ކޮވިޑް-19 ފެތުރެން ފެށުމުން ވެސް އިންޑިއާ އިން މަސައްކަތް ކުރަމުން ގެންދަނީ ދެކުނު އޭޝިއާގެ ގައުމުތަކަށް ނުފޫޒު ފޯރުވައި، އިންޑިއާގެ ބާރުގެ ދަށަށް ގައުމުތައް ގެންދަން ކަމަށް ރަޝިއާގެ އެންމެ ވަރުގަދަ އެއް މީޑިއާ ކަމަށްވާ "އާރްޓީ" އިން ބުނެފިއެވެ.

"އާރްޓީ" ވެބްސައިޓްގައި ޝާޢިއު ކޮށްފައިވާ ލިޔުމެއްގައި ވަނީ ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގެ އިސް ނެގުމަކަށް އުފައްދާފައިވާ ފަންޑަކީ ވެސް ކޮވިޑް-19 އާއި ގުޅިގެން އަނެއްކާވެސް ދެކުނު އޭޝިއާގެ ގައުމުތަކުގައި ޗައިނާގެ ނުފޫޒު ގަދަވެދާނެތީ އެކަން ހުއްޓުވަން އިންޑިއާ އިން ކުރި ކަމެއް ކަމަށެވެ.

"އިންޑިއާ އިން މިވަނީ ސާކް ކޮވިޑް-19 އެމަޖެންސީ ފަންޑް" ނަމުގައި ފަންޑެއް އުފައްދާ 10 މިލިއަން ޑޮލަރު އެފަންޑަށް ދީފައެވެ. މިއީ އިންޑިއާ އިން ކޮވިޑް-19 އާއި ގުޅިގެން އަވައްޓެރި ގައުމުތަކާއި މެދު ހާއްސަ ސަމާލުކަމެއް ދޭކަން ދައްކުވައި ދިނުމަށް ކުރި ކަމެކެވެ. ނަމަވެސް ހަޤީޤަތުގައި މިއީ އިންޑިއާގެ ނުފޫޒާއި ބާރު ދެކުނު އޭޝިއާގައި ގަދަކޮށް، މޯދީގެ މަގުބޫލްކަން އިތުރު ކުރުމަށް ކޮށްފައިވާ ކަމެކެވެ." ރިޕޯޓްގައި ބުނެފައި ވެއެވެ.

"އާރްޓީ" ގައި ބުނެފައި ވަނީ ދެކުނު އޭޝިއާގެ ގައުމުތަކާއި އެކު ބެއިޖިން އިން ގާތް ގުޅުމެއް އުފެއްދުމަކީ ނިއު ދިއްލީން އެންމެ ބޮޑަށް ކަންބޮޑުވާ ކަންތައް ކަމަށެވެ.

މޯދީ މިހާރު ސާކްގެ ގައުމުތައް ބައިވެރިވެގެން ފަންޑެއް އުފެއްދި ނަމަވެސް ހަޤީޤަތުގައި ސާކްގެ ކުރިއެރުމަށް މޯދީ ހުރަސް އަޅާފައިވާކަން ނޫހުގައި ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން 2016 ވަނަ އަހަރު ޕާކިސްތާންގެ އިސްލާމްއާބާދުގައި ބާއްވަން އުޅުނު ސާކް ސަމިޓް އިންޑިއާ އިން ބޮއިކޮޓް ކުރުމަކީ ސާކްގެ ކުރިއެރުމަށް މޯދީ އެޅި ހުރަހެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވެއެވެ.

