި ގަތުމަކީ އަ** ހަނދާންކުރުން" ކަމަށް ބުނެ ޓްވީތް ކޮށްފައިވާ ކަމަށެވެ.

މިމައްސަލައާއި މެދު އާންމުންގެ މެދުގައި ނުރަނގަޅު ތަސައްވަރެއް އެފެދިދާނެފަދަ ގޮތަކަށް އަމަލުކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް މިމައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވާތީ އާއި ޝަރީޢަތް ހިންގަމުންދާ ގޮތާއި މެދު އާންމުންގެ މެދުގައި ނުރަނގަޅު ތަސައްވަރެއް ބިނާކޮށް ކޯޓުގެ ހުރުމަތް ގެއްލޭގޮތަށް އަމަލުކޮށްފައި ވާތީ މިއަދުން (24 އޭޕްރިލް 2018) އިން ފެށިގެން ނާޒިމް ސައްތާރު މިމައްސަލައިގެ ވަކީލެއްގެ ހައިސިއްޔަތުން ސަސްޕެންޑް ކުރެވިފައިވާ ކަން އަންގާކަމަށް ސިޓީގައި ވެއެވެ.

އިދިކޮޅު ގިނަ އެކްޓިވިސްޓުންގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާ ނާޒިމް މީގެ ކުރިން ވެސް ބައެއް ފަހަރު ސަސްޕެންޑްކޮށް އަދި ބައެއް ފަހަރު ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން ކޯޓުގައި މަޢާފަށް ވެސް އެދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުމުދު

    ތީ ވަކީލެއްތަ ވަކީލުންވެސް ހިނދުކޮޅުގަ ތިބޭތަ....

  2. ހަވާއީ

    ތިއީ ގޮތެއްފޮތެއްނެތް ބައިގަނޑެކޭ،! ތިވެރިންނަށް ތާޢީދުކުރާނީވެސް ތިވެރިންކަހަލަ މީހުން

  3. ޖިންނި

    އަޚްލާޤް ކޮބައިތަ އަޅެ ފަހެ

  4. ތޯ؟

    ތީ ވަކަރުގޭ ވަކީލެއް އަހިވަކާޖެހި އަހިވަށް ފާވާ އުޞޫލުން، ލަނޑަޔާނީ ލަނޑަޔާހެން އެއްވެސް ހަމަޔެއް ލަމައެއް ދުރޫސުލް އަޚްލާގުގެ މިންވަރެްވެސް ނުހުންނާނެ.

  5. ޑިމޮކްރަޓިސްޓް

    މިކަހަލަ ދަށުދަރަޖައިގެ ބޭއަދަބީ ވަކީލުން މިތިބެނީ.. މިމީހުންނަށް އެހެންމީހުންގެ އިހުތިރާމް، ނުވަތަ މިކަހަލަ ވަކީލުން ނިންމާނެ ނިންމުންތައް ހުންނާނެ ގޮތް ރީންދުލޭމެން އަމިއްލަޔަށް ތަނެއްގަ އިނދެ ވިސްނާލާ..

  6. ހާލާ

    ޗެކް ކޮއްލި އިރު ހުރިހާ ކޮމެންޓެއްވެސް ކޮއްފަ ހުރީ ވަގުތު އޮފީހުން. ހިނި އަންނަ ވަރުގެ ނާގާބިލު ބަޔެއް.