ކޮވިޑް-19 އާއި ގުޅިގެން އޯލެވެލް އިމްތިހާނާއި ސްކޫލްތަކުގެ ޗުއްޓީއަށް ބަދަލެއް ގެނެސްފައި ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަނުން މިފަދައިން ވިދާޅުވެފައިވަނީ ބައެއް އިމްތިހާނު ތަކާއި ޗުއްޓިތަކަށް ބަދަލު ގެނެސްފައިވާ ކަމަށް މީސް މީޑިއާގައި ފަތުރަމުން ގެންދާ ވާހަކަތަކާއި ގުޅިގެން ކުރި ޓްވީޓެއްގައެވެ.

އެޑިއުކޭޝަން ކޮށްފައިވާ ޓްވިޓެއްގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން އޯލެވެލް އިމްތިހާނާއި ސްކޫލް ޗުއްޓީއަށް އެ މިނިސްޓްރީން ބަދަލު ގެނެސްފައިވާ ކަމަށް މީސް މީޑިއާގައި މިހާރު ފަތުރަމުންދާ މައުލޫމާތަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތު ތަކެއް ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތައް ނުފެތުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އެޑިއުކޭޝަނުން މީގެކުރިން ވަނީ އިނގިރޭސިވިލާތުގެ ދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ކެންސަލް ކޮށްފައިވީ ނަމަވެސް އިނގިރޭސިވިލާތް ފިޔަވައި އެހެނިހެން ޤައުމުތަކަށް ފޯރުކޮށްދޭ އިމްތިހާނު (އިންޓަރނޭޝަނަލް އެގްޒެމިނޭޝަން) ތަކާއިމެދު އިމްތިހާނުތައް ފޯރުކޮށްދޭ އިނގިރޭސިވިލާތުގެ މަރުކަޒުތަކުން އެއްވެސް އިތުރު ނިންމުމެއް ނިންމާފައި ނުވާތީ ދިވެހިރާއްޖޭގެ ދަރިވަރުން މެއި ޖޫން ގައި އިށީނުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ފަސްކުރުމާމެދު އަދި ގޮތެއް ނިންމާފައި ނުވާ ކަމަށް ބުނެފައެވެ.

ކޮވިޑް-19 ފެތުރެން ފަށާފައިވާތީ އެޑިއުކޭޝަން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ޓިއުޝަން ސެންޓަރުތަކަށް ކުދިން ނުފޮނުވުމަށާއި، ޓިއުޝަންދޭ ޓީޗަރުން ކުދިންނާއި ދިމާވެ ފޭސް ޓު ފޭސް ބައްދަލުވެ، ޓިއުޝަން ދިނުން މެދުކަނޑާލުމަށް އަންގާފައެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ބަލި އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން މީގެ ކުރިން ވަނީ ދެ ހަފްތާއަށް ސްކޫލަތަކާއި ޔުނިވާސިޓީތައްވެސް ވަގުތީ ގޮތުން ބަންދު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    އޯލެވެލް / އޭލެވެލް އިމްތިހާނަކީ އިންޓަނޭޝަނަލް އެގްޒާމެއް، އަބަދުވެސް އެެިގެ މެއިން ސެންޓަރުން ހަދާ ދުވަހެއްގަ ހުރިހާގައުމަކުންވެސް ހަދަނީ، ޔޫ ކޭގެ މެއިންސެންޓަރުންވަނީ ބަދަލުގެނެސްފިކަން އަންގާފަ، ނަމަވެސް މިގައުމުގެ އެޑިއުކޭޝަން މިނިސްޓަރ މަޢުލޫމާތު ދެއްވާގޮތުން އެބައޮޅުންއަރާ، އެހެންނޫންވާނީ ކަމަނާ އަބަދުމެ ފެންނަނީ އާ ކުކުޅަކަށް ގާބިހެއް އެޅިފަހުންނަހެން އާގަމަވެފަ ގޮތަށްވިއްޔާ، ނިކަން ގަޓު ދައްކައިގެން ހުންނަވާބަލަ

  2. ވަޒީން

    މީނާ މިނިސްޓަ ރުކަމުން ދު ރުކޮއް ތަންކޮޅެއް ހަތުދަނާ މެޗުއާޑް އިންޓެލެކްޗުއަލް އެއް އެޑިއުކޭޝަން މިނިސްޓަ ރަކައް ލާދެއްވުން އިބޫ ސޯލިހު އަ ރިހުން އެދެން. އެނބު ރޭ ވަހުތާނެއްހެން ކަންކަން ދެކޮޅުނުޖެހޭ ގޮތައް މިދަނޑިވަޅުގައި ކު ރުމައް ކަމާއި ވަގުތައް އެކަށީގެން ނުވާ މީހުން މިނިސްޓަ ރުންނައް ނުބައިތިއްބަމާހެއްޔެވެ.

  3. ފަލަޑޭ

    މަގޭ ދަރިން ނުފޮނުވާނަން ސުކޫލަކަށް އަންނަ ހަފްތާގަ ހުޅުވިޔަސް. ޙަމަ ގޭގަ ތިބޭނީ...

  4. ޜަޔތެއ

    ޕައިލެޓު ޕުރޮގުރާމް ސްކޫލުތަަައް ހުއްޓާލުމަށް ގޮވާލަން... ކުދިންގެ ކިޔެވުން ހަލާކުވެ ކިޔެވުން މަތިން ފޫހިވެއްޖެ. ފަތިހު 5:45 ގަ ފަށާ ގޮތަށް 3 ޖަހަން ދެން ސްކޫލުގަ.