މީގެ އިތުރުން މަލްޓި-ސެކްޓޯރިއަލް ޓެކްނިކަލް އެންޑް އިކޮނަމިކް ކޯޕަރޭޝަންގެ ނަމުގައި ޕާކިސްތާނާއި ނޭޕާލް އަދި ސްރީލަންކާ ބައިވެރިކޮށްގެން ޖަމިއްޔާ އެއް އުފައްދާ އެޖަމިއްޔާގައި ބައިވެރިވުމަށް އަފްޣާނިސްތާނާއި ދިވެހިރާއްޖެ އަށް ދައުވަތު ދިންކަން ފާހަގަ ކޮށްފައި ވެއެވެ. ނަމަވެސް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެ އިން ވަނީ އެޖަމިއްޔާގައި ބައިވެރި ނުވާން ނިންމާފައެވެ. މިއީ ސާކްގެ ބަދަލުގައި މޯދީ އުފައްދަން ބޭނުންވި ޖަމިއްޔާ އެކެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މޯދީ ރާއްޖެ ވަޑައިގަންނަވަން ދެކޮޅު ހެއްދެވިކަން ވެސް ރަޝިއާގެ ނޫހުގައި ފާހަގަ ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ގެރި

    ދިވެހިރާއްޖެ އިންޑިޔާ ދަށުވާން އަދި ނުވާންވެސް ކުރާނެ ކަމެއްނެތްމިހާރަކު! ވެރިކަން އަތުލާފަދިނީ އަޅުވެތިވެގެން ތިބެން އިންޑިޔާ ބުނާގޮތެއްހަދައިގެން!

    128
    4
  2. ހަސަދު

    މިއީ ހާދަ އިންޑިޔާއާ ދެކޮު ބައިގަނޑެކޭ. އެހެނަސް ބަލިވީމާ އިންޑިޔާ އަށް. އެނޫން ޮތެއް ނެތް. ޗައިނާ އަކަސް އާދައިގެ ދިވެއްސަކަސް ނުދެވޭނެ. ސިޔާސީ ކުދިންކޮޅަސް ފަހަރުގައި ދެވިދާނެ. ވީމާ ދިވެހިން އާދައިގެ މިހާ އަށް އެންމެ ފައިދާ ބޮޑީ އިންދިޔާ އޭކިޔައިގެން ހަޅޭން ނުލެވުން.

    9
    166
    • އަލީ

      ބަލިވީމަ ބޭސްކުރަނީ ފައިސާދީފަ. މީއަޅުވެތިވާން ޖެހޭސަބަބެއް ނޫން.

      104
      1
    • ފަލަޑޭ

      އަހަރުމެން ފައިސާ ހިފައިގެން ބޭސް ކުރަން ދާތީއޭ އިންޑިޔާގެ ނިކަމެތިން ކައިގެން ބޮއެގެން އުނުއޮރިޔާން ނިވާކޮށްގެން ތިބެނީ.

      30
      1
  3. ނަސީދު

    ރާކަނިމަސް ކެވޭނެ ދުވަސް ކޮޅަކުން ބަލަންތިބޭ

    101
    3
  4. Anonymous

    މިވަރުވާއިރުވެސް ނޭގޭކަމަށްހެދިގެން ގިނަމީހުން މިއުޅެނި އަމިއްލައެދުންބޮޑުކަމުން ލާރިކޮޅަކަށްޓަކާ ގައުމުވިއްކާލަނީ!މިލިޓަރީބޭސްވެސް %90 އަޅާ ނިމިއްޖެ! އެކިއެކިނަންނަމުގަ އެހީވުމަށޭކިޔާ އިންޑިއާ މިލިޓަރީ ސިފައިން ގެނެސް މިތަން ފުރާލަނީ! ކޮބާތޯ ދީނާ ގައުމަށްޓަކާ ފިދާވާން ﷲގަންދީހުވާކޮށްގެންތިބި ސިފައިންނާ ފުލުހުން! ތިބޭފުޅުން އެބަތިއްބެވިންތޯ؟

    123
    3
  5. ހަގީގަތް

    ކޮންމެ ބަޔަކު ބުންޔަސް ތެދެއް ވާނީ ތެދަކަށް. ޗައިނާ ގާތް ކަމެއް ބާއްވާކަށް ގެރި މޯދީ ބޭނުމެއް ނޫވާނެ. ބުއްޅަބޭ އެއީ މިހާރު ގެރި މޯދީގެ އެއް އަތް. ބުއްޅަބޭ އިންޑިޔާ އަށް މިގައުމު ވިއްކާލާނެ ފިޔާ ބަސްތާ އަކަށް ވެސް

