ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން ހިނަވާ ކަފުންކޮށް، އަދި އެމީހުންގެ މައްޗަށް ކަށު ނަމާދުކޮށް، އަދި ވަޅުލަން ވެސް ވާނެ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް މިރޭ ވިދާޅުވެއްޖެއެވެ.

އިޔާޒް ޓުވިޓާ މެދުވެރިކޮށް ވިދާޅުވީ ކޮވިޑް-19 ޖެހިގެން މަރުވާ މީހަކު ހިނަވާ އަދި ފުރޮޅާ ހެދުމުގެ ސަބަބުން ހިނަވާ މީހުންނަށް (ޖަމާއަތްތެރިންނަށް) ބަލި އަރާފާނެ ކަމުގެ ބިރު އޮތް ހާލަތުގައި އެފަދަ ބަލިތަކުގެ މީހުންނަށް ފަރުވާ ކުރާ ޑޮކްޓާރުން ލައިގެން ތިބޭ ކަހަލަ ހެދުމެއް ލެވިދާނެ ކަމަށެވެ.

އިޔާޒް ވިދާޅުވީ، މައްޔިތާގެ ހާލަތު ހުރި ގޮތުން ނުހިނެވޭނެ ނަމަ ކަންތައް ކުރަން ޖެހޭނެ ގޮތަކީ، އެ މީހެއްގެ ހަށިގަނޑުގައި އަތް އުނގުޅާ އަދި ފުރޮޅާ ހެދުމުގެ
ބަދަލުގައި އޭނާގެ ގަޔަށް ފެން އަޅާލުން ކަމަށެވެ.

"މިއިން އެއްވެސް ކަމެއް ކުރެވޭ ވަރަށް ވުރެ ހާލަތު ގޯސް ނަމަ، މައްޔިތާ ތަޔައްމަމް ކުރުވާނީއެވެ. ތަޔައްމަމު ވެސް ކުރެވޭ ވަރު ނުވާ ނަމަ، އެއްވެސް ކަމެއް
ނުކޮށް ވަޅުލާނީއެވެ،" އިޔާޒް ވިދާޅުވިއެވެ.

އިޔާޒް ވިދާޅުވި ގޮތުގައި، ކޮވިޑް-19 ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިނުވުމަކީ އެކަށީގެންވާ ކަމެމެވެ.

"މިފަދަ ހާލަތުގައި ގަބޫލު ކުރަންވީ ކަމަކީ، ގިނަ ބަޔަކަށް ޖަނާޒާގައި ބައިވެރި ނުވެވުނީ މަގްބޫލް އުޒުރެއް އޮވެގެން ކަން ﷲ ދެނެވޮޑިގެންވެއެވެ. އެހެންކަމުން މައްޔިތާ އަށް ހެޔޮ ދުއާކޮށްދޭނީއެވެ. ޖަނާޒާގައި ވެސް މައްޔިތާއަށް ހެޔޮ ދުއާކޮށް ދޭނީއެވެ. ޖަނާޒާ އިން ބޭރުގައި ވެސް މައްޔިތާ އަށް ހެޔޮ ދުއާކޮށްދޭށެވެ. އިންޝާ ﷲ އޭގެ ފައިދާ މައްޔިތާ އަށް ކުރާނެއެވެ،" އިޔާޒް ވިދާޅުވިއެވެ.

ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރިފައިވާ އިރު، މި ވައިރަސް ޖެހިގެން އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ. އަދި މި ވޭނުގައި މިހާރު ވެސް އެތައް ބަޔަކު އުޅެމުން އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޗަކޮއެ

    މިކަހަލަ ހާލަތެއް މެދުވެރިނުކުރައްވާށި. އެކަމަކުވެސް ސުވާލަކީ މިފަދަހާލަތަކަށް ސަރުކާރު ކިހާވަރަކަށް ތައްޔާރުތޯ. އަދިމައްޔިތާ ވަޅުލުމަށްފަހު ބިންގަނޑުގައި ކިހާމުއްދަތަކަށް ވައިރަސް ހުރޭތޯ. ޖެހިގެންއަންނަދުވަހު ކައިރީގައި އެހެންވަޅެއް ކޮންނަން ޖެހިއްޖެނަމަ ވައިރަހުގެ އަސަރު ދިރުތިބީންނަށް ކޮށްފާނެތޯ.

    36
  2. ސޮނިފޮހެުގެ މަަންމެ

    ތާއީދު ތާއީދު ބުއްޅަބޭ ތިކަމާ ކީކޭބާ ބުނާނީ

    26
    5
    • ކަކުނި ބޯޅި

      ބުއްޅަބޭ ބޭނުންވާނީ ޔޫ ރަޕް ދޮންމީހުން ހަދާގޮތެއް ބަލައިފައި އެގޮތެއް ހަދަން. ނޫނީ ތިޔަކަަށް ގޮތެއް ނިންމާނީ މަ ރުކަމިޝަނުން.

      • އީވާން

        ބުޅައްބެ ދޭ އެހެންވިއްޔާ

    • ލޮލް

      ތި ބުއްޅަ ބޭ އެއީ ކާކު؟

      1
      2
      • ދި

        ގެރި އަންނި

  3. ޓ

    ޢޯކޭ

    6
    1
  4. ދަތްދޫނި

    ﷲގެ ކުލަދުން ވަންތަވެރިކަން ދެކޭށެވެ. މިކަމުންވެސް އިބްރަތް ލިބިގަނެ މިދުވަސް ކޮލުވެސް ގޭގައި މަޑުކުރުމަކީ ވަރަށް މުޙިންމު ކަމެކޭ ޑޮކްޓަރުން ގޮވާ ނަގާއިރުވެސް މާލޭގެ މަގުތައް ހީވަނީ ކުޑަވަރެއްގެ އީދެއް އައިސްގެން އުލޭހެންނެވެ. ހުރިހާ މީހުންވެސް މިކަމުގައި އެއްބާރުލުން ދޭށެވެ. ކަމުގެ ހުރި ސީރިއަސް ކަން ދެކޭށެވެ.

    29
    1
  5. މާނައަކީކޮބާ؟

    ޑރ.އިޔާޒް ކަލޭ ތިހެން ތިބުނީ ތިބުނި ފަދަ ގޮތަކާ ޚިލާފަށް މިދިވެހި ރާއްޖޭގައި އެއްވެސް މުސްލިމް އަކާއި މެދުގައި ކަންތައް ކުރެވިފައި ވޭތަ؟

    10
    19
    • ޙާލަތު

      ކޮންމެ ކަމެއްގަ ބަސްބުނަން ޖެހެނީ ވާނެހައެތި ވީމާތަ؟؟؟ ހެޔޮގޮތެއް އޮވޭތަ؟؟؟

      4
      2
  6. ދުއްޕާން

    ކަލޭ ހުރޭ އެކަންތައް ކުރަން ކެތް މަދުވެފައި . ފިލާ އޮވެ ނުކުމެ ކަލޭ އަނގަ ނުހުޅުވަ ބަލަ.

    5
    2
  7. ބަކުރު

    މިފަދަ ހާލަތްތަކުގައި އަމަލް ކުރަންވީ ގޮތާއި ސުންނަތުން ސާބިތުވާ އެންމެ އެދެވޭ ދުއާތަށް ރަށްތިތުންނަށް ތިލަކޮށް ދިނިއްޔާވާނީ ކީއްތޯ؟

  8. އީތޭން

    އިރާދުކުރެއްވިއްޔާ ރަގަޅު ވާނެ.