މިހާރު ދުނިޔޭޣައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އިމްޕޯޓުކުރާ ބައެއް އިތުރު ތަކެތީގެ ޑިޔުޓީ ކަނޑާލައިފިއެވެ.

އަލަށް ޑިއުޓީ ކަނޑާލާފައިވަނީ ޕްރޮޓެކްޓިވް މާސްކާއި ހޭންޑް ވޮޝްއާއި ޕްރޮޓެކްޓިވް ގްލޯވްއާއި ފޭސްޝީކްޑާއި ޑިސްއިންފެކްޓް އިންނެވެ. މީގެ ކުރިނ ކަސްޓަމްސްއިން ވަނީ ރާއްޖެ އެތެރެކުރާ ސާޖިކަލް މާސްކާއި ސެނިޓައިޒާއިން ނަގަމުން އައި ޑިއުޓީވެސް ކަނޑާލައިފައެވެ.

މިކަން ކޮށްފައިވަނީ ރައީސުލްޖުމްހުރިއްޔާއަށް ލިބިފައިވާ ވަކި ޙާއްސަ ބާރެއްގެ ދަށުންނެވެ. އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ އަށް ވަނަ މާއްދާގެ ހ. އަދި ށ. ގައިވާ ގޮތުން، މުޅި ރާއްޖޭގެ ރައްޔިތުންގެ މަންފާއަށް ޓަކައި ނުވަތަ ވަކި ރަށެއްގެ މަންފާއަށްޓަކައި ރާއްޖެ އެތެރެކުރާ ތަކެތިން ޑިއުޓީ މާފުކުރުމުގެ ބާރު ވަކި ހާއްސަ ހާލަތްތަކެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

މުޅި ދުނިޔެއިން މިހާތަނަށް 303,488 މީހުންނަށް ކޮވިޑް-19 ޖެހިފައިވެއެވެ. ދިވެހި ރާއްޖެއިންވެސް މިހާތަނަށް 13 މީހަކު މިބައްޔަށް ފައްސިވެފައިވެއެވެ. އޭގެތެރެއިން 3 މީހަކު މިހާރު ވަނީ މި ބަލިން ރަނގަޅުވެފައެވެ. އަދިވެސް މި ބަލި ޖެހިފައި ތިބި 10 މީހަކު ރާއްޖޭގައި އެބަ ތިއްބެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާއެކު ސާޖިކަލް މާސްކާއި ސެނިޓައިޒާއަށް އޮތް ޑިމާންޑު ވަނީ ބޮޑުވެފައެވެ. އަދި އެ ތަކެތީގެ އަގުވެސް ވަނީ އުފުލިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އާދަނު

    މީ ޑިއުޓީ ކުރިން ވެސް ނަގަން ޖެހޭ އެއްޗެސެއްވެސް ނޫން ރައްޔިތުން ހައްދައިގެ 2 ޓެކްސް ނަގާ ޖީއެސްޓީ ލައިގެން
    ފުރަމަ ބުނީ ރައްޔިތުން އަތުން ޓެކްސް ނުނަގާނަމޭ ވިޔަފާރިން ނޭ ނަގާނީ ކިޔާފަ ރައްޔިތުން ގުނބޯ ހައްދާ ފަ ޓެކްސް ނަގަން ފެށީ

    13
  2. ލޮނުމިރުސް ޓޯޓޯ

    އަގުހެޔޮކޮން ތިލިބޭނެބާއޭ ހިތައްއަރަނީ ހާދަ ހީނުވެޔޭ

    • Anonymous

      އަގުހެޔޮކޮށެއް ނުލިބޭނެ. 12 ރ. އަށް ހޯލްސޭލް ކުރި ސެނެޓްރައިޒަރ ބޭސްފިހާރަތަކުގައި އާންމު ފަރުދުންނަށް ވިއްކީ 35ރ. އަށް. މި ވެރިން ހިތައްއަރަނީ މުއްސަނދިވާންވީ ވަގުތު މިޖެހުނިއްޔޭ!!!

  3. އަހްމަދު

    ޓެކްސް ކަނޑާލިއަކަސް ތިޔަތަކެތި މިހާރު ލިބެނީ ޓެކްސްނެގި އިރު ލިބުނު ވަރަށްވުރެ ޑަބަލް ބޮޑުއަގުގައި. ރައްޔިތުންނަށް ކުރާ ފައިދާއެއްނެތް. ތިވެސް ވިޔަފާރިވެރިންނަށް ފައިދާކޮށްދޭން ކުރާކަމެއް.

  4. މަލަކާ

    ބަލަ މިސަރުކާރަކީ މުޅިންވެސް ދިވެހިރައްޔަތުންނައްއޮޅުވާލުން ރައީސްޔާމީނުއަކީ ވިސްނުމާ އެކު މިގައުމުހިންގިވެރިއެއްހޮސްޕިޓަލް ސަޅި ؟؟މި އިބްރާހިމް ރައީސް އަކީނާގާބިލް ރައީސް؟؟