    128
    4
  6. Anonymous

    ޗައިނާ ސަފީަުގެ އަރިހައްގޮސް އިންޑިއާއިން އެއަޅާ ބިސް ގެވާހަކަ ދައްކާނެ އިދިކޮޅުޕާޓީގެ ބޭފުޅަކުވެސް ނެތީތޯ! މުޅި ދުނިޔޭގެ ސަމާލުކަން މިކަމަށް ގެންނަން އެބަޖެހޭ! އިންޑިއާގެ މަކަރުވެރިރޭވުން ނާކާމިޔާބުވޭތޯ ދުއާކުރޭ!ކޮވިޑް 19 އަދި ޗިޗަންޑާ19 މިއީ ބަލާވެރިކަމެއް

    89
    2
  7. ހުސޭނުބޭ

    މި ގައުމުގެ ސަރުކާރުގައި ތިބި ބޯގަޅިން އިންޑިޔާގެ މިލިޓަރީ މިތަނަށް އަރުވާފި ކޮވިޑް ކޮންޓްރޯލްކުރާށޭ ކިޔާފައި. އެކަމަކު އިންޑިޔާއިން އެ އުޅެނީ މާސްކުގަނޑެއްވެސް އެހެން ޤައުމަކަށް ދޭން ނުކެރެގެން! އިބޫ ޞާލިޙްގެ ބޯގަޅިކަމާއޭ!

    99
    3
  8. މާމީ

    އިިދިކޮޅު ޕީޕީއެމް މީހުން ތަފާތު ޕޮރުގުރާމް ތަކުގަ އިންޑިއާ އިން ދިވެހިރާއްޖެ އަށް ކަންތައް ކޮއްދޭ ގޮތުގެ ވާހަކަ ދެއްކީމަ މިސަރުކާރުން އަބދުވެސް ބުނަނީ ފިތުނަ އުފައްދަން ދައްކާވާހަކަ ކަމަށް މިއޮތީ ރަޝިޔާގެ ޕީޕީއެމް ޖަގަހައިން ނެރެފަވާ ރިޕޯރޓެއް .. ގަދަ .................

    98
    3
    • ސައިއްޓޭ ރ އުނގޫފާރު

      މާދަމާ ރަސިޔާގެ އާރު ޓީވީ ބަންދުކުރަން ބުއްޅަބެ ނިމްމާނެ ޕުޓިންޖަލަހްވެސް ލާނެ

      46
  9. ޓައްޕު

    ހޮޅިންނާ މަލާބާރިންނާ ކަނޑު ފޭރޭ ރަސްގެފާނު ކަންނަންނޫރު އަލިީރާޖާ އަދި ވިޒޯރު ފަދަ މީހުން އުފެއްދި ގައުމު ރާއްޖެ އަށް ދުވަހަކުވެސް ހެވެއްނޭދޭނެ ހިތި ގޮތަކަށް އެމިީހުން ރާއްޖެ އިން ބޭރުކޮށްލީ ދިވެހި ގަޓް ހުރި ސްމާޓް ފިރިހެނުން އެހެންވީމަ ޔާމީން އާ ޖައްސާލައިގެން ނެއްޓެން ނޭގިގެން އެއުޅެނީ ވެސް ދިވެހި ރާއްޖޭގައި ވަތަނީ މީހުން އުފެދޭތަން ބަލަން އިންޑިޔަާ އަށް ކެއްނުކުރެވޭނެ މީ ހަގީގަތް ދިވެހިންނަށް އެހީވާން ނޫޅެ މަލިކު ތަރައްގީ ކުރިއްޔާ މާ ތާހިރުވިސް

    65
    2
  10. އަލީ

    ބަލިވީމަ ދަނީ ހިލޭއެއް ނޫން. ލާރި ދީފަ. އޭގެ މާނައެއްނޫން އެއީ އިންޑިއާއިން ދޭ އެހީއެކޭ. އެއީ ވެސް ވިޔަފާރިއެއް. ބުރާންތި ވެފަ ތިބޭ މީހުނަށް ލޯނުވެސް ވާނީ ހެޔޮފުޅުކަމުން ދޭ އެހީއަށް.

