ލ. ގަމު ތުނޑީ އަވަށު ބަނދަރުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޭ އަލިފާން ރޯކޮށްލައިފިއެވެ.
ފުލުހުން ބުނި ގޮތުގައި ގަމު ތުނޑީ އަވަށު ބަނދަރުގައި އޮތް ލޯންޗުގައި ރޯކޮށްލި ކަމަށް ބެލެވެނީ ރޭ ފަތިހު ހަތަރެއް ޖަހާކަން ހާއިރު ކަމަށެވެ. ފުލުހުން ބުނި ގޮތުގައި އެމްއެންޑީއެފުން ލޯންޗު ކައިރި އަށް ދިޔަ އިރު، އޭގެ ވާގަނޑު ވެސް އޮތީ ކަނޑާލައިފައެވެ.
މިއީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށް ލަފާ ކުރެވޭ ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާގައި ލޯންޗު ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަދި ބަނދަރުގައި އަޅާފައި ހުރި އެހެން އުޅަނދަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މިއޮތްފަދަ ހިތާމަވެރި ދަނޑިވަޅުގައި ރައްޔިތުންނަށް ޚިދުމަތްކުރަން ހުރި ރައްޔިތުންގެ މުދަލުގައި ހުޅުޖަހަންވީތަ؟ ގޮތެއް ފޮތެއް ނެތަސް މީ ބޮޑުވަރު. ގޮޅިޖެހި ގަމީހާއި ހަތަރެސްފައި ތޮރުފައިގެންނާއި އޮޅައިގެންނާއި ކަރުގައި ފަށްއަޅައިގެންނާއި ބޯދިގުކޮށްގެން މަތިމައްޗަށް ބޮލަށް ދޯރި ފައްތައިގެން އުޅޭ މިލަ ގޮޅިޖެހި ގަމީސް ލައިގެން ލާޗާރުބިޗާރަށް އުޅޭ ބަންގާޅީންނަށްވުރެ ހަޑިމުޑުދާރު ހުތުރު ސިފައަށް މިލަމަތީގައި މިލަޖަހާފައި ފެން ނުވަރައި ބޮލުފުނާ ނާޅައި ތިބޭ ޒުވާނުންގެ އުނދަގޫ ބިދޭސީންނަށްވުރެ މާބޮޑު. ފެންނަހައި ތަނަކުން ބޭބޭއޭ އެހީއެއް ވެވެން ނެތްހޭ، ސައިބޯނެ އެއްޗެއް ދެވެން ނެތްހޭ، ވިއްސަކަށް ރުފިޔާ ދެވެން ނެތްހޭ، ކިޔަމުން ހިނގާ ކުނިމިލައިން ފުރިގެންވާ ޒުވާނުންގެ އުނދަގޫ މާބޮޑު. މި މައްސަލަ ހައްލުކުރަން ނޫޅެނީ ކީއްވެގެންތޯ؟ ޖަލަށް ލުން އެއީ އިންސާނީ ހައްގަކަށް އަރައިގަތުން ކަމަށްވާތީ އެކަން ނުކުރިޔަސް، އެއްވެސް އަދަބެއް ނުދީ މިނިވަންކަން މަތީގައި އުޅެވޭގޮތަށް އިހުގައި ޖުޒާމްބައްޔާއި ބަރަސްބަލި ޖެހޭ މީހުން ވަކި ރަށަކަށް ލީ ގޮތަށް މި މީހުންވެސް ވަކި ރަށަކަށްް ލާއި ބައިތިއްބާކަށް ނުވޭތޯ؟ މި ނޫން ގޮތެއް މި ނޫން ހައްލެއް މިކަމަށް ނެތް ކަމަށް ފެންނަނީ. ރައްޔިތުންނަށް ހެޔޮއެދޭ ރައްޔިތުންނަށްޓައި އަނގައިން ޖާނުދޭ ބޭބޭފުޅުން މިކަމަށް އިސްނަގާކަށް ނުވޭތޯ؟
އެވަރަށް ހައްދުފަހަނެޅީމަކާ ހަމަ ވިސްނުމެއް ނުހުންނާނެ
ބޮޑުވަރު
ނުވިސްނާ ކުރި ވިޔާނުދާ އަމަލެއްތީ ކޮންމެ މީހަކު ކުރިކަމުގައި ވީނަމަވެސް
ސީދާއަހަރުމެންގެއަތެއް
މިކަން ކުރިބަޔަކަށް ހަރުކަށި އަދަބުދޭން ކަމިޝަނަރ ހަމީދު އާއި ސަރުކާރަށް ގޮވާލަން!
މިހާޜުގެ މަޖުލިސް ރާއީސްގެ އެންގުމައް އޭރު މުޅި ގައުމުގަ ހުޅުޖެހީ ހަމަ ވެރިކަމުގެ ދަހިވެތި ކަމުން. ހުޅުޖެހިމީހުންގެ ހަނދާން އާޥޭ މިކަހަލަ ކޮންމެ ހާދިސާއަކުން.
Nuvaane ehkamehves