ހުޅުމާލޭގައި ދިރިއުޅޭ މީހުން ގޭގައި ތިބެގެން އޮންލައިންކޮށް ނުވަތަ ފޯނުން ގުޅައިގެން ވިޔަފާރި ކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެދެފިއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުންނާއި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރާ ގުޅިގެން އެޗްޑީސީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ގާއިމުކޮށްފައިވާ ބަސް ހުއްޓިތަކާއި އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތައް ހިމެނޭ އެއްމެދު އިމާރާތުގެ އާންމު ސަރަހައްދުތަކާއި ސިޑީގެ ރެއިލިން ފަދަ ތަންތަން ގަވައިދުން ޑިސްއިންފެކްޓް ކުރަމުންދާ ކަމަށް އެ ބަޔާނުގައިވެއެވެ.

ހާއްސަކޮށް ހުޅުމާލެ ބީޗު ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުންޏެވެ.

މި ދަނޑިވަޅަކީ ބަލިން ރައްކާތެރިވުމުގެ ގޮތުން އިޖުތިމާއީ ގައިދު ކުރުމާއި ސާފުތާހިރުކަން އެންމެހައި ރައްޔިތުން އިސްކުރަން ޖެހޭ ދަނޑިވަޅަކަށްވެފައި، ވީހާވެސް ގިނަ ވަގުތު ކެތްތެރިކަމާ އެކު ގޭގައި މަޑުކުރުމަކީ ކަމާބެހޭ ފަރާތްތަކުގެ އިލްތިމާސްއަކަށްވީ އިރު، އެޗްޑީސީގެ އެދުމަކީ ހުޅުމާލޭގައި ދިރިއުޅޭ މީހުން އޮންލައިންގެ ޒަރިއްޔާ އިން ނުވަތަ ފޯނުން ގުޅައިގެން ފިހާރަތަކުން އެއްޗެހި ގަތުން ކަމަށް ވެސް އެޗްޑީސީން ނެރުނު ބަޔާނުގައިވެއެވެ.

ހުޅުމާލޭގައި ހުރި ފިހާރަތަކުގެ މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

ހުޅުމާލޭގައި ހުރި ފިހާރަތަކުން މިވަގުތު ޑެލިވަރީގެ ހިދުމަތްތައް ފެށުމަށް ވެސް އެޗްޑީސީން އެދިފައިވެއެވެ.

"މި ކޯޕަރޭޝަންގެ އިލްތިމާސްއަކީ ސަރުކާރުގެ އިދާރާތަކުން އަންގަވާ އިރުޝާދުތައް ތަންފީޒު ކުރުމަށްޓަކައި ކޮންމެ ބޭފުޅަކު ވެސް އެ ބޭފުޅެއްގެ ފަރުދީ ޒިންމާ ފުރިހަމައަށް އަދާކުރެއްވުމެވެ،" އެޗްޑީސީން ނެރުނު ބަޔާނުގައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސަމްސިއްޔާ

    "ހުޅުމާލޭގައި ހުރި ފިހާރަތަކުގެ މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް އެ ބަޔާނުގައިވެއެވެ." ތިޔަ ލިންކުން ދަނީ ޑެލިވަރީ ރެޖިސްޓްރޭޝަން އަށް

  2. ށާރިފް

    މިހާރު ހުައްދަކުރީތަ؟؟؟

  3. ނަމަ

    ބަސްތަކުގަ 06 ފޫޓު ދުރުމިނުގަ ގޮޑި ޖަހާކައް ނުވިސްނާބާ

    1
    1
  4. ދިރާ

    ގޭގައި ތިބެގެން ވިޔަފާރި ކުރުން އޯކޭ ވީތަ؟؟ މިރޭ ހުޅުމާލެޔަށް

  5. އިނޯލާ ޕީކްސް

    ޑެލިވަރީ ބޯއީޒް ގަވާއިދުން އަތްދޮވެ ސެނިޓައިޒަރ އަދި މާސްކް ބޭނުނކުރުން ރަނގަޅު .. ޖަސްޓް އެން އައިޑިޔާ

    7
    1
  6. ފޮނިކަނޑާ

    ނޫހުގަ ލިޔުނަސަް ފިހާރަތަކުން އެލަން ނުކުރޭ. ކަމެއްކުރި ކަން ދައްކަން ކަންކްން ކުރިޔަކަސް ކަމަކު ނުދާނެ