ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ސަރުކާރުން ކިތަންމެ ދަތި ނިންމުމެއް ނިންމި ކަމުގައި ވިއަސް އެކަމަށް އިޖާބަ ދިނުމަކީ މިވަގުތު ވަރަށް މުހިންމު ކަމެއް ކަމަށް ޕްރޮފެސަރު ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާއިރު އޭގެ ތެރެއިން މިއަދާއި ހަމައަށް 3 މީހަކު ވަނީ ބަލިން ސަލާމަތްވެފައެވެ. މީގެ ތެރޭގައި ގިނައިން ހިމެނެނީ އިޓަލީގެ ފަތުރުވެރިންނެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވި މީހުންގެ ތެރެއިން ދެ މީހަކު ރަނގަޅު ކުރުމުގައި އުޅުނު ޑޮކްޓަރުންނާއި ނަރުހުންނަށް ގިނަ ބަޔަކު މިހާރު ތައުރީފު ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައި އުގެއިލް ވެސް ވަނީ އެކަމުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންނަށާއި ސަރުކާރުން މިކަމުގައި ހޯއްދަވަމުން ގެންދަވާ ކާމިޔާބީއަށް ފަށްފަށުން ތަހުނިޔާ ދަންނަވާފައެވެ.

އުގެއިލް މިއަދު ކުރެއްވި ޓްވިޓުގައި ވިދާޅުވީ، ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ސިއްހީ ހިދުމަތްތެރިންނާއި ދިވެހި ސަރުކާރުން ހޯއްދަވަމުން ގެންދަވާ ކާމިޔާބީއަށް ފަށްފަށުން ތަހުނިޔާ ދަންނަވާ ކަމަށާއި ނަމަވެސް މި ވަގުތަކީ ދަތި ދަނޑިވަޅެއް ކަމަށެވެ. އެހެން ނަމަވެސް ކިތަންމެ ދަތި ނިންމުމެއް ސަރުކާރުން ނެރުނު ކަމުގައި ވިއަސް އެކަމަށް އިޖާބަ ދިނުން މުހިންމު ކަމަށް އުގެއިލް ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން 2 މީހަކު ރަނގަޅުވެފައިވާ ކަން ސަރުކާރުން ހާމަ ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި މިއަދު ސަރުކާރުން ވަނީ އިތުރު މީހަކު މި ބަލިން ރަނގަޅު ވެފައިވާ ކަން ހާމަ ކޮށްފައެވެ. މީގެ ތެރެއިން ފުރަތަމަ ރަނގަޅުވެފައިވާ 2 މީހުންގެ ތެރެއިން އެކަކީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11 ގައި ވަރަށް ކްރިޓިކަލް ހާލަތުގައި ފަރުވާދެމުންދިޔަ މީހެކެވެ. އެމީހާއަކީ އުމުރުން 70 އަހަރުގެ އިޓަލީގެ ރައްޔިތެކެވެ.

ސަރުކާރުން ކިތަންމެ ދަތި ނިންމުމެއް ނިންމި ނަމަވެސް އެކަމަށް އިޖާބަ ދިނުމަކީ މިވަގުތު މުހިއްމު ކަމެއް: އުގެއިލް

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ދިވެހި ދަރިއެއް

  މީނާ ދައްކާ ވާހަކަތަކަށް ރައްޔިތުން ޖެހޭނެ ސަމާލުވާން. މީނާ ފޯކަސް އޮތީ ވެރިކަން ކުރުމަށޯ، މީނާ އަކީވެސް ހަމަ ހިތައްއަރާހާ އެއްޗެއް ގޮވާ ގޮލައެއް. ކުރިން ކަންކޮއްފައި ހުރި ގޮތައް ބަލާއިރު މިކަން ދޭހަވޭ. ދެން އެއްވެސް މީހެއްގެ މަޅީގައި ރައްޔިތުން ނުޖެހުން އެދެން. މިފަދަ ދަނޑިވަޅުތަކުގައި ހަޤީގަތުގައި މިމީހުން އެހީވާން ބޭނުންނަމަ ކުޅެވޭނެ ވަރައްގިނަ ރަނގަޅު ރޯލް ހުންނާނެ.

