އަބްދުލްރަހީމް އަބްދުﷲ - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ގާނޫނުގެ ބޭރުން ދައުލަތް ހުއްޓުވުމުގެ ފުރުސަތު ދައުލަތުގެ ވަކި ބާރަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އޮވެގެން ނުވާނެ ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނުގެ ބޭރުން ދައުލަތް ހުއްޓުވުމުގެ މަސައްކަތް ވަކި ބާރަކުން ނުވަތަ މުއައްސަސާ އަކުން ކުރާނަމަ އެކަން ހުއްޓުވުމުގެ ބާރު ދައުލަތުގެ އެންމެ އިސްވެރިއަކަށް އޮންނަން ވާނެ ކަމަށެވެ.

ސަރުކާރު ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރު އަދި އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރަކީ ވެސް ދައުލަތުގެ ބާރެއްކަން ފާހަގަކުރަމުން އަދުރޭ ވިދާޅުވީ މި ތިންބާރު އެކުލެވޭ މުޅި ދައުލަތުގެ ވެރިއަކު ހުންނަ ކަމަށްވާނަމަ އެހެން ބާރުތަކަށް ނުލިބޭ ބާރާއި އިހުތިޔާރު މުޅި ދައުލަތުގެ ވެރިއަކަށް އޮންނާނެ ކަމަށެވެ.

އަދުރޭ މިހެން ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގާނޫނީ ޒިންމާ އަދާނުކުރާނަމަ އެކަމަށް ހައްލެއް ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުން މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލު ކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައިވާ ޤާނޫނު ބާތިލް ކުރާނެ ޤާނޫނީ ހަމައެއް ނެތް ކަމަށް ނިންމި ޙުކުމުގައެވެ.

ސުޕްރީމް ކޯޓުން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހިނގަމުން ނުދާނަމަ ފިޔަވަޅު އެޅުމުގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވަނީ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާ ގެ (ހ) ގެ ދަށުން ކަމަށެވެ. އެމާއްދާގައި އޮންނަނީ މި ޤާނޫނު އަސާސީ އާއި ޤާނޫނުން ކަނޑައަޅާފައިވާ ކަންތައްތައް އިޚްލާސްތެރިކަމާއެކު ތަންފީޛުކޮށް، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ޤާނޫނު އަސާސީ އާއި ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ބާރުއަޅަން ޖެހޭނެ ކަމަށެވެ

ސުޕްރިމް ކޯޓުގެ ޙުކުމުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ވާޖިބުތައް އަދާނުކޮށް، ސަރުކާރު ހުއްޓުމަކަށް ގެނައުމަށް މަސައްކަތް ކުރާނަމަ، ރައްޔިތުންގެ މަޖިލިސް އުވާލައި، އަވަސް އިންތިޚާބަކަށް ގޮވާލުމުގެ މަސްއޫލިއްޔަތު ބަރުލަމާނީ ނިޒާމްތަކުގައި ވެސް ދައުލަތް ހިންގުމުގެ އެންމެ އިސްވެރިޔާއަށް ލިބިގެންވާކަމަށެވެ.

ރައްޔިތުންގެ މަޖިލިސް އުވާލުމުގެ ވާހަކަ ރާއްޖޭގެ ޤާނޫނު އަސާސީގައި ސީދާގޮތެއްގައި ބަޔާންކޮށްފައި ނުވި ނަމަވެސް ރައްޔިތުންގެ މަޖިލިސް އުވާލުމުގެ ބާރު ސެމީ-ޕާލަމެންޓްރީ ސިސްޓަމްތައް ހިންގާ އެހެން ގައުމުތަކުގައި ވެސް ރައީސް އަށް ލިބިފައި އޮވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބާރަ މެމްބަރުންގެ ގޮނޑި ގެއްލުމުން ވެސް އެނުގެއްލޭ ކަމަށް ހަދައިގެން އެމެން ދަ ރާއްޖެތެރޭގައި އޮޅުވާލައިގެން މަކަރާއި ހީލަތުން އުޅޭ އުސޫލުން އެމެން ހީކުރީ މަމެން ޕިންކީންގެ ވެރިކަމުގައި އުޅެވޭނެ ކަމަށްތޭ. ނުވާނެ އެކަމެއް އެހެން ނުވާނެއޭ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ މެން ޖެހޭނީ މަހަށް ދާން ޕްރޮޕެގެންޑާ ފަތުރައިގެން ދެން ރާއްޖޭގައި ސިޔާސީ ގޮތުން ކްރެޑިޓްސް ހޯދަން ބޭނުން ނަމަ. ތަމެން އަލްޖަޒީރާ ޗެނަލަށް ފޭކް ވީޑިއޯ ތައްޔާރު ކޮށްފައި ދިން ދުވަހުން ފެށިގެން މަމެން ނިންމައިފިން ދެން ތަމެން ފަތުރާ ޕްރޮޕެގެންޑާ އެއީ ދެން ރަނޑު ބަދިގޭގައި ހަނޑޫ ހޮވަން ތިބެފައި ތަމެން ދައްކާ އޭނާ އިނދެފި މީނަ ވަރިކޮށް ފި މިވާހަކަ ކަން މިހާރު ތަމެންނަށް އެނގިެއްޖެއެއް ނޫންތޭ. ތަމެން ރަށު ކޮރަޕްޓް އުއްތަމަ އޭ އަށް 5 މިލިއަން ޑޮލަރު ދީގެން ދަ ނަހަލާލު ކޯޓް އަމުރު ނެރެގެން ވެރިކަން ބަދަލު ކުރެވުނުތޭ އުއްތަމައޭ މެން ޖެހުނީ ދަ ހުދު ޖަނގިޔަލޭ އާއި އެކު ދަނޑި ދަމަން ދޯ މަމެންނާއި ޖެހުމުން. ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ދެން ސީލަ ބަލަ ސީލާ ސީލާ ސީލާ ސީލާ..