    73
    1
  11. ޒީރޯ ޓޮލަރަންސް

    ތިޔަ ގެރި މޯދީއާ ދުރަށް ދާން އެބަޖެހޭ؟ އިންޑިއާ އާއިއެކު ގާތްގުޅުމެއް ބާއްވައިގެން ލިބުނު ކުރިއެރުމެއް ނެތް. ޗައިނާއާއި އެކު ފެށި ބޮޑެތި ބިޔަ މަޝްރޫއު ތަކުގެ ނަތީޖާ އެހެރީ ފެންްނަން.

    68
    1
  12. ލޯމެރިފަ

    ރާއްޖޭގެ ރައްޔިތުން ހާލުގަޖެހިފަވާ މި ދަނޑިވަޅުގަ އަވަސް އަރުވާލާފަ މުސްލިމުންނަށް އަނިޔާ ކުރާ މޯދީ ބުނެގެން 2ލއްކަ ޑޮލަރުވެސް ދީފި .
    މިވާހަކަ ދައްކާނެ ނޫހެއްވެސް ރާއްޖޭގަ ނެއް .

  13. ސާރކުގެ ތަރައްގީ ގައުމެއް؟

    އިންޑިއާ އަކީ މާހެޔޮއެދޭކަމަށް ހެދިގެން އުޅޭ މަކަރުވެރި ބަޔެއް. އަބަދުވެސް އެމީހުންގެ ތައްޕާހުގަ އުޅެންޖެހޭނީ. އިންޑިޕެންޑެންޓް ވުމަކަށް ނޭދޭނެ. ވިސްނާލާ.

  14. ސިއްރުކުރި އެއްބަސްވުން

    ދިވެހިން ސިޔާސީ ވެގެންގޮސް އިންޑިއާ އަށް މިގައުމު އަޅުވެތި ނުކުރައްވާ.

    16
  15. ކަނީރު

    އަހަ މިވަނީކިހިނެއް؟ ދޮންމީހުން ދައްކާވާހަކަ މިހާރު އަޑުއަހަނީތަ؟ ދޮންމީހުން ނުވަތަ ފަރަންޖީންވެސް ތިމާއެދޭގޮތަށް ވާހަކަ ދައްކަންޏާ އޯކޭ ދޯ. ގަދަ ކަލޭމެން

    1
    6
  16. ކަނީރު

    ސަރުކާރުން ނުވަތަ މީޑިއާ އަކުންވެސް ކުރަންވީކަމަކީ ރައީސް ނަޝީދުގެ ހަބަރެއް ނުވަތަ އިންޑިއާގެ މިފަދަ ޚަބަރެއް ދޭތެރރެަކުން ޖަހާލަންވީ. އެއިރުން މިބައިގަނޑު ނުކައި ނުބޮއި ތިބޭނެ ތަރަތަރަ ލައްވަން. ގޭގަ މަޑުކުރުވަންވެސް ރަނގަޅުގޮތެއް.

    2
    3
  17. ށަބީ

    ވައިރަހެއް ދުނިޔެ ކުޑަކަކޫ މައްޗަށް ތިރިކޮށްފި. މާނައަކީ؟ ކުޑަ އީމާންކަމެއް ބޭނުންވަނީ އިންޑިޔާ ފައްސާލަން

  18. އަލީރަސީދު

    އިންޑިޔާ އަށް ސަލާން ނުޖަހާ ދިވެހިރާއްޖޭގެ ހުރިހާ ކަމެއް ހަމަމަގައް އަޅުވާނެ ކަން އިންޑިޔާ އަށް ޔަގީންވާތީ ބޮލެއްނެއް ބަޔެއްގެބޯކާލައިގެން ތިހިންގާކަންތަކައްވެސް ނިމުން އެބައޮތް