  9
  2
  • ތުއްޓެ

   ވެރިކަމެއް ނުކުރެވޭނެ އަމަލަށް ވުރެ ވާހަކަ ގިނަ މީހަކަށް އެހެންނޫންނަމަ ވާނީ އަންނި އަށް ވީހެން

  • ބޮސް

   ހަސަދަވެރި ވިއަސް ތީ ބޮޑުވަރު. އަނެކާއާ ދިމާލަށް އެއްޗެއް ބުނުމުގެ ކުރިން ތިމާއަމިއްލަ ފެންވަރާއިމެދު ވިސްނާލުން ބުއްދިވެރި. ކިތަންމެ ނުރުހުނަސް މިރާއްޖޭގަ މިވަގުތު ތިބި އެންމެ ތައުލީމީ ދެބޭފުޅުންގެ ތެރެއިން އެކަކު ޕްރޮފިސަރު އުގެއިލުއަކީ. ދެވަނަ ބޭފުޅަކީ ޕްރޮފިސަރ ސައިދު (ޑޮކްޓަރ ހަސަން ސައިދުގެ ބޭބެ). ދެބޭފުޅުންނަކީވެސް އައްޑޫސިޓީގެ ދެބޭފުޅުން. އަޅުގަނޑުމެން ފަހުރުވެރިވޭ އަޅުގަނޑުމެންގެ ސިޓީއަށް ދެބޭފުޅުންވެސް ނިސްބަތްވާތީ. އެއަށްވުރެ މާއުފާވޭ ދިވެހި ގައުމުގެ ދެ ދަރިންނަށްވީތީ. އަޅުގަނޑުމެން ގަބޫލުކުރަންވީ ހަގީގަތަކީ ޕްރޮފިސަރގެ ލަގަބެއް ނުލިބޭނެކަން ތަންދޮރު ނުދަންނަ ބަޔަކަށް. އަހަރުމެންނަށް ނޭނގޭ ކިތަންމެ ކަމެއް އެބޭފުޅުންނަށް އިނގޭނެކަމަށް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނީ. މީ ހަގީގަތަކީ.

 2. މ

  އެއްކަލަ ފަޅުރަށް ވަރަށް އަވަހަށް ލިބޭނެ.... ކުރީ ސަރުކާރު އޮތް އިރު ހީވީ ފަޔައް ހިނި އަރައިގެން އުޅުނު ހެން....

  12
 3. ބަކުރުބެ

  ފުރަތަމަ ކަލޭގެ ދައްކާވާހަކަ ގަބޫލުކުރާނީވެސް މޮޔައިން ބުނަންވީއެތި ރަގަޅު ކޮށްލުމަށް މިގޮތަށް ދެންފަހަރަކު ވިދާޅުވެދެއްވާ (ކިތަންމެދަތި ނިންމުމެށް ނިންމިނަމަވެސް އިސްލާމްދީނަށް ފުށުނާރާގޮތަށް ހުންނަ ކޮންމެކަމަކަށް އިޖާބަދިނުމަކީ މުހިއްމު ކަމެއް)

  10
  2
 4. Anonymous

  ކވޑ ޖެހިގެން މިދުނިޔެ ދޫކުރާމީހުންނަށް ވުރެން އާމްދަނީ ލޮކްޑައުން ކޮއްލުމުން ބަނޑަށް މަރުވާ މީހުން ނުވާނެބާ. މިއީ ސައިލެންޓް ދަތިކުރުމުގެ ފިޔަވަޅަކަށް ނުވާނެބާ.

  6
  3
 5. ހެހެހެހެ

  އިރެވެލަންޓް މީހަކު ހާދަ ރެލެވަންޓް ވާން މިއުޅެނީ.

  7
  2
  • ރެލެވެންޓް

   ކޮންމެ ދިވެހި ރައްޔިތަކަށް ވެސް މިގައުމުގެ ކަންކަމުގެ ޚިޔާލުފާޅު ކުރެވޭނެ. ޢެކަމުގަ އޮންނާނީ އެ ޚިޔާލެއް ގަބޫލުކުރުމާއި ނުކުރުން. ކޮންމެ މީހަކަށް ވެސް އިހްތިރާމް އާއިއެކު މުޚާޠަބު ކުރަންޖެހޭ.

   8
   3
 6. މަ

  މަޝްހޫރު ކަމުގެ ބޭނުން ހިފާ ރައްޔިތުންގެ މެދުގަ ބިރުވެރިކަން އުފައްދަން މަސައްކަތް ކުރާ މީހެއް މީ. މިކަހަލަ މީހުންގެ ވާހަކަތަކާމެދު ރައްޔިތުން ސަމާލުވާން ޖެހޭ...

  8
  3
 7. ހަސަނާ

  މިސަރުކާރަކީވޯޓައްމަކަރުހްދައިގެންއައިސަރުކާރެއް

  2
  1