އާސަންދައިގެ ދަށުން އަވަށްޓެރި އިންޑިއާއަށް ބޭސްފަރުވާއަށް ގޮސްތިބި ދިވެހިން އަނބުރާ އާދެވެންދެން އެމީހުންގެ ހަރަދުތައް ބަލަހައްޓަން އެ ކުންފުނިން ނިންމައިފިއެވެ.
އިންޑިއާއަކީ ގިނަ ދިވެހިން ބޭސްފަރުވާގެ އިތުރުން ކިޔެވުމަށް ދާ ގައުމެކެވެ. އެގައުމުން ކޮވިޑް-19 އަށް މިހަތަނަށް 283 މީހަކު ވަނީ މި ބައްޔަށް ފައްސި ވެފައެވެ. އެހެންވެ، އެގައުމުން މިހާރު ވަނީ ބަލި އިތުރަށް ކޮންޓްރޯލް ކުރުމުގެ ގޮތުން ހަފްތާއެއްގެ މުއްދަތަށް އެއާޕޯޓްތަކަށް ފްލައިޓް ޖެއްސުން މަނާކޮށް، ބަސްދަތުރު ތަކުގެ އިތުރުން ރޭލު ދަތުރުތައްވެސް ހުއްޓާލާފައެވެ.
އާސަންދަ ކުންފުނިން ބުނެފައިވަނީ މިފަދަ ދަނޑިވަޅެއްގައި އާސަންދައިގެ ދަށުން ބޭސްފަރުވާއަށް، އަވަށްޓެރި އިންޑިއާއަށް ގޮސްފައި ތިބި ދިވެހިން، އަނބުރާ ރާއްޖެ އާދެވެންދެން އެމީހުންގެ ތިބުމާއި ކެއުމުގެ ޚަރަދު އިންޑިއާގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ބެލުމުގެ ދަށުން އާސަންދަ އާއި އެންސްޕާ ގުޅިގެން ބަލަހައްޓާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
މިދިޔަ ޑިސެންބަރު މަހު ޗައިނާގެ ވުހާން ސިޓީން ފުރަތަމަ ފެތުރެންފެށި ކޮވިޑް-19 ޖެހިގެން މިހާތަނަށް އިންޑިއާއިން މަރުވެފައިވަނީ 5 މީހުންނެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން 23 މީހަކު ވަނީ ފަރުވާދެވި ބަލިން ރަނގަޅުވެފައެވެ.
ކޮންމެ ދޭތެރެއެއް ހާވައިގަނެގެން ނަމަވެސް އިންޑިއާއަށް ލާރިގަނޑެއް ދެވޭތޯ ބަލާތި. ކުޑަފަދަ މުސީބާތެއްތަ މީ އަޅެފަހެ.
ކަޓެއް. އެއްމެ ރަގަޚެއްނުން އާސަންދޯކުގެ ދަށުން އަވައްޓެރި ލަންކާގައިތިބި ނުވަތަ މެލޭގައި ތިބި ދިވެހިންނަށް އެހީއެއް ފޯރުވަން.
ގަމާރުސޯލު. ވާގޮތް އިނގޭތަ ކަލޯ އަށް؟ މި އުޅެނީ ދިވެހިންތަކެއް ބޭސް ފަރުވާ އަށް ގޮސް ތިއްބާ 22 މާޗް އިން ފެށިގެން އިންޑިއާ އިންޓަނޭޝަނަލް ފްލައިޓް ހުއްޓާލާތީ އަނބުރާ އަންނަން ޓިކެޓް ނަގާފަ ހުރި ފްލައިޓް ތައް ކެންސަލްވެ ނާދެވިގެން.
ލަންކާ އިންވެސް ފްލައިޓް ހުއްޓާފަ ވަނީ. އެތާ އެއާޕޯޓްގަ ދިވެހިން ތަކެއް ތާށި ވިނަމަ އެމީހުންނަށް ވެސް އެހީވާނެ. ދެން ކޮން މެލޭ އެއް އެއީ އާސަންދައިން ބޭހަށް ފޮނުވާ ތަނެއް ނޫން. އެތަނުން އެބުރި ނާދެވިގެން އުޅެނީ އެކި ބޭނުމުގަ އެތާ ސެޓްލް ވެގެން އުޅޭ ބައެއް. ދުވަހު ކުލީ ކޮޓަރި ގަނޑު ދޫކޮށް އެއާޕޯޓަށް ދިޔަ ބައެއްގެ ވާހަކަ މި ދައްކަނީ.
އަހަރެންނަށް ހީވަނީ ލިޔެފަ އޮތްއެއްޗެއް ނުކިޔާހެން ކޮމެންކުރަނީ